އިބްނު ޢަލީ

  • ޝާއިޢުކުރި ތާރީޚް: 22 06 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 233
  • މޯބައިލް ލިންކު: m.muraasil.com/7734

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޭނުމަކީ މެމްބަރުން ވަގަށްނެގުމެވެ.

ދިވެހިރާއްޖޭގެ އެންމެމީހުންގިނަ ސިޔާސީޕާޓީއަކީ ތިމަންނަމެންޕާޓީ ކަމުގެ ދައުވާއަކީ މިހާރަކަށްއައިސް ރާއްޖޭގެ އެންމެބޮޑު ދެޕާޓީން އަބަދުވެސް ކުރަމުން އަންނަދައުވާ އެކެވެ. މިރޭހުގައި ދެޕާޓީވެސް ވަނީ މެކުހަށް ޖަހާފައެވެ. "ދިވެހިރާއްޖޭގެ އެންމެމީހުން ގިނަ ސިޔާސީޕާޓީއަށް ވުމުގެ ފަޚުރު” މިހެން ލިޔެފައިވާ ފޮތިގަނޑުތައް އަބަދުވެސް ބޮޑުދެޕާޓީގެ މައި ޖަގަހައިން ފެންނަން ހުރެއެވެ. ދެޕާޓީންކުރެ ކުރީގައި އުޅޭބައައެއް ރައްޔިތުމީހާއަށް އޮޅޭހިސާބަށް ކަންތައްތައް އޮތީ ގޮސްފައެވެ.

ސިޔާސީޕާޓީތަކަށް މީހުން ވެއްދުމުގައި ޢަމަލުކުރަމުން އަންނަ ޤަޥާޢިދަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ބޮޑުދެޕާޓީގެ މިރޭސްވަނީ ވަރަށްބޮޑަށް ބަޑުޖެހިފައެވެ. ނުވަތަ ހުއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެންމެބޮޑު ޕާޓީކަމަށް ދައުވާކުރާ އެމްޑީޕީން ވަނީ ދާދިފަހުން އިލެކްޝަންސް ކޮމިޝަނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެމްޑިޕީން، މެމްބަރޝިޕް ފޯމްގައި ޖަހާ އިނގިލީގެ ނިޝާން ބަލައިގަންނަ މިންގަނޑާބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ. ފަހަރެއްގައި އިނގިލީގެ ނިޝާން ޖަހަންޖެހުމުގެ ސަބަބުން އެމީހުންބޭނުންވާ ވަރަށް ޕާޓީއަށް މީހުން ނުވެއްދެނީކަމަށް ވެސް ވެދާނެއެވެ.

ޕާޓީތަކަށް މީހުން ވައްދަން ފުރާފޯމްގައި އިނގިލީގެ ނިޝާން ޖަހާގޮތަށް އޮތުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މީސްމީހުނަށްނޭގި އެމީހުން ސިޔާސީޕާޓީތަކުގައި ރަޖިސްޓްރީ ކުރަމުންދާ ދިއުން ހުއްޓުވުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ. މެމްބަރޝިޕް ފޯމްގައި އިނގިލީގެ ނިޝާންޖެހުމަށް އެއްވެސް ސިޔާސީޕާޓީއަކުން އިންކާރުކުރާކަމަށްވާނަމަ އެޕާޓީއަކުން އެބުނަނީ މީސްމީހުނަށްނޭގި އެމީހުން ތިމަންނަމެންގެ ޕާޓީއަށް ވައްދަން ތިމަންނަމެން ބޭނުންވާ ކަމުގައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން، މެމްބަރޝިޕް ފޯމްގައި އިނގިލީގެ ނިޝާންނުޖަހާގޮތަށް ހަމަޖައްސާފިނަމަ އެބުނެވެނީ ކޮންމެޕާޓީއަކުންވެސް ވެއްދުނުގޮތަކަށް ޕާޓީއަށް މީހުން ވެއްދުމުގެ ހުއްދަދީފިން ކަމުގައެވެ. ވަގަށް ނަމަވެސް މަސްއަލައެއްނެތް ކަމުގައެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-06-22 13:46:46 | Report this Comment
ޕިކްސް:

ދެން ސަބްސިޑީހޯދަން ފުރަންޖެހޭ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަންޖެހޭނެ ކަންނޭގެ.
ބަޑިއެދުރު: ބުރީން ހަންނުދަމައިފިއްޔާ ރަނގަޅު!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.