ބޭނުންވާތަކެތި
2 ދަޅު ގެރިކިރު
15 ބިސް
ބައިޖޯޑު ވޯލްނަޓް
1 ޖޯޑު މޭބިސްކަދުރު
ބައި ޖޯޑު ކޯސްޓްކިރު 2 ޖޯޑުބައި ފެނުގައި ގިރާފައި
ކޮކޯޕައުޑަރ (ކުލަހިފާވަރަށް)
ބައިޖޯޑު އާމަންޑްސް
1/3 ކެސްޓަރ ޝުގަރ
ހަދާނެ ގޮތް
ހަކުރު ބިސް ކިރު އެއްކޮށް ރަނގަޅަށް ގިރުއްވާފައި ކޯސްޓްކިރު ކޮޅާއިކޮކޯވެސް
އެއްކޮށްލައްވާފައި ރަނގަޅަށް މިކްސްވުމުން ފުރާނުއްވާށެވެ. ދެން ތަވައެއްގައިހަކުރު ކޮޅެއް
ބްރައުން ކޮށްލައްވާފައި ހަކުރުގަނޑުގެ މަތިކުޑަކޮށް ހިކިލީމާ ކުރީގައި މިކްސްކުރެއްވި
ބައި މައްޗަށް އެޅުއްވުމަސްފަހު އަވަނުން ފިއްސަވާށެވެ. ދެބައި ކުޅައެއްބަޔަށް
ފިހެވުނީމާ އަވަނުން ނަންގަވާފައި ކަދުރުކޮޅާއި އާމަންޑްސް އަދި ވޯލްނަޓްކޮޅު ވެސް
މައްޗަށް އަޅުއްވާފައި ރަނގަޅަށް ފިހެވެންދެން ފިއްސަވާށެވެ.
ޖުވޭރިޔާ ވަޖްދީގެ
ތަފާތުކާނާ 3ން ނަގައިފައިވާ