ޢައިޝާން

  • ޝާއިޢުކުރި ތާރީޚް: 08 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 2219

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލޯބި ލިބުމުން....(18)


ޝަބްނަމް ނެތުމުން ސަބާހުއަށް އިޙުސާސްވީ ނިމުމެއް ނެތް އެކަނިވެރިކަމެކެވެ. ޝަބްނަމް ނެތި އެއެދާއި އެގެވެސް ބީރައްޓެހިވެފައިވާހެން އޭނާއަށް ހީވަމުންދެއެވެ. ކޮންމެ އެއްޗައްކުންވެސް ޝަބްނަމް ނެތުމުން އުނިކަމެއް ފާހަގަ ކުރެވެމުންދިޔައެވެ. ކޮންމެ ވަގުތެއްގައިވެސް ޝަބްނަމްގެ ހަނދާންތައް ހިތަށް އުނދަގޫ ކުރަމުންދެއެވެ.

ޝަބްނަމްގެވެސް ޙާލަކީ އެއީއެވެ. އަބަދުވެސް ސަބާހުއަށް އިންތިޒާރު ކުރެވެއެވެ. ފެނޭތޯ ހޯދެއެވެ. ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ހިތް އެދެމުންދެއެވެ. ނިދާފައި އޮވެފައި ސިހިފައި ހޭލެވެއެވެ. ސަބާހުގެ ބީހުން އިހުސާސްވުމުންނެވެ. ސަބާހުއަށްވުރެވެސް ބޮޑަށް އޭނާ ހަނދާންވަނީ ސަބާހުގެ މަންމަ މަތިންނެވެ. އެމަންމަގެ ލޯތްބާއި އެހީތައް މަތިންނެވެ. އެގެއާއި އެއާއިލާ މަތިންނެވެ. އެތައް ފަހަރަކު އެނބުރި ދިޔުމަށް އެހިތް އެދެމުންދިޔައެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވަމުންދިޔައެވެ. ސަބާހު އޭނާ ހޯދަން ނައީ ސަބާހު އޭޏާ ބޭނުންނުވާތީއެވެ. ސަބާހު ބޭނުން ނެތްއިރު އޭނާ އެގެއަކަށް ނުދާނެއެވެ. ސަބާޙުގެ ގޭގައި ސަބާޙުގެ ލޯތްބާއި ނުލައި ނޫޅެވޭނެއެވެ. ދުރުގައި އުޅެވިދާނެއެވެ. އެކަމަކު އެސޫރަ ފެންނަ ހިސާބުގައި އެލޯބި ނުލިބި ނޫޅެވޭނެއެވެ.

ޝަބްނަމް ހޯދަން ދާން އެތައް ފަހަރަކު ސަބާހު ނިންމިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާގެ އެ "ޙަޤީޤަތް" އޭނާގެ ފައިގައި ކަސްތޮޅުއަޅައެވެ. ޝަބްނަމްއަށް ޖެހޭނީ އޭނާއާއި ނުލައި ދިރިއުޅޭށެވެ. މުޅި އުމުރު ދުވަހު އޭނާއަށް ޖެހޭނީ ހުންގާނާ ވަކިން ދަތުރުކުރާށެވެ. އެއަށްވުރެ އެފަދަ ހުންގާނެއް ނެތީމާ މާރަނގަޅުވާނެއެވެ. އޭރުން އަމިއްލައަށް މިސްރާބު ހޯދާނެއެވެ. ދަތުރުކުރަންވީ މަގު ހޯދާނެއެވެ. އޭރުން އޭނާ ނެތުމުން ޝަބްނަމްއަށް ކުރިއަށް ނުދެވިފައި ހުންނާކަށް ނުޖެހޭނެއެވެ. ނުރޯނެއެވެ. އޭގެ ބަދަލުގައި ކޮށްލާނީ ހަނދާނެކެވެ. އެވެސް ނަފުރަތާއެކުގައެވެ. އެކަމަކު މިހުރިހާ ކަމެއް އެގިހުރެ އޭނާއަށް މިވަނީ ކިހިނެތް ހެއްޔެވެ؟ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްކޮޅު ޝަބްނަމްއާއި އެކު އުފަލުގައި އުޅެން އޭނާ ބޭނުމެވެ.އަނެއްކޮޅުން އޭނާ ވަރަށް ބައްޔެވެ.ވަރަށް ކެއްސައެވެ. އަބަދު ހުންނަނީ ބޯއަނބުރާ ގޮތްވެފައެވެ. މިދުވަސްކޮޅު އިޝާންވެސް ރަށުގައެއް ނޫޅެއެވެ. އެހެންކަމުން އޭނާއަށް އެހީތެރިވެދޭނެ އޭނާގެ ޙާލު ދެކޭނެ އެކަކުވެސް ނެތެވެ.

"ދަރިފުޅާ! ކީއްވެފަތަ ތި އިންނަނީ؟ ނާސްތާކޮށްގެން އޮފީހަށް ދޭބަލަ؟" ކާމޭޒުދޮށުގައި އިން ސަބާހު ގާތުގައި ކުރިމަތީގައި އިން އަސްމާ ބުނެލިއެވެ. ސަބާހު އިނީ ހިޔާލަކަށް ގެއްލިފައެވެ.
"މަންމާ! މަށަށް ހީވަނީ ފަހަރިއަށް އަންގަން ވީހެން. މިދެން ބޮޑުވަރެއްނު؟ މިހާރު އަހަރެމެން ދައްކާ ވާހަކަވެސް އަޑެއް ނީވޭ." ސިމާހުއަށް ސަބާހު ގެބިފައި ހުރި ވަރު ފެނުމުން ބުނެލިއެވެ.
"އެއީ ތެދެއް. ދެން ރައްޓެއްސެއްގަ ވެޑިންއަކަށް ތުލުސްދޫއަށް ގޮސްފައި މިހާ ގިނަ ދުވަސްވާން ޖެހޭތަ؟" ޝަބްނަމް އެންމެ ހިދުކޮޅަކަށްވެސް އެގެއާއި ދުރުގައި ހުންނަން އަސްމާ ބޭނުމެއްނުވެއެވެ.
"ފަހަރިއަށް އަހަރެން ގުޅާނަން މިއަދު. ފަހަރިއަކަށް ނުކެރެއެއްނު އަހަރެމެންނަށް ގުޅާލާކަށް. ދޮންބެއަށް ގުޅާނެ ޔަގީން. އެކަމަކު ދޮންބެ ނުބުނާނެ އަހަރެމެން ފަހަރި މިސްވެގެން އުޅޭ ވާހަކައެއް." ސިމާހު ޝަކުވާ ކުރިއެވެ.
"ރޭ މަންމަވެސް ގުޅިން ޝެމީއަށް. އެކަމަކު ފޯނު އޮތީ ނިވާލާފަ. ދަރިފުޅަކަށް ނުގުޅާތަ ރޭގަ؟" އަސްމާ އަހައިލިއެވެ.
"އުހު.ގުޅި ފޯނުގެ ބެޓެރި ދިޔައީ. އަހަރެން ބުނާނަން އަވަހަށް އަންނާށޭ." ކުއްލިއަކަށް ސަބާހު ކެއްސައިގަތެވެ. ސަބާހު އަވަސް އަވަހަށް ނުކުމެގެން ހިގައްޖެއެވެ. އަސްމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. މިހާރަކަށް އައިސް ސަބާހު ވަރަށް ގިނައިން ކެއްސާކަން އަސްމާއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.
"މަންމާ!ކީއްތަވީ؟" ސިމާހުއަށް އަސްމާގެ މޫނުމަތީގައި ހުރި ކަންބޮޑުވުން ފާހަގަ ކުރެވުނެވެ.
"ދަރިފުޅާ މިހާރު ބޭބެ ހާދަ ބަލިހެން ހީވެޔޭ. ބޭބެ ބުނިތަ އެއްވެސް އެއްޗެކޭ؟" ސަބާހުއަކީ ދުވަހަކުވެސް ބައްޔެއްވިޔަސް އޭނާ ކައިރީ ބުނާ މީހެއް ނޫނެވެ. ކުޑައިރުއްސުރެ އެއީ އޭނާ ނުކުރާ ކަމެކެވެ.

"އިޝާން! ގޭގެ އެންމެން ޝަބް ނެތީމަ އެވާހަކަ އެބަދައްކާ. މަންމަމެން ޝަބް ދެކެ ވަރަށް ލޯބިވޭ. ޝަބް މިވީ ކުޑަދުވަސްކޮޅުތެރޭ ޝަބް އެމީހުންގެ ދިރިއުޅުމާ ގުޅިއްޖެ. އަހަރެން ކިހިނެތް ހަދާނީ؟" ސަބާހު އިޝާން އާއި ފޯނުން ވާހަކަ ދައްކަމުން ދިޔައީ ސީހޯސްގެ މޭޒެއްގެ ދޮށުގައި ކޮފީތަށްޓެއް ބޯނާ އިދެއެވެ.
" ސަބާހު ޝެމީ ކައިރީ ހަގީގަތް ކިޔައިދޭންވީނު؟ އަހަރެންނަށް ޔަގީން އޭރުން ޝެމީ އެނބުރި އަންނާނެކަން. އޭނަ ސަބާހުއަށް އެހީތެރިވެދޭނެ. އެހެންނޫނަސް އަހަރެން އޭރުވެސް ބުނީމެއްނު މައްސަލައެއް ނޫނޭ ރައްކާތެރި ގޮތުގަ ގުޅުމެއް ބޭއްވުމަކުން." އިޝާން އެއީ އަލަށް ބުނި ވާހަކައެއް ނޫނެވެ. ފެށުނީއްސުރެ އިޝާން ސަބާހުއަށް ވިސްނައިދެމުން އައީ އެހެން ކަންތައްތައް ކުރުމަށެވެ. އެހެން އެކަން ކުރަން ބޭނުންނުވީ ސަބާހުއެވެ.
" ނޫން. އަހަރެން ބުނާލަށް ނެތިން. ޝަބް އަހަރެން ދެކެ ލޯބިނުވާނަމަ އަހަރެން މަންމައަށްޓަކައި ތިހެން ތިކަން ކޮށްފާނަން. އަހަރެންނަށްވެސް އެގޭ އަހަންނަށް އެގުޅުންވެސް ބޭއްވިދާނެކަން. އެކަމަކު އެއީ އަންހެނެއް. މަންމައަކަށް ވުމުގެ ހުވަފެންވެސް ދެކޭނެ. އަހަރެން ކިހިނެތް އޭނައަށް އެއުފާ ދޭނީ؟ އަހަރެން ޝައީއާއިވެސް ނުއިން ސަބަބަކީ އެއީނު؟"
ސަބާހު ކުޝަން ނަގާ އެއްފަރާތްކޮށްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އިޝާން ހުރީ ސަބާހުގެ ވާހަކަ ކަނުލާ އަޑުއަހާށެވެ. އެއަށް އިތުރަށް ދޭނެ ޒުވާބެއް އޭނައަކަށް ނުވިސްނުނެވެ.

ސަބާހު ބިލް ދައްކާލާފައި ނުކުމެގެން ދަނިކޮށް ފެރީޓާމިނަލް ކުރިމައްޗަށް މަޑުކޮށްލި ސައިކަލުގެ ފަހަތުގައި އިން އަންހެންކުއްޖާ ފެނުމުން ހުއްޓެވުނެވެ. އެއީ ޝަބްނަމްއެވެ. އޭނާއާއި އެކު ދެން އެހެރީ ކޮން ފިރިހެނެއް ހެއްޔެވެ؟ ދެމީހުން ތިބި ގޮތުން ހީވަނީ ވަރަށް ގާތް ދެމީހުންހެންނެވެ. އޭނާ ޝަބްނަމްއަށް ނުފެންނާނެހެން ނިވާވެލިއެވެ. ޝަބްނަމް އެތެރެއަށް ވަދެގެން ދިޔައީއެވެ. ފިރިހެންކުއްޖާ ދިޔައީ ސައިކަލް ހިފައިގެން ހުޅުމާލެއަށް ގެންދާ ސައިކަލުތައް ހުންނަ ދިމާއަށެވެ. އޭނާއަށް ސަބާހު ފެނުނެވެ. ފާޑަކަށް ބަލައިލިއެވެ. ޝަބްނަމްއާއި ދިމާއަށް ބަލައިލަމުން ގޮސް ސަބާހު ކައިރިއަށް މަޑުކޮށްލިއެވެ.

" ސަބާހު! ވާހަކައެއް ބުނަން. ސަބާހު ޝެމީއަށް ނުފެނި މިތަނުން ދާން އަހަރެންނަށް ފެންނަނީ. ދުވަސްތަކަކށްފަހު ޝެމީ އެހެރީ ވަރަށް އުފަލުން. މިއަދު ދުވަސްތަކަކަށްފަހު. އަހަރެން ބޭނުމެއް ނޫން ސަބާހު ފެނިގެން އހިނިތުންވުން ގެއްލޭކަށް" މާނިލް ސަބާހުއަށް ދިނީ އިންޒާރެއް ކަހަލައެވެ.
ޝަބްނަމްއަށް ސަބާހު ފެނުނީ ޓިކެޓު ނަގައިގެން އެބުރުނުތަނާއެވެ. ސަބާހު ފެނުމުން އޭނާގެ މޭތެޅިގެންފިއެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ސަބާހުވެސް ހިގައިގަތް ތަނުން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޝަބްނަމް އޭނާއަށް ފެނިއްޖެއެވެ. ޝަބްނަމްއަށް ސަބާހުއާއި ދިމާއަށް ހިގައިގަނެވުނެވެ. ސަބާހުއަށްވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ޝަބްނަމްގެ ކަރުނައިން ފުރިފައިވި ދެލޯ ފިޔަވައި އެހެން އެއްވެސް ތަނެއް އޭނާއަށް ނުފެންނަ ކަހަލައެވެ. ޝަބްނަމްއަށް ދޮރުން ނުކުމެއްޖެއެވެ. އޭނާގެ ހިތް ތެޅެމުންދެއެވެ. އޭނާއަށް ސަބާހު މިފެނުނީ ދެހަފުތާ ފަހުންނެވެ.
ޝަބްނަމް އައިސް ފޫޓެއްހާ ކައިރިވުމުން ސަބާހު ހިގައިގެންފިއެވެ. ޝަބްނަމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މާނިލްއާއި އެކު ސަބާހުއަށް އޭނާ ފެނުނު ހެއްޔެވެ؟ ސަބާހު އެދިޔައީ އެކަމާ ހިތްހަމަނުޖެހިގެން ހެއްޔެވެ؟ އެކަމަކު އޭނާ ސަބާހު ހިތްހަމަނުޖެހެންވީ އެއްވެސް ކަމެއް ނުކުރެއެވެ. ސަބާހުއަށް އެޙައްޤެއް ނެތެވެ. ޝަބްނަމް ބަލަހައްޓައިގެން ހުއްޓާ ސަބާހު ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. ޝަބްނަމްގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އެހެންނަމަވެސް އޭނާ ކަރުނަތިކި ފުހެލިއެވެ. ސަބާހުއަށްޓަކައި ރޯކަށް އޭނާ ބޭނުމެއްނޫނެވެ.
"އޭއި. ދެން ރޯނީކީ ނޫން ހިގާ އަވަހަށް ދާން އެހެންނޫނީ މިފެރީއަކަށް ލައްވައެއް ނުލާނެ" މާނިލް ޝަބްނަމްގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ޝަބްނަމްއަށް ފަހަތަށް އެނބުރިވެސް ބަލައިލެވުނެވެ. ސަބާހު ބަލައިލާތޯއެވެ. އެހެންނަމަވެސް ސަބާހު ދިޔައީ ފަހަތަށް އެނބުރި ބަލައިލުމެއްވެސް ނެތިއެވެ.

ސައިކަލު ދުއްވަމުން ދިޔައިރުވެސް ސަބާހުއަށް ފެންނަމުން ދިޔައީ ޝަބްނަމްގެ ކަރުނައިން ފުރިފައިވީ ލޮލެވެ. އޭނާ އެއަންހެންކުއްޖާއަށް އެޙާލު ޖެއްސީ ކީއްވެ ހެއްޔެވެ؟ އެކަމަކު ޝަބްނަމް އޭނާ ފެންނަން ދެން ޝަބްނަމް ހުރީ ހާދަ އުފަލުންނެވެ. އެމޫނުމަތިން ފެންނަން ހުރީ ހިތްހަމަޖެހުމެވެ. އެހެންވީމާ އޭނާ ޝަބްނަމްއާއި ދުރުވެ ޝަބްނަމް އެހެން މީހަކާ އެކު އުޅެން ވެއްޖެ ނަމަ ޝަބްނަމް އޭނާ މަތިން ހަނދާން ނެތިގެންދާނެއެވެ. ކޮންމެ ގޮތަކަށް ހަދާފައި ނަމަވެސް ޝަބްނަމްއަށް އެފުރުސަތު ހޯދައިދޭން އޭނާ ޖެހެއެވެ. އޭނާއަށްޓަކައި ގުރުބާން ވަމުން އަންނަ އެއަންހެންކުއްޖާއަށްޓަކައި އޭނާއަށް އެވަރުކޮށްދެވެން ވާނެއެވެ. އޭނާ ޝަބްނަމްއަށް ދިނީ ޝަބްނަމްއަށް ލިބެން ޖެހޭ ހައްޤެކެވެ. އެވެސް ރައްކާތެރިކަމާއެކު ޝަބްނަމްއަށް އެކަމުން ބިރެއް ނުރައްކަލެއް ނޯންނާނެ ގޮތަށެވެ. ޝަބްނަމްއަށް އެއުފާ އެލޯބި ދޭން އޭނާވެސް ބޭނުމެވެ. އޭނާއަށްވެސް އެލޯބި އެގޮތަށް ލިބުމުންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-08 05:31:30 | Report this Comment
ރޯޒް:

މިބައި ވެސް ވަރަށް ފުރިހަމަ، އަނެއް ބައި އަވަހަށް ކޮށްދޭނެކަމަށް ހީކުރަން،

Posted on 2010-09-08 09:21:55 | Report this Comment
މިއާ:

ވ ރީތި އަވަހަށް އަޕްލޯޑު ކޮށްލަދީ

Posted on 2010-09-08 09:35:56 | Report this Comment
ސަނު:

އަޅެ ހާދަ ދެރަ ގޮތެކޭ ތިވަނީ... ހަމަ އަސްލުވެސް ސަބާހު އަށް އެޗް އައި ވީ ޖެހިފަތަ ހުރީ.... ދެން އައިޝް ބުނެބާ އެއީ ދޮގެކޭ........ ޝަބް އާ ސަބާހުއާ ދެމީހުން ގުޅުވާލީމަ ވާހަކަ ބޮޑަށް ފުރިހަމަވާނީ... ވާހަކަ ވަރަށް ނައިސް.... ކީޕް އިޓް އަޕް.........

Posted on 2010-09-08 09:43:06 | Report this Comment
ޝިފޫ:

ވވވވ. ރީތި އަދި އެހާމެ ތަފާތު ކޮންސެޕްޓެއް، އަނެއްބައި އަވަހަށް އަޕްލޯޑް ކޮށްދީ ކިޔާހިތުން ހުރެވެނިކީ ނޫން.

Posted on 2010-09-08 09:49:50 | Report this Comment
އިފާ:

ނިމުނީތަ؟ ވަރަށް ރީތި

Posted on 2010-09-08 12:14:58 | Report this Comment
ނިޝް:

އަވަހަށް އަޕްލޯޑް ކޮށްދީބަ

Posted on 2010-09-08 12:48:01 | Report this Comment
ލަޔާ:

ވަރަށް ރީތި ވާހަކަ ، އަސްލުގަވެސް ސަބާހުއަށް އޭޑްސް ޖެހިފަތަ ހުރީ؟ އެހެން ނަހަދައްޗޭ އައިޝަ ޕްލީސް، އޭރުން ވަރަށް ކަޑަވާނެ ، އަނެއްބަޔަށް އިންތިޒާރުކުރަން

Posted on 2010-09-08 12:55:09 | Report this Comment
މާކުރު:

ނިމުނީތަ؟ އަދި ދިގު ކޮށްލާ ދީފާނަންތަ؟
އަޢިޝް: އަދި ނުނިމޭ.

Posted on 2010-09-08 16:24:39 | Report this Comment
ނަވާ:

ހާދަރީއަޗޭ...މިހާރު އަނެއްބައި ކިޔާހިތުން އިނދެވެނީއެއްނޫން....އަވަހަށް އަޕްލޯޑް ކޮށްދޭޗޭ..ދެންވާނީ ކިހިނެއްބާ؟؟؟؟؟.....

Posted on 2010-09-08 21:18:52 | Report this Comment
:

އަސްލުވެސް މި ވާހަކަ ހާދަ ރީއްޗޭ!!!!

Posted on 2010-09-09 01:00:21 | Report this Comment
އާޒިއާ:

މި ވާހަކައަށް އަބަދުވެސް ކެތްތެރި ކަމާއެކު އިންތިޒާރު ކުރެވޭ. އައިޝްގެ ތި ބުރަ މަސައްކަތަށް ހަމަ ސާބަސް. އައިޝްގެ ހުރިހާ ވާހަކަތަކެއްވެސް ވަރަށް ފުރިހަމަ.
އަޢިޝް: ޝުކުރިއްޔާ ޒިއާ.

Posted on 2010-09-09 09:44:17 | Report this Comment
މަރީ:

އައިޝް ކިހިނެތްތަ؟ ބަލިވީތަ ؟ ނޫނީ ބިޒީއީތަ ؟ ޚަބަރެއް ވެސް ނުވޭ ؟ އެހެންވެ ޙާލު ބަލާލަން ކޮމެންޓް މިކުރީ.
އަޢިޝް: ބަލީކީ ނޫން. ބިޒީ ކަމުން. ޝުކުރިއްޔާ ޙާލު ބަލާލި ކަމަށްޓަކާ.

Posted on 2010-09-09 10:14:44 | Report this Comment
ލަޔާލް:

އޭރުގަ ނުބުނެ ރައްކާތެރި ގޮތުގައި ސައިބާއަށް ލޯބިދިންވާހަކަ އެގުޅުން އޮގޮތަށް ހިންގިވާހަކަ ޑރ އިޝާންގާތު ބުނުމުން ހުދު އޭނަވެސް ހުރީ ހިތްހަމަ ނުޖެހިފައި އެކަމަކު ކުއްލިއަކަށް މިބައިގާ ޝައިބާއަށް ލޯބިދިނީ ރައްކާތެރި ގޮތުގައި ކަމަށް ބުނި ކިހިނެއް މިވީ

Posted on 2010-09-10 14:33:15 | Report this Comment
އައިސް:

ވަރަށް ސަޅި މި ބައިވެސް. އަވަހަށް ގެނެސްދޭތި.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.