އިބުނު ޚަޟިރު

  • ޝާއިޢުކުރި ތާރީޚް: 07 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 425

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ހާމަ ނޫހުގައި މައްކާގެ މާތް ޙަރަމްފުޅާމެދު ޝައްކު އުފައްދައިފި

މިމުސްލިމު ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އިދާރާތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ "ހާމަ ނޫސް"ގެ 4 ސެޕްޓެމްބަރު 2010 ގެ ޢަދަދުގައި، މުސްލިމުންގެ މާތްވެގެންވާ ޤިބުލަ ކަޢުބަތުއްالله ގެފުޅާމެދު ޝައްކު އުފައްދައިފިއެވެ. މުސްލިމު ނަމެއްކަމަށްވާ "މުޙައްމަދު ނަޞީރު އއ.މާޅޮސް" ކިޔާ ދިވެއްސެއްކަމަށް ދަޢުވާކުރާ މި ނާތަހުޒީބީ ތަންދޮރު ނުދަންނަ މީހާ ލިޔެފައިވެއެވެ. "ވައްހާބީ ދަންނަބޭކަލުންގެ ޙުއްޖަތަކީ މަސްޖިދުއްނަބަވީއާއި، މައްކާ ޙަރަމްފުޅޭ މިކިޔާ މިސްކިތެވެ." ތިމާ ރެޔާދުވާލު ފަސްފަހަރު ކުރިމަތިލުން ލާޒިމު ޤިބުލައާއިމެދު ޝައްކުއުފައްދާ، މިފަދަ އިބާރާތެއް ލިޔުނު ލިޔުންތެރިޔާއާއި، ލިޔުމަށް ޒިންމާވާންޖެހޭ އެޑިޓަރުގެ "މުސްލިމު ލޭބަލު" ބަދަލުނުވޭ ބާވައެވެ. ރަސޫލުالله ޞައްލައް ޢަލައިހި ވަސައްލަމައާއި ޞަޙާބީންގެ ކިބައިން ސާބިތުވެފައިވާ އެތައްކަމަކަށް ޙަޖޫކިޔާ މިފަދަ ލިޔުމެއް މިލިޔުނީ ރޯދަމަހުގެ ފަހުދިހައިގައިކަން އެންމެ ބޭފުޅުން ހަނދުމަފުޅު ބަހައްޓަވާށެވެ.
މާދަންނަ މީހެއްކަމަށް ހެދިގެން ލިޔެފައިވާ މިލިޔުމުގައި މުސްލިމަކު، އަދި ކިއެއްތަ އިންސާނަކުގެ ބުއްދި ޤަބޫލު ނުކުރާފަދަ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ޢިބާރާތެވެ. "އަހަރެންވެސް އެއްބަހެވެ. ދުނިޔޭގެ ތަންތާނގައި، މިސްކިތުގައި ކައިބޮއި، އޮށޯވެ ނިދައި، ދެކަމުހާޖަތައްގޮސް ގެރިބަކަރި ފަދަ ސޫފިތައް އަރައި ނަޖިސްކޮށް އުޅުމަކީ އާދައެކެވެ." "ތަންތަނުން ފެންނަހާ ކަންކަމަކީ، ދިވެހިންގެ އާދަކާދަޔާ ގުޅުވައި، ދީނީކަންކަން ކަމަށް ހަދާންވީ ކަންކަމެއްނޫނެވެ." މިފަދަ ޢިބާރާތްތަކުން ދޭހަވަނީ ހަމައެކަނި މީނަގެ ޖާހިލުކަމެއްނޫނެވެ. މިފަދަ މަޢުލޫމާތި ދުނިޔެއެއްގައި ލިޔުންތެރިއަކަށް ކުފޫހަމަ ނުވާކަމެވެ. ދިވެހިބަސްވެސް ރަނގަޅަށް ފަހުމުނުވާކަމެވެ. އަދިވެސް ދަންނަވަމެވެ. މީނާއަކީ އިސްލާމުދީނަށާއި މުސްލިމުންނަށް ހަޖޫކިޔާ އެތަށް ލިޔުމެއް ލިޔުމުގެ އިތުރުން، މާދަންނަކަމަށް ހެދިގެން ދިވެހިންގެ ފަޚުރުވެރި ތާރީޚަށްވެސް ޚިޔާނާތްތެރިވެ އެތަށް ލިޔުމެއް ލިޔަމުންދާ މީހެކެވެ. އަދި މީނާގެ މިފަދަ ދަށުދަރަޖައިގެ ލިޔުންތަކަށް އެންމެބޮޑު އެހީތެރިކަމެއްދެނި ހާމަނޫހުގެ އެޑިޓަރުކަންވެސް ތިއެންމެ ބޭފުޅުންނަށް ހަނދުމަކޮށް އަރުވަމެވެ. އަދި މީނާއަށް މާލީގޮތުން އެހީތެރިވާ ފަރާތް ހަނދުމަފުޅުން އެއްކައިރި ނުކުރައްވާށެވެ.
އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ. މިދީބުގައި އިސްލާމްދީން ހިމާޔަތްކުރަން ހުވާކޮށްގެންތިބި އެކިދަރަޖަތަކުގެ މީހުންތައް ކޮބައި ހެއްޔެވެ. ޤައުމުގެ ވެރިޔާ ކޮބައި ހެއްޔެވެ. އިސްލާމިކު މިނިސްޓްރީ ކޮބައި ހެއްޔެވެ. ފުލުހުން ކޮބައިހެއްޔެވެ. ނޫސްތަކަށް ލައިސަންސްދޭ އިދާރާ ކޮބައިހެއްޔެވެ. ނޫސްވެރިންނާ ގުޅުންހުރި ކޮމިޝަންތައް ކޮބައިހެއްޔެވެ. ހެޔޮކަންކަމަށް ވާގިވެރިވެ، މުންކަރާތްތަށް ނަހީކުރާ ދިވެހި ރައްޔިތުން ކޮބައިހެއްޔެވެ. ސިޔާސީ ފަރާތެއްގެ އިންޓަވިއު ފޮނުވާއިރަށް ވަގުތުން އެފަރާތެއްގެ ލައިސަންސް އިން ހަތަރު ފަސްޕޮއިންޓު އުނިކުރެވެއެވެ. ނަމަވެސް މިފަދަ ބޮޑުކަމެއް ހިނގާދާއިރު މިއިންފަރާތަކަށް ރެޔަކާނުލައެވެ. އޭ ހޫނުދިވެހިލޭ ހިނގާ މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ދިވެހިވަންތަކަމުގެ މައިގަނޑު ތަނބުކަމުގައިވާ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށް މަލާމާތްކޮށް، އެންމެހާ މުސްލިމުންގެ ޤިބުލައާއިމެދު ޝައްކު އުފަށްދަން މަސައްކަތް ކުރާއިރު އަތްއުރާލައިގެ ކުޅިބަލަން ތިބެނީ ހެއްޔެވެ. މައިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅުމަތިންވެސް ހަނދާންނެތޭ ބިރުވެރި ދުވަހު، އާދެ މަޙުޝަރުގެ މައިދާނުގައި މިކަމަށް ޖަވާބުދާރީ ވެވޭނެކަމަށް ޔަޤީންކޮށް ކަށަވަރު ކުރަނީހެއްޔެވެ.

ލިޔުނީ: އިބުނު ޚަޟިރު

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.