އަލިމަނިކު

  • ޝާއިޢުކުރި ތާރީޚް: 15 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 208

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޑިމޮކްރަޓިކް ސަރުކާރަށް އެއްއަހަރު ފުރުން

ޤައުމަށް ހެޔޮއެދޭވެރިޔަކު، ވެރިކަމުން ވަކިވެގެންދާއިރު، އިޤްތިޞާދީގޮތުން ޤައުމު އަނދަވަޅަކަށް ވައްޓާލާނެހެއްޔެވެ. 2008 ގެ "މިނިވަން އިންސާފުވެރި އިންތިޚާބު" އައިއިރު، ދިވެހި ޤައުމުއޮތީ، އިޤްތިޞާދީ އަނދަވަޅެއްގައެވެ. އިޖްތިމާއީ އަނދަވަޅެއްގައެވެ.

ދުނިޔޭގެ އެންމެފަގީރު ޤައުމަކާ އެއްވަރަށް ބޭރުގެ ދަރަނި މައްޗެވެ. ޤައުމުގެ ޖީޑީޕީގެ 49 ޕަސެންޓަށް ދަރަނީގެ ނިސްބަތްއޮތީ އަރައިފައެވެ. 2008 ނިމުނުއިރު ބޭރުގެ ދަރަނި 7 ހާސް 8 ސަތޭކަ މިލިއަންޑޮލަރަށް އަރާފައިވާކަމަށްވެއެވެ. އޭރު ރިޒާވުގައިހުރީ 257 މިލިއަން ޑޮލަރެވެ. 2007 ނިމުނުއިރު 309 މިލިއަން ޑޮލަރު ރިޒާވުގައި ހުރިކަމަށް ވެއެވެ. އެހިސާބަށް އައިއިރު، ދިވެހިނޫޓް ޗާޕްކޮށް ބާޒާރަށްނެރި، ބޭރުންއެތެރެވާ ބޭރުފައިސާގެ ނިސްބަތުން ދިވެހިފައިސާ ގިނަކޮއްލުމާގުޅިގެން، ޑޮލަރުގެ ތާށިކަންބޮޑުވެ، ކަޅުބާޒާރުއުފެދި، ބާޒާރުގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައެވެ. ރިސޯޓްހެދުމަށާއި، ސިޓީހޮޓާ އެޅުމަށާއި، އެއާރޕޯޓްހެދުމަށް ބީލަން ކާމިޔާބުކުރި ހުރިހާ އިންވެސްޓަރުންގެއަތުން 10 ޕަސަންޓްކުލި ކުރިޔަށް އަތުލުމުން، އެފަރާތްތަކަށް ދަތިތަކާ ކުރިމަތިވުމުގެއިތުރަށް، ސަރުކާރަށް ލިބޭ އާމްދަނީ ވަނީމަދުވެފައެވެ. ލިބޭ އާމްދަނީއަށްވުރެ މާބޮޑުތަން އިތުރަށް، ރާއްޖެތެރޭގައި، ޕްރޮޖެކްޓްތައް ފަށައިގަތުމުގެ ސަބަބުން، ކުރިޔަށްއޮތް ދެތިން އަހަރުގެ ބަޖެޓްއޮތީ ހަމައެކަނި އެކަންކަމަށް ހުސްކުރާން ޖެހިފައެވެ. މިގޮތަށް މިކަން ކޮއްފައިވާއިރު، ސިވިލް ސާވިސް އުފެދެން ގާތްވުމުން، ގަވައިދާ ޚިލާފަށް ވަޒީފާގެ ކުރިއެރުންދީ، އިތުރު މުއައްޒަފުން ވައްދައި، ސަރުކާރު ބުރަހެލިކޮށް، ބަޖެޓްގެ ތިންބައިކުޅަ ދެބައި ރިކަރަންޓް ޚަރަދަށް ހުސްކުރާން ޖެހޭނެހެންއޮތީ ހަދައިފައެވެ. ޑިމޮކްރަޓިކް ސަރުކާރަށް ތަޙައްމަލް ކުރާންޖެހުނީ މިފަދަ އިޤްތިޞާދެކެވެ. އެއިރު، ލޯންތަކުން އިސްރާފުކުރުމުގެ ސަބަބުން، ލޯންދޭ ފަރާތްތައްވަނީ ފޫހިވެފައެވެ. ވޯލްޑް ބޭންކާއި، އައިއެމްއެފްވަނީ ރުޅިއައިސްފައެވެ. އާސަރުކާރަށްޖެހުނީ މިކަންކަމާ ހަނގުރާމަކުރާށެވެ. ސުވާލަކީ، ޤައުމަށް ހެޔޮއެދޭވެރިއަކު، ވެރިކަމުން ވަކިވާއިރު ޤައުމަށް މިފަދަ ބޮޑުގެއްލުން ދޭނެހެއްޔެވެ.

އިޤްތިޞާދީގޮތުން މިގޮތަށް ކަންތައްހުރިއިރު، އިޖްތިމާޢީ ގޮތުންނާއި ސިޔާސީގޮތުން، ކަންހުރީ މިއަށްވުރެ ހާލުކޮޅު ބޮޑުކޮށެވެ. މިއީ "ޤަރުނުގެ ޝަޚްޞިއްޔަތު" ޤައުމަށްދިން ހަދިޔާއެވެ. "ސިޔާސީކުށް" ދިވެހިބިމުގައިހުރި ދޮންވެއްޔަށްވުރެ ގިނައެވެ. ޢިބާރާތުގައި އޮންނައަކުރަކާއި ފިއްޔެއްގެ ސަބަބުންވެސް، ސިޓީލިޔެދިން މީހާއާއި ސިޓީ ސޮއިކުރިމީހާ ސިޔާސީ ކުށްވެރިވެއެވެ. ފ.މަގޫދޫން ފ.ނިލަންދުއަށް އަތޮޅު އޮފީސް ބަދަލުކުރި މައްސަލާގައި، ސިޔާސީވެގެން ސަތޭކަތިރީހަށްވުރެ ގިނަމީހުން ކުށްވެރިވެ ޖަލަށްލައި ހޭއަރުވާލިއެވެ. "މައުމޫނުމެން ތަޢުލީމީގޮތުން މައްޗަސް، އަހަރުމެނަށްވުރެ ތަޖުރިބާ ބޮޑެއްނުވާނެއޭ" ބުނި އަތޮޅުވެރިން، ވަގުތުން ލޯންޗެއް ފޮނުވައިގެން މާލެގެނެސް، ވަޒީފާ ވަކިކޮއްލިއެވެ. އަހަރެން، ބަޑިބުރާސްފަތީގައި ޖަލަށްލީ "މައުމޫނެކޭ ނާޞިރެކޭވާނީ އެއްގޮތޭ" ބުނެގެންކަމަށް ތަޙްޤީޤްގައި ދަނޑި ޝާކިރު ބުންޏެވެ. ތީމުގެއަށް އެހީހޯދަން (ސަލާންޖަހަށް) ފޮނުވާސިޓީގައި "ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމުގެ މާތްއަރިހަށް" މިގޮތަށް އެޑްރެސް ނުކުރާކަމަށްވަންޏާ ވަގުތުން އެސިޓީ ވައްޓާލާނީ ކުނިވައްޓަށެވެ. އަންބަރީއާއި އަނީސާ މާރާމާރީ ހިންގިވާހަކަ ލިޔެ ރައްކާކުރިކަށް އެގިގެން، ފުލްކިޓްގައި ސިފައިންއައިސް، ޝަފީޤު ގެއަށްވަދެ އަލަމާރިތައް ފުނޑާލައި ޝަފީޤާއި، ކަޅުހުރާގޭ ލަޠީފާއި، ކޮލިޙަސަންމަނިކު ގެންގޮސް ހައްޔަރުކުރިއެވެ. އެބޭފުޅުންގެ ދުނިޔެއާއި ހަށިގަނޑާއި ފުރާނަ ނެތިގެންދިޔައީ، ސިފައިންގެ އަނިޔާވެރިކަމުގެ ތެރޭގައެވެ. ޝައިޚް އަޙްމަދު އާދަމްއޮތީ ކޮންޙާލެއްގައި ހެއްޔެވެ.

ޖަލުގައި އަނިޔާކުރުން ހައްދުފަހަނައެޅީއެވެ. ދުވަހަކުވެސް މުސްލިމުންނަށް މުސްލިމު ސަރުކާރަކުން ނުކުރާހާއަނިޔާ، އެކިގޮތްގޮތަށް އެކިސިފަސިފައަށް އޭރު ޖަލުތަކުގައި ހިންގިއެވެ. އެއްވެސް ބަޔާނެއް، ގަދަކަމުން ތަޅާއަނިޔާކޮއްގެންނޫނީ ނުނަގައެވެ. ލިޔެގެންއައިސް ސޮއިކުރުވަނީއެވެ. ސޮއިކުރަނީ ކެއްނުވީމައެވެ. އޭގައިވަނީ ކޮންއެއްޗެއްކަން ނޭނގޭ ޙާލުގައެވެ. ސަރިއަތްކުރަނީ އޭގެމައްޗަށެވެ. ހިތްނުރުހޭ ކޮންމެމީހަކުގެ ދުވަސްދުއްވާލަނީ، ޖަލުގެ އަނިޔާއާއި، ތަޙްޤީޤް މަރުޙަލާއާއި، ސަރީއަތުގެ ޙުކުމުންނެވެ. ރައްޔިތުން މަޖިލީހުގެ އަރިއަތޮޅު މެންބަރ ފެރިދޫ ޢަލީ މުޙައްމަދު (މިހާރު އއ.މަތިވެރީދާއިރާގެ މެމްބަރ ޙުސެން މުޙައްމަދުގެ ބޭބެ) ރައްޔިތުން މަޖިލީހުން، މައުމޫނު ހޮވަންނެގި ސިއްރުވޯޓްގައި އިއްލަބެއަށް ވޯޓްދިންކަން އެނގުމުން އޭނާގެ ދުވަސް ދުއްވާލުމަށްޓަކައި، އިންތިޚާބުގައި ރިޝްވަތުދިނިއްޔޭ ކިޔައިގެން، މައްސަލަ ތަޙްޤީޤްކޮށް ކޯޓަށް ހުށަހަޅައި، 6 މަސްދުވަހަށް އަރުވާލީ، މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރުއެވެ. އެއިންތިޚާބަށް އޭނާ ނުހޮވުނުއިރު މައްސަލާގައި ހައިކޯޓުން ޙުކުމްކުރީ އެއްވެސް ކުށެއްނެތްކަމުގައެވެ. ނަމަވެސް، ޢަލީ މުޙައްމަދު ވިޔަފާރިކުރި ފިހާރަ (އަތޮޅުފިހާރަ) އަތުލިއެވެ. އޭނާގެ ގެއާއިގޯތި ދެބައިކޮަށް، އެއްބައި އޭނާވަރިކުރިމީހާއަށް (ރައީސް އޮފީހުން) ދިނެވެ. މިކަހަލަ ހާސްކަންތަކެވެ. ޖަލާއި ތަޙްޤީޤާއި ސަރީއަތުގެ އަނިޔާގެ ވާހަކަ ދުލުއަޅައި ދައްކަން ހެޔޮނުވާނެއެވެ. އަހަރެން މައުމޫނު ސިފަކުރަނީ، އެޑޯލްފް ހިޓްލަރުގެ ގޮތުގައެވެ. ޕޮލްޕޮޓްގެ ގޮތުގައެވެ. ސޮއްދާމު ހުސޭނުގެގޮތުގައެވެ. 30 އަހަރުވަންދެން، ދިވެހިންނަށް ދިވެހި މުސްލިމުންނަށް މިނުބައިނުލަފާ އަނިޔާވެރިކަން މައުމޫނު ސަރުކާރުން ދެއްކިއެވެ.

މިބާވާތުގެ ކަންކަމާމެދު އެއްވެސް ބަހެއްބުނެ އެއްވެސްއެއްޗެއް ލިޔުނުމީހަކުގެ ދުވަސް ދުއްވާލާނީ ޖަލުންނެވެ. އެމްޑީޕީ ހެދިގޮނޑުދޮށުގައި މުޒާހަރާކުރަން ތައްޔާރުވަމުން ދިޔައިރު ޓީވީއާއި ރޭޑިޔޯ ބޭނުންކޮށްގެން މައުމޫނު ސަރުކާރުން ގޮވަމުންދިޔައީ، އެއީ، ކަނޑައެޅިގެންހުރި ޣައިރުޤާނޫނީ ކަމެއްކަމުގައެވެ. ޑިމޮކްރަސީއަށް ގޮވާލައި، ރިފޯމިސްޓުން ކުރިހުރިހާ މުޒާހަރާއެއްވެސް ފުލުހުން ފޮނުވައިގެން، މައުމޫނު ސަރުކާރުން ރޫޅައި އުފުރާލައި ފުނޑުފުނޑުކޮއްލިއެވެ. ތިންބާރު ވަކިކުރާތާނގައި ހުންނަބޮނޑިބަތްތެލި، ސިފައިންގެންދަނީ "ޓްރެފިކްބާރުބޮޑުވެގެން" ނެވެ. އެބާވަތުގެ އެއްވެސް ވާހަކައެއް އެއްވެސްމީހަކު ލިޔެފިނަމަ، އެމީހަކީ " ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރުވައްޓާލަންއުޅޭ މީހެއް" ކަމަށްވެގެން ކުށްވެރިވެއެވެ. އެދުވަސް މާޒީއާއެކު ހިނގައްޖެއެވެ. ދެން، އެދުވަސްގެންނަށް ބަޔަކުމީހުން މަސައްކަތް ކުރިޔަސް ކާމިޔާބެއް ނުވާނެއެވެ. އެދުވަހާއި އެވެރިކަންނިމި، ޑިމޮކްރެޓިކްއިން ސާފުވެރިވެރިކަމަށް އެއްއަހަރުމިވީ، އެފަދަ އެއްވެސްކަމެއް ދިވެހި އިސްލާމީ ވުޖޫދުންނުފެނި ޞުލްޙަމަސަލަސް ކަމާއި އަމާންކަމާ އެކީގައެވެ.

* ހާމަ ނޫސް، 14 ނޮވެމްބަރ 2009، މުހައްމަދު ނަސީރު - އއ.މާޅޮސް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-15 13:10:24 | Report this Comment
ފ1:

ރާއްޖޭގެ އިގްތިސާދު މިހާ ދަށައް ގޮސްއޮއޮޥާ އަންނި ރައްރަށައްގޮސަ ކޮން ފޮންޏެއްތަ މިކަޑަނީ...ލާރިނެތީމަ ނުވާވަރު ކަންތަކުގެ ވާހަކަ ނުދައްކާނީ..ބަޔެއް

Posted on 2009-11-15 18:01:42 | Report this Comment
އަހްމަދު އަދީލް:

ހަސަން ސައީދުމެން ކަހަލަ ތަންދޮރު ނުދަންނަ މީހުން މިގައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނީމާ މުޅި ގައުމު ހަލާކުވަނީއެވެ. ވާނީވެސް އެހެންތާއެވެ. ޙުދުމުޙްތާރު ޙިޔާލު ހުންނަ ބޮޑާކަމާއި، ގޮތްދެއްކުމުގެ އަދި ރޯނުއެދުރު ހެދިގެން އުޅޭ މީހުން މިގައުމުގެ ވެރިކަމަށް ދަހިވެތިވެގެން ހަމަނިދި ނުނިދިގެން އުޅޭހާ ހިނދަކު މިގައުމު ރަނގަޅެއްނުވާނެއެވެ. ހަސަން ސައީދު މިގައުމުގެ ސިޔާސީ ކަންކަމުން ރައްޔިތުން ބާކީކޮށްލީމާވެސް އަދިވެސް ހޭބޯނާރާ، ސަރުކާރު ޒިންމާދާރުކުރުވަންށޭ، މުނޖ ކިޔައިގެން އެބަ ތެޅި ބާލައެވެ. ކިހާބޮޑު ބަލާއެއް ހެއްޔެވެ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.