މޮޔަ ކުއްޖާ
އަޅުގަޑަކީ މާމޮޅު ލިޔުންތެރިއެއްނޫނެވެ. . އެހެން ނަމަވެސް އަޅުގަޑުގެ ލިޔާ ލިޔުންތަކަކީ ހޯހޯ ލިޔުންތަކެއްނޫނެވެ..http://www.mydhevvadhoo.com/
  • ޝާއިޢުކުރި ތާރީޚް: 19 04 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 1400
  • މޯބައިލް ލިންކު: m.muraasil.com/10188

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަދުގެ ހާލަތު

ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ވާގޮތުން މިގައުމުގައި އޮއްނަންވާނީ އިސްލާމްދީނެވެ ނުވިތާކަށް ދީނުގައި ކަޑައެޅިފައިވާ ހުކުމްތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ކޮއްމެ ދުވަހަކު ވަކާލާތު ކުރަނީއެވެ. އެއް މެމްބަރަކު މަޖުލީހައް ބިލެއް ވައްދާފަ ފޮނިވާހަކަތަކެއް ދައްކާ ބަހުސްކޮށް ވޯޓަށް އަހަންވީމަ ބިލް އަބުރާގެންދަނީއެވެ. އަބުރާ ގެންދިޔާމައި އަނެއްމެއްބަރަކު އަނައްކާ ބިލެއް ހުށަހަޅާ ބަހުސް ކުރަނީއެވެ. ކޮއްމެދުވަހަކު އެތައް ރުފިޔާއެއް ހަރަދުވާ ބޮޑުމުސާރަލިބޭ ރައްޔިތުންގެ މަންދޫބުން މަޖިލީހުގައިތިބެ ރައްޔިތުންގެ ލޮލޮގައި އަދުނު އަޅުވަނީއެވެ.ދިވެހިރާއްޖޭގައި ހަދާފައި މިއޮތީ ވަރުގަދަ ގާނޫނު އަސާސީއެކެވެ.ތެދެކެވެ 'ދަތް' ހުރި 'ލޯކަނު' ގާނޫނު އަސާސީއެކެވެ. ދައުލަތުގެ ތިންބާރު އެއްބާރު އަނެއްބާރަށް ފާޑުކިއަނީއެވެ. ވާނުވާއެއް އެއްވެސް ބައެކަށްނޭގެއެވެ. މިއީ ޑިމޮކުރަސީ އައުމުން ދިމާވާ ކަންތައް ކަމުގައިވާނަމަ ޑިމޮކުރަސީއަކީ ހާދަހާ ބިރުވެރި އެއްޗެއްތާއެވެ. އެހެންކަމުގައިވާނަމަ އަހަރެން ބޭނުމީ އެކަކު އަތުގައި ހުރިހާބާރެއް އޮއްނަ ގޮތަށް( ކުރީގަ ވެރިކަންކުރި ) ވެރިކަމުގެ ނިޒާމު އޮއްނާށެވެ. 30 އަހަރުގަ ނުވާ އެތަކެއްކަމެއް މިއަދު އަހައްނަށް މިދަނީ ފެއްނަމުއްނެވެ.

މިއަދު މިރާއްޖެއިން ފެއްނަމުން މިދަނީ އެއްވެސް ދިވެއްސަކު ދެކެން ބޭނުންނުވާ މަންޒަރުތަކެއްނޫނެވެ. އެހެނީ މިހާރު މިގައުމުގައި ނުކުރަނީ ކޮންކަމެއްހެއްޔެވެ. ﷲ ނަހީ ކުރައްވާފައިވާ ހުރިހާ ކަމެކެވެ. މަގުތަކާއި ކަނޑުތަކުގައި ފޭރެނީއެވެ. ރޯމާ ދުވާލު ކުޑަކުދިންގެ ކުރިމަތީގައި ކުޑަކުއްޖެއް، އަންހެނެއް މުސްކުޅިއެއް ބަލާލުމެއްނެތި މަގުމަތީގއި މީހުންގެ ގަޔަށް ތޫނު ތަކެތި ހަރައި،މީހުންގަތުލު ކުރުމާއި، އަނިޔާވެރި ގޮތުގައި އެއްވެސް ބިރެއް ޖެހިލުމެއްނެތި މީހުން މަރަނީއެވެ. ކުޑަކުދިއްނާ ބެހެނީއެވެ. އެއްޖިންސުން ގުޅުން ހިންގަނީއެވެ.ދީނަށް ފުރައްސާރަކޮށް ފާޅުގައި ލިޔަނީއެވެ. އެއްމެންގެ ކުރިމަތީގައި މުސްލިމެއް ނޫންކަން އިއުލާނު ކުރަން ކެރިއްޖެއެވެ. ކީރިތި ގުރުއާން ގޮނޑަށް އުކާލާކަށް ޖެހިލުމެއް ނުވެއެވެ.އަންހެނުންގެ އިތްފަތް ފޭރިގައްނަނީއެވެ. ވަކި އުމުރަކަށް ބެލުމެއް ނެތިއެވެ. މިއަދަކީ ވެސް މިކަހަލަ ހިތާމަވެރި ހާދިސާއެއް ހިގައިގަނެގެންއުޅޭ ދުވަހެކެވެ. 19 އަހަރުގެ ކުދިންތަކެއް ވަނީ 74 އަހަރުގެ މުސްކުޅި އަންހެނަކު ރޭޕު ކޮއްލާފައެވެ. އެއްމެންގެ ކުރިމަތީގައި މަސްތުވާ ތަކެތިން އަމަލުވަނީއެވެ. ގެރި ބަކަރިއާއި ޖިމާއުވަނީއެވެ. ޖިންސީ އެދުންވެރިކަމުގައި ދަރިއްނާއި ދޮންދަރިއްނާވެސް ބެހެނީއެވެ. މިއީ އަދުގެ ހާލަތެވެ.

މިހުރިހާ ކަމެއް ތަންފީޒު ކުރަން އޮތީ ޝަރުއީ ދާއިރާއެވެ. ހުކުމް ތަންފީޒު ކުރަން ގައުމީ ޓީވީން އެމީސް މީހުންގެ ފޮޓޯ ދައްކާ މި މީހުއްނަކީ މުޖަތަމައުގައި ދޫކޮއްފައި ބާތިއްބަން ހެޔޮވާނެ ބައެއްނޫންކަމަށްބުނެ ކޯޓަށް ފޮނުވުމުން މައްސަލަ ބަލަންތިބޭ ގާޒީން އަނެއް ދުވަހު ކުއްވެރިޔާ ދޫކޮއްލަނީއެވެ. އަޅެފަހެ މިގައުމުގެ އަދުލު އިންސާފުގެ ނިޒާމު މިނިވަންވާނީ ކޮންދުވަހުކުބާއެވެ. ރާއްޖޭގެ ފަނޑިޔާރުންނަށް އަޅުގަނޑު އިލްތިމާސު ކޮށްލާހިންވަނީ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެ ކަމާއި ތިމާ މަރުވުމަށްފަހު ތިމާއަށް ލިބެން އޮތީ މިދުނިޔެއިން ހޯދި އެއްޗެއް ކަމެވެ. އޭގެ ބާވަތުން ޢަޒާބު ނުވަތަ ސަވާބެވެ. އެއްވެސް މީހެއްގެ ޙައްޤެއް ﷲ މަޢާފެއް ނުކުރައްވާނެއެވެ. ކަން މިހެން އޮތްކަން ޤަބޫލުކޮށް ﷲ އާއި އެއިލާހު ފޮނުއްވެވި ނަބިއްޔާ އެންގެވިމަގުން ހިންގެވުމަށް ގޮވާލަމެވެ. ސިޔާސީ ގޮތުން މިއަދު ނަން މަޝްހޫރު ވެވިދާނެއެވެ. އެހެނަސް އެދުވަހު ތިއިން އެކަކުވެސް އަޅާނުލާނެއެވެ. ބަލާވެސް ނުލާނެއެވެ. ރޯލާފައި ޖަހަންނަމައިގެ ތެރެއަށް ފައިބަން ޖެހިދާނެއެވެ. އަދުލު އިންސާފުން އެއްކިބާވެ، ހިތުހުރިގޮތަކަށް ހުކުމްތަށްކުރާ އަނިޔާވެރީންގެ ބާރު ކެޑި އެބައިމީހުން އިންސާފުގެ ދަރުބާރަށް ޙާޟިރު ކުރެވޭނޭ ދުވަސް ހަމަ ކަށަވަރުންވެސް އަންނާނެއެވެ. އެދުވަހަކީ އިންސާފް ނުލިބިވާ ކޮންމެ ފަރާތަކަށް އިންސާފް ލިބިގެންދާނެ ދުވަހެވެ. އެއްވެސް ތަފާތުކުރުމެއްނެތި އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބިގެން ދާނެކަން ކަށަވަރެވެ.




މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-04-19 19:00:54 | Report this Comment
ރިސާން:

ސުވާލަކީ ރޭޕް ކޮށްލީ މުސްކުޅި އަންހެން މީހާތަ ނޫނީ 4 ޒުވާނުން ތަ؟

Posted on 2011-04-19 19:17:24 | Report this Comment
މޮޔަ ކުއްޖާ:

19 އަހަރުގެ ކުދިންތަކެއް ވަނީ 74 އަހަރުގެ މުސްކުޅި އަންހެނަކު ރޭޕު ކޮއްލާފައެވެ

Posted on 2011-04-19 19:21:44 | Report this Comment
މުރާސިލު ރާޖާ:

ހާދަހާ ދެރައެވެ. ރައީސުލް ޖުމުހުރިއްޔާ އިމަޖެންސީ ހާލަތު އިއުލާން ކުރަން ވެއްޖެ ދައުލަތުގެ އެއްމެ އިސްވެރިޔާގެ ހައިސިއްޔަތުން. ތިން ބާރު ވަކިވެފައި ވިޔަސް އަދުލު އިންސާފު ހިންގާ ދާއިރާ ނުކުޅިދިއްޖެ ހާލެތެއްގައި ރައްޔިތުން ނުކުމެ އިންސާފު ގާއިމު ކުރަން ވެއްޖެ.

Posted on 2011-04-19 21:26:53 | Report this Comment
 ސުވާލު؟؟؟؟:

އެއީ ކޮން ރަށެއްގެ އަންހެނެއްތަ؟
އިނާ: އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ލިންކް ބައްލަވާލައްވާ: http://www.haveeru.com.mv/?page=details

Posted on 2011-04-20 10:35:47 | Report this Comment
ގްރީނީ:

ގާމު އެއް އަން ހެން މީހާ ބުނި 3 މީހުންނޭ ހެނަ ރޭޕް ކުރީ!!!!1

Posted on 2011-05-21 04:36:00 | Report this Comment
ޒައީމް:

ވަރަށް ބޮޑު ތެދުފުޅެއް. އަޅުގަނޑުގެ ވެރިކަމުގައި ނޯންނާނެ، ކުރަޕެއްވެސް މަރުވެފައި...

Posted on 2011-06-12 18:34:49 | Report this Comment
އަބުޅޯ:

ކޮންމެމީހަކުވެސް ގައުމުގެ ޚާލަތާމެދު ފިކުރު ކޮއްލަބަލާށެ، ކަރުނަ ނާންނަ ލޮލަކީ އަނދިރިކަމެއްވާ ލޮލެއްކަން ޔަގީނެ، ޤައުމުގައި ހިންގާ ޖަރީމާތަކަކީ އެއްވެސް މީހަކު ދެކެންބޭނުންވާނެ މަންޒަރުތަކެއްނޫނެވެ.

Posted on 2012-03-03 23:56:14 | Report this Comment
މަރިޔަމް ސެހެނާޒް:

ރަގަޅު ލިޔމެއް

Posted on 2012-03-22 01:08:28 | Report this Comment
ނިޔާޒު:

ރައީސް ނަޝީދަކީ ވެރިކަމަށް ކުފޫ ހަމަވާމީހެއްނޫން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.