
ކަމެއްގެ މަޢްލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭއިރު ޙަޤީޤަތާއި އެއްގޮތަށް އެ މަޢްލޫމާތެއް ގެނެސްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ބަލާއިރު މިހާރު ދިވެހިރާއްޖޭގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއްވާހަކައަކީ ރާއްޖޭގެ މަތީ ޘާނަވީގައި ކިޔަވާ ދަރިވަރުންނަށް ދިވެހި، އިސްލާމް މިދެމާއްދާއަކީ އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހަމަޖައްސަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާވާހަކައެވެ. މިވާހަކައަށް ބަލާއިރު ދަންނަވަންޖެހެނީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ފަހަރެއްގައިވެސް ދިވެހި، އިސްލާމް އިޚްތިޔާރީ ކުރާކަށްނޫނެވެ. އެކަން އޮޅުވާލަން އެއްވެސް ބަޔަކު ނުވަތަ އެއްވެސް ފަރާތަކުން މަސައްކަތް ނުކުރަމާތޯއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި، އިސްލާމް، މިދެމާއްދާ ދިވެހިރާއްޖެއިން ނައްތާލާށެވެ. ވަރަށް ފުރިހަމައަށް ރާވައިގެން ހިންގަމުންގެންދާ ސަލިބީ ޕްލޭނެއްގެ ދަށުންނެވެ. ވަރަށްމޮޅު އަނދުނެއް ރައްޔިތުންގެ ލޮލުގައި އަޅުވައިގެންނެވެ. ދިވެހި، އިސްލާމް، މިދެމާއްދާއަކީ މަތީ ޘާނަވީގައި ކިޔެވުމަށް ކޮންމެހެން ބޭނުންނުވާ ދެމާއްދާއަށްވެއްޖެއްޔާ ޘާނަވީގައި ދަރިވަރުން އެދެމާއްދާއަށް ދޭ ސަމާލުކަން އެތައްގުނައެއް ކުޑަވެގެން ދާނެއެވެ. އަދި އަމުދުން ގްރޭޑް ދިހައެއްގައި އެއްވެސް ދަރިވަރަކު އެދެމާއްދާއަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭނެއެވެ. ނަތީޖާއަކީ އެސްއެސްސީ އިމްތިހާނުގައި ދިވެހި، އިސްލާމުން ފާސްވާ އެއްވެސް ދަރިވަރަކުނުހުންނަ ހިސާބަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަންތައް ދިއުމެވެ.
އަޅުގަޑުމެންގެ ތަޢްލީމީދާއިރާގެ އިސްބޭފުޅުންގެ ގޮތުގައި މިވަގުތު ތިބީ އަލްމާނީ ފިކުރުގެ ބޭފުޅުންނެވެ. އާޚިރަތް ވިއްކާލާފައި ދުނިޔެ ގަންނަން ބޭނުންވާ ބޭފުޅުންކޮޅެކެވެ. ކޮމާންޑަރަކީ ދިވެހިރާއްޖޭގެ އަތާތުރުކު އެވެ. މުޞްޠަފާ އެވެ. ހިމާރުގެ އަޑުފަދަ އަޑުން އެބޭފުޅުން ވިދާޅުވަމުން ގެންދަނީ މަތީ ޘާނަވީ އަކީ ދަރިވަރުން ޔުނިވާސިޓީ ތަޢްލީމަށް ތައްޔާރުކުރާ މަރުޙަލާ ކަމުގައެވެ. މިމަރުހަލާގައި ކިޔަވާދޭނީ ތިންމާއްދާއެވެ. ވީމާ ދިވެހި، އިސްލާމް އެމަރުޙަލާގައި ކިޔަވަން ނުޖެހޭނެކަމުގައެވެ. މާނައަކީ މިދެމާއްދަ ކިޔާދަރިވަރަކަށް ޔުނިވާސިޓީއަކަށް ނުވަދެވޭނެއެވެ. އަލަށް އެކުލަވާލެވޭ ތަޢްލީމީ މަންހަޖު ފަރުމާ މިކުރަނީ މިދެމާއްދާ ކިޔަވަންބޭނުންވާ ދަރިވަރުންނަށްވެސް އެފުޞަތު ނުލިބޭނެގޮތް ބަލައިގެންނެވެ. އެދެމާއްދާ އިޚްތިޔާރު ކޮށްފިއްޔާ އިތުރަށް ކިޔަވަން ލިބޭނީ އެންމެ މާއްދާއެކެވެ. ނަތީޖާއަކީ ދިވެހި، އިސްލާމް މުދައްރިސްކަން ފިޔަވައި އެފަދަ ދަރިވަރަކަށް ކުރިއަށްދެވޭނެ އެއްވެސް ދާއިރާއެއް ނެތީއެވެ.
މަތީ ޘަނަވީއަށް ދާއިރު ދަރިވަރުން ތިބޭނީ އެދަރިވަރަކު ކުރިއަށްދާން ބޭނުންވާ ދާއިރާއެއް އިޚްތިޔާރުކޮށްފައެވެ. މިސާލަކަށް މެޑިސިން ހަދާދަރިވަރެއް ނަމަ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް ކިޔަވަން އެބަޖެހެއެވެ. މާނައަކީ މުސްތަޤްބަލުގައި އިސްލާމްދީނުގެ ތަޢްލީމު އެކަށީގެންވާ މިންވަރަކަށް ލިބިފައިހުރި ޑޮކްޓަރެއް، ނަރުހެއް އަދި އެދާއިރާގެ ޓެކްނީޝަނެއްވެސް މިޤައުމުގައި ހުރެގެން ނުވާނެ އެވެ. ވަކި ދާއިރާއެއްނޫނެވެ. މަތީ ތަޢްލީމު ލިބިފައިހުރި އިސްލާމްދީނާއި ދިވެހިބަހަށް ލޯބިކުރާ އެއްވެސް ދިވެއްސަކު މިޤައުމުގައި ނުހުންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށްދާންވާރިރަށް ރައީސް ނަޝީދު ބޭރުޤައުމަކުން ދިވެހިންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ބިމަށްދާއިރު ދިވެހިބަހުން ވާހަކަދައްކާ ދިވެއްސަކު ނުހުންނާނެއެވެ. އަދި ދިހެހި ޕާސްޕޯޓް އޮންނަ މުސްލިމުން ވަރަށް މަދުވާނެއެވެ.
Posted on 2010-05-24 04:22:21 |
Report this Comment
Posted on 2010-05-25 03:39:47 |
Report this Comment
Posted on 2010-05-25 09:33:53 |
Report this Comment