މީމުތާ

  • ޝާއިޢުކުރި ތާރީޚް: 04 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 96

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އޭ ދަތުރުވެރިޔާއޭ!!

އޭމިހިރަ މަޖަލުގައި ދުނިޔޭގެ ދަތުރުފެށި އިންސާނާއޭ
ހޭނުހުރެ ތިޔަދެވޭ މަންޒިލްގެ ޚަބަރު ފަހެ ލިބިފައިވޭހޭ ؟

ބޮޑެތި ގަނޑުވަރު ބިނާކުރި މުއްސަނދިންވެސް
ރިވެތި މަޚުމަލުގެ ދާނުގައި ނިދި މަހުޖަނުންވެސް
އިސްކޮޅަށް ކިރިޔާ ފުދޭވަރު ބިންކޮޅެއްގައި
ހުސްއަތާ ހެލިވެސްނުލާ ހަނި ކައްވަޅެއްގައި
ގިސްލިއަސް އޮންނަން އެޖެހެނީ ފިތިފައޭ!
އޭމިހިރަ މަޖަލުގައި ދުނިޔޭގެ ދަތުރުފެށި އިންސާނާއޭ
ހޭނުހުރެ ތިޔަދެވޭ މަންޒިލްގެ ޚަބަރު ފަހެ ލިބިފައިވޭހޭ ؟

ދެކެފަ ވާނޭ ޖަނާޒާ ތިޔަ ލޮލުންވެސް
ކޮނެފަ ކަށްވަޅު ވެދާނޭ ތިޔަ އަތުންވެސް
ސާފުކޮށް ދޮންވެލިއަޅާ ސަހަރާތެރޭގައި
ރީތިކޮށް ދެއަތުން ހަދާފަސްފުނި މަތީގައި
ކުކުޅުހާ ފަސްބާޑިޖަހަނީ ހެވިފައޭ!
އޭމިހިރަ މަޖަލުގައި ދުނިޔޭގެ ދަތުރުފެށި އިންސާނާއޭ
ހޭނުހުރެ ތިޔަދެވޭ މަންޒިލްގެ ޚަބަރު ފަހެ ލިބިފައިވޭހޭ ؟

ދުނިޔެ ކުރަނީ އުފަންއަދު ސައްތައިންނޭ
މަރުވެ ފަސްދަށު ލަނީ ވެސް ލައްކައިންނޭ
ފަނިތަކޭ ތިބެ ލަސްލަހުން ކައި ހުސް ކުރާނީ
ކަށިތަކޭ ހިކި މަޑުމަޑުން ވެއްޔަށް ވެދާނީ
ކަންހިނގާ މަގު ތިޔަ ހުރެވެނީ އޮޅިފައޭ!
އޭމިހިރަ މަޖަލުގައި ދުނިޔޭގެ ދަތުރުފެށި އިންސާނާއޭ
ހޭނުހުރެ ތިޔަދެވޭ މަންޒިލްގެ ޚަބަރު ފަހެ ލިބިފައިވޭހޭ ؟

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-12-14 08:30:21 | Report this Comment
ޝައިންސަން :

އޭ ލޮބްވެތި އަހުނާ އުހުތުން ވިސްނާލަ ބަލާށެވެ!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.