ނައު

  • ޝާއިޢުކުރި ތާރީޚް: 06 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1113

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުމުރަށް އެކީ އުޅޭނަން...(5)

އިޝާ ނަމާދުން ފައިބައިގެން ގެއަށް ދިޔައިރު އަނެއްކާވެސް އެ އަންހެން ކުއްޖާ ފެނުނެވެ. މިފަހަރު އެކުއްޖާގެ ފަހަތުން އަހަރެން ދިޔައީމެވެ. އެއީ ކޮން ގެއެއްގައި އުޅޭ ކުއްޖެއްތޯ ބެލުމުގެ މަގްސަދުގައެވެ. އެދުވަހުގެ ކުރިން އަހަރެން އެކުއްޖާ ނުދެކެމެވެ. އަހަރެން ބަލަން ހުއްޓާ އެކުއްޖާ ގޮސްވަނީ އެރަށު ހޮސްޕިޓަލުގައި އުޅޭ ބޭރު ރަށްރަށުގެ ނަރުހުންނާއި ޑޮކްޓަރުން، އުޅޭ ގެއަށެވެ. އެހެންކަމުން އެއީ އެރަށު ކުއްޖެއް ނޫންކަންވެސް ޔަގީންވިއެވެ. އިތުރަށް އެކުއްޖެއްގެ ހަގީގަތް ހޯދުމުގެ ޝައުގުވެރިކަން އުފެދުނެވެ.

ކުޑައިރުކޮޅެއް ފަހުން ގެއަށް ގޮސް އަހަރެންނާއެކު އުޅޭ ހުސެން ގޮވައިގެން އައީމެވެ. ކަންތައްތައް ކުރަން ހުސެން މާކުޅަދާނަ ވާނެތީއެވެ. އެހެންކަމުން އަހަރެން ދުރުގައި ހުރެފައި އެގޭގެ ދޮރުގައި ޓަކިދިނީ ހުސެންއެވެ. ހުޅުވީ ބޭރު ފިރިހެނެކެވެ. ޝިޔުލީން އުޅޭތޯ އެހުމުން އެމީހާ އެތެރެއަށް ވަނެވެ. ދެން އައީ ހަމަ ޝިޔުލީންއެވެ. އަހަރެންގެ ޝިޔުއެވެ. އަހަރެންނަށް ގަބޫލުކުރަންވެސް ދަތިވިއެވެ.އުފަލުންގޮސް ފެންކަޅިވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ނޭނގިފައި ހުރެވުނީއެވެ.

ހުސެން ފެނުމުން ނުދަންނަ ގޮތަކަށް ބަލަހައްޓައިގެން ޝިޔު ހުއްޓެވެ. ހުސެން ޝިޔުއަށް އަހަރެން ދެއްކިއެވެ.ޖަވާބުގައި ޝިޔު ސުވާލުކުރިއެވެ .ކާކުތޯ އެހިއެވެ. އަހަރެން ހުރި ދިމާ އަނދިރިކަމުން ޝިޔުއަށް އަހަރެން ރީއްޗަކަށް ނުފެނެއެވެ.އެހެންކަމުން ގެއިން ނިކުމެގެން އަހަރެންނާ ދިމާއަށް އައެވެ.

އަހަރެން ފެނުމުން އަނގަ ހުޅުވިފައި ޝިޔުއަށް ހުރެވުނެވެ. ގަބޫލު ކުރަން ދަތި ގޮތަކަށް އަހަރެންގެ މޫނުގައި އަތް ޖައްސާލިއެވެ. މަޑުމަޑުން އަހަރެންނަށް ގޮވާލިއެވެ. ޝިޔުގެ ދެލޯ ކަރުނުން ފުރުނެވެ. އެ ނަޒަރުގައި އެކުލެވިފައިވީ ހަމަ އެއަސަރެވެ. އެދުވަހުވެސް އަހަރެންނަށްޓަކައި އެހިތުގައި ވީލޯބި، އެއްވެސް އުނިކަމެއްނެތި ހާމައަށް ފެންނަން ހުއްޓެވެ. އަހަރެންނަށްވެސް ޝިޔުގެ މޫނުގައި އަތް ޖައްސާލެވުނެވެ. ޝިޔު އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެހާރީއްޗެވެ. އެހާ ލޯތްބެވެ.

އަހަރެންގެ އަތުން ޝިޔުގެ ކަރުނަތައް ފުހެލީމެވެ. ބޭއިހްތިޔާރުގައި ޝިޔުގެނެސް އަހަރެންގެ މޭގައި ލައްކޮށްލެވުނެވެ. ޝިޔުގެ ދެއަތުން އަހަރެންގެ ބުރަކަށީގައި ބައްދާ ބާރުކޮށްލިއެވެ. އެއާއެކު ގިސްލަ ގިސްލާފައި ބާރަށް ރޯންފެށިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެތައް އަހަރު ދުވަހެއް ވީއިރުވެސް ޝިޔުއަށް އެއްވެސް ބަދަލެއް ނައީތީއެވެ. ޝިޔު އަހަރެންގެމަތިން ހަދާން ނުނެތުނީތިއެވެ. ކުރިއެކޭވެސް އެއްގޮތަށް އަހަރެންދެކެ ލޯބިވާތީއެވެ. އިރުކޮޅަކު މިހެން ތިބުމަށްފަހު އަހަރެންނާއި ހުސެން ދިޔައީއެވެ. އަލުން ދިމާވާނެކަމަށް ވައުދުވަމުންނެވެ.

އޭގެފަހުން ދެމީހުން ބައްދަލުވީ މިއަދުއެވެ. ދެމީހުންވެސް އެތައް ވާހަކައެއް ދެއްކީމެވެ. ޝިޔު ކިޔެވީ ސިއްޙި ދާއިރާއާއިންނެވެ. ޝިޔު މިރަށަށް އައީ 6 މަސްދުވަހުގެ ވޯރްކް އެކްސްޕީރިއެންސް އަކަށެވެ. އެންމެފަހުން އިއްތިފާގުން ދެމީހުންނަށްވެސް އެއް ފަސްގަނޑަކަށް އާދެވުނީއެވެ. އަހަރެންގެ ހިތުން ޝިޔު ފިލައިގެން ނުދިޔަ ފަދައިން ޝިޔުވެސް އެ 3 އަހަރު ހޭދަކުރީ އަހަރެންގެ ހަނދާނުގައެވެ. ކޮންމެ ދުވަހެއް ހޭދަކުރީ އަހަރެންނާއި ދިމާވާނެ ކަމުގެ އުންމީދުގައެވެ. މަންޒިލެއް ހޯދަން ކުރިދަތުރުގައި އެއް މަންޒިލަކަށް އާދެވުނީއެވެ. ޝިޔުގެ ކިބައިން މައާފަށް އެދުމަށް ފުރުސަތެއް ލިބުނީއެވެ. ދެން ދުވަހަކުވެސް ޝިޔުއާއި ދުރަށްދާން އަހަރެން ބޭނުމެއް ނޫނެވެ. ކޮންމެ ހިނދުކޮޅެއްވެސް ޝިޔުއަށްޓަކައި ހޭދަކުރުމަށް ހިތްވަރު ލިބުނެވެ. މިއަދަކީވެސް އަހަރެމެންގެ ލޯބީގެ ހަޔާތުގައި ފޮނި ހަނދާންތަކަކާއެކު ނިމިގެން ދާނެ ދުވަހެކެވެ. އޮއްސެމުންދިޔަ އިރު ހެކިކޮށް މުޅިއުމުރަށް އެކީގައި އުޅުމަށް އެކަކު އަނެކަކަށް ވައުދުތަކާއި އަހުދުތައް ކުރީމެވެ.ބޭއިހްތިޔާރުގައި ކުރެވުނު އިންތިޒާރުގެ ނިމުން ފޮނިވީއެވެ.

-ނިމުނީ-

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-06 21:53:38 | Report this Comment
އޒ:

ސަޅި... އަހަރެންނަށްވެސް ތިހެންވާނެނަމަދޯ

Posted on 2010-09-06 22:02:05 | Report this Comment
ޖކނނ:

ވ ވ ވ ވ ވ ސަޅި

Posted on 2010-09-07 02:55:00 | Report this Comment
ނަވާ.........:

މިވާހަކަ އެއްކޮން ކިޔާލައިމީމެވެ..ދެވަނަ ފަހަރުވެސް ކިޔާލާހިތުން ކިޔާލީމެވެ..ތިންވަނަ ފަހަރުވެސް ހަމަ ވާހަކަ އެއްކޮށް ކިޔާލައިފީމެވެ...ހާދަރީއްޗޭ ހާދަރީއްޗޭ...ވާހަކަ ކުރަސް މިވާހަކަޔަކީ ވަރަށްވެސް ރީތި ވާހަކައެއް...މިވާހަކަޔަކީވެސް ހަމަ އެހާމެ ކިޔާހިތުން ކިޔަމުން އައިވާހަކައެއް....އަދިވެސް ނައުގެ މިފަދަ ރީތި ވާހަކަޔަކަށް އިންތިޒާރުކުރަމުން އަދި މިދާއިރާގައި މިއަދައްވުރެ ފެހިމާދަމާއަކަށް އެދެމުން ކުރުކޮށްލަން........

Posted on 2010-09-07 09:50:59 | Report this Comment
ކޭ:

ވާހަކަ އެހާ ދިގުނުކޮށް ގެނެސްދިނީމަ ވަރަށް ކަމުދޭ. ވަރަށް ފޮނިކޮށް ނިމުން އައިސްފަ އޮތީ. ސަޅި ވާހަކައެއް.

Posted on 2010-09-07 10:03:50 | Report this Comment
ސެމް:

އަޅެ ތިހާއަވަހަށް ވާހަކަ ނިއަމާތިލީ ކީއްވެ!.. މިވާހަކަ ސިލްސިލާ ވާހަކަ އެއްގޮތުގައި ނެރެދިންނަމަ. ވަރަށް ކިޔާހިތުން އިންދާ ތިނިންމާލީ. ވަރަށް ޓަޗިން ވާހަކައެއް.

Posted on 2010-09-07 10:11:00 | Report this Comment
ސެމް:

އަޅެ ތިހާއަވަހަށް ވާހަކަ ނިއްމާތިލީ ކީއްވެ!.. މިވާހަކަ ސިލްސިލާ ވާހަކަ އެއްގޮތުގައި ނެރެދިންނަމަ. ވަރަށް ކިޔާހިތުން އިންދާ ތިނިންމާލީ. ވަރަށް ޓަޗިން ވާހަކައެއް.

Posted on 2010-09-07 17:25:28 | Report this Comment
ސއ:

އަޅެ މަށަށްވެސް ތިހެންވާނެ ނަމަ...ނައު ނައިސް ސްޓޯރީ ކީޕް އިޓް އަޕް...

Posted on 2010-09-08 21:17:29 | Report this Comment
އައިސާ:

ރީތި

Posted on 2010-09-08 22:04:01 | Report this Comment
ނައު:

އަސްލު ނައުގެ ވާހަލަތައް އަޕްލޯޑް ކޮށްދެނީ ނައުގެ ކަޒިން ކޮއްކޮއެއް.ޒާނާ. ދެން އަޅެ ބުނަންނޭނގޭ ވަރަށް އުފާވެއްޖެ ހުރިހާ ކޮމެންޓް ތައްކިޔާލީމަވެސް.ވ ވ ވ ބޮޑަށް ޝުކުރިއްޔާ ތި ދެއްވި ކޮމެންޓް ތަކަށް. އިރާދާ ކުރެއްވިއްޔާ މުސްތަޤުބަލުގައި ލިޔާ ވާހަކަތައް މިއަށްވުރެއް ސަޅިކޮށް ލިޔެވޭތޯ ވަރަށް މަސައްކަތް ކުރާނަން.

Posted on 2010-09-08 22:06:56 | Report this Comment
ރިޒް:

އަސްލު ނައު ހާދަ މޮޅޭ!!! ވވވ ނައިސް މިވާހަކަވެސް! ކީޕް އިޓް އަޕް...

Posted on 2010-09-09 11:27:51 | Report this Comment
ހައްޖަ:

ވ ވ ވ ރީތި..... މަސައްވެސް ތިހެން ވާނެ ނަމަ ދޯ.. ކުރިއަށް ދޭ!!!!!!

Posted on 2010-09-09 13:29:49 | Report this Comment
ހުސެން :

ނައު މިވާހަކަ މީ ހަގީގަތެއްތަ ހަމަ ސަޅި ކަމުން އަހާލެވުނީ...... ވަރަށް ރީތި...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.