
މާޅޮހޭ ނުވަތަ މާޅޮހު ނަސީރަކީ މައުމޫނުގެ ޒަމާނުގައި މާޅޮހުގެ ކަތީބު ކަމުގައި ހުރި މީހެކެވެ. ޚިޔާނާތުގެ މައްސަލައިގާ މައުމޫނު އޭނާގެ ވަޒީފާއިން ބޭރުކޮށްލިއެވެ. އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް ހަދަން ޖެހޭނެ ގޮތެވެ. މައުމޫނަކީ މާ ޢަދުލުވެރި ވެރިއެކޭ އެއްވެސް ޙާލެއްގައި އަޅުގަނޑު ނުބުނަމެވެ. އެހެންނަމަވެސް މިކަހަލަ ޖާހިލުން ކާތީބުންނައި ކާތިބުންގެ ގޮތުގައި ބޭތިއްބުމުގެ ނަތީޖާ މިހާރުވެސް މައުމޫނު ދެކެމުން އެދަނީއެވެ.
މާޅޮހު ނަސީރަކީ ފަންޑިތަހެދުމާއި ސިހުރު ހެދުމާއި އަތްބެލުންފަދަ އިސްލާމް ދީނުގައި ކަނޑައެޅިގެން ޝިރުކުގެ ގޮތުގައި ހުރިކަންކަން ކާންބޯން ކޮށްއުޅުނު މުޝްރިކެކެވެ. މިހެން އުޅެމުން މާލެ އާދެވި ނޫސްވެރިންގެ ތެރެއަށް މީނާއަށް އާދެވިއްޖެއެވެ. މާޅޮހު ނަސީރު ލިޔަން ފަށައިގެން ދަމުންދަމުން ތިމާޔަށް އޭގެ މަޢްލޫމާތު އެއްގޮތަކަށްވެސް ނެތް ވާހަކަތައް ތިމާޔަކީ މާ މޮޅު މީހަކަށް ވާންވެގެން ލިޔަން ފަށައިފިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިސްލާމްދީނާއި ބެހޭގޮތުން ކާފަރުން ދައްކާ ޒާތުގެ ނުބައި ވާހަކަ ދައްކަން ފަށައިފިއެވެ.
މިސްކިތުގައި ނިދުމާއި އިޢްތިކާފު ކުރުމާއި މިހިރެ މިހެރެ ކަންކަމަކީ އިސްލާމްދީނުގައި ސާފުބަހުން ހުކުމްތައް އައިސްފައިވާ ކަންކެމެވެ. މިސްކިތުގައި ނިދުމޭ ކިޔައިގެން ލަދު ހަޔާތް ނެތިގެން ބުރުމާ ޤާސިމް ބަދުނާމު ވާގޮތަށް ލިޔާއިރު މާޅޮހު ނަސީރުމެން ވިސްނަން ޖެހޭނެއެވެ.
އަނެއްކޮޅުން ޤާސިމުގެ ޒާތީ ދިރިއުޅުމަށް ބަލާއިރު ޤާސިމަކީ އިސްލާމްދީން ދެކެލޯބިވާ މީހުންނަށް ނުހަނު އެހީތެރިވެ ވަޑައިގަންނަވާ ހިތް ހެޔޮ ބޭފުޅެކެވެ. ޤާސިމާއި ޢަދާލަތުގެ ހުރިހާ ޢިލްމުވެރިންނަކީ ވަރަށް ގާތް ބޭފުޅުންނެވެ. ދީނަށް ލޯބި ކުރާ މީހުން ޤާސިމާއި ދޭތެރޭ ވަރަށް ގާތްކޮށް ދެކެމުން އަންނަ މިފަދަ ސިޔާސީ ފާލު ރަނގަޅު ދުވަސްވަރެއްގައި އިސްލާމްދީނާއި ބެހޭގޮތުން ގާސިމުގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން މިފަދަ ނުބައި ލިޔުން ލިޔެ އިސްލާމްދީނަށް ހަޖޫޖަހާއިރު މިއީ ސީދާ ޤާސިމް އިބްރާހިމްގެ އަބުރުފުޅު ހަލާކު ކުރައްވަން ބަޔަކު އަޑީގައި ތިބެގެން މިކަހަލަ ނުވިސްނޭ ބީތާއިން ލައްވާ ކުރުވާ ކަންކެމެވެ.
މިހެން ކަންތައް ކުރުމުން ޤާސިމު ކޯފާވާނެ ވަރު މާޅޮހު ނަސީރަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ ދީނީ އިލްމުވެރިންނާއި ދިވެހިން ޤާސިމުއާއި ދިމާއަށް ނުސިޔާނު ބަހެއް ރައްދުކޮށްފާނެކަމަށް މާޅޮހު ނަސީރު ހަމަ ނުވެސް ވިސްނާ ބަޔަކު އަޑީގައި ތިބެގެން ދިއްކޮށްލާ މަދު ފައިސާކޮޅަކަށް ހެއްލިގެން ތިޔަހެން ތެޅޭކަށް ނުޥާނެއެވެ. މިހާރުވެސް ގޭގެ ކުއްޔާއި ފަނަރަ ވަރަކަށް ހާސް ރުފިޔާ ދީފައި މާލޭގައި ބަހައްޓާފައި ތިހުންނަނީ ހަމަ ސީދާ ޤާސިމް އިބްރާހިމްއެވެ. ހަރާން ކޯރުވިޔަސް ތިޔައީ ފުކެއް ބޮޑުވަރެވެ..
Posted on 2010-09-07 09:05:56 |
Report this Comment
Posted on 2010-09-07 13:24:12 |
Report this Comment
Posted on 2010-09-07 18:30:56 |
Report this Comment
Posted on 2010-09-08 04:53:12 |
Report this Comment