އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 10 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 282
  • މޯބައިލް ލިންކު: m.muraasil.com/2056

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޮޑު އިލްމުވެރިޔާ އާއި ދީންނޭގޭ މީހާ

ލިޔުން: ގަދަ ވަހީދު

ދިވެހިރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރަމުން އައި މަޢުމޫން އަބްދުލް ޤައްޔޫމް އަކީ މާމޮޅު ދީނީ އިލްމުވެރިއެއްތާއެވެ؟ 30 އަހަރުދުވަސް ވަންދެން ދީން ހަތިޔާރަކަށް ހަދައިގެން އުޅުނެވެ. މީނާއަށް ތާއީދު ކުރާ މީހަކު ރިޔާސީ އިންތިހާބުގެ ތެރޭގައި ބުނިގޮތުގައި މީނާ ވެރިކަމުން ފައިބައިފި ނަމަ ރާއްޖޭގައި ބަންގިޔެއް ނުގޮވާނެއެވެ.

މީނާ ފޭބުމާއި އެކު އިސްލާމީ މަރުކަޒާއި، ބަންޑާރަ މިސްކިތުގައި ގޮވަމުން ދިޔަ ބަންގީގެ އަޑުވީ ބާރެއެވެ. ސަބަބަކަށް ވެފައިވީ އެދެމިސްކިތުގައި ބަންގި ގޮވާތީ މީނާއަށް އުނދަގޫ ވުމުންނެވެ.

ދެން މިފަހަރު ރޭތައް ޢިހުޔާ ކުރައްވާއިރު، ޓޮމާޓޯ ސޯސް އަޅައިގެން މީހުންގެ ތުނބުޅި ބޭލިވާހަކައާއި، ހިމަންދޫގެ ރައްޔިތުންނާއި ގޮޅޯ ފޯސް ކުރި ހަނގުރާމައިގެ ވާހަކައާއި، އިސްލާމް މުދައްރިސުންނަށް ވަކި ބާވަތެއްގެ މަޢުލޫމާތު ދިނުން މަނާ ކުރިވާހަކައާއި އަދި މަޢުލޫމާތު ދިން މީހުން ޖަލައްލި ވާހަކަ އާއި، ދީނީ އިލްމުވެރިންގެ އަނގަ ބަންދު ކުރަން އެނގި ސަބަބާއި އަދި ރިސޯޓެއްގައި ބުދެއް ބެހެއްޓުމުގެ ހުއްދަ ދިން ވާހަކަ ޢިހުޔާ ނުކުރަން ތިޔައުޅުއްވަނީ ކީއްވެގެންބާއެވެ؟ ލަދު ގަންނަނީތޯއެވެ؟ ދަރުބާރުގެ އަށް ޕާޓީ ދަރާ އޮތް އިރު އެތާގައި ދީނީ ފަތުވާ ދޭކަށް ލަތެއް ނުގަނޭތޯއެވެ؟

އަޒުހަރު ޔުނިވާ ސިޓީން، ކިޔެވި އެންމެ މޮޅު ދީންވެރިޔާ ވެރިކަމުގެ ޒަމާނުގައި، ހޭޔަންބޯއާއި، އެތައް ބައިވަރު ޓީވީ ޕުރޮގްރާމް އަކަށް އެސް.އެމް.އެސް ފޮނުވައިގެން ޖަވާބު ދިމާކޮށް ފާޑު ފާޑުގެ ކަންތައް ކުރެއެވެ. އެއްކަލަ މަޢުމޫން ކެންޕެއިންގެ ތެރޭގައި ވިދާޅުވި ދީން ނުދަންނަ ރައީސް މާގަދަ ތާއެވެ؟ މިހާރު ދިވެހިންނަން އެސް.އެމް.އެސް އިން ޒަކާތްވެސް ދައްކާލެވެއެވެ. ކިޔާ ފަސޭހަ ހެއްޔެވެ. ގެންގުޅޭ ފޯނުން މެސެޖް އެއް ފޮނުވައިލީމާ ނިމުނީއެވެ؟ ދެން ޒައީމުގެ މުސްކުޅި އުމުރު މިއީ ޒައީމްއަށް ވެސް ފަސޭހައެއްތާއެވެ؟ ދެން މިލިޔުން ހަޖަމު ނުކުރެވޭ ބޭފުޅުން ވިދާޅުވާނީ މަޢުމޫން ވެރިކަމުގައި ޓެކްނޮލޮޖީ ނެތީ ކަމުގައެވެ. ޓެކްނޮލޮޖީވެސް އޮތެވެ. ހަމަ މިކަން މިގޮތައް އެވެރިކަމުގައި ނުކުރީއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-10 19:10:20 | Report this Comment
ޒައީމް:

އަޅުގަނޑުދެން ޒަމްޒަމް ފެންބޮއެގެން ނިދާނީ އެވެ. ޗަކޮއިމެން ދެން ހަލަލާ

Posted on 2009-09-10 22:28:05 | Report this Comment
:

ގަދަ ވަހީދު ހާދަ ގަދަ ބަސް ބުނަނީ ހެއްޔެވެ. ރޭތައް އިހުޔާ ކުރަން ދައްކަންވީ ވާހަކައާ ނުދައްކަވަންވީ ވާހަކަ އެނގޭނީ މަށަކަށް ގަދަ ވަހީދަކަށް ނޫނެވެ. އެ އިހުޔާ ކުރާ މީހަކަށެވެ. ގަދަ ވަހީދު ތިޔަ ބުނާ ވާހަކަ ދައްކަން ބޭނުންކަމަށް ވަންޏާ، އެހާ ފެންވަރު ހުރިޔާ ތިޔަ ކިޔާ އެހިޔަލެއް ފަށާ ބަލާށެވެ. މީގެ އިތުރުން މީހެއްގެ ދީންވެރިކަމަކާ ގައުމަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެމާ އެއީ ދެކަމެކެވެ. ދީންވެރިކަމުގެ ވާހަކަ ދައްކައި، އިލްމުވެރިކަމުގެ ވާހަކަ ދައްކާފައި ތިޔަ ބުނާ ފޯނަކުން ޒަކާތް ދެއްކޭ ވާހަކަ ބުނީމާ ހީވަނީ ފޯނުން ޒަކާތް ދައްކާލުމަކީ މާ ދީންވެރި ގޮތެއް ހެންނެވެ. މިފަހަރު އެހެންވީމާ ސަވާބު ހާދަ ފަށްފަށަށް ލިބޭނެތާ ދޯއެވެ.

Posted on 2009-09-10 22:36:25 | Report this Comment
އަލީ:

ވަރަށް މޮޅު ލިއުމެއް، މައުމޫނަކީ ދިވެހިންނަށް ކުރިމަތިވި ބަދުނަސީބެއް

Posted on 2009-09-10 23:23:33 | Report this Comment
ގޮމާ:

ގަދަ ވަހީދަށް ވަރަށް ފުރިހަމަ ތާއީދެއް.....

Posted on 2009-09-11 01:14:44 | Report this Comment
ބަޅު:

ގަދަ ވަހީދެވެ.އަންނިބަޅު މާމޮޅުކަމަށް ހީކުރަނީހެއްޔެވެ؟ މައުމޫނަށްވާ ފަތުވާ ދޭން އެނގެއެވެ. ތިއަންނި އަކަށް އެންމެ ކުޑަމިނުން ﷲގެ އިސްމަފުޅު ކިޔަންވެސް ނޭނގެއެވެ. މާތްރަސްކަލާގެ ނޫނީ އެހެންއެކައްޗެއްވެސް ނޭނގެއެވެ. އެއީ ކޮންކަލާނގެ އެއްވެސް ނޭނގެއެވެ. ކްރިސްޓިނަނުންގެ ކަލާނގެހެއްޔެވެ؟؟؟
ގޮޅާބޯ: އަހަރެން ލިޔަން އުޅުނު ތަންކޮޅު ކީއްކުރަން ތިލުނީ؟

Posted on 2009-09-11 02:05:49 | Report this Comment
ލިންކް:

ރަންނަމާރި އަލުން ކަނޑު ފެއްތޭނީ ކޮންއިރަކުން؟؟

Posted on 2009-09-11 05:15:32 | Report this Comment
ރަންނަމާރި:

ހެޔޮނުވާނެ... އަހަރެން އަމިއްލައަށްގޮސް ކަނޑަށް އެރިފާނަން، އެކަމު ސަރުތެއްގެމަތިން،، އެއީ ކޮންމެ އަންނަ ހުކުރު ވިލޭރެއެއްގަ ކަނޑުންއަރާ ފުރާފުރިހަމަވެފަހުރި އަންހެންކުއްޖެއް ކައިރީ އޯވަރ ނައިޓް ހަދާ އަދި އެރޭގެ ބުއިމަކަށް ގަންޖާ ދޭންކަމުގަ އެއްބަސްވެއްޖެއްޔާމު. މީ އަހަރެންގެ ސަރުތަކީ!!!

Posted on 2009-09-12 14:04:50 | Report this Comment
އައްދު:

ފޯނުން ޒަކާތް ދިނުމަކީ އަންނި ކުރި ކަމެއްނޫން އަލަށް ތަޢާރްފް ކުރި ޓެކްނޮލޮޖީ. ިއބަރާހިމް ނަސިރުގެ ދައުރުގައި ގޭގެ އަކު ފޯނެއް ނުހުރެއެވެ. މަޢުމޫން ދައުރުގައި ގޭގެ އަށް ފޯނުވެސް ވަނީ ލާފަ. ތިހެން ބުނަންޏާ.ބަންގި ގޮވަނީ އިންތިޙާބުގައި އަންނިއަށް ދެއްކުނު ވާހަކައިގެ ސަބަބުން މީހުން ފާޑިކިޔާތީ ކުރާ ކަމެކެވެ. ކޮންމެއަކަސް އެނގޭ ކަމަކި މަޢުމޫން ވާހަކަފުލު ދައްކަވާ ގޮތަށް ޢިލްމީ ރޮނގަކުން އަންނި އަކަށް ވާހަކަ އެއް ނުދެއްކނެ. އަދިވެސް މިބުނަނީ ދެންވސް ބުނާނީ މިކަހަލަ އިސްލާމީ ޤައުމެއްގެ ރައީސް އަކަށް އަންނީގެ ކުފޫ ހަމަނުވޭ.
ުއުއްދު: ކަލޭ ދޯ ކުފޫހަމަވަ ކަމާ ނުވާކަން ނިންމަނީ، ކުފޫ ހަމަވިޔަސް ނުވިޔަސް އަދި ފައްޅި އެއްވެސް ނޭޅޭ، މިސްކިތްތަކުން ބަންގީގެ އަޑުވެސް ނުކެނޑޭ، އަޑުވަނީ ގަދަ. ބަލަ ކަލޭގެ އަށް ހަގީގަތާ ކުރިމަތިލާން ނުކެރެނީތަ، ހަމަ ފެންނަ ކަންތައް ވެސް ތި އުޅެނީ އޮޅުވާލަން...
އަހަންމަދު: އައްދުމެން އަދި ވަރަށް ޅަވާނެ. ހަތްދިހައިގެ އަހަރުތަކުގެތެރޭގައި އެންދެރިމަގޭ ދަރިއެއްގެ ބަރތުޑޭޕާރޓީއެއްގައި ޢަމަލުވާ ޒާތުގެ ބުއިމެއް އޭރު ގެ ޒުވާން ވިހިތިރީސް ކުދިންނަށް ދިނީ އަންނިއެއްނޫން. އެކަންކުރި މީހާ އަށް މިހާރު އައްދު ތިޔަ ބަހުން އަޅުކަންކުރަނީ. ދެހާސްއަހަރުފެށިގެން އަދި ފުރަތަމަ ދެތިން އަހަރުގެތެރޭގައި މައުހަދުގެ އެންމެމަތީ ކުލާހުގައި ކިޔެވި މައުހަދުގެ ދަރުވަރުންގެ ޖަމިއްޔާގެ މަތީ މަގާމެއްފުރަމުން އައި ދަރިވަރަކު ތިބުނާ މަތިވެރި މީހާ ކޮންމެސް ގައުމަކަށް ކުރިދަތުރެއްގައި އެކީވާހަކަދައްކަން ތިބިމީހުންތިބި މޭޒެއްގެ މަތީގައި މާކުލަރީތި ބުއިމެއް ހުރިވީޑިޔޯއެއްގެ ވާހަކަދައްކައިގެން އެމަތިވެރިމީހާ އަންގައިގެން މިބުނި ދަރިވަރު އެންމެފަހުގެ އިމްތިހާނުން ފޭލްކޮށްލީ އެސޮރުގެ މުޅި ތަޢުލީމީ ހަޔާތުގައި ކިޔެވި ހުރިހާ މާއްދާއަކުން ފޭލްވެގެން. ހަމަ ފޭލްކޮށްލައިގެން . މިކަމަށް މައުހަދުގެ މެންމެ މަތީ ވެރިޔާ އާއި ތިބުނަ މަތިވެރިވެގެންވީ ފަރާތް ގުޅިގެން ކުރިކަމެއްމީ. މިހާ ހިތްނުބައި މީހެއްގެ ވާހަކަ ދައްކަފަ ތި ތަޢުރީފުކުރަނީ. މަށައްއެގޭ އެއްޗަކީ ތިބުނާ މީހައަކީ ކުފޫ ހަމަވިޔަސް ކިޔަވައިގެންހުރި ފައްކާ ހިޔަޅޭކެވެ. ނުބައި ނުލަފާ މަލްއޫނެކެނެ. އާރަށުގެ ސްޕަވައިޒަރުން ބުނާގޮތަށް މަލެޔާ ރާއްޖެ ތެރޭގައި އުޅެ 99% މީހުންނަށް އެގޭނީ ހަމައެކަނި އެމީހާގެ ބޭރުފުށެވެ. ވަރަށް މާތްވާނެއެވެ. މަތިވެރިވާނެއެވެ. ޒާހިދުކަމާ، ތަޤުވާވެރިކަމާ، ވަރަޢަވެރިކަމުގައި އެފަދަދެވަނައެއްނުވާނެއެވެ. އެކަމަކު އެމީހާގެ އެތެރެފުށުގައި ޖަހާފައި އެހުރި ކިލަޔާ، މުޑުޑާރުކަމާ، ވަޙުސީކަމާއި، ދޫނުބައި ކަމާ، ނުބައި ނުލަފާ ކަން ފެންނާނީ ހަމަ އާރަށުގައި މަސައްކުރި ސީނިޔަރ މީހުންނަށެވެ. މިވަރުން ބުނެލީމަ އައްދުމެން ލައިތެޅުނަސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ. އަދި ބުނަހެއްޔެވެ. ތިޔަބުނާ މަތިވެރި ސޮރު ގެ ޖާހު މަތިވެރިކުރުމަށްޓަކައި އެސޮރުގެ ބަފާ ޢަބްދުލް ޤައްޔޫމު ސީދީ ބ.އަތޮޅު ދަރަވަންދޫގައި 40 ރޭވަންދެން ''ޖާހަށް'' ކިޔެވި ކެޔެވެލީގެ ވާހަކަ އެސޮރުކުރެން އަހާލަ ބަލާށެވެ. ދަރަވަންދޫ ކަޅުފަހަށް 30 އަހަރު ވެރިކަން ކުރިއިރު އެސޮރު އެއެރީ ހަމައެކަނި މިދިޔަ އަހަރު އެކަންޏެވެ. މީ އެސޮރު ބަފާ މަނާކޮށްފަ އޮތް ކަމެއްކަންވެސް ނޭގެއެވެ. މިހާރު އެހުރީ އިދަޖެހިފައެވެ. ޖާހަށްކިޔެވި ބޮޑު ކިޔެވެލި ކިޔަވަން ބައިވެރިކުރި 40 މީހުން ފަސް ހަމަސް ދުވަހުގެ ތެރޭގައި މަރުވެ ދިޔަ ވާހަކަ ކިޔެވެލި ކިޔެވުކުގެ ކުރިން މިސްކިތަށް ފެންކުރާ ގެންދިޔަ މީހާ ކިޔާދިނެވެ. ބުނަންހެއްޔެވެ. މިބުނާ ކިޔެވެލީގައި ބައިވެރި މީހުންގެ ތެރެއިން އެއްރޭ ބައިވެރިވެފަ ދަރަވަންދޫން ފުރައިގެން އައި، މީހާ އާއި ފެންކުރައި ގެންދިޔަ މީހާނޫން ހަމަ އެންމެން ފަސްހަމަސް ދުވަހުގެ ތެރޭގައި މަރުވީއެވެ. މީ އައްދުމެން އަދި އަޑުވެސްނާހާނެ ވާޙަކައެވެ. އަހަރެން ހަމަގައިމު ކޮންމެ ނަމާދެއްފަހުގައި ތިބުނާ މަތިވެރި ސޮރު އަބުރާ އަހަރެމެންގެ ވެރިޔެއްގެ ގޮތުގައި ނުދެއްކެވުން އެދި ދުޢާކުރަމެވެ. އެއީ އަހަރެންނަކީވެސް ކިޔެވެލީގައި ބައިވެރިވި މަރުވެގެންދިޔަ މީހެއްގެ ޔަތީމު ދަރިއެވެ.
އ: އާނ، މިހެންވެގެންތާ، ހިއްލަތުމެން ލައްވައި ކިރިސްޓިއަން ދީނުގެ ވާހަކަތައް ދައްކުވައިގެން އަންނިގެ ދައުރުގައި ހަޑިހާވައިގެން އަންނި ވެރިކަމުން ބާލަން މިއުޅެނީ. ހިއްލަތަކީ މައުމޫނުގެ އުފެއްދުމެއް. މައުމޫނު ކިޔަވައިދިން އަދި ފަހުން މައުމޫނަށް ސްޕީޗުތައް ލިޔެދީ އަދި މައުމޫނަށް ފަށްކަނޑައިދިން ޒާހިރުގެ ހަވީރު ނޫހުގައި އުޅުނު ގޮލައެއް.

Posted on 2009-09-13 11:43:49 | Report this Comment
ކަލް ދޯ ބަޖޭ ( އަލަގަހަކުން ކެޔޮނިރުފެޅީބާ؟):

މައުމޫނު އަހަރެންގެ ކެސް ފެޅުވީ... ފުރާ ފުރިހަމަވަނީކީނޫން...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.