އަތުލިޔުން

  • ޝާއިޢުކުރި ތާރީޚް: 09 12 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 106

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ތިބާ މާޔޫސް ނުވާށެވެ. (ދެވަނަ ބައި)


މާޒީ ދެނެއް އަނބުރާ ނުލިބޭނެއެވެ.

މާޒީގައި ދިމާވެފައިވައި ކަންތައްތަކާއި މެދު ވިސްނާ ފިކުރުކޮށް ދިމާވެފައިހުރި މުސީބާތްތަކުގެ މަތިން އަބަދު ހަނދާންކޮށް ހަދާމީހާ އިސާހިތަކު މޮޔަވެދާނެއެވެ. މިފަދައިން ވިސްނާ ފިކުރުކުރުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ހިތްހަމަޖެހުމާއިއެކު ދިރިއުޅުމަށް ހުރަސް އެޅެއެވެ. ބުއްދިވެރިނަންކީ މާޒީގައި ވެނިމިފައިވާ ހިތި ކަންތައްތަކުގެ މަތިން ހަނދާންނައްތާލާ މީހުންނެވެ. އެކަންތައްތައް ހަނދާނުން ފޮހެލާނެ ގޮތަކާއިމެދު ވިސްނާ އެކަމުގެ ޢަމަލީސިފަ ގެންނަމީހުންނެވެ. އިތުރަށް ހިތާމަ ކުރުމަކުން އެކަން އުފަލަކަށް ބަދަލެއް ނުވާނެއެވެ. އެހެނީ ވެނިމިފައިވާ ކަންތައްތަކަކީ އަނބުރާ ގެނެވޭނެ ކަންތައްތަކެއް ނޫނެވެ. އިރު އެރުމަށްފަހު އިރު އެރިތަނަށް އަނބުރާ އިރު ފޮނުވާލެވިދާނެ ހެއްޔެވެ؟ ވިހެއުމަށްފަހު އަނެއްކާ އެކުއްޖާ ރަޙިމަށް ފޮނުވިދާނެހެއްޔެވެ؟ ލޮލުން ފައިބާ ކަރުނަ އަނބުރާ ލޮލަށް ފޮނުވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އިރުކޮޅުކޮޅާ އެކަން މިހެންވިނަމައޭ މިކަން އެހެންވިނަމައޭ ކިޔާ ވިސްނާ ފިކުރު ކުރުމުން މީހާގެ ސިކުނޑި ނުތަނަވަސްވެ ވަރަށް ނުރައްކާތެރި ހާލަތަކަށް މީހާ ވައްޓާލައެވެ. އަމިއްލަ ނަފްސައް އޮންނަ އިތުބާރު ގެއްލެއެވެ. ކަންކަމުގައި ގޮތެއް ނިންމުމަށް އުނދަގޫވެއެވެ. ޔަޤީންކަން ޝައްކަށް ބަދަލުވެގެން ދެއެވެ. މިފަދައިން ވިސްނާ މީހަކީ ހިނގަމުންދާ ވަގުތުން އިސްރާފުކުރާ މީހެކެވެ. އޭނާގެ ހަޔާތް ފަހަތަށް އަނބުރަން މަސައްކަތްކުރާމީހެކެވެ. މީގެ ނަތީޖާއެއްގެގޮތުން މީހާގެ ހިތްހަމަޖެހުމަށާއި ކުރިއެރުމަށް ލަސްކަން ގެނުވައެވެ.

ތިބާގެ އަތުގައި އޮތީ މިއަދެވެ.

ފަތިހު ހޭލުމަށް ފަހުގައި ރޭގަނޑު ވަންދެން ތިބާ ހުންނާނެ ކަމަށް އުއްމީދު ނުކުރާށެވެ. އިއްޔެ އޭގެ ހެޔޮކަމާއި ނުވަތަ ނުބައިކަމާއިއެކު ވަނީ ނިމިފައެވެ. މާދަމާ އަދި ނާދެއެވެ. ތިބާގެ މާޒީ އަދި މުސްތަޤުބަލަކީ މިހާރު ދެ ޚިޔާލީ ދުނިޔެއެވެ. ތިބާގެ އަތުގައި އޮތީ މިއަދު އެކަންޏެވެ. މިގޮތަށް ތިބާގެ ދިރިއުޅުން ބައްޓަންކުރެވިއްޖެނަމަ މާޒީގެ އަނދިރިކަމުގައި ތާށިވެފައި ހުންނާކަށް ނުޖެހޭނެއެވެ. އަދި މާދަމާއަށް އުއްމީދުކޮށް ކަންތައްތައް ލަސްކުރުމުން ސަލާމަތްވާނެއެވެ. އަދި ކުރާ ކޮންމެ ޢަމަލެއްގައި އޮޓޮމެޓިކުން އިޚްލާސްތެރިކަން އެކުލެވިގެންދާނެއެވެ. ވީމާ ލިބިފައިމިވާ ވަގުތު ކޮޅަކީ ހަމައެކަނި ވަގުތުކޮޅުކަމުގައި ދެކިގެން ﷲ سبحانه وتعالي ފަރުޟު ކުރެއްވި ނަމާދުތައް އޭގެ ވަގުތުގައި އަދާކޮށް ޤުރުއާނުން މިންވަރެއްކިޔަވާ އޭގެ މާނަ ދެނެގަނެ ﷲ މަތިން ހަނދުމަކޮށް ޒިކުރުކުރާށެވެ. ދުނިޔެވީ ގޮތުން ކުރަން ހުރި ކަންކަން ފަރުވާތެރިކަމާއިއެކު ކުރަމުން ގެންދާށެވެ. މުސްތަޤުބަލުގައި ކުރުމުގެ އުއްމީދުގައި ފަސްކުރަމުން ނުދާށެވެ. ތިބާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް ދޭންޖެހެ ޙައްޤުތައް ދިނުމުގައި ދެމިހުންނާށެވެ. ތިބާއަށް މިދުވަހުގައި މިންވަރު ކުރެއްވި ކަންތައްތަކަށް ޝުކުރުވެރިވަމުން އަންނާށެވެ. ފާފަ ފުއްސެވުމަށް ގިނަގިނައިން އެދޭށެވެ. އަބަދުވެސް މިދުނިޔެއިން ވަކިވުމަށް ތައްޔާރުވެގެން ހުންނާށެވެ.

ތިބާއަށް ލިބިފައިވާ ވަގުތުކޮޅަކީ ރުޅިވެރިކަމާއި، ހަސަދަވެރިކަމާއި، އަނިޔާވެރިކަމާއި ހިތާމައިން އެއްކިބާވެފައިވަ ވަގުތުކޮޅަކަށް ހަދާށެވެ. ތެދުވެރި މީހަކަށްވާށެވެ. ތިމާގެ ހިތުގައި މިއަދަކީ ހަމައެކަނި ތިމާގެ އަތުގައިވާ ވަގުތުކަން ބިންވަޅުކަނޑައިފިނަމަ ތިބާގެ ޙަޔާތުން ކޮންމެ ވަގުތުކޮޅެއްވެގެންދާނީ ފައިދާ ހުރި ވަގުތުކޮޅަކަށެވެ.

މުސްތަޤުބަލް އަންނަންދެން އެހަށް މަޑުކުރާށެވެ.

ކުރިއަށް އަންނަން ހުރި ކަންތައްތަކުގެ ފަހަތުން ތިމާ ނުދުވާށެވެ. އުންމީދުކުރުމުގައި ވަގުތުތައް ދުއްވާނުލާށެވެ. މުސްތަޤުބަލް އަދި ނާދެއެވެ. ނުއުފައްދަވައެވެ. ގަހުގައި އަޅާ މޭވާތައް ދޮންވެ ފައްކާ ނުވަނީސް އެމޭވާތައް ބިނުމަކީ ބުއްދިވެރިކަމެއްކަމުގައި ތިބާ ދެކެން ހެއްޔެވެ؟ މާދަމާ އަދި ނާދެއެވެ. އަދި އަންނާނެ ކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. މުސްތަޤުބަލުގައި ކުރިމަތިވެދާނެ ދުނިޔެވީ ބިރުވެރިކަމަކާ ނުވަތަ މުސީބަތަކާއި މެދު ވިސްނާ ފިކުރުކޮށް ހިތް ބިރުގަންނުވަންވީ ކީއްކުރަންތޯއެވެ؟ މާދަމާ މި މުސީބާތާއި ބައްދަލުކުރުމަށް ތިބާ ހުންނާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއްތޯއެވެ؟ ކުރިއަށް އޮތް ދުވަސްތަކުގައި ތިމާ ފަގީރުވެދާނެތީ ނުވަތަ ބޮޑު ބައްޔެއްޖެހިދާނެތީ އެކަމާ ބިރުން ހުރުމަކީ މޮޔަކަމެކެވެ. މިއަދު ތިބާ ޚަރަދުކުރުމުގައި މެދުމިންވަރެއް ގެންގުޅޭށެވެ. އޭރުން މާދަމާ އަތުވެއްޖެނަމަ ބެނުން ކުރާން ބާކީ ވާނެއެވެ. ކޮންމެދުވަހަކު ތިމާގެ ޞިއްޙަތަށް ފަރުވާތެރިވެ ސާފުތާހިރުވެ ކަސްރަތުކުރުމުގައި ދެމިހުންނާށެވެ. އޭރުން ބަލިބަލިން ރައްކާތެރިވާނެއެވެ. ހަމައެކަނި އޮތީ ހިނގަމުންދާ ދުވަސްކަމުގައި ދެކިގެން ކުރިއަށްދާނަމަ ތިބާ ހުނަނާނީ މިފަދަ ނުތަނަވަސް ޚިޔާލުތަކާއި ދުރުގައެވެ. ޢަމަލުތައް ބަރާބަރުވާނެއެވެ. ހުންނާނީ މާދަންވެސް ދުނިޔެ ދޫކުރުމަށް ތައްޔާރީ ހާލަތުގައެވެ.

މީގެން ދެނެގަންނަންވި މުހިންމު ޕޮއިންޓަކީ މާދަމާ އަދި ވަނީ ޤައިބުގައި ކަމާއި މާދަމާއާއި ބައްދަލުވެވޭނީ ﷲ سبحانه وتعالي ތިބާއަށް އިތުރު ދުވަހަކު ދުނިޔޭގައި ހުރުމަށް އިރާދަ ކުރެއްވުމުންނެވެ. އެއްދުވަސްފަހުން، ދެމަސްފަހުން ނުވަތަ ފަސްއަހަރުފަހުން ކުރަން ކަންތައްތައްރާވައި މުޅިމީހާ އުއްމީދުން ފުރިގެން ހުރެ ހުވަފެންތައް ދެކެން ފަށައިފިނަމަ ތިބާ އަކީ މާދަމާވެސް މަރުވެދާނެ މީހެއްކަމުގެ އިހުސާސްތައް ފިލައިގެންދާނެއެވެ. އަދި އެދުވަހާ ހަމައަށް ދުނިޔޭގައި ހުންނަން ބޭނުންވާނެއެވެ. ދުވަސް ކޮޅަކުން ތިމާގެ ސިކުނޑި އެގޮތަށް ބަދަލުވެ ތިބާއަކީ ތިބާގެ ހުވަފެންތަކާއި ހަމައަށް ވާސިލުނުވެވެނީސް މަރުނުވާނެ މީހެއްކަމުގައި ދެކެވެންފެށިދާނެއެވެ. ދުނިޔޭގައި އުޅެން އަދި ދުވަސް އެބައޮތްކަމާ، ތިބާ ހެޔޮ ޢަމަލް ކުރާނީ އަދި ތަންކޮޅެއްފަހުން ކަމުގެ ވަސްވާސް ޝައިތަނާ ހިތަށް ވައްދާނެއެވެ. ބަރާބަރަށް ނަމާދުކޮށް ހަދަންފަށާނީ މަރުއައިސް ކައިރިވީމަކަމާއި ތިބާގެ ވަގުތުތައް އެހަށް ތިޔަ ހާސިލް ކުރަން ބޭނުންވާ ލަނޑުދަޑި ހާސިލުވަންދެން އަވަދިނެތި މަސައްކަތުގައި އުޅެންވީކަމުގައި ޝައިތަނާ ވިސްނައިދޭނެއެވެ. މިހެން ހުއްޓާ ތިބާގެ މަރު ކުއްލިއަކަށް އައިސް ބައްދަލު ކުރާއިރު ތިބާ ކޮއްފައިވާ އެއްވެސް ހެޔޮ ޢަމަލެއް ނުހުންނާނެއެވެ. ތިބާ މަރުވުމަށް ފަހުގައި ފައިދާއެއް ކުރާނެ ހަމައެކަނި އެއްޗަކީ އަދި އެކުގައި ގެންދެވޭނެ އެއްޗަކީ ހެޔޮ ޢަމަލެވެ. ތިމާގެ ލަނޑުދަނޑިޔާއި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެއްކުރި މުދާގަނޑު ތިބާ އަށް ފައިދާއެއް ދޭނެ އެއްޗެއްކަމުގައި ނުވާނެއެވެ.

... (ނުނިމޭ) ...

މިލިޔުމުގެ ފުރަތަމަބައި:
http://www.muraasil.com/details/view/3/4773


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-09 11:12:35 | Report this Comment
އައްދު:

ވަރށް ކިޔާ ހިތުން އިންދާ ނިމުނުކަން ފާހަގަ ކުރެވޭ. ވަރަށް ސަޅި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.