
ތިޔަ ކަޅިރަވައިގެ ޖާދޫގައި މިޖެހުނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ.
ކަލާގެ ފުރަތަމަ ބަލާލުމުންވެސް އަހަރެންގެ ހިތް ކުދި ކުދި ވިއެވެ.
ތިޔަ ދެލޮލުގައި ތިވަނީ ކޮންފަދަ ބާރެއްހެއްޔެވެ.
ތިޔަ ދެލޮލުގެ އަލިކަމުން މުޅިދުނިޔެވެސް ހޭލައްވާލި ކަހަލައެވެ.
ކަލާންގެ ކުޅަދުންވަންތަ ކަމާމެދު ވިސްނާލައިފިނަމަ ސިކުޑިސުމަކަށް ދެއެވެ.
ތިޔަ ދެލޮލުގެ އަވާމެންދުރުގައި އާވާރާވީ ގޮތްވެސް ނޭގުނެވެ.
ތިޔަ ދެލޮލުން ކަލާގެ ހިތުގެ އެދުން ބުނެދޭ ކަހަލައެވެ.
ކަލާ ތީ ހާދަހާވާ ނަސީބުގަދަ ކުއްޖެކެވެ.
ތިޔަ ބަލާލުމުގައި މަސްތުނުވާނީ ހަމަމޮޔައެކެވެ.
ތިޔަ ލޯބީގައި އަހަރެން ދީވާނާ ވެއްޖެއެވެ.
ކަލާއާ ހަތަރުކަޅި ހަމަވި ދުވަހުން ފެށިގެންނެވެ.
ލޯތްބަކީ އިންސާނާއަށް ބާރުނުފޯރުވޭ އެއްޗެއްކަން އެގިއްޖެއެވެ.
އެއީ ތިޔަ ކަޅިރަވައިގެ ޖާދޫގައި ޖެހި ދީވާނާވުމުންނެވެ.
ލޯބިވާއެވެ. ތިޔަ ކަޅިރަވައިގެ ޖާދޫގައި އެހެން ފަރާތެއް ނުޖައްސައްޗެވެ.