1. ބަސްބަހާ ޢަމަލާ ދިމާނުވެ ކަންހިނގާތީ ފޫހިވޭ،
އަސްލު އޮތްގޮތް ފަތިފުށުން ފެނުމުގެ ފަހުން މާފޫހިވޭ.
2. ލޯބިވާގެ އުނގަށް ނަފުސ ް ޤުރްބާން ކުރީމާ ވެދުމަކަށް،
ލޯބިވީ އެޙިޔާނަތުގެ ޢަމަލަށް ފަހުން މާ ފޫހިވޭ.
3. މަސްތުކޮށްލަން އިޝްޤުގައި ފޮނިލަވަ ކިޔައިދޭ ދޫނިތަށް،
ގަސްތުގައި މެރިކަން އެނގުނު ދުވަހުގެ ފަހުން މާފޫހިވޭ.
4. ތަދު ހިތުން ފިލުވާށަ މިދެކޭ ހަނދުވަރުގެ ރިހި އަލިތެރޭ،
އުދުހެމުން އަޔަކަސް ތިމޫނު ބަލައިލުމާ އެކު ފޫހިވޭ
5. މާކުރިން މިޔުޒިކުގެ ފޮނިކަން ތިޔަނަލަ އަޑުފުޅުން،
އާކުރާ ދޮގު ވަޢުދުތައް ހިތުގައި ވިކާތީ ފޫހިވޭ.
6. ބެންކޮކުގެ ބާޒާރުގައި ތިޔަ މުނި އަވަސް ފިއްލެވިފަހުން،
އެންކެޔޮޅު ދަރިއެއްކަމަކު އެކަމާ ވަކިން މާ ފޫހިވޭ.
7. ރަންމުތާއި ޖަވާހިރާ އަލިމަހުގެ ފަރުދާ ފުރަގަހުން،
ރަންނަމާރި މަގޭ ޙަޔާތަށް އައިކަމުން މާ ފޫހިވޭ.
8. ކާކުބާ މި ޢަޒާބުގާ މިޙަޔާތު އެދޭނީ ދުނިޔެއިން،
މާކުރީވީ ބަދުނާމަކުން ލައްގަނޑު ހުރީމާ ފޫހިވޭ.
9. ސަބުނަމާ ފިނިފެންމަލުގެ ތަންމަތިން އަޅައިދިން މެހެފިލުން،
ޢަބުރުނެތް މިތުރާގެ އުނގުގައި ދިރިއުޅެން މާ ފޫހިވޭ.
Posted on 2010-11-16 19:50:26 |
Report this Comment
Posted on 2010-11-22 09:18:14 |
Report this Comment