ރާއްޖެއިސްލާމް ޑޮޓް ކޮމް
http://www.raajjeislam.com
  • ޝާއިޢުކުރި ތާރީޚް: 29 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 101

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިސްލާމް ދީން ކިޔެވުން އިޚްތިޔާރަށް ދޫކޮށްލައިގެން ނުވާނެ: ޑރ. ޒާކިރު ނައިކު

މުސްލިމް ދަރިންވަރުންނަށް އެއްވެސް ގްރޭޑެއްގައި އިސްލާމް ކިޔެވުމަކީ އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައި ދޫކޮށްލައިގެން ނުވާނެކަމަށް ޑރ. ޒާކިރު ޢަބްދުލްކަރީމް ނައިކު ވިދާޅުވެއްޖެއެވެ.

ރޭ އާއްމުކޮށް ހުޅުވާލައިގެން ދެއްވި ދީނީ ދަރުސަށްފަހު ޢާއްމުންގެ ސްވާލުތަކަށް ފުރުޞަތު ހުޅުވައިލުމުން އިސްލާމް މާއްދާ ކިޔެވުން ވަކި ގްރޭޑަކާއި ހަމައިން ހުއްޓާލުމާއިމެދު ސުވާލުކުރީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. އެއަށްފަހުވެސް ހަމައެކަމުގައި ސުވާލުކުރެވުނެވެ.

ޑރ. ޒާކިރު ނައިކު ވިދާޅުވީ މުސްލިމުންނަށް ދީނީ ޢިލްމު އުނގެނުމަކީ ކައްވަޅަށް ދާންދެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މުސްލިމް ދަރިވަރުންނަށް ހުރިހާ ގްރޭޑްތަކެއްގައިވެސް އިސްލާމް ކިޔަވައިދިނުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމަށެވެ.

އަދި ޑރ. ޒާކިރު އިސްވެހުންނަވައިގެން ހިންގަވަމުންގެންދަވާ އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ 10 ޕީރިއަޑަކުން 6 ޕީރިއަޑް ޚާއްޞަ ކުރަނީ އިސްލާމް ދީނާއި ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމަށްކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޒާކިރު ނައިކު ދެއްވި ޖަވާބުތަކާއިގުޅިގެން ހާޒިރުވެތިބި މީހުން ވަރަށް ގަދައަށް އަތްތިލަބަޑިޖެހިއެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠްފީވެސް ވަޑައިގެން އިންނެވުމާއިއެކު ބައެއް މީހުން � ކިތަންމެ މޮޅު ދީނީ އިލްމުވެރިޔަކު ވިދާޅުވި ނަމަވެސް ޤަބޫލެއް ނުކުރާނެ. މާތްﷲ ކައުއިތުރު ރަސޫލާ މެދުވެރިކުރައްވައި ދެއްކެވި އިލާހީ މުއުޖިޒާތްތައްވެސް ކާފަރުން ޤަބޫލެއް ނުކުރޭ. � މިފަދަ ބަސްތައް ބުނެފައިވެއެވެ.



އަބްދުއްލަތީފް - މިއަދު ނޫސް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-30 19:50:39 | Report this Comment
ޑރ ރީކޯ:

ކަލޭމެން މާ މާތްމީހަކަށް ހަދައިގެން ތިޔައުޅޭ ޒާކިރުގެ ހަގީގަތް ކަލޭމެންނަށް ނޭގިގެން ތިއުޅެނީ އޭނާއަކީ އޭނަގެ ޓީވީޗެނަލާއި ސްކޫލްތަށް އިސްތިހާރުކޮއް އިތުރަށް މާކެޓްހޯދަން އުޅޭ ބޯބޮޑު ވިޔަފާރިވެރިއެއް އަނބިންނާއި ދަރިންނާއި ގޮވައިގެން ގައުމުތަކަށް އައިސް މާމޮޅު ދީނީ ޢިލްމުވެރިންތަކަކަށްވެގެން ފަތުވާދެމުންއެދަނީ މާމޮޅަށް ދީންއެގޭކަމަށް ހެދިގެން އުޅޭއިރު މަޙްރަޖަޔަށް ޤުރުވާނުގެ އަކުރެއް ކިޔަންނޭނގޭ މީހެއްއެއީ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.