
ރައިސްލު ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު، 29 ޖެނުއަރީ 2009ގައި ދިޔަމިގިއްޔަށް ވަޑައިގެން އުންމީދުން ފުރިގެންވާ ވާހަކައެއް ވިދާޅުވިއެވެ. ދިޔަމިގިލީގައި ހިސްޓްރީ ކިޔަވައިދޭ އަރޓް ކޮލެޖެއް ޤާޢިމުކޮށްދޭނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވަޢުދުވެވަޑައިގަތެވެ. ރައްޔިތުން އަދިވެސް ތިބީ އުންމީދުގައެވެ.
ސަރުކާރުން ވަޢުދުފުއްދަވައިފިއެވެ. ދިޔަމިގިލީގައި ބައިނަލްއަޤުވާމީ، އަރޓްކިޔަވައިދޭ ހިޔަނި ކޮލެޖެއްވަނީ ޤާއިމުކޮށްދީފައެވެ. މިކޮލެޖުގެ ބިންގައި އަޅުއްވައި ދެއްވީ، ސައުތު ސެންޓުރަލް ޔޫޓިލިޓީ ކުންފުނީގެ ޗެއަރމަން ދިޔަމިގިލީ ބަގީޗާގެ އަލްމަރުހޫމު އަޙްމަދު ދީދީގެ ދަރިކަލުން، މޫޙައްމަދުދީދީ ނުވަތަ ކޮޑެކު މުޙައްމާދިއެވެ. ، ކޮޑެކު މޫހައްމާދި ދެއްކެވި ވާހަކަފުޅުގައި، މިކޮލެޖަކީ ދުނިޔޭގައިވެސް ބިނާކުރޭވޭ އެންމެ ފެންވަރު ރަނގަޅު ކޮލެޖުކަމަށާއި، މިކޮލެޖުގެ ފައިދާ ދިޔަމިގިލީގެ ރައްޔިތުންނަށް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިކޮލެޖަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ތަޢުލީމު ޙާސިލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނާނެކަމަށާއި، މިކަމަކީ މުޅިގައުމަށް ޚާއްސަކޮށް މުޅިދިޔަމިގިއްޔަށް ލިބިގެންދާ ފާގަތިކަމެއްކަމަށެވެ. ބިންގާ އެޅުމުގެ މިހަފުލާ ނިމިގެންދިޔަ ދިޔަމިގިލީގެ ޖިންސުން ލަޠީފީންގެ ފަރި ޙަރަކާތަކުންނެވެ.
އޭގެ ތިންމަސް ފަހުން 5 ފަންގިފިލާ ހިމެނޭ، މިކޮލެޖު ހުޅުވުމުގެ އިންތިޛާމުތަކަށް ދިޔަމިގިލި ތައްޔާރުވާން ފެށިއެވެ. މުޅި ރަށުގެ ހުރިހާ ފާރެއްގައި ރީނދޫ ކުލަތަކުން ޖަރީކުރެވުނެވެ. ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި، ދަޢުލަތުގެ ކަމުވޮށިގެންވާ ބޭފުޅުން ތިއްބެވުމަށްޓަކައި، ދިޔަމިގިލީ އަތިރީގޭގައި ހަދާފައިވާ 7 ތަރީގެ ސިޓީ ހޮޓަލެކެވެ. ހޮޓާ ވަރަށް ފުރިހަމައެވެ. ހޮޓަލުގެ ކުރިމަތީގައި ފެންގަނޑު ކަފެމުން ފަތިންވަމުންދާ ގޮތައް ހަދާފައިވާ ހުރި، ފެން އަރުވާ ވަޑާމެއް ހުއްޓެވެ.
ކޮންމެއަކަސް ދިޔަމިގިއްޔައް ލާންޗުފަހަރުގައި ހުދު ގަމީސްކޮޅު ތުރުކުރައްވައިގެން ބޭފުޅުން ވަޑައިގަންނަމުން ދިޔައެވެ. މުޅިދިޔަމިގިލިވަނީ ދަޢުލަތުގެ ދިދަޔާއި، ރީދު ފޮތިދަމާ، ކުލައަލިކޮށްފައެވެ. ރައިސްލު ޖުމުހޫރިއްޔާގެ ނައިބި މުހައްމަދު ވަހީދު ޙަސަންމަނިކެވެ. ލާންޗުކޮޅުން ފައިބައިވަޑައިގަތެވެ. ރަށަށް ފައިބައިވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ދިޔަމިގިލީ ކައުނސިލަރ އަލްފާޞިލް އަދުނާން އަލީއެވެ. އޭގެ 1 ގަޑިއިރުފަހުން ދިވެހިރާއްޖޭގެ ރައިސްލު ޖުމުހޫރިއްޔާ މޫހައްމަދު ނަޝީދުވަޑައިގަތެވެ. އެމަނިކުފާނުގެ އަރިހުގައި ބުރިޓީސް އަރޓްކޮލެޖުގެ ޕުރޮފިސަރ ޑޭވިޑް ކެވިންވަޑައިގަތެވެ. ރައިސް ނަޝީދު ދިޔަމިގިލީ އަރޓްކިޔަވައިދޭ ކޮލެޖަށް ވަޑައިގަތުމުން އެއިމާރާތުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހ. ފުލިދޫގޭ ކޮޑެކު މޫހައްމައިދީއެވެ.
ދެންފެށިގެންދިޔައީ އެންމެ ޙާއްސައައިޓަމުއެވ. ކޮލެޖު ހުޅުއްވައިދެއްވުމުގެ ހަފުލާއެވެ. ޖަލުސާގައި އެންމެ ފުރަތަމަ ވާހަކަ ފުޅުދެއްކެވީ ދިޔަމިގިލީ ކައުންސިލ އަލްފާޞިލު އަދުނާންނު ޢަލީއެވެ. އަދުނާނންގެ ވާހަކަފުޅުގައި، ރައިސްލުޖުމުހޫރިއްޔާ މިކޮލެޖު އިފުތިތާހު ކޮށްދެއްވުމަށް މިރަށަށް ވަޑައިދެންވީތީވެ އުފާފުޅު ކުރައްވާކަމަށާއި، މިކަމކީ ދިޔަމިގިލީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއްކަމަށް ވިދާޅުވިއެވެ. އެއަށްފަހު ވާހަކަދެއްކެވީ ވިލިފުށީ އަފީފުއެވެ އޭނާގެ ވާހަކަފުޅުގައި މިކަމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، މިކަމަކީ ގައުމަށް ލިބުނު ވރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެއަށްފަހު ވާހަކަދެއްކެވީ، ކޮޑެކު މުޙައްމާދިއެވެ. އޭނާގެ ވާހަކަފުޅުގައި މިކޮލެޖުގެ ޗަންޗިލަރަކަށްވުމަށް އުންމީދުކުރައްވާ ކަމަށާއި، އޭނާއަށް ކޮލެޖުގެ ޗާންސިލަރުކަން ލިބިއްޖެނަމަ މިކޮލެޖު މަތީހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެވާހަކަ ވިދާޅުވިއެވެ. ދެންއޮތީ ރައިސްލުޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ދެއްކެވުމނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޙައްމައިދީދީ އެދިލެއްވިގޮތައް އޭނާ މިކޮލެޖުގެ ޗާންސިލަރ ކަމަށްހަމަޖައްސަވާ ދެއްވައިފިކަމުގެ ޢިޢުލާންކުރެއްވިއެވެ. މިޢިއުލާން ކުރުމާއި ގުޅިގެން ހޯލުތެރެ ހޫނު ތަރުހީބުގެ އަޑުން ގުގުމާލިއެވެ.
މިހަފުލާ ނިމިގެންދިޔަޢި، ރައިސްލުޖުމުހޫރިއްޔާ ކޮލެޖު ހުޅުއްވައިދެއްވައި ކޮލެޖުތަންތަން ބައްލަވާލެއްވުމަށް ފަހުގައެވެ.
މިޢީ ނިކަމެތި ރައްޔިތުންތަކެއްގެ ކުރިމަތީގައި ގައުމުގެ ރައިސް ވެލެއްވި ވިއުދެވެ. ނަމވެސް ވަޢުދުގެ މަތިން ހަދާނެއްނެތެވެ. ކަމުކު ދާކަށްނެތެވެ. މެދުދެކުނު ޕުރެވިންސުގެ ޔޫޓިލިޓީ ކުންފުނީގެ ޗެއަރމަން މޫހައމައިދީ ( ކޮޑެކު މުހައްމައިދީ ) އަށް ދަންނަވަމެވެ. ދިޔަމިގިލީ ރައްޔިތުންދެކެ ލޯބިވަންޏާ ދޮގުހަދާ ބައެއްގެ ކައިރިގައި ނުތިއްބަވާށެވެ. އަވަހަށް އިސްތިޢުފާ ދެއްވަވާށެވެ.
Posted on 2010-04-19 22:59:03 |
Report this Comment
Posted on 2010-04-23 22:20:28 |
Report this Comment