
ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތި ވަމުން އަންނައިރު ތިމާ ވޯޓް ދޭނީ ކޮން ކުލައެއްގެ ކިހާފެންވަރެއްގެ މީހެއްކަން ތިމާ ދެނެގަންނަން ޖެހެއެވެ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ކޮށްލެވިދާނެއެވެ.
ވަކި ޕާޓީ އަކުން ނުކުންނަ މީހަކަށް ވޯޓު ދިނުމަށް ނުވިސް ނާށެވެ. އެ ކުރިމަތިލާ މީހަކީ އެވަރުގެ ޒިންމާ އެއް އުފުލޭނެ ފެންވަރުގެ ވިސްނުމާ ޤާބިލުކަން ލިބިފަ ހުރި މީހެއް ތޯ ބަލާށެވެ. ކައުންސިލަރުން އުފުލާ ޒިންމާ އަކީ ރަށުގެ މުސްތަޤުބަލް ބިނާވެގެންދާނެ ގޮތެވެ. ކައުންސިލަރުންނަކީ އެމީހުންގެ ޒިންމާ އުފުލޭނެ ފެންވަރުގެ ތެދުވެރި ޤާބިލް މީހަކަށް ވުމުން ފުދުނީ އެވެ. ކޮންމެހެން ވަކި ޕާޓީއެއްގެ މެންބަރަކަށް ވާކަށް ނުޖެހެވެ. ރަނގަޅުވެސް ވާނީ ނުވިއްޔާއެވެ. ސަބަބަކީ އެމީހުންގެ (ކައުންސިލަރުން) މަށްޗަށް ޕާޓީ ގެ ނުފޫޒު ފޯރުވެދާނެކަމަށް ވިސްނަން ޖެހެއެވެ.
ސިޔާސީ ޕާޓީ އަކީ ވަކި ސިޔާސަތުތަކެއް ގެ މައްޗަށް ބިނާވެފައި ހުންނަ ބައެކެވެ. ސިޔާސީ ޕާޓީ އަކުން ނިކުންނަ ކެނޑިޑޭޓުންނަކީ އެ ޕާޓީ އަކުން ވަރަށް ބުރަ މަސައްކަތަކާއި ހޭދަ އެއްކޮށްގެން ނެރޭ ބައެކެވެ. ވިމާ އެކެނޑިޑޭޓުން ނަކީ ފުރިހަމަ މިނިވަން ބައެކޭ ބުނުމުގެ ފުރުސަތެއް ނޯވެއެވެ. ބައެއް ފަހަރު ބައެއް ނިންމުންތައް ބަރޯސާވާނީ ޕާޓީގެ ވިސްނުމަށެވެ. ވީ މާ ވޯޓު ދިނުމުގައި މިކަންތައް ތަކަށް ފުރިހަމައަށް ވިސްނަން ޖެހެއެވެ.
ވެރިކަން ކުރާ ޕާޓީ އަކުން ނެރޭ ކެނޑިޑޭޓުން ނަށް ބަލާލާއިރު، ވެރިކަން ކުރާ ޕާޓީ ގެ ކެނޑިޑޭޓުންނަށް ވަރަށް ބޮޑެތި މަގުތަށް ފަހިވެއެވެ. ކެނޑިޑޭޓްގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ތަރަށްޤީ އަކާ މަންފާއެއް ރަށައް ނުވަތަ އެދާއިރާ އަކަށް ކުރެއެވެ. އެއީ އެފަރާތް ތަކާ ދަޢުލަތުގެ އެންމެ މަތީ ވެރިޔާއާވެސް ގުޅި ފައި ވާތީ އެވެ. ނަމަ ވެސް އެފަރާތަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭފަހަރުވެސް އަންނާނެއެވެ. ވެރިކަން ކުރާ ފަރާތުންވެސް ކުރާނޭދެވޭކަމަކަށް އިދިކޮޅު ހަދަން ފަސްޖެހޭތަން އަންނާނެ ތީއެވެ. މާޒީވެ ދިޔަ ދުވަސް ތަކަށް ބަލާލި ކަމުގައި ވިޔަސް މިފަދަ ކަންތައް ތަށް ސާފުކޮން ފެންނަށް އެބަހުއްޓެވެ. ރައްޔިތުންގެމަޖިލިސް ތެރޭގައިވެސް މިފަދަ ތަޖުރިބާ ކުރި މެންބަރުން ތިބިކަންވެސް ފާހަގަ ކޮށްލެވެއެވެ.
އިދިކޮޅު ޕާޓީ އަކުން ނެރޭ ކެނޑިޑޭޓް، އިދިކޮޅު ޕާޓީ އަކުން ނެރޭ ކެނޑިޑޭޓަކީ ރަށަށް މާ ބޮޑެތި ކުރިއެރުން ތަކެއް ގެނެވިދާނެ ކެނޑިޑޭޓެއް ކަމުގައި ނުދެކެމެވެ. ސަބަބަކީ ކައުންސިލަރެއް ގެ ފަރާތުން ރަށައް އެންމެ ބޮޑަށް ބޭނުން ވަނީ ތަރައްޤީގެ މަގުތަށް ފަހިވާކަހަލަ ކަންތައްތައް ރޭވުމާއި ރަށުގެ ހާލަތު ދިރާސާކޮށް އެހެން ހަރުފަތަކަށް ރަށް ގެންގޮސް ދިނުމެވެ. ހުރިހާގޮތަކުން ވެސް ރަށަށް ކުރިއެރުން ހޯދައިދިނުވެސް މެއެވެ. ނަމަވެސް އިދިކޮޅު ފަރާތަކަށް ވުމުން ރައްޔިތުންނަށް ފައިދާހުރި ރަށުކުރިއެރުމަށް މާބޮޑެތި މަަސައްކަތް ތަކެއް ކޮށްދެވޭނެކަމަކަށް ނުފެނެއެވެ. އެއީ އިދިކޮޅު ފަރާތް ތަކާ ސަރުކާރާ މާބޮޑު ގުޅުމެއް ނޯންނާނެތީއެވެ. އިދިކޮޅު ޕާޓީން ފެނިގެން މިދަނީ ސަރުކާރަށް ދަތިކޮށް ސަރުކާރު ގެ ސިޔާސަތުތަށް ފެއިލް ކޮށްލަން މަސައްކަތް ކުރާމަންޒަރެވެ. އެހެން ނަމަވެސް އިދި ކޮޅު ޕާޓީއަކުން ސަރުކާރުން ކުރާ ނުރަންގަޅު ކަންތަށް ހުޓުވުމަށް މަސައްކަތް ކުރުމުގައި ވަރަށް ފުރިހަމަ ރޯލެއް ކުޅެވޭނެކަމުގައި ޤަބޫލުކުރެވެއެވެ.
މިނިވަން ކެނޑިޑޭޓުން ؛ މިނިވަން ކެނޑިޑޭޓުން ނޭ މިކިޔަނީ އަމިއްލަ ގޮތުން ކުރިމަތި ލާ ކެނޑިޑޭޓުންނަށެވެ. މި ކެނޑިޑޭޓުންނަކީ ބައެއްފަހަރު ވަރަށް ނުރައްކާތެރި ބައެކެވެ. އަމިއްލަ ގޮތުން ކުރިމަތިލީ ކަމުގައި ވިޔަސް ހޮވޭތާ މާގިނަ ދުވަހެއްނުވަނީސް ފެންނާނީ ޕާޓީއަކަށް ސޮއި ކުރާމަންޒަރެވެ. ކޮރަޕްޝަން އަށް މަގުފަހިވާފަދަ ގޮތަކަށް މިބޭފުޅުން ގެ އަމަލުތަށް ގިނަފަހަރަށް ދާތަން ވެސް ފެނެއެވެ. މި ބޭފުޅުންނަކީ ހެޔޮގޮތުގައި ހެޔޮވިސްނުމާއި އެކު މަސައްކަތް ކޮށްފިނަމަ މިކަމަށް އެންމެ ރަނގަޅު ބައެވެ. އެއީ މި ބޭފުޅުން ގެ މަށްޗައް އެހެން ސިޔާސީ ނުފޫޒު ނުފޯރުވައިފިނަމަ މިނިވަން ކަމާއި އެކު ކަންކަން ނިންމުމުގެ ފުރިހަމަ ބާރު މިބޭފުޅުން ނަށް ލިބޭނެއެވެ.
ކައުންސިލަރުން ނަކީ ޒިންމާދާރު ހެޔޮވިސްނޭބަޔަކަށް ވާންޖެހޭނެއެވެ. އަދި ކަންކަން ރާވާ ހިންގޭފެންވަރުގެ ބަޔަކަށް ވެގެން ނޫނީ ކުރިއެރުމެއް ނުލިބޭނެއެވެ. ވޯޓު ދޭ އިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިވަމުން ދާ ކޯޅުން ތަކަށް ވެސް ވިސްނާފައި ވޯޓްދެއްވާށެވެ.