
ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ގާއިމުކޮށްދީ، ޠާހިރު ދިރިއުޅުމެއް ހޯދައި ދޭނެ ކަމުގެ ދޮގުޥަޢުދު ތަކާއިއެކު އެމްޑީޕީ ވެރިކަމަށް އައިތާ 19 މަސްދުވަސް ވެއްޖެއެވެ. ރައްޔިތުމީހާ އަދިވެސް ދިރިއުޅެނީ ދަތިހާލުގައެވެ. ނުކުރާނެކަމަށް ޥަޢުދުވި ހުރިހާކަމެއް މިދަނީ ކުރަމުންނެވެ. އެފަދަ ކަންތައްތަކުގެ ތެރެއިން ނުކުރެވިހުރި ކަންތައްތައް ކުރުމަށްޓަކައި ސަރުކާރުގެ ވެރިންތިބީ އަރުވައި ޖަހައިގެންނެވެ. ސަރުކާރުގެ ހުރިހާވިސްނުމެއްހުރީ ޔަހޫދީންނާއި ނަޞާރާއިންގެ ރުހުން ލިބޭނެހުރިހާކަމެއް، ކުރާގޮތަށެވެ.
އެމްޑީޕީން ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ވަނީ މެނިފެސްޓޯއެއް ހުށަހަޅާފައެވެ. އެމެނިފެސްޓޯއަކީ ރައްޔިތުންނަށް ދެއްކި ވަރަށްރީތި ރީދޫ ހުވަފެނެކެވެ. އެމްޑީޕީ މެނިފެސްޓޯގައި ބަޔާންކޮށްފައިއޮތް އެންމެފުރިހަމަ އެއް ސިޔާސަތަކީ ތަޢްލީމީ ސިޔާސަތެވެ. އެމްޑީޕީ ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ބައްޓަންކުރާނެކަމަށް ރައްޔިތުންނަށް ދެއްކި މެނިފެސްޓޯގައި އޮތީ ވަރަށްފުރިހަމަ ސިޔާސަތެކެވެ. އެމްޑީޕީ މެނިފެސްޓޯއިން ކުޑަމިންވަރެއް ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
" އެމްޑީޕީ އިއްތިހާދަކުން ކުރުމުއްދަތު ( 1 އަހަރާ 3 އަހަރު ) ކުރާނެކަންތައްތައް
1 _ އެމްޑީޕީ ސަރުކާރެއްގައި ވައުޒު ބުނުމާއި ދީނީ ޝިއާރުފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޢިލްމު ލިބިހުރި ކޮންމެ ދީނީ ދަންނަބޭކަލަކަށްވެސް އޮންނާނެ. ( ދަންނަބޭކަލުން މިވާޖިބުތައް އަދާކުރާނީ ސުންނަތް ޖަމާޢަތުގެ އަސްލުތަކާ އެއްގޮތްވެގެންވާ ގޮތުގެ މަތިން).
2 _ތަޢްލީމުގެ ޤައުމީ މުޤައްރަރަކީ މިހުންގެ މަޤްބޫލުކަން ލިބިފައިވާ އަސާސީ ދީނީ ތަރުބިއްޔަތު ހިމެނިފައިވާ މުޤައްރަރަކަށް ހަދާނަން.
3 _އިސްލާމްދީނުގެ އަޤިދާ ވަރަގަދަ ކުރުމަށްޓަކައި ޕްރައިމަރީ ސްކޫލުން ފެށިގެން ސްކޫލް ދައުރު ނިމެންދެން ތަހުޒީބާ ތަރައްޤީގެ މަގުން ދީނީކަންކަމަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އުގަންނައި އިސްލާމީ ތަރުބިއްޔަތުގެ މައްޗަށް ކިޔަވާދީ އެހެން މީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރު އަޅާނަން.
4 _އިސްލާމީ ޔުނިވާސިޓީއަކުން ނުވަތަ އެފަދަ ތަނަކުން އިސްލާމްދީނާއި ބެހޭ މަތީ ތަޢްލީމް ޙާޞިލްކޮށްފައިވާ ކޮންމެ ޢިލްމުވެރިއަކަށް ހުއްދަނެގުމެއްނެތި ދައުލަތުގެ މީޑިއާ ބޭނުނުކޮށްގެން ޥައުޟު ބުނުމުގެ ފުރުޞަތު ދޭނަން.
5 _މުޖުތަމަޢުގައި ރަގަޅު އާދަކާދަތައް އަށަގެންނެވުމަށްޓަކައި ޤުރުއާނާއި ސުންނަތުން މިސާލުނަގާނަން.
6 _މަޑުމައިތިރިކަމާ އޯގާތެރިކަމާއި އަދި ރިވެތިގޮތަށް މުޢާމަލާތު ކުރުމުގައި މަނޫނާ ދައްކައިގެން މަގުދެއްކުމަށް ބާރުއަޅާނަން. އަދިއިސްލާމްދީނުގެ ރިވެތި ސިފަތައް އުގަންނައިދީ ދީނީ ސުލޫކާއި ހަމަތައް އަންގައިދޭނަން.
7 _ރައްޔިތުންނަށް އެންމެފުޅާ ދާއިރާއިރާގައި އެއްގޮތަށް ޙައްޤުތައް ދިނުމަށް މަސައްކަތް ފަށާނަން.
8 _ޤުރުއާން ތަރުޖަމާ ވީހާވެސް ފަސޭހައިން ސްކޫލް ކުދިންނަށާއި އާއްމުންނަށް ލިބޭނެ މަގު ފަހިކޮށްދޭނަން.
އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ދިގުމުއްދަތު ( 1 އަހަރާއި 5 އަހަރު ) ތެރޭގައި ކުރާނެ ކަންތައްތައް.
1 _ސްކޫލްކުދިންނަށް ޤުރުއާން ތަރުޖަމާ ކިޔަވާދިނުމާއި ދީނީ ތަޢްލީމު ދިނުމުގައި ދީނީ ހައްދު ( ނުވަތަ އިމުގެ ) ތެރޭގައި ކުދިންނަށް އުގެނެވޭނެ މާހައުލު އުފައްދާނަން.
2 _ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ދީނީކަންކަމަށް އިޙްތިރާމް ކުރުމުގެ ސްލޫކު ޤާއިމްކޮށް ނަމާދު ވަގުތުގައި ނަމާދު ކުރެވޭ ގޮތް ހަމަޖައްސާނަން.
3 _ޤުރުއާން ކިޔަވަންދަސްކޮށްދިނުން ސްކޫލުގެ މުޤައްރަރުގައި ހިމަނާނަން.
4 _ސްކޫލްތަކުގެ މަތީގްރޭޑް ތަކުގެ ދަރިވަރުންނަށް ދީނީމަޝްވަރާ މަޖިލީސްގެ ބޭފުޅުންނާއި އިޖްތިމާޢީ ރޮގުން މަތީތަޢްލީމް ހާސިލް ކޮށްފައިތިއްބެވި ބޭފުޅުން ދީނީ ތަޢްލީމާއި އިސްލާމީ ތާރީޚް އާއި ސަޤާފަތް ކިޔަވާދެވޭނެގޮތެއް ހަމަޖައްސާނަން.
5 _ރައްޔިތުންނަށް ދީނީ މަޢްލޫމާތު ލިބޭނެފަދަ ވަޞީލަތްތައް އުފައްދާ އާއްމުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީ، އިސްލާމްދީނުގެ އަޞްލަތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން އެފަދަކަންކަން ޤައުމުގައި އެއްވެސް ހިފެހެއްޓުމެއްނެތި އާއްމުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނަން.
6 _ޒުވާނުން ކުރާކުށްތައް މަދުކުރުމަށްޓަކައި އިސްލާމީ ރިވެތި ތަރުބިއްޔަތު އުގަންނައިދީ މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އިޙްސާންތަރިކަމާއި އެކު އެހެންމީހުންގެ ޙައްޤުތައް ދެނެގަނެ މުއާމަލާތް ކުރާނެ ގޮތުގެ މަޢުލޫމާތު ފުޅާދާއިރާއެއްގައި ދިނުމުގެ މަޝްރޫޢުތައް ހިންގާނަން.
7 _އިސްލާމީ ތަހުޒީބާއި އިސްލާމީރިވެތި އުޞޫލުތައް އެހެންމީހުންވެސް އިޙްތިރާމްކުރާގޮތަށް ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް މަޝްރޫޢުތައް ހިންގާނަން.
8 _މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރުމަށް ބޭނުންކުރުމުގެ އިތުރުން ދީނީ ދަރުސްތައް އުގެނުމަށް ބޭނުންކުރާ މަރުކަޒުތަކަށް ހަދާނަން.
އެމްޑިޕީ އިއްތިހާދު ސަރުކާރުގެ ސިޔާސަތު
1 _ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެމައްޗަށް އެކުލެވިގެންވާ މުސްތަޤިއްލު މަޝްވަރާ މަޖިލީހެއްއޮވެ އެމަޖިލީހުން ނިންމާގޮތަކަށް ޤައުމުގެ ދީނީ ކަންތައް ނިންމުމަށް ދޫކޮށްލުން.
2 _ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދިވެހި ދައުލަތެއްކަން ދެނެގަނެ، ރައްޔިތުންގެ މެދުގައި ދީނީ ހަމަޖެހުން ކުރިއެރުވުމަށް މަޝްވަރާމަޖިލީހަށް އެހީތެރިވެދިނުން.
3 _ދީނީކަންކަން ނިންމުމުގައިވެސް މަޝްވަރާ މަޖލީހާއި ރައްޔިތުން އެބައިމީހުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހަވާލުކުރާ އެްވެސް ކަމެއް އެމްޑީޕީ ސަރުކާރުން ތަންފީޒުކުރަން ފަސްނުޖެހުން.
4 _ދީނީ ކަންކަމުގެ ނަމުގައި އިސްލާމްދީނުގެ ޤަދަރާއި އިޙްތިރާމަށް އުނިކަންގެނުވާ ފަދަ ސިޔާސީކަންތައް ކުރުމަށް ހިތްވަރުނުދިނުން."
އެމްޑީޕީގެ ވެރިންގެ ބަހާއި ޢަމަލާ ދިމާވޭތޯ އިންސާފުކުރަން ކިއުންތެރިންނަށް ދޫކޮށްލާނަމެވެ. والحمد للّـه. والسّـلام عليـكم
Posted on 2010-06-16 17:31:10 |
Report this Comment
Posted on 2010-06-16 19:05:38 |
Report this Comment
Posted on 2010-06-16 22:45:50 |
Report this Comment
Posted on 2010-06-16 23:26:40 |
Report this Comment
Posted on 2010-06-17 10:33:03 |
Report this Comment
Posted on 2010-06-18 11:29:20 |
Report this Comment