ޙުސައިން
ލިޔުންތެތެރިޔާ
  • ޝާއިޢުކުރި ތާރީޚް: 21 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 321

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައިސް ނަޝީދު އޭކޮންއަށް މަރުޙަބާ ކިޔުމުގައި.....



މިއަދު ގައުމުގެ އެންމެ ގިނަބަޔަކު ދައްކަމުންދާ ވާހަކަޔަކީ އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، އަދި ނެށުންތެރިޔާ އޭކޮން ރާއްޖެއަށް އަންނަން އުޅޭވާހަކައެވެ. މިވާހަކަ ދައްކަނީ ހަމައެކަނި މިކަމަށް ރަރުހީބުދޭ ފަރާތްތަކަކުންނޫނެވެ. މިކަމަށް ތާޢީދުނުކުރާ ފަރާތްތަކުންވެސް މި ލަވަ ކިޔުންތެރިޔާގެ ވާހަކަ ދައްކައެވެ. މިކަމަށް ތާޢީދު ނުކުރާ މީހުން މިވާހަކަ ދައްކަނީ މިކަމުން ގައުމަށް ދިމާވެދާނެ ދެރަ ގޮތަކުންނާއި، އިސްލާމް ދީނުގެ ހިދާޔަތުގެ ދަށުގައިވާ 100 % އިސްލާމީ ގައުމެއްގެ ޠާހިރުފަސްގަނޑުގައި، މިކަން ކުރެވެމުން ދާތީއެވެ.


ކޮންމެއަކަސް މިކަމަށް ތާޢީދުކުރާ ނުވަތަ ތަރުހީބުދޭ ފަރާތްތަކުން، މިކަމަކީ ރާއްޖެއަށް ލިބިގެންދާނެ ފަހުރެއްކަމުގައި ދަޢުވާ ކުރަމުންދެއެވެ. އަދި މިކަމަށް ދަޢުލަތުގެ ބައެއް މުއައްސަސާތަކުން ވަނީ މަރުހަބާވެސް ކިޔާފައެވެ. އޭގެތެރޭގައި ރައިސްލު ޖުމުހުރިއްޔާގެ އޮފީހާއި، މިނިސްޓްރީއޮފް ޔޫތް އެންޑް ސްޕޯޓްސް ހިމެނެއެވެ. ހަމައެފަދައިން ދަޢުލަތުގެ ބައެއް މުއައްސަސާތަކުންވަނީ މިކަމާއި ކަންބޮޑުވާ ކަމަށާއި، މިކަމަކީ ގައުމުގައި ނުބައި ދޮރެއް ހުޅުވުންކަމުގައި، އެފަދަ މުޢައްސަސާތަކުންވަނީ ބުނެފައެވެ. އޮގޮތުން މިނިސްޓްރީ އޮފް އިސްލާމިކު އެފެއަރޒުންވަނީ މިކަމަކީ އެމިނިސްޓްރީއިން ކަންބޮޑުވާ ކަމެއް ކަމެއްކަމުގައި ބަޔާންކޮށްފައެވެ. ކޮންމެ އަކަސް ދަޢުލަތުގެ މުއައްސަސާތަކާއި، ޢާއްމު ފަރާތްތަކުން މިކަމާއި ދެކޮޅަށް، އަދި އެއްކޮޅަށްވެސް ވާހަކަ ދައްކަމުންދެއެވެ. މީގެ އެންމެ ހެއްވާކަމަކީ ދަޢުލަތުގެ އިސްލާމިކު މިނިސްޓްރިއިން މިކަމަށް ތަރުހީބު ނުދިނުމަށް ގޮވާލައިފައިވީއިރު، ދަޢުލަތުގެ ވެރިކަމުގެ މުއައްސަސާ ހިންގާ އޮފިސް ކަމުގައިވާ ރައިސް އޮފީހުންވަނީ މިކަމަށް ތަރުހީބު ދިނުމަށް ގޮވާލާފައެވެ. ރައިސް އޮފީހުގެ ނިންމެވުމަށް އަޅުގަނޑު ފާޑުކިޔަމެވެ. އެހެނީ ޤާނޫނު އަސާސީގައި ބަޔާންވެގެންވަނީ ރައިސްލު ޖުމުހޫރިއްޔާގެެ އެންމެ ބޮޑު މަސްޢޫލިއްޔަތަކީ ދިވެހި ގައުމުގައި އިސްލާމް ދީނުގެ އުޞޫލުތައް ހިފަހަށްޓައި ދިރުވުން ކަމުގައިވާއިރު، ރައިސްލު ޖުމުހުރިއްޔާގެ ފަރާތުން ވާހަކަދައްކަވަން ހުންނަ މީހަކު، އިސްލާމު ދީނުގެ އުޞޫލުތައް ނެތިގެންދާނެ ކަންކަމަށް ތަރުހީބުލިބޭ ގޮތައް ވާހަކަ ދެއްކުން އެއީ ރައިސްލު ޖުމުހުރިއްޔާއަށާއި، އެމަނިކު ފާނުގެ ޕުރެސް ސެކެޓްރީ މަޤާމުގެ މަސްޢޫލިއްޔަތު ހަދާންނެތިފައިވާކަން އަންގައިދޭ ކަމެކެވެ. އަދި އެބޭފުޅުންނަށް ޤާނުނޫ އަސާސީ ރަގަޅަށް ފަހުމު ނުވާކަމުގެ މިސާލެކެވެ.



މިލަވަ ކިޔުންތެރިޔާގެ ވާހަކަ ދައްކަނީ މީޑިޔާތެރޭގައި އެކަންޏެއް ނޫނެވެ. ގޭގޭ ސިޓީން ރޫމުންފެށިގެން ރަށްރަށުގެ ހޮޅުއަށި ތަކުންފެށިގެން މިސްކިތްތަކުގައިވެސް ދެކެވެނީ މިވާހަކައެވެ. މިކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ދީނީ ޢިލުމުވެރިން ބަޔާންކޮށްދެމުންދާއިރު، މިކަން ފޯރިގަދަ ކޮށް ކުރުމަށް ދަޢުލަތުގެ ބައެއް އިސްވެރިންނާއި ގުޅިގެން ބަޔަކު ދަނީ ތައްޔާރުވަމުންނެވެ.
ރައިސް މުޙައްމަދު ނަޝީދު ވެލެއްވި ވަޢުދުގެ މަތިން ހަނދާނެއްނެތެވެ. އެމް.ޑީ.ޕީގެ ރިޔާސީ ޕުރައިމެރީ ރޭހުގައި ކެމްޕެއިން ކުރައްވަމުން ވިދާޅުވެފައިވަނީ ދީނީ ޢިލުމުވެރިން ދެއްވާ ލަފަޔާއި މަޝްވަރާ އައްސަވާނެކަމަށާއި، އަދި އެއާއި އެއްގޮތައް ޢަމަލު ކުރާނެކަމަށެވެ. ނަމަވެސް ޢަމަލު ދަނީ ވިދާޅުވި ގޮތާއި 100000 % ދިމާއިދިކޮޅަށެވެ. މިފަދަ ޝޯއަކަށް ހިއްވަރު ނުދެއްވުމަށް ދީނީ ޢިލުމުވެރިން ގޮވަމުން ދާއިރު، އޭރުވެލެއްވި ވައުދު ކޮބައިތޯއެވެ. ވަޢުދު އުވާލާ ބޭވަފާވީމު ނޫންހެއްޔެވެ. އޭގެ ބަދަލުގައި ރައިސް ނަޝީދު ޢަމަލުތައް ހުރީ، މިކަމާއި 100000% ތާޢީދުކުރާށެވެ. ﷲ ހަސްރަތުގައި ލިބިދާނެ ހުތުރު ނަމަކުންނާއި، ގެއްލުމުގެ ބަދަލުގައި، ދޮން ފަރަންޖީންގެ ފަރާތުން ލިބިދާނެ ހުތުރު ނަމަކަށްޓަކައި، ސަރުކާރުގެ ދިފާއީ ވުޒާރާގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރި ކަމާއެކު ޝޯ ބޭއްވުމަށް ތައްޔާރަށެވެ.


ނިންމާލަމުން ދުޢާޔަކީ.... ﷲ ސުބުހާނަހޫ ވަތަޢާލާ އޭކޮން އަށް އިސްލާމު ދީނުގެ ފުރިހަމަވެގެންވާ ހިދާޔަތު ދެއްވައި، މި ޝޯ ގެ ކަންތައްތައް ސުލުޙަވެރި ކަމާއެކު ބޭއްވޭނެ ގޮތެއް ނުވެ ދިޔުމެވެ.


އަޅުގަނޑު އެދެނީ އެންމެ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


ލިޔުނީ ޙުސެން

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-22 11:06:12 | Report this Comment
އަލީ:

ބޮދު އުދަގުލެއްތާދެން މިއުޅޭ ދީނީ އިލުމުވެރިން. ކަލޭމެން ދީނީ ދަރުސްދޭން ބޭރުން މީހުން ގެންނައިރު އަހަރެމެން ނޫޅޭން އުދަގޫކޮށް، މަރާ އިންޒާރުދީއެއް. ހަމަ އެގޮތަށް އަހަރެމެން މިއުޒިކް ކުޅޭ މީހުން ގެނައުމުގެ ހައްގު އޮންނާންވާނެ. ބަލަން ބޭނުންނުވާ މީހުން ޣޭގަ ތިބީމަ ނިމުނީ.

Posted on 2010-04-22 19:22:39 | Report this Comment
މުހމުހައްމަދު:

އަލީ ގެނަން ބަދަލު ކުރޭ، އިގިރޭސި ނަމެއްކިޔާ!

Posted on 2010-04-22 19:57:36 | Report this Comment
އަލިމަނިކު:

ކިހާބޮޑު ބަލާވެރިކަމެއް މިއުޅޭވަހުސީ ތުބުޅިތަކާހެދި!!!

Posted on 2010-04-22 20:58:38 | Report this Comment
މިއުޒިކް:

އަހަރުމެންގެ ކަންފަތް ހުރިއްޔާ މިއުޒިކް އަޑު ނާހާނެ ގޮތެއް ކަލޭމެންނަކަށް ނުހެދޭނެ. ދިވެހި ރާއްޖެވެސް އަފްގާނިސްތާނަކަށް ނުހެދޭނެ. ކަލޭމެންނަކަށް މިތާނކު ގަދައެއް ނުހެދޭނެ. އަމިއްލަ ގައިގައި ބޮން ބަނދެގެން ގޮއްވައި ހުސްވާނީ ކަލޭމެން. ރާއްޖެއިން ކަލޭމެން ހުސްވެގެން ނޫނީ މި ތަނުގައި އަމާންކަމާއި ހަމަ ޖެހުމެއް ނޯންނާނެ. ސަރުކާރުން ކަލޭމެނާ ދެކޮށް ތެދުވާން ލަސްވެއްޖެ.

Posted on 2010-04-23 07:25:55 | Report this Comment
ބެއްޔާ:

އޭކަން އަކީ އިންސާނީ ހައްގުތަކަށް އަރާގެންފައިވާ ޚުދުމުޚްތާރު ގޭންގް ސޮޓާރެއް، ޑްރަގް ބޯގޮލައެއް، މީހަކުމެރުމުގެ ސަބަބުން ޖަލަށްވެސް ލާފައިވާ ޖަލުމީހެއް، ސްޓޭޖުމަތީގައި އެއްވެސް ރަހުމެއްނެތި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށްފައިވާ ރޭޕިސްޓެއް، އަދި ދުނިޔޭގެ ކުރިމަތީގައި މިކަމަށް މާފަށް އެދިފައިވާ މީހެއް، އޭނަގެ މެއިން ސްޕޮންސަރުން އޭނަދޫކޮށްލި، މޯބައިލް ކުންފުނިތަކުގެ ރިންގުޓޯނުންވެސް އޭންގެ ލަވަތަށް ކަނޑާލި، ބޯއިކޮޓް ކޮށްލި. ދެން މިފަދަ މީހެއްގެ މުޑުދާރުއަމަލު ބެލުމަށް ކެއްމަދުވެފައި މިވަނީ ހާދަހާވާ ގަމަރު ބައެއްތޯއެވެ. ހިއުމަން ރައިޓްސް ކޮބާހެއްޔެވެ. އަންހެނުންގެ ހައްގުތައް ކޮބާހެއްޔެވެ. ރޭޑިޔޯ ޚިތޯބުގައި ދިވެހި އަންހެނުންނަށްޓަކައި އޭކަން ބޯއިކޮޓްކުރުމަށް ރައީސްނަށީދު ގޮވާލައްވާނެކަމަށް އުއްމީދުކުރަމެވެ.

Posted on 2010-04-23 11:29:00 | Report this Comment
މޯޑު:

އޮސްޓްރޭލިޔާގައި އޭކޮން ކޮންސެޓުގައި ހަޅުތާލު ކުރި 18 މީހުން ޒަޚަމްވި، އަޅުގަނޑުމެންވެސް ނިކުންނަން ޖެހޭނެ، އިންހައްގުތަކުގެ ދިފާއުގައި، ހައެއްކަ މީހުން ޒަޚަމްވިޔަސް އެއީ ވަރައް ބޮޑުވަރު

Posted on 2010-04-23 11:31:36 | Report this Comment
މޯޑު:

18 injured in Akon concert chaos http://www.abc.net.au/news/stories/2009/10/27/2725237.htm

Posted on 2010-04-23 14:24:23 | Report this Comment
ހުސެން:

މިގަގައުމުގައި ކުރާކޮންމެކަމެއްވެސް ކުރަމުންދަނީ ނަމޫނާއަކައް އެމެރިކާ ބަލާގެން. އެހެންވީމަ ލަވަކިޔުން އެކަންޏެއްނޫން ނަމޫނާ އަކައް މިގައުމުގައި ފައްޅިވެސް އަޅަންވީ. އޭރުންއެގިދާނެ މިގައުމުގައިތިބީ ތިބުނާ 0މުސްލިމުންތޯ .........

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.