އަމާޒް
އާދައިގެ އިންސާނަކީމެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ލިޔުންތެރިކަމުގެ ދާއިރާގައި ކުރިޔަށްދެވޭތޯ ގަދަ އަޅާ ބުރަ މަސައްކަތްކުރާ މީހެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން، ވާހަކަލިޔުމުގެ ފަންނުގައި ނާއީގެ ލޮބުވެތި ބައްޕަ ބިންމާ އިބްރާޙީމު ވަޙީދު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ ސްކޫލުން ލިބިފައިވާ އެހީތެެރިކަމާއި އެއް ބާރުލުން ފާހަގަކުރަމެވެ. ބައެެއް ކުރު ދިވެހި ކޯސްތަކުގައި، މަރުޙޫމު ސައިކުރާ އިބުރާޙިމް ނަޢީމު، ޢަބްދުﷲ ޞާދިޤް، ކަށިމާ ޝާކިރު، ފަރެސް އާމިރު، އަދިވެސް ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިން ދެއްވާފައިވާ އަގުހުރި މަޢުލޫމާތުތަކަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ. މިމައިދާނުގައި އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑުގެ ގަލަން ހިނގުމުގެ ބާރެވެ. މީގެ އިތުރުން، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ޚިޔާލުވެސް ފާހަގަ ކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މުރާސިލު ސައިޓުގެ އިސްވެރިންނަށް، ލިޔުންތެރިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް، އެފަދަ މީހުންގެ ލިޔުންތައް ޢާއްމުކޮށް ފެންނާނެފަދަ ގޮތަކަށް، އިންޓަނެޓުގެ ޛަރީއާއިން ބެލޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށްޓަކައި، މިފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނިންމާލަމުން ބުނަން އޮތީ، މުރާސިލަށް އަބަދުވެސް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެކެވެ. އަޅުގަނޑަށްވެސް މިދާއިރާއިން ދުވަހެއް ދުވަހަކަށް ކުރިއެރުން މިންވަރު ކޮށްދެއްވަވާތޯ މާތް ﷲ ގެ ހަޟުރަތުގައި އަދަބުވެރިކަމާއި، އިޚުލާޞްތެރިކަމާއިއެކު، އަބަދުވެސް ކުރެވޭ ދުޢާއެވެ.
  • ޝާއިޢުކުރި ތާރީޚް: 09 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1313

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސާއީ *********** (8)

" ކީއްކުރަންތަ މިހެން ހެދީ؟" އަހަރެން ބުނީމެވެ
" ޝާން ދެކެ ލޯބިވާތީ. ބަލާބަލަ އަތަށް." ސާއީގެ ވާތް އަހަންނަށް ދިއްކޮށްލަމުން ބުނެލިއެވެ.
" ތޭރަ ތަނުގައި މިހިރީ ކަޓަރު އަޅާފަ. ދެން މިކަހަލަ ކަމެއް ނުކުރައްޗޭ. މީހެއްދެކެ ލޯބިވެގެން، އެމީހަކު ރުޅިވިޔަސް ނުވަތަ ނުލިބުނަސް ދެން މިކަހަލަ ކަނެއް ނުކުރާތި! އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ މާމޮޅު ކަމެއް ނޫން. އަނެއްކޮޅުން އެއީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކަމެއްވެސް ނޫން. ދެން ނުކުރައްޗޭ." ސާއީގެ ކޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.
" ދެން ދޭ އެމީހުންނަށް ކިޔަވައިދޭން. ނިމިގެން ދާނީ ވުޑް އެޕަލަށް. ވަރަށް ވާހަކަ ދައްކަން އެބަހުރި މިރޭ." އަހަރެން ބުނީމެވެ.
" ސާއީ. ވަރަށް ބައިވަރު ސުވާލު އެބަހުރި ކުރަންޖެހޭ. ޙަޤީޤަތުގައި މިވާހަކަ ދައްކަން އަހަރެން ވަރަށް ދެރަވެސްވޭ." އަހަރެން ބުނީމެވެ. އޭރު އަހަރެމެން ތިބީ ވުޑް އެޕަލްގައެވެ.
" އެއްވެސް މީހަކު ނޭދޭ އަހަންނަށް އުފާވެރި ޙަޔާތެއް ލިބޭކަށް." ދައްކަން އުޅޭ ވާހަކަ ނުފެށެނީސް ސާއީ ރޯން ފެށިއެވެ. ކަމެއް ގޯސްވާން އުޅޭހެން ސާއީއަށް އިނގުނު ކަހަލައެވެ.
" ރޮއެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެ. އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ. އެނގޭނެ އަހަރެން ސާއީދެކެ، ލޯބިވާވަރު. ސާއީއަށް ދެރަގޮތެއް ވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނުވާނެކަންވެސް. އެކަމަކު މީހުން ފާޑުފާޑުގެ ވާހަކަ ދައްކަން ފެށީމަ، އަހަރެންވެސް ބޭނުންވާނެ އެއީ ޙަޤީޤަތެއްތޯ ބަލަން”. ސާއީގެ މޫނުމަތިން ކަރުނަތައް ފުހެލަމުން އަހަރެން ބުނީމެވެ.
" ޝިޔާން އާއި ކިސްކުރިންތަ؟ ފާރިޝްއާއިއެކު ފޯނުން ގަނޑެއް ގަތިންތަ؟ ރަޝްވާން އާއި އޮންނަ ގުޅުމަކީ ކޮބާ؟ މުޝާހިދު އެއީ ކާކު؟ ކޮން ގުޅުމެއްތަ އޭނައާއި ސާއީއާއި އޮތީ؟ މިހުރިހާ ސުވާލެއްގެ ޖަވާބު އަހަރެން ބޭނުން. ކުރިންވެސް ބުނިން އަހަރެންގެ އަންހެނުން ވާންޖެހޭނީ ވަރަށް ހަރުދަނާ މީހަކަށޭ. ނޫނިއްޔާ އަހަންނަކަށް ނޫޅެވޭނެ." ސާއީ ހުއްޓާލަމުން ބުނީމެވެ.
" އެއްވެސް މީހަކީ އެންމެ ރަނގަޅު މީހެއްނޫން. މާޒީގައި ކޮންމެ މީހަކުވެސް ހުންނާނެ ކުށްތަކެއް ކޮށްފަ. ތިބުނާ ފުރިހަމަ މީހަކު މިޒަމާނުގައި ނުހުންނާނެ. އަހަރެން ތިއިން އެއްވެސް މީހަކާއިއެކު އެއްވެސް ކަމެއް ނުކުރަން. އެމީހުން އެހަދަނީ ހުސްދޮގު. މުޝާހިދު އަހަންނާހެދި ލޯބިން ހޭބަލިވީ. އެކަން އަހަރެންގެ މަންމައަށްވެސް އެނގޭނެ. ރަޝްވާން އަކީ އޮންލައިން ރައްޓެއްސެއް. އޭނަ އަހަންނަށް ލޯބި ހުށަހެޅި. އެންމެރެއަކު އަހަރެން އޭނައާއި ދިމާކުރީ. އޭގެ ފަހުން ވާހަކަވެސް ނުދައްކަން. ޝާންގެ ކަޒިން ފާރިޝްއާއި އެންމެ ރެއަކު ވާހަކަ ދެއްކީ. ޝިޔާންވެސް ބޭނުންވީ އަހަރެން. އެކަމަކު އަހަރެން އޭނައާއި އެންމެ ރެއަކު ބައްދަލުކުރީ. އޭނަވެސް ބޭނުންވީ އަހަރެންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގަން. އެހެންވެ އަހަރެން އޭނަ ދޫކޮށްލީ. މިހާތަނަށް އަހަރެން ލޯބިވީ އެންމެ ދެމީހުންދެކެ. އެއީ ސައިފް އާއި ޝާން. މިހާރު އަހަރެން އެންމެ ލޯބިވަނީ ޝާންދެކެ." ވަރަށް އަސަރާއިއެކު ސާއީ ކިޔައިދިނެވެ.
" ދެން ކީއްވެގެންތަ އެމީހުން އެވާހަކަތައް އެދައްކަނީ؟” އަހަރެން ސުވާލުކުރީމެވެ.
" މިޒަމާނުގައި އެއްވެސް މީހަކު ނޭދޭނެ އެހެން މީހަކަށް އުފަލެއް ލިބޭކަށް. އަނެއްކޮޅުން ތިއިން އެއްވެސް ކަމެއް ޝާންއަށް ފެނުނުތަ؟" ސާއީ ވެސް އެބުނީ ދޮގެއް ނޫނެވެ.
" ނުފެނޭ. އެކަމަކު ކީއްވެގެންތަ އަހަރެން ގުޅާއިރު ސާއީގެ ފޯން ބިޒީވަނީ؟" އަހަރެން އަނހާލީމެވެ.
" އަހަރެންގެވެސް މައިންބަފައިން ތިބޭ. އެމީހުންވެސް އަހަންނަށް ގުޅާނެއެއްނު. އަނެއްކޮޅުން އަހަރެންގެވެސް ރައްޓެހިން ތިބޭ. އެމީހުންވެސް އަހަންނަށް ގުޅާނެއެއްނު. ޝާން ވާހަކަ ނުދައްކާށޭ ބުނި އެއްވެސް މީހަކާއި އަހަރެން ވާހަކައެއް ނުދައްކަން." ސާއީ ބުނެލިއެވެ.
" އެކަމަކު އަހަންނަކަށް ހީއެއްނުވޭ ދަންވަރުގައި ތިބުނާ މީހުންވެސް ގުޅާނެހެނެއް. އަނެއްކޮޅުން ސާއީ ބުނެގެން މިހާރު ނަންބަރުވެސް ތިއޮތީ ބަދަލުކޮށްފައި." އަހަރެން ބުނީމެވެ.
" ނޭނގޭ އެމީހުން ނަންބަރު ހޯދާގޮތެއްވެސް. އަހަރެން ދަންވަރު މީހުންނަކާއި ވާހަކައެއް ނުދައްކަން. މީހުން ގުޅާތީ ފޯން ބިޒީވަނީ." ސާއީ ކިޔައިދިނެވެ.
" އެކަމަކު އަހަރެން ގުޅީމަ ފޯނު ނެގެންޖެހޭނެ ކަންނޭނގޭ. އެންމެ ފަހުން ކުލާހުން ނިމުނުރޭވެސް ފޯން ބިޒީކޮށްލީ. ދެން ނިވާލީ. އަނެއްކާ ސާއީ އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ ނޫނިއްޔާ ދެން މިވަނީ ކިހިނެއް؟" ހުރިހާ ކަމެއް ޙައްލުކުރަން އަހަރެން ބޭނުމެވެ.
" އޭރު ބޭބެ ހުރީ ކައިރީގަ. އެހެންވެ ފޯނު ނުނެގީ." ސާއީ ބުނެލިއެވެ.
" ދެން ފޯނު ނަގާފަ ބުނެލިނަމަ. ނޫނީ އެސް.އެމް.އެސްކުރިނަމަ. އަހަންނަށް ހީވަނީ ސާއީއަށްވެސް އެވަރުވާނެހެން." އަހަރެން ބުނީމެވެ.
" ކުޑަކޮށް ބިޒީވީމަ އެރޭ ނުބުނެވުނީ." ސާއީ ކުރުކޮށް ބުނެލިއެވެ.
" މުސްތަޤްބަލުގައި މިފަދަ މައްސަލަތައް ދިމާވެގެން ނުވާނެ. ދެން އަހަރެން ބަލާނަން ސާއީ އުޅޭގޮތް. އަހަންނަށް އެއްވެސް ކަމެއް ފެނިއްޖެއްޔާ ކަންތައްތައް މާރަނގަޅެއް ނުވާނެ. އެކަމަކު ވާހަކަ ދައްކައިގެން އެކަންތައް ޙައްލުކުރެވޭތޯ ތިން ފަހަރު މަސައްކަތް ކުރާނަން. އޭގެ ފަހުން އަހަންނަށް ޖެހޭނީ ސާއީއާއި އަލްވަދާޢު ކިޔަން. ކިތައްމެ ލޯބި ވިޔަސް." އަހަރެން ބުނީމެވެ.
" އަހަރެން ބަލާނަން ޝާން ބޭނުންވާ ގޮތަށް އުޅެވޭތޯ. ދެން އެކަހަލަ ކަމެއް ނުވާނެ." ސާއީ ބުނެލިއެވެ.
" މިރޭ އަދި އެބަޖެހޭ ޝިޔާން އާއި ބައްދަލުކޮށްލަން. އެމީހުން ކަމަކާއި ވާހަކަ ދައްކާލަން ބޭނުމީ." އަހަރެން ބުނީމެވެ.
" އަހަރެންވެސް ގެންދައްޗޭ. އެއީ ޝިޔާން ބުނި ދެން ދުވަހަކުވެސް ޝާން އަހަންނާއި އެއްމޭޒަކަށް ނާރާނޭ." ސާއީވެސް އެމީހުންނާއި ބައްދަލުކުރަން ބޭނުންވިއެވެ.
" އެމީހުން އެބަތިބި ސަލްސާގަ. އެތާނގައި ތިބޭނެ ފަސްވަރަކަށް މީހުން. ހުސް ރައްޓެހިން ތިބޭނީ. ދާނަންތަ؟" އަހަރެން އަނހާލީމެވެ.
" މައްސަލައެއް ނެތް. ދާނަން. އަހަރެން ބޭނުން ޝިޔާން އަށް ދައްކާލަން ޝާން އަދިވެސް އަހަންނާއި އެއް މޭޒަށް އަރާތަން." ސާއީ ބުނެލިއެވެ.

ވުޑް އެޕަލުން ނިކުތީ ހުރިހާ މައްސަލަތަކެއް ޙައްލުކޮށްގެނެވެ. ދެން އަހަރެން ސާއީ ގޮވައިގެން ދިޔައީ ސަލްސާއަށެވެ.

" ސާއީ ގެނައިމަ އަހަރެމެން ދައްކަން ޖެހޭ ވާހަކަތަކެއް ނުދެއްކޭނެ. ކީއްކުރަންތަ އޭނަ ގެނައީ؟" އަހަރެމެން ޝިޔާންމެން ތިބި މޭޒުގައި ޖައްސާލުމުން ޝިޔާން ބުނެލިއެވެ.
" އަހަރެން ލޯބިވާ މީހަކު އަހަރެންގެ ރައްޓެހިންނަށް ދައްކާލުމަކީ މައްސަލައެއް ނޫންކަން ނޭނގޭ. އެހެންވެ ގެނައީ؟" އަހަރެން ބުނީމެވެ.
އެކަމަކުވެސް ހެޔޮ. ސާއީ ހުއްޓާ އަހަރެމެން ދައްކަން ބޭނުންވާ ވާހަކައެއް ނުދެއްކޭނެ." އަޑަށް ބާރުލަމުން ޝިޔާން ބުނެލިއެވެ.

ޝިޔާން އެހެން ބުނުމުން އަހަރެން ސާއީގެ މޫނަށް ބަލާލީމެވެ. ސާއީ އިނީ ފެން ކަޅިވެ، ވަރަށް ދެރަވެފައެވެ. ސާއީގެ މޫނުމަތިން ސާއީގެ ހިތުގައި ޖެހިފައިވާ މިންވަރު އަހަންނަށް ވަޒަންކުރެވުނެވެ. ދެން ކުއްލިއަކަށް ސާއީ މޭޒުން ތެދުވެގެން ދިޔައީއެވެ.

ސަލްސާއިން ނިކުމެގެން ބާރުބާރަށް ސާއީ ދިޔައީ ގެއަށެވެ. ސާއީ ދިޔައީ އަހަންނާއިވެސް އަނގައިން ނުބުނެއެވެ. އަހަރެން ސާއީ ހިފަހައްޓާކަށް މަސައްކަތެއް ނުކުރަމެވެ. ސާއީ އުޅޭގެ ހުންނާނީ ސަލްސާއާއި ޖެހިގެނެވެ. ސާއީ އުޅޭ ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު ސަލްސާގެ މަތީގައި ހުންނަ މޭޒުތަކުގައި ތިބޭ މީހުން ރީތިކޮށް ފެންނާނެއެވެ.

" ރުޅިއައިސްގެންދޯ އެދިޔައީ. އަހަންނަށް ވަރިހަމަ." ޝިޔާން ބުނެލިއެވެ.

" އަހަންނަށް ވަރިހަމައެއް ނޫން. ޝިޔާންއަށް އަހަންނަށް ވުރެ ރަނގަޅަށް ސާއީ އިނގިދާނެ. އެކަމަކު އެއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް މިހާރު. ރައްޓެއްސެއްގެ ޙައިޘިއްޔަތުން އަހަންނަށް ކުރާ ޤަދަރު އަހަރެން ލޯބިވެގެން އުޅޭ މީހަކަށްވެސް ޝިޔާން ކުރަންޖެހޭނެ. ނޫނީ އަހަންނަށް ޖެހޭނީ ޝިޔާންއާއިވެސް ގުޅުން ކަނޑަން." އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
" ދެން ކަނޑާ މައްސަލައެއްނެތް. އެއީ އެއްވެސް އުޅެމެއް ހުންނަ ކުއްޖެއްނޫން. ޝާންއަށް ވުރެން ރަނގަޅަށް އޭނަ ރަށުގައި އޭނަ އުޅުނުގޮތްވެސް އަހަންނަށް ދޯ އިނގޭނީ. އެހެންވެ މިހެން މިބުނީ. ސާއީ ނުވާނެ ރަނގަޅެއް." ޝިޔާން ބުނެލިއެވެ.
" އެއީ މާޒީއެއްނު. އަހަރެން އޭނަ ރަނގަޅުކުރެވޭތޯ މަސައްކަތް މިކުރަނީ. އެއްވެސް މީހެއްގެ ދިރިއުޅުން ހަލާކުވާކަށް އަހަރެން ބޭނުމެއްނޫން. އަހަންނަށް ރަނގަޅީ ޝިޔާންވެސް މިކަމުގެ ތެރެއަށް ނުވަނިއްޔާ." އަހަރެން ބުނީމެވެ.
" ލިޔުމެއްގައި ސޮއި ކޮށްފަވެސް ދީފާނަން ސާއީ ރަނގަޅު ނުވާނެކަށް. އަނެއްކޮޅުން ރައްޓެހިކަން އޮންނަންނާ ހުރިހާ ކަމަކާއިވެސް ބެހޭނަން. ޝާން ރުޅިއަޔަސްހެޔޮ." ޝިޔާން ބުނެލިއެވެ.
" ތިހިސާބުން ދެން ގޮތެއް ނިންމަންޖެހޭނީ އަހަންނަށް. ރައްޓެހިންނަށްވެސް ނާދެވޭ ހިސާބެއް އޮންނާނެ. އެހިސާބަށް އަރަން މަސައްކަތްނުކުރޭ." އަހަރެން ބުނީމެވެ.


ނުނިމޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-10 05:06:39 | Report this Comment
މާތު:

ޝުކުރިއްޔާ އަމާޒް..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.