ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު ޑިސެމަބަރ 26 ވަނަ ދުވަހުސުނަމީ އެރުމުގެ ކުރީން ، ސުނާމީއޭ ބުނުމުން އެއީ ކޮންއެއްޗެއްކަން އެނގޭ މީހުން ގައުމުގައި ވަރަށް މަދުވާނެއެވެ. އެހެނަސް މިހާރު، ސުނާމީ އުފެދޭން ދިމާވާ ސަބަބާއި އޭގެ ނުރައްކާތެރިކަން ޚާއްސަކޮށް ދިވެހި ރާއްޖެއަށް އޮތް މިންވަރު ނޭނގޭ މީހަކު މަދުވާނެއެވެ. ގުދުރަތީގޮތުން ދިމާވާ މިފަދަ ކަންކަމާއި ދޭތެރޭ ވިސްނާ މުސްތަގުބަލުގައި ވެވުނު މިންވަރަކުން ސަލާމަތްކަން ހޯދުމަކީ ވާޖިބެކެވެ. އަޅުގަނޑުމެންނަށް ސުނާމީއެއް މިހާރު މިވަގުތު އަރަމުން އަންނަ ކަމުގެ ޚަބަރު ލިބިއްޖެއްޔާ ކުރާނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެން އެއްވާންވީ ކޮންތާކަށްތޯއެވެ؟ ފުލުހުންނާއި ސިފައިންނަށް އަޅުގަނޑުމެންނަށް އެހީއެއްވެވޭނީ ކޮންގޮތަކަށް އަޅުގަނޑުމެން އެވަގުތު އަމަލުކޮށްގެންތޯއެވެ؟ މިފަދަ އެއްވެސް ސުވާލަކަށް ދޭކަށް ޖަވާބެއް އެކަކު އަތަކުވެސް އަދިއެއް ނެތެވެ. ސަރުކާރުގެ އަތަކުވެސް ނެތެވެ. ސަބަބަކީ މި ސުވާލުތަކީ އަޅުގަނޑުމެން ކުރާ ސުވާލުތަކަކަށް ނުވާތީއެވެ. ބައެއް ބޭފުޅުން ދެކެ ލައްވާ ގޮތުގައި ގުދުރަތީގޮތުން ދިމާވާ ކަންކަމުން ސަލާތްވާން އުޅުމަކީ ހެއްދެވި ފަރާތަށް ގޮން ޖަހަން އުޅުމެވެ. މަރުވާން ހަމަޖެހިފައިވާގޮތަކަށް އެގަޑިއެއްޖެހުމުން މަރުވާނޭކަން ޔަގީނެވެ. ޖަރާސީމުތަކަކީވެސް ގުދުރަތީ އެއްޗެއްސެވެ. ހޮނު އެޅުމާއި ވާރޭވެހުން ފަދަ ކންކަމަކީވެސް ގުދުރަތީ ކަންކަމެވެ. އެކަމަކު މި ތިބެނީ ސަލާމަތްކަން ހޯދުމަށް މަސަތްކަތް ކޮށްގެންނޫންތޯއެވެ؟މިހާރު މިއޮތީ އެމީހަކު އެމީހަކުގެ ސަލާމަތް ހޯދާގޮތަށެވެ. ވަގުތު އައިސް ޖެހުމުން އެކަންޏެވެ.
މާދަމާ ވެސް ސުނާމީއެއް އައުމުގެ އިންޒާރު ނުބައިކޮށް ވިޔަސް ލިބިއްޖެއްޔާ އެ އިންޒާރުގެ ސަބަބުންއެކަނިވެސް، ހަމައެއް ލަމައެއް ނެތި އުޅެވޭގޮތަކުން މީސްމީހުންގެ ފުރާނައަށްވެސް ގެއްލުންލިބޭގޮތް މެދުވެރިވެދާނެއެވެ. މާފަހުން އެއީ ނުބައިކޮށް އައި އިންޒާރެއްކަން އެނގުމުން ވީގެއްލުންތަކުގެ ޒިންމާ އަޅުގަނޑުމެނގެ އިންތިޒާމުގެ ބޮލުގައި ނޭޅި ދާނެތޯއެވެ؟ ދުނިޔޭގެ މީހުންގެ މަލާމާތް އަޅުގަނޑުމެންނަށް ރައްދު ނުވާނެތޯއެވެ؟ ބޭކާރު ކަރުނަ އަޅާން ނުޖެހޭނެތޯއެވެ؟ ވީމާ މިއިން އެނގޭ ކަމަކީ އަޅުގަނޑުމެން އިންތިޒާމު ވާން ޖެހިފައިވާ ކަމެވެ. ސަލާމަތްކަން ހޯދާނޭ ގޮތެއްގެ ޚިޔާލުކޮށް އެއަށް އަމަލީ ސިފަ ގެންނަން ޖެހިފައިވާކަން އެބަ އެނގެއެވެ
މިސާލަކަށް މާލޭގައި މިއޮންނަ ބޭރު ތޮއްޓާއި އެތެރެ ތޮށްޓާއި ދޭތެރޭގައި އެއޮތް ޖާގަ ސާޅިހަކަށް ފޫޓަށް އުސްކޮށް ޝީޓުއަޅާ ، ދޯނިފަހަރަށް ތިރިއަށް ވަދެވޭ ގޮތަށް ތަނބުޖަހާފައި އެތަންތަންނުގެ ބޭނުން މިހާރުވެސް އިޖްތިމާއީ އެކި ކަންކަން ކުރަން ބޭނުން ކުރެވިދާނެއެވެ. ކުދި ކުދި ޕާކު ތަކާއި ކުޅޭތަންތަނާއި ލުއިކާނާ ވިއްކިދާނެއެވެ.މިހެން ގޮސް ކިތަންމެ ކަމެއް ކުރެވިދާނެއެވެ . ހަމަ އެއާއި އެއްކޮށް ސުނާމީގެ އިންޒާރު އައުމުން އެތަނަށް އެރޭ ގޮތަށްވެސް އިންތިޒާމު ކުރެވިދާނެއވެ. ހަމަ ޔަގީނުންވެސް ރައްކާތެރިކަމަށް ފިޔަވަޅެއް އެޅުނީއެވެ. މިފަދަ ކިތަންމެ ޚިޔާލެއް ކިތަންމެ ބޭފުޅުންގެ ހުންނާނޭކަން ކަށަވަރެވެ.
އަޅުގަނޑުމެންގެ ގައުމުގައި މިހާރު ހަދަން ސޮއެ އެކުރެވުނު ފްލޯޓިން ގޮލްފް ކޯސް ހަދަން ކުރެވުނު ސޮޔާއި އެކު މިފަދަ ކަމެއްގެ ސޮއެއްވެސް ކުރެވުނުކަމުގެ ޚަބަރު ލިބުނު ނަމަ އޯގާތެރި ބަޔަކު އެބަތިބިކަން އެނގުނީހެވެ. "ވިސްނުންތެރިކަން" އަދި "ހިކުމަތްތެރިކަން" މި ދެ ލަފުޒަކީވެސް ހަމައެކަނި ވާހަކަ ފަށުވި ކުރަން ބޭނުންކުރާ ލަފްޒުތަކެއް ނޫންކަންވެސް ދިވެހީންނަށް އެނގުނީހެވެ.
Posted on 2010-03-09 07:06:44 |
Report this Comment
Posted on 2010-03-09 07:48:32 |
Report this Comment
Posted on 2010-03-09 11:17:11 |
Report this Comment
Posted on 2010-03-09 22:18:22 |
Report this Comment
Posted on 2010-03-10 11:40:23 |
Report this Comment
Posted on 2010-03-10 23:35:38 |
Report this Comment