އ.ނ

  • ޝާއިޢުކުރި ތާރީޚް: 06 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 406

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މަންމަ

އުދުހުނަސް އުސްމިންތަކަށް، ފީނިޔަސް ފުންކަނޑުތަކަށް
ބިމުހަމައިގާ ހުރިއެމަންމާ އަށްވުރެން މައްޗެއްނުވޭ

ހޯދިޔަސްވެސް ސަނަދުތައް، ފަޚުރަކުންގެން ބޮޑުވިޔަސް
އެޅިމަތިން މަންމާގެއުނގު ބިންގަލެއް ކަމުނޫނީނުވޭ

ދަތުރު ކުރިޔަސް ކަންކޮޅުތަކަށް، ދަސްވިޔަސް ގިނަބަސްތަކާ
މާދަރީބަސްގެން އެދަސްކޮށް ފެށުނުދަތުރެއް ކަމުނޫނީނުވޭ

ލިބުނަކަސް ލޯތްބާއި ގަދަރާ، ވުރެމޮޅެއް ނެތުނަސް ތިމާއަށް
ނުކުރިނަމަހީ ގަދަރު އެދުވަހު، އަދުތިމާއަށް ގަދަރެއްނުވޭ

ލިޔުނުމޮޅު އަތުލިޔުމަކަސް، ކުރެހިޔަސް މޮޅުކުރެހުމެއް
އަތުހިފައިގެން ދިންއެލިޔެ މަންމާގެޝަރަ ފެއްކަމަށް ނޫނީނުވޭ

ކިޔެވިޔަސް އާފޮތްތަކުން ދަސްވިޔަސް ގިނަ އިލްމުތައް
ލިޔެކިޔަން ދަސްކުރި ފިލާވޮށި ހަނދުމައިން ފިލުމެއްނުވޭ

ކުރިޔަކަސް ދުނިޔޭގެ ވެރިކަން، ވެވުނަކަސް އުސްތާޒަކަށް
ދަރިއެދޭ މަންޒިލްގެ ތަޅުދަނޑި، މަންމާ އަތުން ނޫނީނުވޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-17 18:10:34 | Report this Comment
އަހުމަދު އިޝާމް:

މިލިޔުން ފިޔޯރީ އޮންލައިންގައި ޕަބްލިޝްކުރުމުގެ ހުއްދައަށް އެދެން

Posted on 2011-04-07 21:28:08 | Report this Comment
އަހުމަދު ނިޝާމް:

މި ޕޯސްޓަށް ރިފަރ ކޮއްފަ ޕަބްލިޝް ކުރުމުގެ ހުއްދަ ދީފިން. ފިޔޯރީ އޮންލައިންގެ ލިންކެއް ފޮނުވަ ދިނުން ވެސް އެދެން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.