
ސިޔާސިޕާޓީއެއްގައި އެކްޓިވިސްޓްންނަކީ ވަރަށް މުހިންމުބައެކެވެ. ޕާޓީގެ ސިޔާސަތުތައް ހިންގުމުގައެވެ. ޕާޓީން ކުރަންނިންމާކަންތައްތައް ކުރަންވެސް މެއެވެ. އަދި ޕާޓިއަށް ވެރިކަންލިބިއްޖެއްޔާ ސަރުކާރުގެ ސިޔާސީ މަޤާމުތައް ލިބެނީ އެފަދަ އެކްޓިވިސްޓްން ނަށެވެ. އެހެންނަމަވެސް މަޤާމުތައް ހަވާލުކުރުމުގައި ކަމަށް އެކަށޭނަ އެކްޓިވިސްޓްންނާއި ހަވާލުކުރުން ވަރަށް މުހިންމެވެ. އެކްޓިވިސްޓަކަށްވީތީވެ ދިނުމުގެ ބަދަލުގައި ކަމަށްއެކަށީގެންވާ ޤާބިލުމީހުނަށް ކަންތައް ހަވާލުކުރުމުގައި އިސްކަން ދޭންޖެހެއެވެ. އެހެންނޫނީ ރައްޔިތުންގެ ރުހުމާއި ލޯބި ސަރުކާރަށް ލިބުމުގެ ބަދަލުގައި ނުރުހުމާއި ނަފުރަތު އަމާޒުވާންފައްޓަފާނެއެވެ.
އެމްޑީޕީއަކީ އެކްޓިވިސްޓްންގެ ނުފޫޒު އާދަޔާއި ޚިލާފަށްބޮޑު ޕާޓީއެކެވެ. އެކްޓިވިސްޓްންނާއިހުރެ ސަރުކާރު ހިންގަންދަތިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަސްލަހަތަށްވުރެން އެކްޓިވިސްޓްންގެ މަސްލަހަތު އިސްކުރެވޭތަން އަބަދުމެދަނީ ފެންނަމުންނެވެ. ކަމަށް އެކަށީގެންނުވާ މީހުނާއި މަސްއޫލިއްޔަތު ހަވާލުކުރެވޭ ތަންދަނީ ފެންނަމުންނެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައިވަނީ ސަރުކާރާއިމެދު އިތުބާރު ކުޑަވެފައެވެ. އިއްތިހާދީ ސަރުކާރެއް ނަމަވެސް، އިއްތިހާދުގެ ބައިވެރިންނަށް އެމްޑީޕީގެ އެކްޓިވިސްޓްނާއިހުރެ ސަރުކާރުގައި ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރުމަށް ނުކުޅެދޭ ހިސާބަށް ކަންތައްވަނީ ގޮސްފައެވެ. އެކަމެއްގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭކަމެއް ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓްން އެކަމަކާއި ނުރުހިއްޖެ ހިނދެއްގައި އެކަމެއް ހުއްޓުވާލުމަކީ ސަރުކާރުން ފަސްޖެހޭކަމެއްނޫނެވެ. ކަމަށް އެކަށީގެންނުވިނަމަވެސް އެކްޓިވިސްޓަކަށްވީތީވެ ވަޒީފާދިނުންވެފައިވަނީ އެމްޑީޕީ ސަރުކާރުގެ މަޤްބޫލުކަން ދަށަށްދާން ފެށުފެށުމުގެ އެއްސަބަބު ކަމުގައެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނާއިހުރެ މަސައްކަތަށް ހުރަސްއެޅިފައިވާ މުއްސަސާތައް ސަރުކާރުގައި އެބަހުއްޓެވެ. ޚާއްޞަކޮށް އެއްތިހާދުގައި ހިމެނޭ އެހެނިހެން ޕާޓީތަކާއި ހަވާލުކޮށްފައިވާ މުއައްސަސާތަކެވެ.
އެކްޓިވިސްޓުންގެ ފަރާތުން ޕާޓީއަށް ފައިދާތަކެއް ކުރިނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓްންގެސަބަބުން އެޕާޓީގެ މަޤްބޫލުކަން ދުވަހެއްދުވަހަކަށްދަނީ ގެއްލެމުންނެވެ. ދެވަނަބުރެއްގައި އިންތިޚާބު ކާމިޔާބުކުރެވުން އެއީ ނާދިރު ކަމަކަށް ވާހިސާބަށް ގޮސްފިއެވެ. ހަމައެކަނި ޕާޓީގެ މެމްބަރުންގެ އެހީގައި ވެރިކަމަށް އާދެވޭވަރަށްވުރެން ޕާޓީގެ މަޤްބޫލުކަން ރައްޔިތުންގެ ކުރިކުރިމަތިގައި މާބޮޑަށްވެސް ކުޑައެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ އެކްޓިވިސްޓްންގެ ފައިދަށުވެ އެމްޑީޕީ ފުޑުފުޑުވަމުންދާ ތަނެވެ.
Posted on 2010-04-28 22:37:04 |
Report this Comment
Posted on 2010-04-29 10:21:19 |
Report this Comment
Posted on 2010-05-03 19:45:36 |
Report this Comment