މައިންޑްފްރެޝް

  • ޝާއިޢުކުރި ތާރީޚް: 07 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 544
  • މޯބައިލް ލިންކު: m.muraasil.com/5919

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައީސް މައުމޫނަށް މަރުގެ އަދަބު..

މަރަށް މަރުހިފުމާ، މަރުގެ ދިޔަ ދިނުމާ، އަދި މީހަކު މަރާލުމުން އޭގެ ބަދަލު ހޯދުމަށް އޭނާގެ ވާރިޘުން ބޭނުންވެއްޖެ ހިނދު، އާއިލާއިން އެމައްސަލަ ކޯޓަށްލައި މަރަށް މަރުހިފަން ބޭނުންވެއްޖެނަމަ އެކަން ކުރުމަކީ ވާޖިބެކެވެ. ﷲ ގެ ޙުކުމްތައް ބަދަލުކުރާ މީހާއީ ނަރަކަ އެދި ގޮވާ މީހާ ކަމަށް ވާއިރު، ޙުކުމްތައް ބަދަލުކުރާ މީހުންނާ އެގޮތަށް ޙުކުމް ކުރުމަށް ބާރުއަޅާ މީހުން ބޭނުންވާ ގޮތަށް މިޤައުމުގައި ކަންތައް ހިނގައިދިޔަދީގެން ނުވާނެއެވެ.

އިސްލާމީ ދިވެހި މުޖުތަމައުގައި މިހާރު ވަކިހިއްޕާފައިވާ ނުބައި އާދަތައް ގިނަގުނައެވެ. އެއްޖިންސުގެ ގުޅުން ހިންގުމާއި، އެންމެ ވަނާތައް ރީތި ގުނަން ބެލުމުގެ ބޭނުމުގަ ރީތީގެ މުބާރާތްތައް ބޭއްވުމާ، މަސާޖު ކުރުމުގެ ނަމުގަ 'ގަނޑުގަތުމާ " މިއީ ވެރިކަންކުރަމުންދާ ގަނޑުވަރުތެރެއިން ފެށިގެން ހިނގަމުންދާ އަދި އަގުބޮޑު ކުޅިވަރުތަކެވެ.
މިކަންތަކުގެ ވާހަކަތައް ލީކުވެދާނެތީވެ، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގަ މއ. ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމު ހުންނެވިއިރު އެމަނިކުފާނުގެ އޯޑަރަށް އަނބިކަނބަލުންގެ ބޮޑުބޭބޭފުޅު ޢައްބާސް އިބްރާހީމް ވަނީ ސްޓޯރީތައް އެހެން މިހެން ބަދަލުކޮށްފައެވެ. -"ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު" - މިހެން ނަންދީގެން ތަނެއް އުފައްދަވައި އޭރުގެ ހުރިހާ ލިޔުންތެރިން ލިޔުއްވާފައިވާ ފޮތްތަކާ ފަތްކޮޅުތައް އެއްކޮށް، އެތަކެތީގައިވާ ޓެކްސްޓަށް ބޮޑެތި ބަދަލުތައް ގެނެސް މިގަނޑުތައް ގަތީ މިތަނުންނެވެ. ގަނޑުވަރުތަކުގަ ކުޅިކުޅުމާ، އިންތިހާ ދަރަޖައަށް ގަނޑުވަރުގާ ހިނގި ޢައިރު ދީނުގެ ޢަމަލުތަކުގެ ވާހަކަތައް ލިޔެފާވާ މިފޮތްތައް އެޑިޓުކުރީ މިދެންނެވި މައުމޫނާ، ޅިޔަނު އައްބާހާ އަދި އޭނާގެ ވަފާތެރިންނެވެ.

ނުވިތަނުގަ މައުމޫނު ތިން ފަހަރެއްގެ މަތިން ނަސްރީނާ ވަރިކުރި ވާހަކަވެސް ފަޅާ އަރާފާނެތީ އެވާހަކަތައްވެސް އޮޅުވާލަން މަސައްކަތް ކުރެއެވެ.
މިއުޅެނީ ކޮންމެހެން މީހެއްގެ ފަތިފުށް ހާމަކުރާކަށް ނޫނެވެ. އެހެންނޫނަސް އަހަރެންގެ ހަޔާތުގަ އެންމެ ފުރަތަމަ ފަހަރަށް ފެނުނު ކަޅުހުކުރުގެ ހާދިސާ ހަނދާންވާތީ، އަހަރެންގެ ހިތަށް އަދިވެސް ފުރިހަމަ ހަމަޖެހުމެއް ނުލިބެނީއެވެ.

ދިވެހި ފުލުހުން ކަންތައްކުރާނީ އެވެރިންނަށް ދެއްވާ އޯޑަރުތަކާ އެއްގޮތަށެވެ. "މަތިން އޯޑަރު ދީގެން.." ..... ނޭ ބުނާއިރު އެބުނާ މައްޗަކީ ރައީސެވެ. (އޭރުގަ) މައުމޫން އަބްދުލް ޤައްޔޫމެވެ. ޖަލު ބަލަހައްޓާ މީހުންނަށް އެންމެ މަތިން އަމުރުކުރާނީވެސް އެމަނިކުފާނެވެ. އެހެންކަމުން ބޮޑު ކަމެއް ހިނގައިފިނަމަ އެންމެ ފުރަތަމަވެސް ޕޮލިސް ކޮމިޝަނަރުގެ ވާޖިބުތައް އަދާކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ލަފާފުޅަށް އެދިވަޑައިގަންނަވާނެއެވެ.

މިރޫޓުން ކަން ހިނގަމުން ދަނިކޮށް މާފުށީ ޖަލުގަ ހަމަނުޖެހުން ހިނގައި ކުށްވެރިންގެ ގޮތުގައި ބަންދުކޮށްފައިވާ މީހުންގެ ލޭ ކެކެން ފެށުމުން، އެވާހަކަ މައުމޫނަށް އާދަން ޒާހިރު ދެންނެވުމުން ކަންހިނގިގޮތް ވަރަށް ރީއްޗަށް ފެނިގެން ދިޔައެވެ.

އެހެންނަމަވެސް "ޑޭންޖަރ މައުމޫން" ޓީވީ މެދުވެރިކޮށް ވިދާޅުވީ ތިމަންނާ ވިދާޅުވި ގޮތަށް ޖަލުގެ ކަންތައްތައް ވަރަށް އަމާން އޮމާންކޮށް ނިމިއްޖެއޭ.. މާކަބޮޑު ހަމަނުޖެހުމެއް ނުހިނގަނީސް ކުށްވެރިން ކޮންޓްރޯލް ކުރެވިއްޖެއޭ..

އެކަމަކު އާޚިރުގަ ކަން މިވީ ކިހިނެއް.. މައުމޫނުގެ އޯޑަރަށް ފުލުހުން ކުރިކަމަކީ ބަޔަކު ގަޔަށް ބަޑިޖަހާ މަރާލީ...

އެތަންކޮޅު ފޫބައްދަން މައުމޫން މިބުނީ ތިމަންނާ މީހަކު މަރާލަން ނުބުނަމޭ..އެކަހަލަ ކަމެއް ނުހިނގައޭ..ބަޑިޖަހަން އެންގީ މައްޗަށޭ... ޖައްވަށޭ... ހަވާއަށޭ...ފަޒާއަށޭ... ފަހުން ފޮޓޯތައް ލީކުވެ ހުރިހާ ކަމެއް ފަޅާއެރުމުން، އަވަސްއަވަހަށް ތާކިހާ ބަދަލުކޮށްލަންވެގެން ސަރުކާރުގެ ހުރިހާ ލިޔެކިޔުންތައް އާރަށަށް ގެންގޮސްގެން އަންދާލަންވެގެން މަސައްކަތްކުރީ.

މައުމޫނުގެ ވެރިކަމުގަ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ކިތައްމީޙުން ކަމެއްވެސް ނޭނގޭ.. ބުނެވޭ ގޮތުގަ ގެއްލިގެން ހޯދާ މީހުން އެބަތިބި ޖަލުންވެސް ފެނިފަ. ވީއިރު އެގޮތަށް ގެއްލިގެން ހޯދާ ކިތައް މީހުން ކަމެއް ނޭނގެ ޖަލުގަ މަރުވެފައި ތިބީވެސް..

އިސްލާމީ ދުނިޔޭގެ ތާރީޚަށް ބަލާއިރު، އެރަށެއްގަ ހިނގާ ހުރިހާ ކަމެއްވެސް އެރަށުގަ ހުންނަ އެންމެ އިސްވެރިމީހާ އަށް އެބަ އެނގެން ޖެހޭ.. މައްސަލަތައް ބަލަން އެބަ ޖެހޭ.. އަންނަ ޝަކުވާތައް ބަލައިގަންނަން އެބަޖެހޭ... ތިމާއާ ޙަވާލުވެފައިވާ އެތައް ހާސް މުސްލިމުންގެ ޙާލު ހުރިގޮތް ބަލަން އެބަޖެހޭ... (މިހާރުގެ ގޮތުންނަމަ ކޮމިޝަންތައްވެސް ވަނީ ހަދާފަ.. އެކަމަކު އެތަނުން ކުރާ ކަންތަކެއް، ކާމިޔާބު ކުރެވުނު ކަންތަކެއް، ލިބުނު ފަސޭހައެއް ނޭނގޭ) ތިޔަ ކިޔުންތެރިން ބުނެބަލަ އަޅެ ކޮން ރައީސެއްތަ މިހާ ހެވީ އަހަރުމެންނަށް..؟

ރައްޔިތުން އަބަދުވެސް މިތިބެނީ ސަރުކާރަށް ދަރާފަ.. ރައީސުންގެ އޯޑަރަށް މީހަކު މަރައިލިޔަސް ރައީސަށް އެބަ ސަލާމަތްވެވޭ ފަސޭހައިން... މިއީތަ މިކަން ހިނގަންވީ ގޮތަކީ...؟ ކޮބާތަ ގާމާދޫ ޖަލުގައި ހިނގި ހާދިސާތަކުގެ ތަފްސީލުތައް... ހޯދުނު އެއްޗެއް ހޯދުނު ވަރަކަށް އެބަޖެހޭ ޢާންމު ކުރަންވެސް....

ވެރިމަކުގާ ހުންނައިރު އެމީހުންގެ މައްޗަށް ވާޖިބުކަމެއް ގައުމުގެ އެންމެގެ ހާލަތު ބަލައި މަސްލަހަތު ދެނެގަނެ އަދި ބޭނުމެއް ޖެހިފައިވާ ރައްޔިތު މީހާއަށް އެހީތެރިވެސްވާން. އެނގޭ ކަމަކީ ބައިތުލްމާލުގަވާ ފައިސާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އެއްޗެއް ނޫންކަން.. އެއީ އެންމެންގެ އެއްޗެއްކަން..

ވެރިކަމުގަ ހުންނަ މީހާ އޭނާ ބޭނުންވާ ކޮންމެ މީހަކު މަރާލައި، ﷲގެ ޙުކުމްތަކަށް ބަދަލު ގެނެސް، ގާޒީން ލައްވާވެސް ބޮޑެތި ފާފަތަކަށް އަރާށޭ ބުނެ އެގޮތަށް ރައްޔިތުންގެ މަޖިލީސް މެމްބަރުން ލައްވައި ޤާނޫނުތައް ހަދާއިރު، ކަލޭމެން މަޖިލިސް މެމްބަރުންނަށް އެބަ އެނގޭތަ އަޅެ ކަލޭމެންގެ ސައިޒް..!!!؟؟

ކިތަންމެ ބަޔަކު މަރާލި ކަމުގާވިޔަސް ކަލޭމެން ރައްޔިތުން ޖެހޭނީ ހަމަ ތިހެން ތިބެންތަ؟؟ ކޮބާތަ ތިބުނާ ދީނީ އިލްމުވެރިން؟؟ ކޮބާތަ ތިބުނާ ކޯޓުތައް؟؟ އެމްޑީޕީންވެސް ބުނި މައުމޫމު ކޯޓަށް ގެންދާނަމޭ... މަރުގެ އަދަބު ހައްގޭ ބުނި މީހުންވެސް މަދެއް ނޫން... ކޮބާތަ އަސްލު މިކަން ކުރަންވީ އެންމެ ރަނގަޅު ގޮތަކީ...؟ މައުމޫނު ކުށްވެރިވޭތަ؟ މަރުގެ އަދަބު ދޭން ޖެހޭތަ؟

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-07 17:39:20 | Report this Comment
ސޮފްޓް:

ވަރަށް ކަމުދާ ލިއުމެއް... ވަރަށް ގިނަ މަޢުލޫމާތު ހޯދައިގެން ލިޔެފައިވާކަން ފާހަގަ ކުރެވޭ...

Posted on 2010-03-07 17:58:10 | Report this Comment
ސުންނާފަތި:

މިހާރު މައުމޫން ގެ ކުށެއްވާނަމަ މައުމޫން ހައްޔަރުކޮއްފިސް.. އެހެންވީމާ ބުނެވޭނީ މައުމޫނުގެ ކުށެއްނެތޭ... މައުމޫން އަކީހަމަ މިގައުމުގެ ބާނީއޭ.... ކިހާބަޔަކު މައުމޫން ގެ ކުށެއް ފެނޭތޯ އުޅެފި،، އެކަމަކު އެކަމެއްނުވި. ކުށެއްނުފެނުނު.. ހުރިހާގަލެއްފޮރޮޅާނިމިއްޖެ،، ކުށެއްނުފެނުނު..
ބާނީ: މިގައުމު ހަލާކުގެ ތެރެއަށް ގެންދިޔަ ބާނީ އަކަށްވާނީ މައުމޫނު ނޫން ދެން ކާކު؟ ގައުމުގެ ޅަދަރީންނަށް ދީން އަންގައި ނުދީ އިސްލާމީ ރިވެތި އުސޫލުތައް މިގައުމުން ފޮހެލި ބޮޑު ބާނީ އަކީ ހަމަ މައުމޫނު.

Posted on 2010-03-07 19:17:50 | Report this Comment
ރަންދީ:

މައިޕްރެންޑްސް އަސް ބުނެލަންއޮތީ ކަލޭ މައުމޫނު ކޮށާލައިގެން ކާންވީނޫންހޭ އެވަރުން ހިތްހަމަޖެހޭނެތޯ އޭނާގެ ދުވަސްދުއްވާލާނެ ކަމެއް އޮތްނަމަ މިހާރު މިއުޅޭ ބައިގަނޑު މިހެންނެތް ނުތިބޭނެ އޭގެ ކުރިން ކަލޭ މަރަންވީ އަދި މިކޮންމެޓް ނުޖަހާނެކަންވެސް އެނގޭ އެކަމަކު ކަލެއަށް ފެންނާނެއެއްނުދޯ ކިޔާލާފަ ޑިލީޓްކޮށްލާ ޖަހާކަށް ނުކެރޭނެއެއްނުދޯ
މައިންޑްފްރެޝް: މި ކޮމެންޓް މި ޖެހީ އެއްނު ދޯ ރަންދީ... ރަންދީ ހީކުރީ ވަކި އަތަކަށް ޖެހިފައިވާ ލިއުމެއް ކަމަށްތަ މިއީ... އެކަމު އެހެނެއް ނޫން..

Posted on 2010-03-08 07:02:32 | Report this Comment
ކިއުއެސް:

ދިވެހިންނަކީ ވަގުތު ފާއިތު ވުމުން އެކަންމަކާއިގެން އެހާ ބޮޑަށް އުޅޭ ބައެއް ނޫނެވެ. އަދި ލިބުނު ވަގުތުގައި އަތުޖެހުނު އެއްޗެއް ހިފައިގެން ފިލޭތޯ ބަލާ ބައެކެވެ. (އެއްމެންނެއް ނޫނެވެ.) އިސްލާމީ ޝަރީއަތަކީ ބޭރުފުށަށް ކުރެވޭ ޝަރީއަތެކެވެ. އަދި ހެއްކާއި ޤަރީނާގެ މައްޗައް ކުރެވޭ އެއްޗެކެވެ. ރާއްޖޭގައި ހިނގާދިޔަ ހުރިހާކަމަކަށްވެސް މައުމޫނުގެ މައްޗައް ތުހުމަތުގެ އިނގިލި ދިއްކުރެވެއެވެ. އެހެންނަމަވެސް މައުމޫނާއި މެދު މިސަރުކާރުންވެސް ޝަރީއަތް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެނީ މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަކަށް ނޫނެވެ. މައުމޫން ސަރުކާރުގައި ހުރެގެން އޭނާއާއި އޭނާގެ އައުވާނުންނަށް ލިބެމުން ދިޔަ ދުނިޔެވީ ފައިދާތައް މިހާރުގެ ސަރުކާރުގައި މިތިބަ ބޮޑުންނަށް ފެނިފެނި ހިތައްކެއް ނުވެގެން، މިވެރިންވެސް އެ ވެރިކަމަށް ދަހިވެތިވީއެވެ. މިހާރު އެކަން މިބައި މީހުނަށް ވެއްޖެއެވެ. ރައްޔިތުން އިންޞާފުހޯދާނީ އަމިއްލަ އަށެވެ. ސަރުކާރު އެއުޅެނީ ވެރިކަމާއި އެކު ލިބުނު ސާމާނުތައް ވެރިކަން ނިމެންވާ އިރަށް ފޮރުވާ ރައްކާ ކުރާނެ ގޮތެއް ހޯދުމުގައި އަވަދި ނެތިއެވެ.
1721:މައިންޑްފްރެޝް: ތިވެސް ރަނގަޅު ވާހަކައެއް ކިއުއެސް ތިބުނުއްވީ
ޝުކުރު: ކިއު އެސްއަށް ޝުކުރިއްޔާ މި އާޓިކަލްއާ ކޮމެންޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެންމެ ޙަޤީޤީ ކޮމެންޓަކީ މިއީ.

Posted on 2010-03-08 07:57:22 | Report this Comment
މިލަދޫ ސައްތާރު:

އެމަނިކުފާނުވެސް ވަރަށްގިނަ ގޯސްތައް ހެއްދެވި. އެކަމުގެ ޒިންމާވެސް ނަންގަވަން ޖެހޭނެ އެމަނިކުފާނު.އެއީ ހަމަ ފައްކާ ބަޚީލެއް. ޤުރުއާން ތަރުޖަމާ އަޚީ ހުއްޖަތެއްނޫނޭވެސް މައުމޫނު ވިދާޅުވި. އެހެންވީމާ މައުމޫނުގެ ހިޔަންޏަކީ ނަސްރީނާގެ ހިޔަނި.
1721:މައިންޑްފްރެޝް: ހިހިހިހި.... ކޮންފަދަ ނަސްރިނާއެއްދޯ
ތިނެތް: ތިން ފަށްވި ނަސްރީނާ ( ނައްޓު)

Posted on 2010-03-08 11:12:18 | Report this Comment
ނާނި :

ސުންނާފަތި ކަހަލަ މީހުންނަށް ނުފެންނާނީ.ބަލައްޗޭ އަދި އާޙިރުގައި ނިމޭއިރު ވާ ގޮތް ހުރިހާ ގަލެއް ފުރޮޅާނިމޭއިރު ކުށްތައް ނުފެނިފަ ހުންނާނެ
1721:މައިންޑްފްރެޝް: ހަމަތެދެއް ތިވެސް. މިހާރު ކިތައް ގާ އިތުރަށް ފުރޮޅަން ޖެހޭ
ގާ : ގާފުރޮޅާ ނިމޭއިރު މައުމޫނު އޮންނާނީ ގާތަށް ދަށުވެ ފިސްވެފައި .

Posted on 2010-03-08 11:36:44 | Report this Comment
ކދ:

މައުމޫން އަކީ މިގައުމަށް އެރި ބޮޑު ބާންޏެއް އެއީ ބާނީ އެއްނޫން. މައުމޫން ދެއްކެވި ބުރުގާގެ ވާހަކަވެސް އެނަގެ ފިދާއީން ގަބޫލްކުރި. އިލްޔާސްމެން ގުރުއާން ގެ މާނަ ކުރަނީ ނުބައިކޮށޭކިޔާފަ. ކީކޭދެން ބުނާނީ
1721:މައިންޑްފްރެޝް: ޕިސްޕިސް..ޕިސްޕިސް..ޕިސްޕިސް... އެހެންވީމަ ކދ ގެ ތި އިބާރާތްވެސް މި އާޓިކަލަށް އިތުރު ކުރީއޭ އިނގޭ

Posted on 2010-03-08 12:57:14 | Report this Comment
ރީކޯ:

މަރުގެ އަދަބެއްވެސް ނޫން ދޭންވީކީ ގެނޭ އަހަރުމެން ގަލުން ތަޅައިގެން ރަޖަމް ކުރަން ކއތ!
1721:މައިންޑްފްރެޝް: އޭ ރީކޯ ތިހާ ރުޅިގަދަ ނުވޭ... އަހަންނަށް އެނގޭ ހަގީގަތުގަވެސް ރީކޯ އަކީ ވަރަށް ވިސްނަ ފިހުކުރު ކުރަ މީޙެއްކަން.. އަޅެ ރީކޯ ބުނެބަލަ މައުމޫނަކީ މުނާފިގެއްތަ ދެން..؟
ސިފަ: މުނާފިގެއްގެ ސިފަތައް އެބަހުރި

Posted on 2010-03-08 17:13:59 | Report this Comment
އީވާ:

އަދުލު އިންސާފުގަ ތިބި މީހުންގެ

Posted on 2010-03-08 19:58:37 | Report this Comment
މާރިޔާ ދީދީ:

ނޫނޭ މިލިޔުމުން އެނގޭ މީ ވަކި އަތަކަށް ޖެހިފައިނެތް ލިޔުމެއްކަން....މައިންޑްއަށް ބުނެލަން ބޭނުމީ މައުމޫނު ކުށްކުރިއަކަސް ތިބޭފުޅާޔަކަށް ނުކުރެވޭނޭ.ކުރެވޭނަމަ ކޮށްފަ ނިކަން ދައްކާލަބަލާށޭ.ސައިޓްތަކަށް ނިކަން އަރުވާލަ ބަލާށޭ.ރަޖަމު ކުރާހައެއް ނުވާނެ...އެބޭފުޅާ ބަތްކާއިރު ކާލަދާނެ.
1721:މައިންޑްފްރެޝް: ދެން މާރިޔާވެސް ދޯ.. އާން 1 މާރިޔާ މަށެއް ކުށެއް ނުކުރަމޭ.

Posted on 2010-03-08 20:41:47 | Report this Comment
އަލީސުޖާއު:

އަދިވެސް ހިތްހަމްނުޖެހެނީދޯ ތިކަންކުރެވޭނީ އަހަރަމެން މެރުމަށްފަހު މައުމޫން ޒިންދާބާދު
1721:މައިންޑްފްރެޝް: މައުމޫން ޒިންދާބާދު... މައުމޫނުގެ އެންމެ ކަމުދާ ސިފައަކީ ކޮބަތަ އަލީސުޖައު///////////
ނެތް : އެކަލޭގެ ކިބާގައިކަމުދާ އެއްވެސް ސިފައެއްނެތް. ސޮރީ

Posted on 2010-03-09 11:09:35 | Report this Comment
ފާރަތު:

މައުމޫނުގެ ލޭބުއިމާ ހިއްހަމަ ޖެހޭނެތަ ތީދެން ބޮޑުވަރު ހިތުތެރޭގައި ވަކިވަރަކަށް ހަސަދަ އޮތޮމަކީ ޖެހޭ ބައްޔެކެވެ. އެބަލި ތިއޮތީޖެހިފަ
1721:މައިންޑްފްރެޝް: ފަރަތު..... މަށަކަށް ނުޖެހޭ ތިބުނަ ބައްޔެއް
ލޭ: މީހަކު ކަންތައްކުރި ގޮތް ބަޔާންކުރެމަކީ ލޭ ބުއިންތަ. މައުމޫމު ހަމަ އެހާ ނުބައިކޮއް ރައްޔިތުންނަށް ކަންތައް ކޮއްފަ ހުންނަންވީތަ. އަދިވެސް އޭނަވީ ބާނީ އަކައްހަދައިގެން ލޮލުގެ އެސްފިޔައައް ލައިގެން ގެންގުޅެންތަ؟

Posted on 2010-03-10 01:47:05 | Report this Comment
ރަންދީ :

ކޮންމެޓް ދެންޖަހައިފި ކޮންމެންޓް ޖެހިޔަސް ނުޖެހިޔަސް މިލިޔުން ކިޔާ ކޮންމެ މީހަކަށްވެސް އެނގޭ މިއީ ވަކިއަތަކަށްޖެހި ހުސްވެފައި އޮތްލިޔުމެއްކަން
ހަގީގަތް: މިއީ ހަމަ ޙަޤީގަތް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.