
ރާއްޖޭގެ ސިޔަސީ މަސްރަހަށް ބަލާލާއިރު، މިވަގުތު އެންމެ ހޫނު ކޮށް ބަހުސް ކުރެވޭ ވާހަކަ އަކީ ޒައީމަށް، ނޫނީ ކުރީގައި ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތްތަކުގެ ވާހަކައެވެ. އަޅުގަނޑުވެސް ހިތުގެ އެންމެ ފުންމިނުން އިނާޔަތްދޭން ޖެހޭނެ ކަމަށް ގަބޫލް ކުރަމެވެ. ނަމަވެސް ވަކި ހައްދެއްގެ މަތިންނެވެ.
ކުރީގެ ގާނޫނު އަސާސީގައި ވެސް ވަނީ މިކަން ބަޔާން ކޮށްފައެވެ. ނަމަވެސް ކުރީގެ ވެރިކަމުގައި އިބްރާހިމް ނާސިރަށް ލިބުނީ ކޮން އިނާޔަތެއް ހެއްޔެވެ. އެއްވެސް ހިމާޔަތެއް ދީފައެއް ނުވެއެވެ. އެމަނިކުފާނަށް ޓަކާ ކޮށްފައިވަނީ ހަމަ އެންމެ ކަމެކެވެ. ކުރިހާވެސް ކަމަކީ ކާޓޫނު ކުރެހުމާއި، ޅެން ހެދުމާއި، ލަވަ ހެދުމާއި އެމަނިކުފާނުގެ އަބުރަށް އެރުމެވެ. ޒައީމު މުގުލުގައި ހުރެގެން މިކަން ހަމަ ކިތަންމެހާވެސް ފުރިހަމަކޮށް ކުރިއެވެ. އަޅުގަނޑު ހިނިއަންނަ ކަމަކީ މިހާރު މިއުޅޭ ޑިއާރުޕީގެ މެންބަރުން ހޭކުޑާ ވެގެން، އިނާޔަތްތަކުގެ ވާހަކަ ދައްކާތީއެވެ. އިނާޔަތްތައް ވެސް ދަންކޮޅެއް ބޮޑީއެވެ. ދިވެހި ދަޢުލަތުގައި ފައިސާނެތިގެން ހަރަދު ތައް ކުޑަކުރަން ޖެހިފައިވާ އިރުވެސް މިއުޅެނީ މިޒައީމަށް ދޭންޖެހޭ އިނާޔަތް ތަކާއި ލާރި ގިނަވެގެން ބާވައެވެ. އަންދާސާކޮށްލާއިރު މިހާރު ބިލްގައި ވާގޮތުން މަހެއްގެ މައްޗައް ޒައީމަށް އެކަނި 3 ލައްކަ ވަރަކަށް ރުފިޔާ ހަދަރު ކުރަންޖެހެއެވެ. މިއީ މިހާރުގެ ރައީސްއަށް ލިބޭމުސާރައަށް ވުރެން ވެސް މާބޮޑު އަދަދެކެވެ.
އާމަޖްލީހެއް، އުފެދުނު ފަހުން އެތަކެއް ދުވަސް ފާއިތުވެގެން ގޮސްފައިވާ އިރު އަދި ވެސް މިވަނީ މިކަމަކާއި ބެހޭގޮތުން ގޮތެއް ނުނިންމިފައެވެ. ރައްޔިތުން މަޖްލީހަށް މެންބަރުން ހޮވީ ވަރަށް ވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. އެތައް ބައިވަރު އިޖްތިމާއީ މައްސަލަތަކާއި، އިގްތިސާދީ މައްސަލަތަށް ފެންމަތި ވެގެން އުޅޭ ދަނޑިވަޅުގައި ވެސް މުހިންމީ، ޒައީމުގެ އިނާޔަތްތައް ބާވައެވެ؟ މިއަށްވުރެ ވަކިން މުހިންމު ކަމެއް ނެތީ ހެއްޔެވެ؟ މަހަކު ރައްޔިތުންގެ ބަޖެޓުން އެތައް ހާސްރުފިޔާއެއް މަޖުލީހަށް ހޭދަވާއިރުވެސް މަޖްލީހުގައި އުޅުއްވާ ގިނަ މެންބަރުންނަށް، ރައްޔިތުންނަށް ވުރެ މުހިންމީ ޒައީމު ބާވައެވެ. ޒައީމު އުޅެން ގެއެއް ބޭނުންވަނީ ކިނބިގަސްދޮށުގެ ކުޑަކަމުން ހެއްޔެވެ. ރައްޔިތުނަށް ޓަކާ މަސައްކަތް ކުރަން ބަޔަކު މަޖްލީހަށް ހޮއްވަވާފައިވާ އިރު މަޖްލީހުގެ ބައެއް މެންބަރުން މިހެން ކަންތައް ކުރާއިރު އަހަރުމެން މިޖެހެނީ ހަމަ ތިބޭށެވެ. މުސްކުޅި ބުނެއުޅެއެވެ. ބޮޑު ދެގެރި ތޮޅެއްނާ ކައްގަލަށް ބާރު ކުރާނެއެވެ. ތަންކޮޅެއް ޒަމާނީ ކޮށް ބުނާނަމަ ބޮޑު ތެގެރި ތޮޅެއްނާ ކަށްގަނޑަށް ބާެރު ކުރާނެއެވެ. މިހާރު މިވަނީ މިހެންނެވެ.
Posted on 2009-09-01 21:01:58 |
Report this Comment
Posted on 2009-09-01 21:49:59 |
Report this Comment
Posted on 2009-09-01 22:31:06 |
Report this Comment
Posted on 2009-09-02 07:37:49 |
Report this Comment
Posted on 2009-09-02 10:57:39 |
Report this Comment