ޙުސައިން
ލިޔުންތެތެރިޔާ
  • ޝާއިޢުކުރި ތާރީޚް: 26 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 93

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޢަދާލަތު ޕާޓީއިން އުދުހިފައި ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާޢިމުކުރުމަށް





2005 ވަނަ އަހަރު އޯގަސްޓް މަހު އޭރުގެ ސަރުކާރުން ރާއްޖޭގައި ސިޔާސީ ޕާޓީ ހެދުމުގެ ޙުއްދަ ދިނުމާއި ގުޅިގެން ރާއްޖޭގައި 4 ވަނަޔައް، ރަޖިސްޓަރީ ކުރުމަށް ޙުއްދަ ދިން ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. އަދި ރާއްޖޭގައި، 3 ވަނަޔައް އުފެދުނު ސިޔާސީ ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. ޢަދާލަތު ޕާޓީ އުފެދުނު ދުވަހުން ފެށިގެން، މިޕާޓީއަކީ ރާއްޖޭގެ އެހެން ޕާޓީތަކަށްވުރެ ޚާއްސަ ޕާޓީއެއްކަން އެންމެ ފުރަތަމަ ދުވަހުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ބުނަމުންދިޔައެވެ. ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި އުފެދިފައިވާ އެހެން ޕާޓީ ތަކަށްވުރެންވެސް ޙާއްސަ ޕާޓީއެއްކަން ފާޅުވެގެން ދިޔަ އެންމެ ބޮޑު ޚަޤީގަތަކީ ޕާޓީގެ ފުރަތަމަ ކޮންގުރެސްއެވެ. ރާއްޖޭގެ އެހެން ޕާޓީތަކާއި ޙިލާފަށް ޢަދާލަތު ޕާޓީގެ ކޮންގުރެސްއަކީ ރާއްޖޭގެ ރައްޔިތުންގެ ލޮލުގައި އަޅައިގަތް ކޮންގުރެސް އެކެވެ.


ސިޔާސީ ޕާޓީއެއްގެ ރައިސްއަކު ހޮވުމަށްޓަކައި، މުޅި ޕާޓީގެ ހުރިހާ މެންބަރުންގެ ސިއްރު ވޯޓަކުން ޕާޓީގެ ރައިސް އިންތިހާބު ކުރި، ފުރަތަމަ ޕާޓީއަކީ، ޢަދާލަތު ޕާޓީއެވެ. ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު ދެޕާޓީކަމަށް ދަޢުވާ ކުރަމުންދާ އެމް.ޑީ.ޕީއާއި، ޑީ.އާރް.ޕީގެ ޒަޢީމުންނާއި، ރައީސުން އޭރު ވަނީ އިންތިހާބުކޮށް ނިމިފައެވެ. މިއުޞޫލަކީ "ތިމަމެންނީ ޑިމޮކުރަސީ މިގައުމަށް އުފަންކުރުވި، މީހުންނޭ" ކިޔައި ދަޢުވާކުރަމުންދާ، ބޯޑު ދެޕާޓީގެ ކޮނގުރެސްއިން ކޮށްފައިވާ ކަމެއް ނޫނެވެ. މިރިވެތި ޢުޞޫލުކަމުގޮސްގެން އެމް.ޑީޕީއިންވަނީ އެމް.ޑީޕީގެ ފުރަތަމަ ރައިސް އިބުރާހިމް އިސްމާއިލް އިބުރާ ޕާޓީއިން އިސްތިއުފާ ދިނުމަށްފަހު، 2 ވަނަ ރައިސް ހޮވުމަށްޓަކައި، އެމް.ޑީ.ޕީއިން ވަނީ ޢަދާލަތު ޕާޓީގެ މިއުޞޫލު ކޮޕީ ކޮށްފައެވެ.


ޢަދާލަތު ޕާޓީފަދަ ޚާއްސަ ޕާޓީއަކުން، ރާއްޖޭގައި ވެރިކަން ކުރުމަކީ މިފަހަކަށްއައިސް ރައްޔިތުން ތެރެއިން ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމެކެވެ. ޢަދާލަތު ޕާޓީއިން މިފަހަކަށް އައިސް ރާއްޖޭގެ، ރާއްޖޭގެ އަތޮޅުތަކުގައި، ތިއްބެވި ރައްޔިތުން ދީނީ ގޮތުންނާއި ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ކުރަމުންގެންދާ ދަތުރުތަކުގައި އަތޮޅުތަކުގައި ދިރިއުޅެމުންއަންނަ ރައްޔިތުންގެ އެންމެ ބޮޑު، ޝަކުވާޔަކީ ޢަދާލަތު ޕާޓީ ވެރިކަމަށް ނިކުންނާނީ ކޮންދުވަހަކުންހެއްޔެވެ؟، ޢަދާލަތު ޕާޓީގެ ވެރިކަމަކުން ނޫނީ، ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލެއް ނާންނާނެކަމަށް އެރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުން ބުނަމުން ގެންދާ އެވާހަކަޔަކީ، ހިތްއެދިއެދިތިބި ވާހަކައެކެވެ. މާނަޢީ " ބޭނުމީ ޢަދާލަތު ޕާޓީގެ ވެރިކަމެކެވެ. "


ޢަދާލަތު ޕާޓީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު:
ރާއްޖޭގައި އުފެދިފައިވާ ކޮންމެ ސިޔާސީ ޕާޓީއަކީވެސް ވެރިކަމަށް ކުރިމަތި ލުމާއި، ވެރިކަން ކުރުމުގެ ޙައްޤުލިބިގެންވާ ޕާޓީއެކެވެ. އެފުރުޞަތަކީ ބޮޑު ދެ ޕާޓީކަމަށް ދަޢުވާކުރަމުންގެންދާ، ދެޕާޓީއަށް އެކަނި ލިބިގެންވާ ޙައްޤެއް ނޫނެނެވެ. ޢަދާލަތު ޕާޓީއަށްވެސް ވެރިކަމަށް ކުރިމަތި ލުމުގެ ޙައްޤު ލިބިގެންވެއެވެ. އެގޮތުން ޢަދާލަތު ޕާޓީގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި އިސްލާމީ ހަމަތަކުގެ މަތިން ވެރިކަން ކުރުމެވެ. މިމަޤުޞަދު ޙާސިލުކުރުމަށްޓަކައި ވަރަށް ބާރު ސްޕީޑެއްގައި، ވަރަށް ފުޅާ މަޝްރޫއެއް ރޭވިގެން ކުރިއަށް އެބަދެއެވެ. އެގޮތުން އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި، ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކުރެވެމުންނެވެ.

އިސްލާމީ ވެރިކަމެއް ޤާއިމުކުރުމުގެ ކުރިން ވެރިކަމުގެ އެންމެ މުޙިއްމު ތަނބުތައްކަމަށްވާ ވުޒާރާތަކުގެ ވަޒީރުކަމަށް އަންނާނެބަޔަކު، އިސްލާމީ ފިކުރުގެ ބޭފުޅުންދަނީ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙަޞިލުކަމުންނެވެ. މިބޭފުޅުން ތައުލީމު ހާޞިލުކުރަމުންދާ ދާއިރާތަކުގެ ތެރޭގައި، ބޭންކިން، ފައިނޭންސް، އިންޝިއުރެންސް، އިންފޮމޭށަން ޓެކުނޮލަޖީ، އިކޮނޯމިކުސް، މިލްޓަރީ، ޕޮލިޓިކަލް ސައިންސް، ސިއްހީ ދާއިރާ، ޓްއަރިޒަމް އެންޑް އަރޓްސް، ސިވިލް އިންޖިނިއަރިންގް، އެޑިއުކޭޝަން، ހިޔުމަން ރިސޯސަސް ހިމެނެއެވެ. އެހެންކަމުން، ކެބިނެޓްގެ މަޤާމުތައް ފުރުވުމަށްތަކައި، މިދެންނެވި ދާއިރާތަކުން އިސްލާމީ ފިކުރު ހުރި ބޭފުޅުންދަނީ ކިޔަވާވިދާޅުވަމުންނެވެ.


ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި:
ކުޑަކުދިން- ކުޑަކުދިންނަށް މައިން ބަފައިންނާއި މުޖުތަމައުގެ ފަރާތުން ލިބެންޖެހޭ ލޯއްބާއި އަޅާލުން ހޯދައިދިނުން ކުޑަކުދިންނަކީ، ދޮގުހެދުމާއި ސިއްރުކަންތައްކުރުންފަދަ ނުބައި ބަލިތައް ކުޑަ ކުދިންގެ ކިބައިގައި އަށަގަތަ ނުދިނުން، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތަކީ އިސްލާމް ދީނުގެ އުޞޫލުތަކުގެ މަތިން، ދެވޭ ތަރުބިއްޔތަކަށް ހެދުމާއި، އިސްލާމީ ރިވެރި ސިފަތައް އެކުދިންގައިގައި އަށަގެންނެވުމަށް މަސައްކަތް ކުރުން

ޒުވާނުން- ދިވެހި ޒުވާނުންނަކީ މަސައްކަތްތެރި، ކަންނެއްކަމާއި ފިނޑިކަމުން ސަލާމަތްވެފައިވާ، އިސްލާމް ދީނުގެ ވާޖިބުތަކަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. އަދި ދިވެހި ޒުވާނުންނަކީ ޢީލުމީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމާއެކު، ދުނިޔެއަށް އަންމަ ޒަމާނީ ތަހްޛީބާއި ތަމައްދުނާއި ފެށަނާއި ބަދަލުގެ ސަބަބުން، އިސްލާމް ދީނުގެ ޢުޞޫލުތަކާއި ހިލާފް ނުވާގޮތުގެ މަތިން އެވާޞީލަތްތަކާއި ތަމައްދުނުގައި، ފައި ހަރުކުރަމުން ދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ.


އަންހެނުން- އަންހެނުންނަކީ މުޖުތަމަޢުގެ ބިންގާ ކަމުގައިވާތީ، ދިވެހި އަންހެނުންނަކީ ޅައިރުންފެށިގެން އިސްލާމީ އަޤީދާގެ މަތީގައި ތަރުބިއްޔަތުކުރުން، މުޖުތަމަޢު ކުރިއަށް ގެންދެވޭނީ އޭގެ ހުރިހާ ފަރުދުން ޝާމިލުވެގެން ކަމުގައިވާތީ މުޖުތަމަޢުގެ ތަފާތު މައިދާންތަކުގައި، އެބައިމީހުންގެ ޠަބީއަތާއި ހާލާއި ގުޅޭ ދާއިރާތަކުން އެބައިމީހުންގެ އިއްފަތާއި ޝަރަފް ރައްކާތެރި ކުރެވޭނެ ޢުޞޫލެއްގެ މަތިން ވަޒީފާގެ ފުރުޞަތު ހޯދައި ދިނުން މުޖުތަމަޢު ޚަރުދަނާ ވާނީ އަންހެނުންގެ ޚަރުދަނާކަމާއި ލަޔާގަތާއި ޒިންމާއުފުލާ ބައެއްކަމުގައި ވެގެން ކަމުގައިވާތީ، ދިވެހި އަންހެނުންނަކީ ކެރޭ މުރާލި ބަޔަކަށް ހެދުން އަދި އެބައިމީހުންގެ ޙައްޤުތަކެއް ވާކަމާއި، އެބައިމީހުންގެ ފަރާތުން، އެހެންބަޔަކަށްވެސް އަދާކުރަންޖެހޭ ވާޖިބު ޙައްޤުތަކެއް ވާކަން ހަދާންކޮށްދީ މިކަމަށް އެއުރެން ހޭލުންތެރި ކުރުވުން، ހިމެނެއެވެ.


މިއީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، މުޖުތަމަޢުގެ އަފުރާދުންނަށް ލިބެންޖެހޭ މައިގަނޑު ޙައްޤުތަކުގެ ވާހަކައެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި ޒަރޫރިއްޔަތުތައް ފުދުމަށް އެކަށައަޅާފައިވާ ޕުލޭނާއި، ގައުމުގެ އިޤުތިޞާދީ ވަބީލަތްތައް ޤާއިމުކުރުމަށްޓަކައި، ރޭވިފައިވާ ނުހަނު ގިނަ ޕުލޭންތައް އެބަހުއްޓެވެ.

މާތްﷲ އިރާދަކުރެއްވިޔާ ދެން މިދިވެހި ދަިދައިގަ ހިއްޕަވައިގެން ހުންގާނު ސީދާ ކުރައްވާނީ އިސްލާމް ދީނަށް ލޯބިކުރާ ޢަދުލުވެރިވެރިއެކެވެ.

ލިޔުނީ ޙުސައިން


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-26 22:32:38 | Report this Comment
ދުންމާރި:

އެބަޔަކަށް ދެއްވާނީ އަބަޔަކާ ގުޅޭ ވެރިއެކޭ ދީނީ އިލްމުވެރިން ބުނެއެވެ. އަދާލަތުން މިފަހަރު އަންނި އަށް ތާއީދު ކޮށްގެން އޭނާ ހޮވިފައި އެ ހުރީ ދިވެހިންނަށް ހުރި އިބްރަތަކަށެވެ. އަދާލަތު ޕާޓީގެ މީހުންގެ ގޮތް ފާޅު ކުރެއްވުމަށެވެ.
އައިޝާ: އަދާލަތުން ފުރަތަމަ ސަޕޯޓުކުރީ އަންނިއަށްތަ؟ ތެދެއް، އަންނި ހޮވިފަ އެހެރީ ދިވެހިންނަށް އިބުރަތަކަށް. މައުމޫނު 30 އަހަރު ވަންދެން ހޮވި ހޮވި ހުރީ ކޮން ބައެއްގެ ގޮތް ފާޅު ކުރައްވަން ބާއޭ ހިތަށް އަރާ!!

Posted on 2010-04-26 23:25:47 | Report this Comment
ހިދާ:

ﷲ ތަޢާލާ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ! މިފުރުސަތުގައި އަޅުގަނޑު ދީނަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ދަންނަވަން. ޙިލާފްތަކާއި ދުރުވެ އެކަތިގަނޑަކަށް ވުމަށް. ކޮންމެ މީހަކީވެސް މިކަމުގައި ކޮންމެވެސް އެހީތެރިކަމެއް ދެވޭނޭ މީހެއް. އަޅުގަނޑުމެންގެ އެންމެންގެ މަޤްސަދަކީ އިސްލާމީ ޝަރީއަތް މިބިންމަތީ ޤާއިމު ކުރުން ނޫންތޯ؟ އެހެންކަމުން އަތުކުރި އޮޅާލަން ހިގަމާ. އެންމެން އެކީ ދުރު މުސްތަޤުބަލަކަށް ރާވައިގެން މަސައްކަތް ކުރަމާ. ވަކި ދާއިރާއެއް ނުބަލާ ހުރިހާ ދާއިރާއަކުން ކުރިޔަށްދާން ޒުވާން ކުދިންނަށް ގޮވާލަން. އަދި އަންހެންކުދިންވެސް. ކިޔަވައިގެން ޤައުމަށް ބޭނުންތެރި ބަޔަކަށް ވެވަޑައިގަންނަވާ. އަންހެން ޑޮކްޓަރުންނާއި، ތީޗަރުންނާއި އަދި އެނޫންވެސް މީހުން މިޤައުމަށް ބޭނުންވޭ. އެހެން ނޫނިއްޔާމު ކޮންތާކުން އަންހެނުންނަށް ފަރުވާދޭނޭ އަންހެން ޑޮކްޓަރުން ހޯދާނީ. އަންހެން ކުދިންނަށް ކިޔަވަދޭނޭ އަންހެން މުދައްރިސާއިން ހޯދާނީ. ތިޔަ އުޚްތުން މިކަމާ ދޭތެރޭ ވިސްނާ ތެދުވާން ވެއްޖެ. މިއަދު ދަތިތަކާއި ކުރިމަތިވާނެ. އެކަމަކު ގަދަ އަޅާ މަސައްކަތްކޮށްގެން ކާމިޔާބުވެއްޖެނަމަ މާދަމާ އުފާކުރަންޖެހޭނެ. މާދަން އަޅުގަނޑުމެންގެ އަންހެން ދަރީން ކިޔަވަން ދާނީ އަންހެންކުދިންށް ހާއްސަ ކޮލެޖްތަކަށާއި ޔުނިވާރސިޓީތަކަށް. އެކަނބަލުން ދާންޖެހެނީ އެކަނބަލުންނަށް ހާއްސަ ހޮސްޕިޓަލްތަކަށް. އެތަންތާ މަސައްކަތް ކުރާނީވެސް އިންޝާ ﷲ ހަމައެކަނި ދިވެހި އުޚުތުން. އަދި ރިސޯޓްތައް ހިންގާނީ ރަލާއި އުރުމަސް ނުލާ އިންޝާ ﷲ. ކޮންމެ މުއައްސަސާއެއްވެސް ބަންގީގެ އަޑަށް ބަންދުވެ އެންމެން އެކީ ނަމާދަށް ދާނެ މަންޒަރު އިންޝާ ﷲ އެދުވަހަކުން ފެނިގެންދާނެ. މިއީ ކިހާ ރިވެތި އުފާވެރި އުންމީދުތަކެއް. އެކަމަކު މިއިން ކޮންމެ ކަމެއްވެސް ވާނީ ދީނަށް އިޚްލާސްތެރި ދީންދެކެ ލޯބިވާ ރައްޔިތުން ތަކެއް އުފެދިގެން. ލިޔުންތެރިޔާ ވިދާޅުވިގޮތަށް ހުރިހާ ދާއިރާއަކުންވެސް އިސްލާމްދީނުގެ ފިކުރުގެ އަހުލުވެރީން އުފެދިގެން. މިކަމުގައި އަޅުގަނޑުމެން ދީނަށް ލޯބިކުރާ އަޚުންނާއި އުޚްތުން އިސްނުނަގައިފިނަމަ ދެން މިކަމުގައި އިސްނަގާނެ އެހެން ބަޔަކު ވާނެތަ؟

Posted on 2010-04-27 11:41:58 | Report this Comment
މާހިރު:

ހިދާ ކަލޭ މިތަން އަފައާނިސްތާނަށް ހަދަންދޯ ތި ވަކާލާތުކުރަނީ.
ހިދާ: އަޅުގަނޑު ދެއްކީ އެންމެ ކުޑަ ކުއްޖާއަށްވެސް ވިސްނޭނެ އަދި ޤަބޫލު ކުރެވޭނެ ވާހަކައެކެވެ. އަޅުގަނޑު ވަކާލާތު ކުރީ އިލްމު އުނގެނުމަށެވެ. ހުރިހާ ރޮގަކުން ކުރިޔަށް ދިޔުމަށެވެ. ރާވިއްކުން މަނާކޮށް ނަމާދު ޤާއިމުކުރުމަށެވެ. އަޅުގަނޑު ގޮވާލީ އެމެރިކާފަދަ ތަރައްޤީ ތަނަކަށް މިޤައުމު ހަދާށެވެ. ޚުލަފާއުއް ރާޝިދޫންގެ ވެރިކަން ފަދަ އަދުލުވެރި ވެރިކަމެއް މިޤައުމުގައި ޤާއިމުކރުމަށެވެ. އަޅުގަނޑު މިގޮވާލީކީ ތުބުޅި ދިގުކޮށް މޫނުބުރުގާ އަޅާކަށެއް ނޫނެވެ. އަޅުގަނޑާއި ތިބާވެސް އެއްބަސްވާކަމަކަށެވެ. ފަހެ އިލްމު އުނގެނުމަށްވެސް އަދި ރާމަނާކުރުމަށްވެސް ތިބާއަށް އަޅުގަނޑާއި އެއްބަސް ނުވެވެނީތޯއެވެ؟

Posted on 2010-04-27 11:55:15 | Report this Comment
އަންހެނާ:

ތިޔައީ ޝައިޚް ހުސައިން ރަޝީދު އަޙްމަދުތޯ؟ އަޅުގަނޑުމެންމިތިބީ އަދާލަތާއި އެކު މާތްﷲ އިރާދަކުރެއްވިޔާ ނޮވެމްބަރ 11، 2013ގައި ހުވާކުރާނީ އަދާލަތުގެ ކެންޑިޑޭޓެއް.

Posted on 2010-04-28 05:55:41 | Report this Comment
ޒަރީނާ:

އަހަރެންގެ ވޯޓް އަދާލަތަށް!ވ.ކަމުދާ ލިޔުމެއް، ބޭނުމީ އަދާލަތުގެ ވެރިކަމެއް!

Posted on 2010-04-29 11:46:42 | Report this Comment
ރައްޔިތު މީހާ:

މަގޭ ވޯޓް އަދާލަތަށް އަދި ގޭތެރެއިން އިތުރު 11 ވޯޓު އަދާލަތަށް ނިކުންނާނެ انشاﷲ

Posted on 2010-05-02 21:26:16 | Report this Comment
މުޞްލިޙު މުޙައްމަދު އިސްމާޢީލް:

2013 ވަނަ އަހަރު ޢަދާލަތުން ކުރިމަތިލާނަމަ ޝައްކެއްނެތް އަޅުގަނޑުގެ ވޯޓް މިހާރުއް ސުރެވެސް ޢަދާލަތަށް ހިބަކޮށްފިން.. އެމިންވަރަށް އަޅުގަނޑު އިތުބާރު ކުރަން.. ޢަދާލަތަށް އަޅުގަނޑު މިކުރާ ތަޢީދު އެއްވެސް މީހެއްގެ ނުފޫޒަކާއި ހެދިގެން އަޅުގަނޑު ދޫކޮށް ނުލާނަން ..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.