ނިޒާމް އިބްރާހިމް

  • ޝާއިޢުކުރި ތާރީޚް: 25 12 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 77
  • މޯބައިލް ލިންކު: m.muraasil.com/9325

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެމް.އާރް ޖައުފަރު ރެޑީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ކްލަބް އޯލްސްޓާ ހޯދައިފި

ގދ.ރަތަފަންދޫ "ރެޑީ" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި އެމް.އާރ ޖައުފަރު ރެޑީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ކްލަބް އޯލްސްޓާ ހޯދައިފިއެވެ. މިއަދު ހަވީރު ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ރަތަފަންދޫ ޕޮލިސްކުލަބާއި އެކު ކުޅުނު ފައިނަލް މެޗް ކްލަބް އޯލްސްޓާއިން ކާމިޔާބުކުރީ 3-2 ންނެވެ. އޯލްސްޓާގެ ލަނޑުތައް ޖަހައިދިނީ އިބްރާޙިމް އަލީ އަދި ޢާތިރު މުޙައްމަދުއެވެ. އޯލްސްޓާގެ ފަހު ލަނޑަކީ ޕްލިސް ކްލަބްގެ ކީޕަރު އަތުން ބައިކޮޅަށް ވަން ގޯލްއެކެވެ. ޕޮލިސް ކްލަބްގެ ލަނޑުތައް ޖަހައިދިނީ ޙުސައިން ނިޙާދު އަދި ނަޒީފް އަޙްމަދުއެވެ.

ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމު، ވާދައިގެ ތަށި، މެޑަލް އަދި ރަނަރަޕް ޓީމަށް މެޑެލް ބައްސަވާދެއްވީ ރަތަފަންދޫ ކަތީބު އަލްފާޟިލް އައްބާސް ޙަނީފްއެވެ. މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯލް ސްޓާގެ ހަސަން ޒުޙައިރު، އެންމެ ގިނަ ގޯލްޖަހައިފައިވާ ކުޅުންތެރިއަކަށް ޕްލިސް ކްލަބްގެ ނަޒީފް އަޙްމަދު ހޮވުނުއިރު މުބާރާތުގެ ފެއަރ ޕްލޭޓީމަކަށް ހޮވުނީ އެފް.ސީ އީގަލްސްއެވެ.

ރެޑީ ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި މިއަންނަ އަހަރު މިމުބާރާތް ގދ. އަތޮޅަށް ހުޅުވާލާނެ ކަމަށާއި އަދި މިއަންނަ އަހަރަކީ "ޒުވާނުންގެ އަހަރު" އަށް ވުމުން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ރެޑީއިން މަޢުުލޫމާތު ދެއްވައެވެ.
މިއަހަރުގެ ރެޑީކަޕްގެ ތީމްގެ ގޮތުގައި ބޭނުންކޮށްފައިވަނީ "އަހަންހެނުންނާއި ކުޑަކުދިންނާމެދު ކުރެވޭ އަނިޔާތައް ހުއްޓުވަމާ" މި ޝިޔާރެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.