އަޅުގަނޑުގެ ހިތަށް އަރަނީ ޓީވީ ، ރޭޑިޔޯ ފަދަ މީޑިއާ ގެ ވަސީލަތްތަކުންނާއި މިސްކިތްތަކުގެ އަޑުގަދަ ކުރާއިން ރަމަޟާން މަހު ބަންގި ގޮވުން ހުއްޓިއްޖެނަމަ ދެންވާނީ ކިހިނެއްތޯއެވެ.ނަމާދު ގަޑި އޮޅިގެންގޮސް، އެއްސަފެއްގައި އެއްބައިވަންތަކަމާ އެކު ނަމާދެއް ނުކުރެވޭނެއެވެ. ބަންގީ ގެ ކުރިން ނުވަތަ މާ ފަހުން ރޯދަ ވީއްލިދާނެއެވެ. އަޅުގަނޑުމެންވީ ބަންގި އަޑުގަދަ ކުރާއިން ގޮވުމުގެ ބަދަލުގައި އިހު ޒަމާނުގައި ކާބަފައިން ހެއްދެވި ގޮތަށް އިރު އޮއްސުނު ކަން އެންގުމަށް ސަންގު ފުމެންތޯއެވެ.
ދަންނަވަންތޯ މިޒަމާނުގައި މީޑިޔާގެ އެހީ އާއި ނުލައި ދީނީ އެއްބައިވަންތަކަން ޤާއިމު ކުރަމަށް މަސައްކަތްކުރުމަކީ ތެޔޮ ނެތް ފުޅި ބައްތިއެއްގެ ފީތާގައި އަލިފާން ރޯކުރަން އުޅުން ފަދަ ބޭކާރު ކަމެކެވެ.
އެގޮތުން މީގެ އަހަރުތަކެއް ކުރިން މި ގައުމުގައި ޓީވީން ކަސޯޓީފަދަ ބޭކާރު އެއްޗެހި ބެލި ގިނަ މީހުން މިހާރު އެ ސަކަރާތް ހުއްޓާލައިފިއެވެ. ކީއްވެގެންތޯއެވެ.؟ ޓީވީ ޗެނަލް ތަކާއި މީޑިޔާގެ އެކި ވަސީލަތްތަކުން ދީނީ އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި ދީނީ ތަފާތު ޕްރޮގްރާމްތައް ދައްކަން ފެށުމުންނެވެ. ކަސޯޓީ އާއި ކުމް ކުމްގެ އަވައިގައި ރޮއެ ކަރުނަ އެޅި މީހުން މިއަދު އެކި ޗެނަލް ތަކުން ދައްކާ ދީނީ ޕްރޮގްރާމްތައް ބެލުމަށްޓަކައި ލޮލުން ކަރުނަ އަޅައެވެ. މީ ދީނީ އެއްބައިވަންތަކަން ދިރުވުމުގައި މީޑިޔާގެ ނުފޫޒެވެ. މީޑިޔާ ގެ ދައުރެވެ.
އަޅުގަނޑުމެން ޕީސް ޓީވީ އަށް ނަޒަރު ހިންގާލާއިރު ޕީސް ޓީވީ އިން އިނގިރޭސި ބަހުން ދީނީ މައުލޫމާތު މުޅި ދުނިޔެއަށް ހުޅުވާލުމުގެ ނަތީޖާ އަކީ ދީނީ ގޮތުން މީހުންނަށް އަރާފައިވާ އޮޅުންތައް ފިލައިގެންދިޔުމެވެ. އެއްބައިވަންތަ ބަޔެއް އުފެދިގެންދިޔުމެވެ. މިރާއްޖޭގައިވެސް ޕީސް ޓީވީ އަށް ބޮޑު ތަރުހީބެއް ލިބެއެވެ. މިކަމުގެ ހެކި މި ގައުމަށް ޑރ. ޒާކިރު ނައިކު ވަޑައިގަތުމުން ދޭހަވިއެވެ. އަދި ދެއްވި ތަގުރީރު ތަކުން ދިވެހިންގެ މެދުގައި ދީނާ މެދު އަރާފައިވާ އޮޅުންތައް ފިލައި އެއްބައިވަންތަކަން ގާއިމުވެގެންދިޔައެވެ. އެހެންވެގެން ދަންނަވާލަން ޖެހެނީ ދީނީ އެއްބައިވަންތަކަން ގާއިމު ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ މީޑިއާ އަށެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ދީނީ ބައިބައިވުން އުފެދި ޖަމާއަތަށް ނަމާދަށް ނުދާ މީހުން ގިނަވިއެވެ. ގައުމުގައި ދީނީ އަރާރުން އުފެދި ތަޅާފޮޅަން ފެށިއެވެ. ކޮބައިތޯ މިއަދު މި ހަމަނުޖެހުންތައް؟
މީޑިޔާގެ މިނިވަންކަމާއި އެކީ ދީނީ ޢިލްމުވެރިންގެ ބަސްތައް ރައްޔިތުންނަށް ފަސޭހައިން އަޑު އިވެން ފެށިއެވެ. ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ނަމުގަޔާއި ބޭރުން ގެނެވޭ އިލްމު ވެރިންނާއި އަދި ބޮޑެތި އިސްކިރީނުތަކުގެ އަލީގައި ގެނެސްދެވޭ ދީނީ ޕްރޮގްރާމުތަކުގެ ސަބަބުން އެއްކަލަ ޖަމާއަތަށް ނާރާ މީހާ ވެސް ޖަމާއަތާ ގުޅި އޭރު ބައިބައިވި މީހުން އެކަތިގަނޑަކަށްވިޔެވެ. މީ ދުވާލުގެ އިރު ފަދައިން އަޅުގަނޑުމެންނަށް ފެންނަން ހުރި އަލިގަދަ ހެއްކެކެވެ.
ތިޔަބޭފުޅުންގެ ޖީބުގައިވާ ފޯނަކީ ވެސް މީޑިޔާ ގެ ވަސީލަތެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި މީޑިޔާގެ 7 ވަނަ ތަނބަކީ ފޯނެވެ. މި ރާއްޖޭގައިވެސް ފޯނު މެދުވެރިކޮށް ދީނީ އެއްބައިވަންތަކަން ގާއިމު ކުރުމަށް ނުހަނު ގިނަ މަސައްކަތް ކޮށް ވަނީ ކާމިޔާބު ވެފައެވެ. މިގޮތުން ދިރާގުން ދީނީ ޚަޒާނާގެ ނަމުގައި ޤުރްއާނާއި ޙަދީޘް ބޭނުން ވަގުތަކު ބަލާލެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.މީގެ އިތުރުން ވަތަނިއްޔާއިންވެސް ދީނީ އެކި އެކި ކަންކަން ފޯނު މެދުވެރިކޮށް ކުރެވެއެވެ.އަދި ފޯނު މެދުވެރިކޮށް މިއަހަރާއި މިދިޔަ އަހަރު ޒަކާތުގެ ފައިސާ ދެއްކުމުގެ ޚިދުމަތުގެ ސަބަބުން ޒަކާތް ނެރުނު މީހުންގެ ނިސްބަތް އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ. މިހުންނަނީ މީޑިޔާގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގާއިމު ކުރެވޭ ކަމުގެ ހެކިތަކެވެ.
ސެޕްޓެމްބަރ 11 ގެ ހާދިސާ އަށް ފަހު އިސްލާމްދީންގެ ވާހަކަ މީޑިޔާގައި ވަރަށް ބޮޑަށް ދެކެވުނެވެ. މި ކަމުގެ ސަބަބުން އިންޓަނެޓް މެދުވެރިކޮށް އިސްލާމްދިނުގެ މައުލޫމާތު އެމެރިކާގެ ރައްޔިތުން ބަލަން ފެށިއެވެ. މި ކަމުގެ ނަތީޖާ އަކީ ކޮބައިތޯއެވެ.؟ ދަ ރައިޒް އޮފް އިސްލާމް ގައި ހާރޫން ޔަހްޔާ ވިދާޅުވަނީ ސެޕްޓެމްބަރ 11 ގެ ފަހުން އެންމެ ހަލުވި ދުވެއްޔެއްގައި އެމެރިކާގައި ވިކުނު ފޮތަކީ ކީރިތި ޤުރުއާން ކަމަށެވެ. ސެޕްޓެމްބަރ 11 ގެ ފަހުން އެމެރިކާ ގެ 34،ހާސް މީހުން އިސްލާމްވިއެވެ. މީ ހަމަ މީޑިޔާ ގެ ސަބަބަބުން ގެނުވައިދިން ދީނީ އެއްބައިވަންތަކަމެކެވެ.
3ޖޫން 1993 ގައި 3 ދުވަހުގެ މުއްދަތަށް ބޭއްވުނު ދެކުނު އޭޝިޔާގައި އިސްލާމްދީނަށް ގޮވާލުމުގެ މައްސަލަތަކާއި ބެހޭ ސެމިނާގައި ނިންމި ނިންމުންތަކުގެ ތެރެއިން 5 ވަނަ ނުކުތާއަކީ ޚަބަރު ފެތުރުމުގެ ވަސީލަތްތައް ކަމުގައިވާ ރޭޑިޔޯ އާއި ލިޔުންތެރިކަމާއި ޓީވީގެ ބޭނުން ދީނީ އެއްބައިވަންތަކަން ގާއިމު ކުރުމަށް ބޭނުން ކުރުމަށެވެ. އާދެ! މިއީ ދީނީ އިލްމުވެރިން އެއްވެ މަޝްވަރާ ކޮށް ނިންމި ނިންމުމެކެވެ. އެހެންކަމުން ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށްޓަކައި މީޑިއާ އަށްވުރެ ބާރުގަދަ ހަތިޔާރެއް ވަކި ކޮބައިތޯއެވެ؟
Posted on 2010-09-07 20:47:58 |
Report this Comment
Posted on 2010-09-08 02:22:03 |
Report this Comment
Posted on 2010-09-08 05:52:03 |
Report this Comment
Posted on 2010-09-08 11:02:43 |
Report this Comment
Posted on 2010-09-08 20:44:46 |
Report this Comment
Posted on 2010-09-08 20:50:16 |
Report this Comment
Posted on 2010-09-08 21:20:40 |
Report this Comment
Posted on 2010-09-08 22:13:57 |
Report this Comment
Posted on 2010-09-09 14:23:52 |
Report this Comment
Posted on 2010-09-09 15:48:37 |
Report this Comment
Posted on 2010-09-09 15:49:16 |
Report this Comment
Posted on 2010-09-09 19:24:35 |
Report this Comment
Posted on 2010-09-10 19:07:47 |
Report this Comment
Posted on 2010-10-11 23:46:08 |
Report this Comment