ދޮން ދޫނި
ދޮން ދޫނި
  • ޝާއިޢުކުރި ތާރީޚް: 06 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1263

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުޅެވުނު ގޮތަކުން... ކުރެވުނު ކަމަކުން...

ހަސަނަކީ އުމުރުން 35 އަހަރުގެ ޒުވާނެކެވެ. އޭނާގެ އުމުރުން 22 އަހަރުގައި ފެށި ޒަވާޖީ ހަޔާތަށް 13 އަހަރު ވެފައި ވާއިރު ދެ ފިރިހެން ކުދިންވެސް ލިބިފައި ވެއެވެ. ނަމަވެސް އެއުފާވެރި ހަޔާތް ވަނީ މީގެ 3 އަހަރެއްކުރިން ހަސަނާއި މުޅިން އަލްވަދާޢު ކިޔައިފައެވެ. އެއީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަސަނުގެ އަންހެނުން ނާހިދާ މިދުނިޔެ ދޫކުރުމާއި ގުޅިގެންނެވެ.

އެހާދިސާއަށްފަހު ހަސަނުގެ ދިރިއުޅުން ވަނީ މުޅިން ބަދަލުވެފައެވެ. މަސައްކަތަށް ފަރުވާކުޑަ ކުރުމާއި ޒިންމާތަކުން ދުރުވެ އަމިއްލަ ނަފުސަށް އެއްވެސް އަޅާލުމެއް ހަސަނު ނުބަހައްޓައެވެ. ހަސަނުގެ ދެދަރިން ބަލަނީ ހަސަނުގެ ދައްތަ ފަރީދާއެވެ. ނާހިދާ މިދުނިޔެ ދޫކުރުމާއި ގުޅިގެން ހަސަނުވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ. ނަމަވެސް މާގިނަދުވަސްތަކެއް ނުވަނީސް ހަސަނު އޭނާގެ އެކަނިވެރިކަން ފިލުވާނެ ބައިވެރިޔަކު ހޯދިއެވެ. އެއީ ޓީވީ އާއި ކާނާއެވެ. މިހާރު ހަސަނު އޭނާގެ ހުރިހައި ހުސްވަގުތެއް ހޭދަކުރަނީ ޓީވީ ބެލުމުގައެވެ. އަދި ޓީވީ ބަލާވަގުތު ތަފާތު ވައްތަރުގެ ކާނާ ކެއުމަކީ އޭނާގެ އާދަޔަކަށް ހަދައިފިއެވެ. އޭނާގެ މި އާދައިގެ ސަބަބުން ހަށިގަނޑަށް މާބޮޑު ބަދަލެއް އަންނަމުން ނުދާތީ މިކަމާ އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ހަސަނުގެ މި އާދަ ހުއްޓުވުމަށް ފަރީދާ ނަސޭޙްތްތެރިވި ކަމުގައި ވިޔަސް އޭނާގެ މިއުޅުމަކަށް ބަދަލެއް ނާދެއެވެ.

ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ހަސަނުގެ ކަންނެތްކަން ދަނީ އިތުރުވަމުންނެވެ. އެކަމުގެ އުނދަގޫ މިހާރު ހަސަނަށްވެސް އިހުސާސް ކުރެވެއެވެ. ޓީވީ ބަލަން އިންނައިރު އަތްފައި އައްސިވުމާއި އަވަސްއަވަހަށް ކުޑަކަމުދެވުން ހިމެނެއެވެ. އޭނާ ދެކޭގޮތުގައި އެއީ ގިނައިރު އެއްތަނެއްގައި އިނދެ މާގިނައިން ދިޔާއެއްޗެހި ބޭނުންކުރެވޭތީ ވާގޮތެކެވެ. މީގެ އިތުރުންވެސް ވަރުބަލިވުމާއި ކަރުހިއްކުމަކީވެސް މިހާރު އޭނާއަށް ދިމާވާ އުނދަގޫތަކެވެ. މިހެން ދިމާވާތާ މިހާރު އަހަރެއްހައި ދުވަސް ވެދާނެއެވެ. ނަމަވެސް ހަސަނަކީ މިހާރު އަމިއްލަ ނަފްސަށް އަޅާލުމެއް ބަހައްޓާ މީހެއްނޫންކަމުން މިކަމާ އޭނާ އަޅައެއްނުލައެވެ.

އެއްދުވަހެއްގެ މެންދުރެވެ. ހަސަނު ޓީވީ ބަލަން އިނދެފައި ބޯން ގެންގުޅުނު ފެންފުޅި ހުސްވުމުން ދިޔައީ ކާގެއަށް ފެންއަޅާށެވެ. ފަރީދާއަށް އާދެވުނުއިރު ހަސަނު އޮތީ ހޭނެތިގެން ވެއްޓިފައެވެ. ފަރީދާ އޭނާގެ ފިރިމީހާ އިބްރާހިމަށް ގޮވައި ހަސަނު ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރު ހަސަނު ބެއްލެވުމަށްފަހު ހަސަނުގެ ކުޑަކަމުދާ ތަކެއްޗާއި ލޭ ޓެސްޓް ކުރަން އެންގެވިއެވެ. ޖެހިގެން އައި ދުވަހު ޓެސްޓް ތަކުގެ ނަތީޖާ ހިފައިގެން ހަސަނު ޑޮކްޓަރު ކައިރިއަށް ދިޔައެވެ. ނަތީޖާތަށް ބެއްލެވުމަށްފަހު ހަސަނަށް ކުރިމަތިވާ އުނދަގޫތަކާއި ބެހޭގޮތުން އަދި ހަސަނުގެ ޢާއިލާގައި ހަކުރު ބަލި ހުރި މީހަކު ވޭތޯ ޑޮކްޓަރު ސުވާލުކުރެއްވިއެވެ. ހަސަނު އޭނާއަށް ވާ އުނދަގޫތައް ޑޮކްޓަރަށް ކިޔައިދިނެވެ. އަދި ހަސަނުގެ ޢާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހަކު ހުރިކަން އޭނާއަށް އެނގިފައި ނުވާކަމަށްވެސް ބުންޏެވެ. ޑޮކްޓަރު ހަސަނުގެ ވާހަކަތަށް އަޑުއެހުމަށްފަހު ވިދާޅުވީ ހަސަނަށް ހަކުރުބަލި ޖެހިފައިވާ ކަމަށެވެ. އަދި ފަރުވާ ނުކުރެވި ގިނަދުވަސް ވުމުގެ ސަބަބުން ހަސަނުގެ ހަށިގަނޑުގައި ހަކުރު ވަރަށް މައްޗަށް ގޮސްފައިވާކަމަށެވެ. ހަސަނަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެއީ ހަސަނަށް އެނގިފައިވާ ގޮތުގައި ހަކުރު ބައްޔަކީ މުސްކުޅިންނަށާއި ފަލަ މީހުންނަށް ޖެހޭ ބައްޔެކެވެ. ޑޮކްޓަރު ހަސަނަށް ހަކުރު ބައްޔަކީ ކޮބައިކަން ވަރަށް ރަނގަޅަށް ބުނެދިނެވެ. އަދި އެއީ ހަމައެކަނި ފަލަ މީހުންނަށާއި މުސްކުޅިންނަށް ޖެހޭ ބައްޔެއް ނޫންކަމާއި ޒުވާން ދުވަސްވަރުވެސް މިބަލި ޖެހިދާނެ ކަން ޑޮކްޓަރު ހަސަނަށް ވިސްނައި ދިނެވެ.

އޭނާއަށް ދިމާވާ އުނދަގޫ ތަކަކީ މިބަލީގެ ސަބަބުން ވާކަންތައްތައް ކަމާއި އޭނާއަށް މިބަލި ޖެހުމަށް ދިމާވީ ކެއިންބުއިމުގެ އާދަތަކާއި ޢަމަލުތައް ބެހެއްޓުނު ގޮތުން ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. ހަސަނު އެކަމާ ވަރަށް ދެރަވެ އެބަލިން އޭނާ ރަނގަޅުވާނެތޯ ސުވާލު ކުރި އެވެ. ހަކުރު ބައްޔަކީ ރަނގަޅު ކުރެވޭނެ ބައްޔެއް ނޫން ކަމާއި ނަމަވެސް އޭނާގެ މިހާރުގެ އާދަތައް ދޫކޮއްލައި ޑޮކްޓަރު އަންގަވާ ގޮތަށް ޢަމަލުތައް ބަހައްޓައިފި ނަމަ ކޮންޓްރޯލް ކުރެވިދާނެ ކަމެއްކަން ޑޮކްޓަރު ހަސަނަށް ބުނެދެއްވިއެވެ. އަދި ހަސަނު ކެއިން ބުއިމުގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ކިޔައިދެއްވައި މެދުނުކެނޑި ގަވާއިދުން ބޭސް ބޭނުން ކުރުމަށާއި ކޮންމެ މަހަކު ޑޮކްޓަރަށް ދައްކައި ހަކުރު ހުރިވަރު ބެލުމަށްވެސް ނަސޭހަތްތެރިވިއެވެ. ހަސަނު ޑޮކްޓަރުގެ ވާހަކަތަށް ވަރަށް ރަނގަޅަށް އަޑުއެހުމަށްފަހު ޑޮކްޓަރު ވިދާޅުވިގޮތަށް ޢަމަލުތަށް ބަހައްޓަން މަސައްކަތް ކުރާނެކަމަށް ބުންޏެވެ. އަދި ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ.

= ނިމުނީ =

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.