އަހްމަދު ބަދީއު

  • ޝާއިޢުކުރި ތާރީޚް: 23 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 383
  • މޯބައިލް ލިންކު: m.muraasil.com/5720

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައީސް ނަޝީދު ބިރުކެނޑެން ވެއްޖެ

ކުރާ ކަމެއްގައި ވިޔަފާރި އެކުލެވިގެންވާ ކަމަށް ވަންޏާ އެވިޔަފާރިއަކުން ނިކުންނާނެ ކަމަށް ލަފާ ކުރެވޭ ފައިދާއެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް އެކަމަކީ މުސަގުބަލުގައި ދަތި އުނދަގޫ ދިމާވެދާނޭ ކަމަކަށްވިޔަސް ، އިސްލާމްދީން އެކަމެއް ނުކުރުމަށް ބާރު އެޅިއަސް ދިވެހިރާއޖޭގައި ހުއްދަދެވޭނޭ ކަމަށް ސަރުކާރު ހިންގަވަން ހަވާލުވެ ތިއްބެވި ބޭފުޅުން ވިދާޅު އެބަވެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި މިފަދަ ވިސްނުމަކީ އިސްލަމްދީނުގެ އަސާސަކާއި ޚިލާފުވާނޭ ވިސްނުމެއް ނޫނެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި މިފަދަ ކަންކަމުން މުއްސަނދި ވާންޖެހޭނީ މިވަގުތުވެސް މުއްސަނދީންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެކަންޏއެވެ.

މިކަން އޮތީ މިހެންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އެންގެވުމަށްޓަކައި އެބޭފުޅުން ހުށަހެޅުއްވި ކަމަކީ ސަތޭކައިން ފެށިގެން މަތީއަދަދަކަށް އެނދު ހެދުމުގެ ގާބިލްކަން ލިބިތިބި މުއްސަނދީންނަށް އެބޭފުޅުންގެ ހޮޓާތަކުގައި ބާރ ހަދައި ރާވިއްކުމުގެ ހުއްދައާއި އޫރުމަސް ވިއްކުމުގެ ހުއްދަ ގަވާއިދެއްގެ ދަށުން ދިނުމެވެ. ސަތޭކަ އެނދުގެ ހޮޓަލެއް ނުވަތަ ގެސްޓު ހައުސްއެއްގައި އެންމެ ގެސްޓަކު ނެތަސް އެހުއްދަ އެހޮޓަލަށް ލިބިގެންވެއެވެ. ބާރ ހުންނާނީ ހުޅުވިފައެވެ

ހުއްދަތައް ދިނުމުގައި ބަލާ މިންގަނޑަކީ މިއީ ކަމަށް ވަންޏާ މާދަމާ ދުއިސައްތަ އެނދާ އެއްކޮށް ހޮޓާ އެޅުމަށް ގާބިލު ބޭފުޅުންނަށް އެބޭފުޅުންގެ ހޮޓާތަކުގައި ހަށިވިއްކުން ހުއްދަ ކުރުމަކީ ވެސް ދުރު ކަމެއްވެސް ނޫނެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި މި ހުއްދަ ދީފައި މިވަނީ ޑިމޮކްރަސީގެ ހަމަތަކާއި ވިޔަފާރީގެ ހަމަތަކާއިވެސް މުޅީން ޚިލާފަށް ވަރަށް ޖާހިލިއްޔަ ގޮތަކަށެވެ. ފަންސާސް ނުވަތަ ތިން އެނދުގެ ގެސްޓު ހައުސް އަޅަން ބޭނުން މީހުންގެ ހައްގު ތަކާއި އެތަނަށް އަންނަ ގެސްޓުންގެ ހައްގު ކޮބައިތޯއެވެ؟. އެބޭފުޅުންގެ ގެސްޓު ހައުސްގައި ދެއެނދު ހުއްޓަސް ރަލާއި އޫރުމަސް ނުވިއްކޭންވީ ކޮން ސަބަބަކާއި ހެދީތޯއެވެ. އެ ބޭފުޅުންނަށްވެސް ހަމަ ދަނގަޑު ދޮރުލީ ބާރ ހަދައި ކެމެރާ ބަހައްޓައި ހެދޭނޭ ނޫންތޯއެވެ؟ ހަމައެކަނި އެއްކަލަ ސަތޭކަ އެނދުގެ ތަންތނުގެ ވެރީންނަށް އެކަނި ބަނގުރާ ވިޔަސް އޫރުމަސް ވިޔަސް ވިއްކޭ ގޮތަށް އޮތުމަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއްނޫނެވެ.

މިހެން މިކަން އޮތުމުން ކުދިވިޔަފާރިވެރީން މާޔޫސްނުވާނެތޯއެވެ؟.

ސަރުކާރުއެވެ! އެކަކު އަނެކަކުގެ ފަރާތުން ހިތްވަރުލިބި ބިރުކެނޑި ހަމަހަމަ އުސޫލުން ގާނޫނު އަސާސީގެ މަސްދަރާއި ޚިލާފު ނުވާގޮތަށް ސަރުކާރު ހިންގާން ޖެހިލުން ނުވާށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަލްސަފާ ހަނދުމަފުޅު ބަހަށްޓަވާށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-23 19:41:41 | Report this Comment
އަލީ :

މަގުމަތީގައި ބޯޅަ ނުކުޅެ، ބޯޅަދަނޑަށް ގޮސް ކުޅެފަ ގެއަށް ދިއުން ކަހަލަކަމެއް. މިހާރު މާލޭގައި "ރާބޮނީ " ކޮންތަނެއްގައިކަން އެންމެނަށްވެސް އެނގޭނެ. ކުރިންވިއްޔާ އެމީހަކު ހުރިތާކު ހުރެގެން ބޮނީ. އެނގިދާނެތާ!

Posted on 2010-02-23 20:02:10 | Report this Comment
ލާޗާރު:

މިކަމަކީ ހޮލިޑޭ އިންގެ ފިއްތުމުގެ ސަބަބުން ކުރާކަމެއް، ހޮލިޑޭ އިންގެ ކުރިމަތީގައި ސިލްސިލާ މުޒާހަރާ ތަކެއް ކުރުމަށް މިދަނީ ވިސްނަމުން އޭރުން ހުންނާނީ ރަގަޅަށް ރާވިއްކިފަ. އެމް ޑީ ޕީ .މަތި އުތުރު.

Posted on 2010-02-23 20:22:26 | Report this Comment
އިސްއަފު:

ހޮލިޑޭއިންއަށް ރީތިކޮށް ރާވިއްކަދޭނަމެވެ. ދުވަހަކު ގެސްޓަކު ވައިވެސް އެޅުނަ ނުދޭވަރު ކުރާނަން. ސަރުކާރުވެސް ސަމާލުވޭ. މުޒާހަރާ ޖައްސާނަން .ތަނުގަ ހުރި ގޮނޑިމޭޒުވެސް އަމިއްލަޔަށް ނުކުއްނަ ވަރަށް. ޑިމޮކްރަސީ ގައި މުޒާހަރާ ކުރެވޭނެ. އެހެންނޫންތޯ.

Posted on 2010-02-23 20:33:21 | Report this Comment
މޫސަ:

ގަމާރު ވާހަކަ ނުދައްކާ. ކުރިންވެސް ރާއްޖޭގައި ރާއްވިއްކާ. ކުރިގެ ގަވައިދު ބަލާފަތޯ މީ ލިޔެފަމިއޮތީ؟ އެހެންނޫނަސް ކަލޭމެން މާ ބޯހިތްވަނީ. އެހެން ނޫނީ ކޮންކަމަކަށް ބިރުގަންނަނީ. އަހަރެމެން ގޮސްއުޅޭ ހުރިހާ ގައުމެއްގައިވެސް ރާވިއްކާ. އެކަމަކު އަހަރެމެން ނުބޮން. ދެންވެސް މޮޔަނުގޮވާ
އަހްމަދު ބަދީއު: އަހްމަދު ބަދީއު: މިގަވާއިދު ހެއްދެވި ބޭފުޅުން ކުރީގެ ގަވާއިދު ބައްލަވާފައި ހެއްދެވިގަވާއިދެއް މިއަދު މިއޮތީ. އަޅުގަނޑު ނުދެކެން ކުރީގެ ގަވާއިދު އަޅުގަނޑު ބެލުމަކީ މުހިއްމު ކމެއްކަމަށް. ތިޔަބޭފުޅާގެ ސިކުނޑިފުޅު ވަރުގެ ވަރުގަދަ ސިކުނޑި ނެތް މީހުން ވެސް އުޅޭނެ. އކަހަލ މީހުންނަށް ނޫންތޯ ބޮވޭނީވެސް ،ބުއިމުގެ ފުރުސަތު އޮތުމުން، ސަލާމަތްކަން ދުރާލާ ހޯދައިދިނުމަކީވެސް އިސްނެގި ބައެއްގެ ޒިންމާއެއްވެސްމެ. ތިޔަބޭފުޅާ ވަޑައިގަންނަވާ ހުރިހާ ގައުމުތަކުގައި އަދި އިތުރު ވަރައްގިނަ ތަފާތު ތަކެތި ވިއްކާ ހަދާނެ. އޭގެ ލިސްޓު ދެއްވަންވީ ނޫންތޯ ދިވެހީންވެސް ވިސްނާލަން

Posted on 2010-02-23 21:50:51 | Report this Comment
ހޭވަލްލާ:

އަހުރަމެން މިތައްޔާރު މިވަނީ ބަނގުރަލުގެ މިނިސްޓުރީ އާއި ބަނގުރަލުގެ ހޮޅިޑޭއިން ފުޑާލަންށެވެ. ނިކަން ކުޅިބަލަންތިބޭށެވެ.
އަހްމަދު ބަދީއު: ފުނޑާލައިގެން ކަންކަން ކުރުމަކީ ބުއްދިވެރިކަމެއްކަމަށް ގިނަ މީހުން މިޒަމާނަކު ނުދެކޭނެ. މި ހުއްދައަކީ މީގެ ސަބަބުން ތިފަދަވާހަކަތައް އާންމު ފޯރަމްތަކުގައި ނިކުމެ އިސްލާމް ދީނުގެ ނަމުގައި ހަޑިހުތުރު އަމަލް ބަޔަކު މީހުންނަށް ކުރެވި ނުވަތަ ކުރާނޭކަން ވެސް އެނގިތިބެ ދެވުނު ހުއްދައެއް. ވީމާ ތަންތަން ފުނޑުމުން ކުރިއެރުން ލިބޭނީ ތިބޭފުޅާއަކަށް ނޫންހެން ހީވަނީ.

Posted on 2010-02-23 21:51:40 | Report this Comment
ހައު:

ރަށްރަށުގައި ރާނުބޮވިފައި ތިބިމީހުންނަށް ހުޅުވާލި ދޮރެއްތަމީ؟ދެން އެންމެ އަވަހަށް ހުއްދަދެނީ ޖުވާކުޅުމާ ހަށިވިއްކުން ކަންނޭންގެދޯ؟ އަދިވެސް ރާއްޖެ ސައްތައިންސައްތަތަ؟

Posted on 2010-02-23 22:27:51 | Report this Comment
ވަޗަސް:

ދުވަހަކުވެސް ގެސްޓަކު ތިތަނަށް ނުވަންނަ ވަރަށް މުޒާހަރާ ކުރެވުނީމަ ކަމެއް ކުރެވުނު ކަމަށް ވާނީ.

Posted on 2010-02-23 22:29:29 | Report this Comment
ަލިބެއްޔާ:

ރާވިއްކަންހުއްދަކުރީ ކާފަރުންނަށް. މުސްލިމުން ހަމަޖެހޭ. ތަނެއްގައި އެއްޗެއްހުރުމުން ބޯންޖެހޭތަ؟ ކަލޭމެންގެ ހަކަތަ ބޭނުންވާ މާމުހިންމުކަންތައް މިރާއްޖޭގައި އެބަހުރި. ތަންތަންފުޑާލާނެކަމުގެ އިންޒާރުނުދީ ހެޔޯބުއދިބޭނުންކުރޭ. ކަރުނަގޭސް އެބަހުރި.

Posted on 2010-02-24 00:15:38 | Report this Comment
މަރިޔަމް:

މިހާރު ދެން ކޮންކަމެއް ނުވެގެންތަ މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަ ކުރީ؟ ރިސޯޓްތަކުގައި ވިއްކޭ ރާ މަދީތަ؟ މިގައުމުގައި ރާނުވިއްކިޔަސް ޓުއަރިޒަމް ހިންގޭނެ. ތަނެއްގަ ބަޔަކު ރާވިއްކިޔެކޭ ކިޔާފަ ކޮންމެހެން އެކަމެއް ކުރަންޖެހޭތަ؟ ދުވަސްކޮޅަކުން އަދި ޒިނޭވެސް ހުއްދަކުރާނެ... އެންމެން ނިކުންނަންވީ، މިވަގުތަކީ އެންމެން އެއްބައިވާންވީ ވަގުތު، ދީނާ ދޭތެރޭ ވިސްނަންވީ ވަގުތު، އަޅުގަނޑުމެންގެ ދީން ހިމާޔަތް ކުރަންވީ ވަގުތު...މާތްﷲ އަޅަމެންނަށް ނަސްރުދެއްވާށި!

Posted on 2010-02-24 02:03:58 | Report this Comment
ކިއުއެސް:

ގިނަފަހަރު އެބައެއްގެ ހަލާކު އަންނަނީ އެބައެއްގެ އަތުން ހެދޭ ގޯސްތަކެއްގެ ސަބަބުންނެވެ. އާޚިރަތުގެ ހެޔޮދަރުމައާއި ސަވާބު ދޫކޮށް ސައިތާނާގެ ވަސްވާހަށް ހެއްލި ދުނިޔޭގެ އެދުމާއިގެން އުޅެން ފެށުމުންނެވެ. މާތްﷲ ގެއްލެނި ކުރައްވައިފި އަޅަކު ހަމަމަގަށް އަޅުވާނެ ފަރާތެއް ނުވާނެއެވެ. ރައީސް ނަޝީދަކީ ޝައިތޯނީ ވަސްވާސްތަކަށް ލެނބި ހެއްލި ގެއްލި ހަލާކުވަމުންދާ ކުޑަ އަގެއްގައި ﷲ ގެ އާޔަތްތައް ވިއްކަމުން ދާ މީހެކެވެ.

Posted on 2010-02-24 08:29:23 | Report this Comment
ޕިކްސް:

ރާވިއްކުން ހުއްދަކުރިއަކަސް އެބޯންބޭނުން ނުވާބަޔަކު ނުބޯނެއޭބުނުމަކުން ނުފުދޭނެ. ސަބަބަކީ އެބޯމީހުން ބޮއެގެން އޭގެ ގެއްލުން ނުބޯމީހުންނަށް ކުރާތީވެ.

Posted on 2010-02-24 12:24:49 | Report this Comment
އަމިންބެ:

މަނާކުރަން ގޮވާލަންވީ ހަމައެކަނި މީހުންއުޅޭ ރައްރަށުގައި ރާވިއްކުންތޯއެވެ. ރިސޯޓްތަކުގައި ރާވިއްކީމަ ދިވެހިން ރާނުބޯނެނަމަ މިހާރުވެސް ރާބޯމީހަކު ނުހުންނާނެއެވެ. މިހާރު ކާރެއްގެ ތެރެއިން ފެނިގެން އެއުޅޭ ރާފުޅިތަކަކީވެސް މީހުން އުޅޭ ރަށަކުން ގެނަސްގެން އުޅޭ އެއްޗެހި ތަކެއްނޫނެވެ. ރިސޯޓްތަކުގައި ވެސް ރާ ވިއްކަންޏާ މި ރާއްގެ ރަލުގެ ވަބާއިން ސަލާމްތެއް ނުވާނެއެވެ. އިޚްލާސްތެރިކަމެއް ހުރިއްޔާ ގޮވާލަންވީ، މި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ރާ ވިއަކުން މަނާކުރުމަށެވެ.

Posted on 2010-02-24 12:45:33 | Report this Comment
ސިމް:

ފާއިތުވި 40 އަހަރުގެ ވާހަކަ ނޫންތޯ ތިޔަ ވިދާޅުވީ. ފާއިތުވި ހާހުން އަހަރުތަކުގައި ހަށިވެސް ވިއްކަމުން އަންނަނީ. އަދީ މާ އުނދަގޫވާނެ ކޮނޓރޯލް ކުރަން، ވީމާ ކޮންޓރޯލް ކުރާށޭ ކިޔާ ބޮޑު ހަށިވިއްކާ ތަނެއްވެސް ހަދަންވީ ނޫންތޯ؟ ވިޔަފާރީގައި ހައްދުފަހަނަޅާ ދިޔުމުގައިވެސް ހައްދެއް އޮންނަންވާނެ. ކިހާ ބައިވަރު ފަޅުރައްރަށެއް އެހެރީ ރީތި ހޮޓާތަކާއި އޮރިޔާމުން ބިކިނީ ގައި އުޅެވޭނޭ ގޮތާއި އެނޫންވެސް ކަންކަން ކުރުމަށް އެތަންތަނުގައި މައްސަލައެއްކަމަކަށް ބަޔަކު ދެކިގެން ވާހަކަތަކެއ ނުދައްކާ. އޅުގަނޑުމެންގެ އަނބީ ދަރީންނާއި މުސްކުޅި މައިންބަފައިންނަށް ވެސް ކޮމެވެސް ވަރެއްގެ ގަދަރެއްވެސް ކުރަންވާނެ ނޫންތޯ؟ މާލެއަންނަ ކިތައް ގެސްޓުންތޯ މައްސަލަ ޖައްސާ ހެދީ މާލޭގެ ހޮޓާތަކުން ރާ ނުލިބިގެން. މާދަމާ އަޅާނީ ސަތޭކަ އެނދުގެ ކިތައް ހޮޓާތޯ؟ އަނެއް ދުވހު ފަންސާސް އެނދުގެ ހޮޓާތަކުން މިހުއްދަ ހޯދަން ނުއުޅޭނެތޯ. ޕްރެޝަރު ބޮޑުވެގެންނޭ ކިޔާ ސަރުކާރުން ހުއްދަ ނުދޭނެތޯ. ފަހުން މިއަދަދު ތިރިވެ ހައެނދުން ވެސް ހުއްދަދީ ފަހުން މާލޭގައި ބާރވެސްހުއްދަ ކުރުމެއް ނޫންތޯ ޕްލޭނަކީ؟ ދެން އޮތީ ވިޔަފާރި. ސަތޭކަ އެނދަށް އެކަނި ހުއްދަ ދެނީ ކީއްކުރަންތޯ؟ އެދު ތަކެއްތޯ ރާބޮނީ. ފަންސާސް ހާސް ޓިނު އިސްކުރު ހުރި ހޮޓާތަކަށް ޒިނޭ ހުއްދަދީ ހަ ޓައްޕު ފެހިދަވާދުލީ ތަންތަނަށް ޖުވާ ކުޅެން ހުއްދަދީ ، މިހުންނަނީ، ރއީސު ނަޝީދާއި ، މައުމޫނާއި އަމީނާއި ނާސިރާއި މިތިބަ ރައީސްތައް ބޭނުން ކޮއްގެން އުފައްދާ މަހާ ރައީސަކު ބުންޏަސް ޖޯކު، މޮޔަ ވާހަކަ ތަކެވެ.ބުނެވެން އޮތީ ރައީސް ނަޝީދުއަކީ ބުއްދީގެ ހަމަތަކުން ނެއްޓިފައިހުރި ، ވިޔަފަރިވެރީންގެ ދަށުވެފައި ހުރި ދީނަށ ހުރުމަތެއް ނެތް ވަރށް ނިކަމެތި އާޚިރަތަކަށް މިސރާބު ޖަހާފައިހުރި ކޮހެކޭ. އެންމެ އެނދެއް ހުރެވެސް ހަމަހަމަ އުސޫލަކީ ހުއްދަ ދިނުން؟ ތިޔަ ވިދާޅުވާ ވިޔަފާރީގެ ހަމަހަމަކަމަކީ ކޮބައިތޯއެވެ.

Posted on 2010-02-24 14:50:07 | Report this Comment
ހަމަހޭގައި ތިބެބަލަ:

ކުރީގައި ރާބޯތީ މިހާޜޫޥީ ރާބޮއޭނެގޮތްތައް އިތުރުކުރަންތަ އިނދެގެން އުޅޭ އަނބިމީހާ އެކިތަންތަންނަށްގޮސް ޒިނޭކުރާތީ ގޭގައި ވަކިންކޮޓަރިޔެއްހަދާފައި 10 އެނދުގެ ނާސިގެޔެއް ހެދުމަކީ މިހުއްދަޔާއެއްކޮޅަށް ވާހަކަދައްކާ މީހުންކުރަން އެންމެރަނގަޅުކަންތަކެވެ.

Posted on 2010-02-24 22:24:32 | Report this Comment
ކިއުއެސް:

މިކަމަށް ތާއީދު ކުރާ ބޭފުޅުންނަށް ބުނެލަން އޮތީ މިތަކެތި ބޮނީ ނުވަތަ ބޯނީ ބިދޭސީން ކަމަށް ވެދާނެއެވެ، އެހެންނަމަވެސް އެމީހުން އެ ބޮއެގެން މަސްތުވެގެން ތިބެ ހަލާކުކޮށްލާނީ އަޅުގަނޑުމެންގެ ޅަދަރިންނާއި މުޖުތަމަޢުއެވެ. އެފަދައިން މަސްތުވެފައިވާ މީހަކު ތިބާގެ އަނބިދަރިންގެ އިއްފަތް ނަގާލާ މަންޒަރު ބަލަން ތިބާ ހުންނާނޫ ހެއްޔެވެ؟

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.