އ.ޝާޢިރު

  • ޝާއިޢުކުރި ތާރީޚް: 16 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 412

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކަލާދެކެ ލޯތްބެއް ނުވަމެވެ....!

ތިޔަ ޙަޔާތަށް ހިތާމައިގެ ހިޔަނިވެސް އެޅޭކަށް ނޭދެމެވެ.
އުފަލުގައި ކަލާ ހިނިތުންވެފައި ހުރުމަށް އެދެމެވެ.
އަބަދުވެސް ހެޔޮޙާލުގައި ވުމަށް އެދެމެވެ.
އެކަމަކު ކަލާދެކެ ލޯތްބެއް ނުވަމެވެ....!

ފާޅު ނުކުރެވުނަސް މިހިތުގައި އުންމީދުތަކެއް ވެއެވެ.
ހަށީގައި ފުރާނަ ހުރިހާ ހިނދަކު، މިހިތުގައި ތިޔަނަން ވާނެއެވެ.
އަހަރެންގެ ޙަޔާތުގެ ދުނިޔެ އާބާދުވާނީ ތިބާޔާ އެކުގައެވެ.
ނަމަވެސް ކަލާދެކެ ލޯތްބެއް ނުވަމެވެ....

ހިތުގެ ޙާލު އަމިއްލަ ނަފުޞަށްވެސް ސިއްރުކުރީމެވެ.
މިހިތުގެ ޙާލު ބަޔާންކުރާ މީހަކާއި ރަޙްމަތްތެރިކަން ކަނޑަމެވެ.
ތިބާގެ ކުށްތަކަސް މަޢާފްކުރީ ތިބާގެ އުފަލަށްޓަކައެވެ.
އެހެނަސް ކަލާދެކެ ލޯތްބެއް ނުވަމެވެ....!

ހިނިތުންވުމާއެކު ހިތާމަތަށް ތަޙައްމަލް ކުރަންފެށީމެވެ.
ހިތްރޮމުންދާ ހިނދުވެސް ކަލާޔަކަށް އެކަމެއް ނާންގަމެވެ.
މިހިތް ތިޔަ ހުޅުކޮޅުން ވިރެމުންދާއިރުވެސް ހޫނުވެއެކޭ ނުބުނަމެވެ.
އެކަމަކު ކަލާދެކެ ލޯތްބެއް ނުވަމެވެ....!

މާޒީވި ދުވަސްތަކާއިމެދު އެއްވެސް ޝަކުވާއެއްނެތެވެ.
މުސްތަޤްބަލާމެދު ދެކެނީ އެންމެ ހުވަފެނެކެވެ.
ކަނިވަމުންދާ ހުޅުކޮޅު ކަލާގެ ހަނދާން ތަކުގައި ނިވިގެން ދިއުމެވެ.
ކަލާއަށް މިހިތުގެ ޙާޅު އެނގޭނެ ނަމައެވެ....!

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-17 10:29:17 | Report this Comment
އއ:

އަޅުގަނޑުގެ ލިޔުންތަކަށް ކިޔުން ތެރިންގެ ބިނާ ކުރުވަނިވި ފާޑުކިޔުން ވަރަށް ބޭނުމެވެ! ޝުކުރިއްޔާ!

Posted on 2010-08-18 12:52:04 | Report this Comment
ޝައު:

ވަރަށް ބޮޑަށް ޝުކުރިއްޔާ.......................................މިކަހަލަ ލިޔުން ކޮޅެއް ހޯދަމަން ދަނިކޮށް ފެނުނީ.ވަރަށް ރީތި
އއ: އަދި ޝުކުރިއްޔާއެވެ. އަދި މަރުޚަބާ ދަންނަވަމެވެ.

Posted on 2010-08-18 17:17:21 | Report this Comment
ޝާއި:

ސަޅި.....އެކަމް ލޯބި ނުވާނަމަ އެގޮތަށް ވާނެބާ؟؟؟؟؟؟ އެއި ކިހިނެއް
އއ: އެއީ ކުރީގެ ލޯބިވެރިޔެއް ބޭވަފާ ތެރިވީކަމުގައި ވީއެވެ. ތިބާވެސް ގަބޫލު ކުރާނެ ފަދައިން ފިނިފެންމަލުގެ ފިޔަ އޭގެ ކަރުގަނޑުން ނެއްޓިގެން ވެއްޓުމަށްފަހު ކުރިން އެއިންތާކު އެހުރި ގޮތަކަސް ނުބޭންދޭނެއެވެ. އެވީ ގޮތަކީ އެއީއެވެ. އެއީ ޤަދަރާ އިޙްތިރާމް ކުރި މަލުގެ ފިޔައެއްކަމުގައި އެމާ ކުރިން ވީއެވެ. ހަމަ އެފަދައިން އެކަން ދެމި އޮތީ އެވެ.

Posted on 2010-08-19 09:42:06 | Report this Comment
ކުޑޫ:

ވވވވ ނައިސް

Posted on 2010-08-22 13:53:57 | Report this Comment
އަޒުހަރު:

ވަރަށް ވަރަށް ސަޅި

Posted on 2010-08-26 00:56:32 | Report this Comment
އއ:

ކޮމެންޓް ކުރެއްވި ހުރިހާ ފަރާތްތަކަށާ އަދި ޝައުގު ވެރިކަމާ އެކު އަޅުގަނޑުގެ މިޅެން ކިޔުއްވި ހުރުހާ ފަރާތް ތަކަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ.

Posted on 2010-10-20 18:59:05 | Report this Comment
މާލް:

ވވވވވވ ރީތި..... މާލް ވެސް ހަމަ ތިހެން،،،، ކީޕް އިޓް އަޕް
އ.ޝާޢިރު: ތިޔަދިން ހިތްވަރަށް މާލް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަދި އިންޝާﷲ ހަމަ މިގޮތުގައި ކުރިޔަށް ދާނަމެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.