ބޭނުންވާތަކެތި
3 ޖޯޑް ހަނޑޫ
3 ކިބަކާށީގެކިރު
މާފެންފޮދެއް
ފިނިފެންފޮދެއް
ރާބާފަތުފެންފޮދެއް
4 ޖޯޑް ހަކުރު
ހަދާނެ ގޮތް
ފުރަތަމަ ހަނޑޫފެނުލައްވާށެވެ. ދެންދޮންނަވައިގެން ފުޑުއްވާށެވެ. ކާށިންހުނިގާނުއްވާ
ކިރުފެއްލަވާށެވެ. ދެންރާބާފަތުފެން ކައްކަވާށެވެ. އެއަށްފަހު ހަނޑުލުފުށާއި ހަކުރާ އެއްކުރައްވާ ރަގަޅަށްގިރުއްވާށެވެ. ދެން ކިރާ' މާފެން' ރާބާފަތުފެނާއި މިތިން
ބާވަތުން 6 ޖޯޑު އަޅުއްވާށެވެ. ދެން ހިއްލަވަން އުއްދަވާށެވެ. ރަގަޅަށް ރޯފިލާ
ހިލުނީމާ ފިއްސަވަންބޭނުންވާ ތެއްޔެއްގައި ތެޔޮލައްވާ އެހިއްލެވި ފުއްއެތި އޭގެތެރެއަށް އަޅުއްވާށެވެ. ރަގަޅަށް މަތިއޮމާންކުރެއްވުމަށްފަހު ފިއްސަވަން އުދުންމައްޗަށް
އުއްދަވާށެވެ. ތެލީގެދަށަށް ކުޑައަލިފާންކޮޅެއް ލައްވާ މައްޗަށްވެސް ކުޑައަލިފާންކޮޅެއް
ލައްވާ މަޑުގިނީގައި އިރުކޮޅަކުބަހައްޓަވާފާ ބާލުއްވާށެވެ. ކުޑަކޮށް ރަތްކުލަޖަހާލުމުން
އެއްމެ ރަގަޅެވެ.
ޒަރީނާ އިބްރާހިމް ދީދީ
ދިވެހިކާނާ 1ން ނަގައިފައިވާ
'