މިހާތަނަށް އައިއިރުވެސް އެއްގޮތެއްގައި ސާބިތުވެ އެމީހުންގެ އޯޑަރގައި އެއްސަފަކަށް އެއް ލައިނަކަށް އެތިބީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި ދިވެހިންގެ ޤައުމީ ދިފާޢީ ބާރު އާދެ! ދިވެހި ސިފައިންނެވެ. އެމްއެންޑީއެފް އެވެ. ސިޔާސީ މަޝްރަޙް ގޯސްވެ ހުރިހާ ކަމެއް ނުބައިވެ ކުއްލި އެތަކެއް ޙާލަތެއްގެ ތެރެއިން ޤައުމުގެ ފުރާނަ ދަތުރުކުރި ދުވަހުވެސް އެމީހުން އެމީހުންގެ ބެރޭވެސް އަރިކޮށްފައި ނުވާކަމީ އަހުރެން ޖިބުއެ ދިވެހި އިޚްލާސްތެރި ދަރިއެއްގެ ޙައިސިއްޔަތުން ލިޔުމުން އެވޯރޑް ދޭ ކަމެކެވެ. ތަފްސީލުކޮށް ބުނަންޏާ ބުނެވޭނީ މުސްތަޤިއްލު ކަމާއި ފުރިހަމަ މިނިވަންކަމާއިއެކީ އެއްވެސް ސިޔާސީ ކަމެއްގައި ސިޔާސީ ރޫޙްގައި ބައިވެރި ވެފައި ނުވާ ވާހަކައެވެ. އެކަން ފިސާރި ކުލަގަދަކޮށް ފާހަގަ ކުރަމެވެ. ދިވެހިރާއްޖޭގެ އެންމެ ނަންހިނގާ ބޮލޮގް " ޖިބުއެ " ބޮލޮގުން މިއަދު މި ފާހަގަ ކުރަނީ ދިވެހިސިފައިންގެ ހިތްވަރު ގަދަކަމާއި އެމީހުންގެ އަޒްމް އަދި ހިތްވަރާއި ފަންވަރުގެ ޘާބިތު ކަމެވެ. ސާބަހެވެ. މާމެލާމެލީގެ ގޯނިގޯނިން ވެދުން ކުރަމެވެ. ތިޔައީ ވާ ސީފައިންނެވެ.
މިއަދުގެ ނާޒުކު ސިޔާސީ މާހައުލުގައި ދިވެހި ސިފައިންގެ ވާހަކަ ގެންނަން މި ޖެހުނީ މިދިޔަ ދިވެހި ތާރީޚްގައިވެސް ކުރިން ފެނިފައި ނުވާވަރަށް އިސްލާމްދީނަށް ނަސުރު ދިނުމަށް ފޫގަޅައި ކޮށްފައިވާ ހުވާ އަތްމަތީގައި ބާއްވާ ދީނުގެ މަޢްލޫމާތު ދިވެހި އިސްލާމުންގެ ގޮތުން ހޯދަން ކުރާ މަސައްކަތް ޖިބުއެއަށް ހިފެހެއްޓުމެއްނެތް ގޮތެއްގައި އެނގެމުން ފެންނަމުން ދާތީއެވެ. ނޭނގުމެއްގައި ކުރިން ތިބި ކަމުގައި ވީނަމަވެސް އަދި އެނގިފައި ވީނަމަވެސް އިސްލާމްދީނަކީ ކޮބައިކަމާއި އެމަތިވެރި ދީނުގެ އަސްލު އަޤީދާ ހޯދުމުގެ އިޙްސާސް ދިވެހި ސިފައިންގެ ހިތުގައި ކަށަވަރު ވީކަމީ މިއަދު ދިވެހި ރައްޔިތުން އެމީހުންގެ ޤައުމީ ސަލާމަތާއިމެދު އިންތިހާއަށް ހިތްހަމަ ޖެހޭނޭ ކަމެކެވެ. އެހެން ވާންޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީ % 100 އިސްލާމީ ޤައުމެއްކަން ދިވެހި އެންމެންވެސް ދެނިތިބީމައެވެ.
ޖިބުއެވެސް ޤަބޫލު ކުރަމެވެ. އިންސާނުންނަކީ އޮޅުމުގައި އަދި ނޭނގުމުގައި ކަންކަން ފަހަރުގައި ގޯސްކޮށް ކުރެވިދާނެ ބަޔެކެވެ. އެގޮތުން ދީނީ ގޮތުން ކުރިން ފަހަރުގައި ކަމެއް ގޯސްކޮށް ކުރެވިފައި އޮތުމަކީ ހަމަ އެކަށީގެން ވާކަމެކެވެ. އެއީ ތިޔަ އިއްޒަތްތެރި ބޭފުޅުންނަށް އެކަންކަން އަންގައި ދެވިފައި ނެތީމައެވެ. ނުވަތަ ހާލަތު ހުރިގޮތުން އުނގެނޭނެ ވަގުތު ނުލިބުނީއެވެ. ނަމަވެސް އިލްމުވެރިން ގެ އަޑު އިހުނަށްވުރެ ބާރުވެ ރާޢްޖޭގެ ކަންކޮޅުތަކުން އިސްލާމްދީނުގެ ފަހްމް ހޯދުމަށް އެންމެހާރައްޔިތުން މިހާރު ކުރަމުން މިދާ ބުރަ މަސައްކަތްތައް ފެނި އެކަންކަން ދިވެހި ސިފައިނަށްވެސް ފެނި ،ދިވެހި ސިފައިންވެސް އެމީހުންގެ އަސްލު ދީނުގެ މަޢްލޫމާތު އުނގެނެން ޝޭޚުންނަށް ދަޢްވަތު ދީފައިވާކަމީ އިނާމު ނުދީ ދޫކޮށްލެވޭނެ ކަމެއްނޫނެވެ. އަމެވެ. ހިފާށެވެ. އަހުރެން ޖިބުއެ އިނާމު ދެމެވެ. ނުހިފޭވަރަށެވެ. ފިސާރި ބޯކޮށް ބޮޑުކޮށް ހޯސްލާފައެވެ.
އޭ ދިވެހިލޮބުވެތި އިއްޒަތްރެރި ސިފައިންނޭވެ! އަޅުގަނޑު ތިޔަ ޢިއްޒަތްތެރި ސިފައިންނަށް ސެލިއުޓް ކުރަމެވެ. ޖިބުއެވެސް އިސްލާމްދީން އުނގެނެނީއެވެ. ވަރަށް މަސައްކަތް އެބަ ކުރަމެވެ. މި ވާނުވާ އެނގުމަކީ އެންމެންގެ މައްޗަށް ވާޖިބު ކަމެކެވެ. އިއްޒަތާއި ކަރާމާތް ލިބިގެން ވަނީ ﷲއަށެވެ. އިލްމުވެރިން ބުނެ އުޅޭ ބަހެއް ލިޔެފައި ހަމަޖެހިލާނަމެވެ." އިއްޒަތާއި އަބުރުވެރިކަން ބޭނުންނަމަ ﷲ ގެ ދީން މަތިވެރި ކުރާށެވެ. ދީނަށް ވަފާތެރިވެ ހެޔޮނުބައި ވަކިކުރާށެވެ. ﷲ އެބަޔަކު މަތިވެރި ކުރައްވާނެ ކަމީ އެއްވެސް ޝައްކެއް ހުރިކަމެއްނޫނެވެ. އަދި އެބަޔަކާއި އެއްވެސް މީހަކަށް ނުކުޅެވޭނެއެވެ." މިއީ މުޖައްރިބް އަދި މިހާރުވެސް މުޅި ދުނިޔެ ދެކެމުންދާ ޙަޤީޤަތެކެވެ. ﷲ އީ ބަދުރުގައި ކާފަރުންގެ މައްޗަށް މުސްލިމުން އަދަދު މަދުކަމާއިއެކުވެސް ގަދަކުރައްވާ ނަސްރުދެއްވި މަތިވެރި އިލާހެވެ.
ދަންނަވަންތޯއެވެ. އެއީ މިހާރުވެސް ހަމަ އެ އިލާހެވެ. އެއީ ﷲ އެވެ. އޭރުގެ މައްކާގެ މުޝްރިކުންގެވެސް ހަމަ ރައްބެވެ. އަދި މުސްލިމުންގެވެސް އިލާހެވެ. މިއަދުވެސް އެ ﷲ ހަތް އުޑުގެ މަތީގައި އެނކަލާގެ ވަޢްދު ފުރިހަމަ ކުރެއްވުމުގައި ދިރިދެމިވޮޑިގެންވެއެވެ. އެއީ ޙައްޤު އިލާހެވެ. ދެން އެއޮތީ ކީރި މާތް ރަސޫލާއަށްވެސް ބާވާލެއްވުނު މުޤައްދަސް ފޮތެވެ. އެއީ ހަމަ އެފޮތެވެ. އޭރުގައި އެމީހުންނަށް ނަސްރު ދެއްވިގޮތަށް މިއަދު ކަލޭމެންނަށްވެސް އިލާހު ނަސްރު ދެއްވާނެއެވެ. ޝައްކެއްގައި ނުތިބޭށެވެ. މިއުއްމަތައް ޚާއްސަވެގެންވާ ދެކަމެއް ރަސޫލާ ޙަދީޡް ކުރައްވާ ބަޔާން ކުރައްވާފައި ވެއެވެ. އޭގެ ތެރެއިން އެއްކަމެއް ލިޔެލާނަމެވެ. އިސްލާމްދީނަށް ގެއްލުމެއް ދޭންވެގެން ރާވާ ހިތައްވެސް އަރާ ބަޔެއްގެ މައްޗަށް 1 އެއްމަސްދުވަހުގެ ކުރިން އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ލައްވަވާނެއެވެ. އެއީ ހިތްތަކުގެ ވެރި އިލާހެވެ. ހިތުގައި ބިރުވެކަން ލެވިއްޖެނަމަ އެކަން ފިއްލަވާނީވެސް ހަމަ އެ ﷲ އެވެ. ބަޔަކު ބިރުން އުޅެނީނަމަ އެއީ ފާފަކޮށްފައިވާ ބަޔެކެވެ. އެމީހުންގެ ތެރެއިންނުވާށެވެ. ތައުބާވެ އެނބުރި ރުޖޫޢަވާށެވެ.
ޖިބުއެއަކީ އިލްމުވެރިއަކަށް ނުވާތީ ކުޑަ ނަސޭހަތްކޮޅެއް ލިޔެލީއެވެ. މިއީ މިއަދު މިތާ އިނދެގެން ކިޔެވިބައެވެ..ސިފައިންނޭވެ! އިސްލާމްދީން އުނގެނޭށެވެ. މިހާރު ތިޔަތިބި ހިތްވަރުގަދަ ކުދިންގެ ތެރެއިން އެކަކު ހުރިނަމަވެސް މުޙައްމަދު ތަކުރުފާނެއް ޝަހީދެއް ނުވީހެވެ. ތިޔައީ އެހާ ކެރޭ ބަޔެކެވެ. ހުވާ މަތީ ޤާއިމްވެ ޡާބިތުވާށެވެ. ވެރިކަމުގެ ތެރެއިން އިސްލާމްދީނަށް ފިސާރި ކެއްސެއްދޭން ބަޔަކު ނިކަންތިބެ ރާވައެވެ. އެމީހުން ތިބޭނީ ވަރަށް ބިރުންނެވެ.
ދަންނަވަމެވެ! ޝޭޚް އިލިޔާސްގެ ދަރުސެއް ކޭކޭކޭގައި ބޭއްވުމަށް ދުނިދަނޑި ދަމާލާ ސަފުތައް ރުކުރުވާލި ވަގުތު ދިވެހި ޖުމްހޫރިއްޔާގެ ރައީސް އަލްފާޞިލް ކެރެނީގޭ މުހަމްމަދު ނަޝީދު ސީދާ ފޯނުން ގުޅުއްވާ އެކަން އެއްވެސް އިންސާފެއްނެތި ޔަހޫދީންގެ ބަހަށް ކެންސަލްކޮށްލި ކަމީ އަޅުގަނޑު ޖިބުއެ ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމެކެވެ. ހަމަ އެގޮތައް ބަނގުރާ ހުއްޓުވާނެނަމަ ކޮންފަދަ ހެއްޔެވެ؟ މިފަދަ ތަފާތު ދިވެހި ސިފައިން ތިޔަގެންދަވަނީ ބައްލަވަމުންނެވެ. ނިކަން ފާރަވެރިވާށެވެ.