
ދިވެހިރާއްޖޭގެ ސިވިލް ސާވިސް އާއި މެދު އިނގުރައިދޫ ކުރީގެ ބޮޑު ކަތީބު އަލްފާޟިލް އަލީ ޢަބްދުލް ރަޙްމާން ދައުވާ ކުރަން ކުރަން އުޅޭކަމުގެ ހަބަރު އިނގުރައިދޫލައިވްއަށް ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލީ އަބްދުލް ރަޙްމާން ދަޢުވާ ކުރަނީ 15 އޮކްޓޯބަރު 2009 އެއްގައި ރާއްޖެތެރޭގެ ޙާއްސަ އެހީތެރިޔާގެ މަޤާމުން ވަކިކުރައްވާފައިވާތީއެވެ. މިމައްސަލަ މިހާރުވަނީ ވަޒީފާއާއި ބެހޭ މުއައްސަސާ އެއްކަމުގައިވާ ޓްރައިބިޔުނަލް އަށް ހުށައަޅާފައެވެ.
ސިވިލްސާވިސްގެ ފަރާތުން ރާއްޖެތެރޭގެ ހާއްސަ އެހީތެރިޔާގެ މަޤާމް އުވާލުމާއި ވިދިގެން ރަށްރަށުގައި މިމަޤާމުގައި ތިއްބެވި ވަރަށް ގިނައަދަދެއްގެ ބަޔެއްގެ ވަޒީފާވަނީ ގެއްލިފައެވެ. ވަޒީފާއިން ވަކިކުރެއްވި އިރު އަލީ ޢަބްދުލް ރަޙްމާންގެ އުމުރުފުޅަކީ 53 އަހަރެވެ. ވުމާއި އެކު ސިވިލް ސާވިސްގެ ވަޒީފާއިން އުމުރުން 55 އަހަރުން މަތީގައި ވަކިވާ ނުވަތަ ވަކިކުރާ މީހުންނަށް ދަޢުލަތުން ކޮންމެ މަހަކު ދެއްވާ އިނާޔަތް އަލީ ޢަބްދުލް ރަޙްމާން އަކަށް ނުލިބެއެވެ.
Posted on 2010-02-27 17:23:13 |
Report this Comment