
އަނެއްކާވެސް ޑީއާރޕީގެ މަކަރުގައި އެމްޑީޕީ ޖައްސައިފި
ނިމިގެން ދިޔަ މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ޤައުމީ ޓީވީންނާއި ޤައުމީ ރޭޑިއޯއިން ދައްކާފައިވަނީ އެ ވެރިކަމުގެ އެންމެ ފަހު އަހަރުއެވެ.
ނޯޓް: އެންމެހާ ލޮބުވެތި ރައްޔިތުން މިކަމާއި އަޑުއުފުލާ މިވާހަކަ ތަންކޮޅެއް ގިނައިން ލިޔެ ސަރުކާރުގެ ސަމާލުކަމަށް ގެނައުން މުހިއްމު ކަމުގައި ފެނޭ..!
އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން ނިމިގެން ދިޔަ މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ޤައުމީ ޓީވީންނާއި ޤައުމީ ރޭޑިއޯއިން ދައްކާފައިވަނީ އެ ވެރިކަމުގެ އެންމެ ފަހު އަހަރުއެވެ. މިކަން ހިނގާ ދިޔަގޮތަކީ އެއްވެސް ބޭފުޅަކަށް އޮޅިފައިވާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މިކަން ތަކުރާރުކޮށް ހަނދާންކޮށްލަ ދިނުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ފެންނާތީ އެކަން ކޮށްލަމެވެ.
ރައްޔިތުންގެ މަޖިލީސް ޓީވީމޯލްޑިވްސްއިން ވަގުތުން ދުރަށް ނުދައްކާތީ އެމްޑީގެ ވެރިން އިސްނަގައިގެން އޭރުގެ އައްނިއާއި މާރިޔާ ،ޒަކީ،ރީކޯ މޫސަ ،ހާމިދު ގަފޫރު، މާހިރު، ލިސްޓް ވަރަށް ދިގެވެ. މި އެންމެން ވެގެން މުޅި މާލެއާއި ރާއްޖެތެރޭގައި ކިތައް ކިތައް މަގުމަތީ މުޒާހަރާ ކުރި ތޯއެވެ؟ ހަޅޭލަވާ ގާއުކާ ބިއްލޫރިތަޅައި ވަރަށް މަސައްކަތުން އެންމެފަހުން އޭރުގެ މައުމޫނު ސަރުކާރަށް މަޖްބޫރުވީ މަޖްލިސް ލައިވްކޮށް ދައްކާށެވެ. އެކަން ޤަވާޢިދުން ކުރަމުން ގެންދިޔައެވެ. މިކަމުގެ އެންމެ އިސްކޮށް އުޅުނީ އޭރުގެ އެމްޑީޕީގެ މީހުންނެވެ. އޭރުގައިވެސް ޓީވީގެ ބޮޑަކަށް ހުރީ ޚަލީލުއެވެ. އެއީ ޑީއާރޕީގެ ބޭފުޅެއްކަން އެންމެންނަށްވެސް އެނގެއެވެ.
ދަންނަވަންތޯއެވެ؟ މިއަދު އައެއްކާވެސް ޚަލީލުގެ މަކަރުން މަޖިލިސް ނުދައްކާގޮތަށް މިއޮތީ ހަދާފައެވެ. އަދި މިކަމުގައި އެމްޑީޕީގެ މީހުން އެތިބީ ނިދާފައި ހެއްޔެވެ؟ މިއަދުވެސް އެ އިޚްލާސްތެރިކަން ހުރިނަމަ މިކަމާއި މުޒާހިރާ ނުކުރަނީ ކީއްވެހެއްޔެވެ؟ ނޫނީ މަސްތުވާ ތަކެތީގެ ބިލްފަދަ މުހިއްމު ބިލުތައް ރައްޔިތުންނަށް ނުފެންނަހެން ހަދަން އެމްޑީޕީން ބޭނުންވަނީ ތޯއެވެ؟
ދިޓީވީ އާއި ރޭޑިއޯ އެޓޯލުން ހަމައެކަނި އަޑު އެހޭގޮތަށް އޮތުމަކީ އެއީ ރައްޔިތުންނަށް ވެވޭ ބޭ އިންސާފެކެވެ. ރައްޔިތުންގެ ޙައްޤުގައި ކުރެވޭ ބޮޑު ޚިޔާނާތެކެވެ.
މުރާސިލުގައި ޖިބުއެގެ ހުރިހާ ލިޔުންތައް
ސެންސަރު ނުކުރާ ޖިބުއެގެ ލިޔުންތަކުގެ އޮރިޖިނަލް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2010-03-11 13:06:30 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ޖިބުއެ!ގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
