
ޤައުމީ ދިފާއީ ބާރުގެ މައިމަރުކަޒު ސިފައިންގެއަށް ވަންނަން އުޅުނު ކަމަށްބުނެ އެކަމުގެ ތަހްޤީޤަށް ޑީއާރުޕީގެ ނައިބުޒައީމްކަމަށް ހޮވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
މިމުޒާހަރާއާ ގުޅިގެން ޢަލީ ވަޙީދާ ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށާއި މިމައްސަލައިގެ ތަޙްޤީޤުގައި ހަނު ހުންނެވި ކަމަށް ތަޙްޤީޤަށްފަހު ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޑީއާރުޕީން ކުރި މި މުޒާހަރާގެ އިސް ސަފުގައި ޙަރަކާތްތެރިވި އިތުރު ބޭފުޅަކުވެސް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އެއީ މިހާރު އެޕާޓީގެ ނައިބު ޒައީމް ކަމަށް އިންތިޚާބް ވެފައިވާ ޢުމަރު ނަޞީރުއެވެ. ތަޙްޤީޤަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޢުމަރު ދެއްކެވި ވާހަކައިގައި ވިދާޅުވީ އެއްވި ކަމަށް ތަޙްޤީޤުގައި އެއްބަސްވެލެއްވި ކަމަށާއި، ދިފާއީބާރުގެ މައިގޭޓުގައި އަތްލިކަމަށާއި، ދެންވެސް އެއްވާން ޖެހިއްޖެނަމަ އެއްވާނެ ކަމުގައެވެ. އަޅުގަޑު ޤަބޫލްކުރާ ގޮތުގައި ކޮންމެ މައްސަލެއްވެސް އެކަމަކަށް އެއްމެ އެކަށީގެންވާ ވަގުތެއްގައި ކުރެވިއްޖެނަމަ ﷲގެ އިދާރަފުޅުން އެކަމެއް ކާމިޔާބުވެސް ވާނެ.
Posted on 2010-02-23 20:08:23 |
Report this Comment