ކަދީ

  • ޝާއިޢުކުރި ތާރީޚް: 30 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 92
  • މޯބައިލް ލިންކު: m.muraasil.com/6356

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މައުމޫނުގެ އާދަތައް ޑީ.އާރު.ޕީން އަނެއްކާވެސް ތަކުރާރު ކުރައްވާފި.

ކުރީގެ ރައީސް މައުމޫނަކީ އޭނާއާ ޚިޔާލު ތަފާތުވާ މީހުންނަށް ލައްކަގިނަ އުދަގޫތަކާ ތުރާތައް ޖައްސާފައިވާ މީހެކެވެ. އަދި މިގޮތުން ބައެއްމީހުން ސިޔާސީ ކުށްވެރިންނަށް ހަދައި، އެމީހުން ޖަލުގައި ހައްޔަރުކޮށް އަނިޔާކޮށް ތަފާތު ލާއިންސާނީ އަދަބުތައް ދީފައިވާ މީހެކެވެ. ތަފާތުއެތައް އަހުވައެއް ދައްކާފައިވާ މީހެކެވެ. އަދި އެހެންމެ މައުމޫނު ވިދާޅުވާ ގޮތަށް ކަންނުކުރާ ކަތީބުންނަށާއި ކަމުވޮށިގެންވާ މީހުންނަށްވެސް ތަފާތު އެކި ސިފަސިފައިގައި މައުމޫނު އަނިޔާވެރިވެފައިވާކަން ދިވެހި ތާރީޚު ހެކިދެއެވެ.
މާތް ﷲ ގެ ހެޔޮރަޙުމަތްފުޅުން މައުމޫނުގެ މިއަނިޔާތަކުން ދިވެހިން މިވަނީ މިންޖުކުރައްވާފައެވެ. އޭނާގެ ވެރިކަން ބަދަލުކުރައްވާފައެވެ. އެހެންނަމަވެސް މިއަދުވެސް މައުމޫނު މަސައްކަތްކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ޕާޓީ ޑީ.އާރު.ޕީގެ މެންބަރުން ބޭނުންކުރައްވައިގެން އޭނާގެ އަނިޔާވެރި އުޞޫލުތައް ތަކުރާރު ކުރާށެެވެ. ޚުދުމުޚުތާރު ގޮތުގައި ކަންކުރާށެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު އިބްރާހީމްގެ ނަންފުޅު ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ފާސްނުވީ މުޙައްމަދު އިބްރާހީމަކީ ކުޅަދާނަ، ހުޝިޔާރު ބޭފުޅަކަށް ނުވާތީއެއް ނޫނެއެވެ. އަދި ކިއެއްތަ؟ އެމަނިކުފާނުގެ ނާގާބިލުކަމަކުންވެސް ނޫނެވެ..
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދު ވޯޓުގައި ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ ޚިޔާރު ކުރެއްވީ ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާބޮޑު މަގެވެ. ޑީ.އާރު.ޕީ ކަރަންޓީނު ކުރުމަށް ޑޮކްޓަރ ޝަހީދު ގޮވާލެއްވުމަކީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭވަރުގެ ކަމެއް ނޫންކަން ޒުވާން އަލްހާނަށް އެގިވަޑައިގަންނަވައެވެ. އަލްހާން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގެ މަފްހޫމް ވެވަޑައިގަންނަވައެވެ. ވުމާއެކު މައުމޫނު ވިޔަސް، ތަސްމީނު އެންގެވިޔަސް ސިޔާސީ މަގުޞަދަކަށްޓަކައި ގައުމު އަދަވަޅަކަށް ވައްޓާލުމަކީ އަލްހާން އެދޭކަމެއްނޫނެވެ.
ނަތީޖާއަކީ ކޮބައިތޯއެވެ. އަލްހާން ފަހުމީގެ ޖާނާއި މާލުން ގުރުބާންވި ޕާޓީން އޭނާ ނަގާ އެއްލައިލީއެވެ. ޕާޓީން ސަސްޕެންޑްވެސް ކޮށްފިއެވެ. ހަގީގަތުގައި މިކަމުގައިވެސް ފެނިގެން މިދަނީ މައުމޫނުގެ އަސްލުސިފައެވެ. ނުރެހޭ މީހާއަށް ފުރައްސާރަކޮށް، ދުއްތުރާތައް ކުރިމަތި ކުރާގޮތެވެ. އެހެލާ ގޮތެވެ. ގެއަށް ފޮނުވާލުމުގެ އާދައެވެ. އަދިވެސް ޑީ.އާރު.ޕީ އެގެންދަނީ އިހުގެ އާދަތައް ތަކުރާރު ކުރަމުންނެވެ. އެމަންޒަރުތައް ކުޅެމުންނެވެ. ސިފަވަމުންނެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނުގައި ފެނުއަޅާފައި ނެގިއަސް އޮންނާނީ ބަޅުކޮން ދޮއްތޯއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.