ލޫލޫ

  • ޝާއިޢުކުރި ތާރީޚް: 13 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 2860
  • މޯބައިލް ލިންކު: m.muraasil.com/2127

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރިޗް ޗޮކްލެޓް މޫސް ކޭކް

ބޭނުންވާ އެއްޗެހި
----ކޭކު ހެދުމަށް----
4 ބުހުގެ ލޮނދި
100ގ ހަކުރު
140ގ ހެޒަލް ނަޓް (މުގުރާފަ)
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
----ފިލިންގް ހެދުމަށް----
250ގ ކުކިންގް ޗޮކްލެޓް
4 ބިހުގެ ގޮބޮޅި
60ގ ހަކުރު
1 1/4 ޖޯޑު ވިޕިންގް ކްރީމް

ހަދާނެގޮތް
---ކޭކް---
ބިހުގެ ލޮނދި ހުދުވަންދެން ކޭކް މިކްސަރ އަކުން ގިރާލާށެވެ. އެތި އެތި ކޮޅުން ހަކުރު އަޅަމުން ރަނގަޅަށް ގިރާލާށެވެ. އެއައްފަހު ހެޒްލްނަޓް ކޮޅަ ކޮކޯ ޕައުޑަރ ކޮޅު އަޅާ ރަނގަޅަށް އެއް ކޮށްލާށެވެ. އެއްށްފަހު ކޭކް ރަނގަޅައް ފިހެލާށެވެ.ޓޫތް ޕިކެއް ކޭކުގެ މެދައްލާފަ ނެރޭ އިރު ނޫންގުޅި ހުރީމަ ރަނގަޅުވާނެ އެވެ. ކޭކް ފިހެވުނީމާ ނަގާފަ ކޫލިނގް ޓްރޭ އެއްގައި ކޭކް ހިހޫ ކުރަން ބައިންދާށެވެ.

---ފިލިންގް---
ޗޮކްލެޓް ރަނގަޅަށް ދިޔާ ކޮށްލާށެވެ. އެހެން ތައްޓެއްގާ ބިހުގެ ގޮބޮޅި އާއި ހަކުރު ހުދުވަންދެން ގިރާލާށެވެ. 1/4 ޖޯޑު ވިޕިންގ ކްރީމް ހޫނު ކޮށްލުމަށްފަހު ބިހުގެ ތެރޭގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޗޮކްލެޓް އޭގެ ތެރެއަށް އަޅުއްވާ ލައްވާށެވެ. އެއަށް ފަހު އެހެން ތައްޓެއްގަ ބާކީ ހުރި ވިޕިންގް ކްރީމްކޮޅު ގިރާލާށެވެ. ވިޕިންގް ކްރީމް ފޮނުގަނޑަކަށް ވީމަ ފަހަރަކު ސަމްސަލެއްގެ ވިޕިންގް ކްރީމް ބިހުގެ ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ހިހޫވެފާ ހުރި ކޭކުގެ މައްޗައް ޗޮކްލެޓް ކޮޅުއަޅާފަ އައިސް އަލަމާރިއަށްލާ ރަނގަޅަށް ފިނި ކޮށްލާށެވެ.

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.