މުޙައްމަދު ޔާމީން އިބްރާހީމް

  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 164

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަލިކަމުން އަނދިރިކަމުން އަލިކަމަށް؟

އަހަރެންގެ ހިތުގެ ހަމަޖެހުން ފޭރިގަތް އަލިކަން
އަހަރެންގެ އުޅުމާއި އަޚްލާޤް ބަދަލު ކޮށްލި އަލިކަން
އަހަރެންގެ ދިރިއުޅުމަށް އުފަލާއި ބަހާރު ގެނެސްދިން އަލިކަން
މިހާރުވީ ކޮންތާކުބާ؟
ގާތުން އެހާ ގާތުން އައި އަނދިރިކަމެއް އެމައްޗަށް ވެރިވެގަތެވެ.

އަހަރެންގެ ހިތުގައި ރަނިކަން ކުރި އަލިކަން
ތަފާތު މައިދާންތަކުގަ އާއި ވާދީތަކުގައި ގުޅިލާމެހިވި އަލިކަން
ހިތްގައިމު ރީތި އައްސޭރި ފަށުގައި ފަތުރުވާލި އަލިކަން
މިހާރުވީ ކޮންތާކުބާ؟
ފަހުން ފަސްފަހަތުން އައި ކާޅެއް ޖަހައިގެންފިއެވެ.

އަހަރެންގެ ހިތުގެ ލޯގަނޑުން ސޫރަކޮށްދިން އަލިކަން
ލޮލާއި ލޯ ގުޅައިދިން އަލިކަން
ޝަބުނަމްގެ ތިކިތަކުގެ ޗާލުކަން މަލުން ދައްކައިދިން އަލިކަން
މިހާރުވީ ކޮންތާކުބާ؟
އޮއްސެމުން ދުރަށް ގޮސް އޮބާލައިފިއެވެ.

ބުނެބަލާށެވެ.! މިވާހަކަތަށް ބަޔާން ކުރާނީ ކިހިނެތް ހެއްޔެވެ؟
ލިޔެލާނީ ކޮން ޞަފްޙާ އަކު ހެއްޔެވެ؟
ކިޔައި ދޭނީ ފަހެ ކާކުގެ ގާތުގައި ހެއްޔެވެ؟
އަހަރެންގެ ޙަޔާތުގައި މިވަނީ ކަޅުފޮއެ ރެއެއް ފަދަ އެކަނިވެރިކަމެކެވެ.
އަހަރެންގެ ޙަޔާތުގައި އަނދިރި ސާލެއް ފަތުރައިފިއެވެ.
ދެން ދުވަހަކުވެސް އެ އަލިކަން ދެކޭކަށް ބޭނުމެއްނޫނެވެ.
ފިތުރަތުގެ އުޞޫލުން މި އަނދިރިކަން އަލިވިލޭނެ ނަމަ....................


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-07 00:25:35 | Report this Comment
ކަޑަބެ:

ތިބުނަން އުޅޭއެއްޗެ ނުވިސްނޭ؟؟؟؟؟/ތަންކޮޅެރަންގަޅަ ބުނެލާ އޭރުންވަރައް ސަޅިވާ ކޭއޯ............

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.