އ.ޝާޢިރު

  • ޝާއިޢުކުރި ތާރީޚް: 10 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 412

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެކަނިކޮށްފައި ނުދާށެވެ....

ފަތިހުގެ ތެތްފިނިކަން ކަނޑުވާލާ، ދަޅަ ދައްކަމުން
ކަލާ އަންނަމުއެވެ.
އެއަށްފަހު ބަޑި ބަނޑިލައްވަމުންދާ ރާޅުތަކުގެ ކޯތާފަތްމަތިން
ރީތިވިދުވަރުތަށް ކަލާ ދުނިޔެ މައްޗަށް ގެނުވަމުއެވެ.
ގައިގެ ފިނިކަން މަޑުހޫނުކަން ބަދަލުކޮށްލަމު ކަލާ އަންނަގޮތް
ފަހެ ނަލަ ކަމާއެވެ.
އެހިނދު ޝޯޚުވެފައި ތަލިން ކުޅުހިކި ކަލާއަށް ބަލަން ހުންނަ އިރު ބަލާ
ބަލާ ފޫހިނުވެއެވެ.

އެއަށްފަހު ގައިންދާފޮދުވަރު ބޭރުކުރަން ފެށުމުން
ދެން ދުވަހަކުވެސް އިރުން ކަލާ ނާރާނެނަމައޭ ހިތަށް އަރައެވެ.
ކަލާގެ ސަބަބުން ކަރުހިއްކުންގެނުވާ މަސައްކަތް ލޮޑުކޮށްލުވައެވެ.
މެންދުރުވަގުތު އޮއްބާލުމުން މަޑު މަޑު ދިހުންގެނުވާ ހޫނަކުން ހޫނުކަންގެނުވަނީ
އަހަރެން ކަލާގެ މަތިން ހަނދުމަ ނައްތާލަފާނެ ކަމަށް ހެއްޔެވެ.
ދެން އެއަށްފަހު ކަލާ މިސްރާބު ޖަހަނީ އަހަރެންގެ ޒަމާނަށް އަނދިރިކަން ގެނައުމަށެވެ.

މާ މަތި މަތިން ވިލާތަކަށް ރީތި ރިހުންކުލަ ގެނުވަމުން، ރީތިހާ ގޮތްގޮތުން
ފަރިޗާލުކަން ގެނުވަމުން ކަލާ ދަނީ ހިތް އަޅުދާސްތު ކުރުވާ ފަދަޔަކުން ނެވެ.
އަރި އަރިޔަށް ހުރެ ގޮސް އުދަރެހަށްގޮސް ފަތުރަމުންދާ ރަންދޯދިތައް
އޮއްސެން ވުމުން، ގިސްލަގިސްލާ ވަކިނުވަމަށް އެދި ގޮވަގޮވާ ރޮއެ ރޮއެ ހުންނަމެވެ.
ޤުދުރަތުންކަލާޔަށް ދެއްވާފައިތިވާ ފަރި ކަމަކީ އެއީ
ދުވަހަކުވެސް އަހަރެން ބަލާ ފޫހި ނުވާނެ މަންޒަރެކެވެ.
ރަތްވިލާތަށް މުޅިއުދަރެސްބައްދާލުމުން ހިރަށްވެރި ކުރުވަނީ އެކަނިވެރިކަމެވެ.
ކަލާ ތިޔަހެން އަހަރެން އެކަނިކޮށްފައި ނުދާށެވެ......

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-11 21:28:55 | Report this Comment
ހިމް:

މިއީ ވާހަކައެއްތަ. ނުވަތަ އަރަތެއްތަ.

Posted on 2010-09-19 00:09:02 | Report this Comment
ރަސީދު:

ވަރަށް ރަނގަޅު ލިޔުމެއް

Posted on 2010-09-29 00:49:41 | Report this Comment
އ.ޝާޢިރު:

އ.ޝާޢިރު: ހިމް: މިއީ ހަމަ ޔަގީނުންވެސް އަރަތެއް ނޫނެވެ. އެކަމަކު އަޅުގަނޑަށް އެނގިފައިވާ ގޮތުން \"އައުޅެން\" އެއީ ބާވަތެއްގެ ވާހަކައެކެވެ. އޭގެ ވައްޓަފާޅި ވާހަކަޔަކާ އެއްގޮތް ކަމެއް ހުރެއެވެ. ވުމާ އެކު އަޅުގަނޑުވެސް އައު ޅެމަކީ އެއީ ބޮޑަށް ބުރަވާނީ ޒާތެއްގެ ވާހަކައެއްކަމަށެވެ. އެކަމަކު ބުނެލަން އޮތީ މިތާގައި މިވަނީ އެއްގޮތަކަށްވެސް އަރަތެއްނޫން ކަމަށެވެ. އެހެނީ އަރަތެއްނަމަ ތި ބޭފުޅަ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތީހީ މީގެ ޖަވާބު ހޯދާށެވެ. ހެހެހެ
ކަލޭގެ ބޮޑު: މާދެން އެނގިގެން ނޫޅޭ....

Posted on 2010-09-29 00:50:33 | Report this Comment
އ.ޝާޢިރު:

ރަޝީދުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

Posted on 2010-11-16 19:14:50 | Report this Comment
ސޮފާ:

މި ހަމަ އަސްލުވެސް އ. ޝާއިރު ލިޔެފައި އޮތް ލިއުމެއްތަ؟ ހައިރާންވެ އަނގަ ހުޅުވިއްޖެ. ވަރަށް ފުރިހަމަ އިނގޭ. ވަރަށްވެސް ފުރިހަމަ.

Posted on 2010-11-22 08:45:07 | Report this Comment
އ.ޝާޢިރު:

ހޫމމމމމ....މިއީ އަސްލުގަ ހަމަ ހެދި ޅެމެއް... އެކަމަކު މިތާގަ ލިޔުމައްޓަކައި އެވަނީ އެހެން ގޮތަކަށް ބަދަލުކޮށްލާފައި....ޞޮފާ ދެން އަނގަ ނުހުޅުވާ ލައްޕާލާ އަވަހަށް. މެއްސެއް ވަދެދާނެ! ހެހެހެ... އަދި ވަރަށް ބޮޑު ބޮޑު ޝުކުރިއްޔާއެއް ތިކުރެއްވި ތަޢުރީފައްޓަކައި...:)

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.