އަމާޒް
އާދައިގެ އިންސާނަކީމެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ލިޔުންތެރިކަމުގެ ދާއިރާގައި ކުރިޔަށްދެވޭތޯ ގަދަ އަޅާ ބުރަ މަސައްކަތްކުރާ މީހެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން، ވާހަކަލިޔުމުގެ ފަންނުގައި ނާއީގެ ލޮބުވެތި ބައްޕަ ބިންމާ އިބްރާޙީމު ވަޙީދު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ ސްކޫލުން ލިބިފައިވާ އެހީތެެރިކަމާއި އެއް ބާރުލުން ފާހަގަކުރަމެވެ. ބައެެއް ކުރު ދިވެހި ކޯސްތަކުގައި، މަރުޙޫމު ސައިކުރާ އިބުރާޙިމް ނަޢީމު، ޢަބްދުﷲ ޞާދިޤް، ކަށިމާ ޝާކިރު، ފަރެސް އާމިރު، އަދިވެސް ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިން ދެއްވާފައިވާ އަގުހުރި މަޢުލޫމާތުތަކަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ. މިމައިދާނުގައި އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑުގެ ގަލަން ހިނގުމުގެ ބާރެވެ. މީގެ އިތުރުން، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ޚިޔާލުވެސް ފާހަގަ ކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މުރާސިލު ސައިޓުގެ އިސްވެރިންނަށް، ލިޔުންތެރިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް، އެފަދަ މީހުންގެ ލިޔުންތައް ޢާއްމުކޮށް ފެންނާނެފަދަ ގޮތަކަށް، އިންޓަނެޓުގެ ޛަރީއާއިން ބެލޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށްޓަކައި، މިފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނިންމާލަމުން ބުނަން އޮތީ، މުރާސިލަށް އަބަދުވެސް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެކެވެ. އަޅުގަނޑަށްވެސް މިދާއިރާއިން ދުވަހެއް ދުވަހަކަށް ކުރިއެރުން މިންވަރު ކޮށްދެއްވަވާތޯ މާތް ﷲ ގެ ހަޟުރަތުގައި އަދަބުވެރިކަމާއި، އިޚުލާޞްތެރިކަމާއިއެކު، އަބަދުވެސް ކުރެވޭ ދުޢާއެވެ.
  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1542

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސާއީ *********** (7)

މިއީ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެވޭ ވާހަކައެކެވެ. މިވާހަކައިގެ ތަންތަނާއި ދެކެވިފައިވާ ވާހަކަތަކުވެ %90 ބިނާވެގެންވަނީ ޙަޤީޤީތުގެ މައްޗަށެވެ. 18 އަހަރުން ދަށުގެ ކުދިން މިވާހަކަ ކިޔުމަކީ މަނާކަމެކެވެ.

" ކީއްކުރަންތަ ތިހެން ތިހެދީ؟" އަހަރެން ނުރުހުމުގެ ރާގަށް ބުނީމެވެ.
" ކިހާވަރަކަށްތަ މިގުޅީ؟ ކީއްވެތަ ފޯން ނުނެގީ. ޝާންއަށް އިނގޭނެ ޝާންދެކެ އަހަރެން ލޯބިވާވަރު. އެހެންވެ، މިހެންވެސް މިވަނީ. ދެން ވާނީ މިއަށްވުރެ ބޮޑެތި ކަންތައްތައް ކަން ނޭނގޭ!" ސާއީގެ ރާގުގައިވާ މޮޅިވެރިކަން އަހަރެން ފާހަގަ ކުރީމެވެ.
" މިއޮތް ހުރިހާ އިރު ފޯން އޮންނާނީ ޗާރޖަށް ޖަހާފައި. އަހަރެން އެވަރަށް ގުޅީމަ ކީއްވެތަ ސާއީ ފޯން ނުނެގީ؟" އަހަރެން ސުވާލުކުރީމެވެ.
" ގެއަށް އައި މަގުމަތީގައި ފައިވާން ހަލާކުވީ. ދެން ރައްޓެއްސަކާއިއެކު ދިޔައީ ފައިވާން ގަންނަން. ފޯން އޮންނާނީ އަތް ދަބަހުގައި، އެހެންވެ ޖަވާބު ނުދެވުނީ." ސާއީ ކިޔައި ދިނެވެ.
" ފައިވާނެއް ގަނެގެން ތިގެއަށް އަންނާކަށް ގަޑިއިރެއް ނުނަގާނެ. ތިގޭ ވަށައިގެން އެހެރީ ފައިވާން ވިއްކާ ފިހާރަތައް. ބުނެބަލަ؟ ކޮންތާކައްތަ ދިޔައީ؟" އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
" މި ބުނީނު ދިޔަތަން. ކީއްވެތަ ޤަބޫލުނުކުރެވެނީ؟" ސާއީ ބުނެލިއެވެ.
"ކީއްވެތަ އަހަންނާއިއެކު ނުދިޔައީ. ސާއީއަށް އިނގޭނެ ސާއީ ބުނެފިއްޔާ ޝާން ދާނެކަން. އަނެއްކޮޅުން ކުރިންވެސް ބުނީމެއްނު ކުލާސް ނިމޭގަޑިއަށް ބަލާދާނަމޭ. ދެން ކީއްވެތަ ގުޅުމުން ފޯން ބިޒީކޮށްލީ؟" އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.
" އެވަގުތު ބޭބެ ހުރީ ކައިރީގައި. އެހެންވެ، ފޯން ބިޒީކޮށްލީ." ސާއީގެ ބޭބެއް މާލޭގައި ހުންނަކަމެއް އަހަންނަކަށް ނޭނގެއެވެ.
" ދެން މައްސަލައެއްނެތް. ފަހުން ގުޅާނަން. މިހާރު ބިޒީ. އެކަމަކު ކޮންމެހެންވެސް އަހަރެން ބޭނުން މާދަމާރޭ ބައްދަލުކުރަން. ވަރަށް ގިނަ ވާހަކަ އެބަހުރި ދައްކަން ޖެހޭ." އެހެން ބުނުމަށް ފަހު އަހަރެން ފޯން ބޭއްވީމެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކަން އަހަރެން ބޭނުން ނުވީއެވެ.

އެނދަށް އަހަރެން އެރިއިރުވެސް އަހަރެން ދިޔައީ ވިސްނަމުންނެވެ. ސާއީއާއި ބެހޭގޮތުން މިއަދު މިލިބުނީ މުޅިންވެސް ހިތްނޭދޭ ކަހަލަ މަޢުލޫމާތެވެ. މާދަމާ އިވޭނީ ކޮން ޚަބަރެއް ބާވައެވެ؟ ސާއީގެ ބޭބެއެއް ހުންނަކަން ކުރިން ސާއީ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އެއީވެސް އަހަންނަށް ފޮރުވަން ޖެހޭ ކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. ދެން އަހަރެން ސާއީ އަށް ފާރަލާންވީއެވެ. މީހުން ދައްކާ ވާހަކަވެސް މުޅިން ޤަބޫލުކުރާކަށް ނުޖެހޭނެއެވެ. އަހަންނަށްވެސް ކަންތައްތައް ފެންނަންޖެހޭނެވެ. މިކަމަށް ގޮތެއް ނިންމޭނީ އޭރުން ކަންނޭނގެއެވެ.

އޭގެ އަނެއް ދުވަހެވެ. އަހަރެން ތެދުވިއިރު ސާއީ ގުޅާފައި ހުއްޓެވެ. އަހަރެން ސާއީއަކަށް ނުގުޅަމެވެ. ގުޅަން ހަމަ ބޭނުން ނުވީއެވެ. ފުރަތަމަ އަހަރެން ބޭނުމީ ދިމާވަމުންދާ މައްސަލަތައް ޙައްލުކުރާށެވެ. އެހެންވެ، އެކަމާއި ރައްޓެއްސަކާއި ވާހަކަ ދައްކާލަން އަހަރެން ބޭނުންވިއެވެ. އެކަމުގައި އަހަންނަށް ވާހަކަ ދައްކަން ފެނުނީ މޫސައެވެ. މަޝްހޫރު ނަމުން ނަމަ މަސްމޫސައެވެ. މޫސައަކީ އަންހެނުންގެ ދާއިރާގައި ވަރަށް ތަޖުރިބާކާރު މީހެކެވެ. އެފަދަ ތަޖުރިބާކާރު މީހަކާއި މިފަދަ ކަމެއްގައި ވާހަކަ ދައްކާލުމަކީ އަހަންނަށް މުޙިއްމުކަމަކަށް ފެނުނެވެ.

" ދެން ކިހިނެއްތަ ހަދާނީ؟" އާރޓިފިޝަލް ބީޗްގައިވާ ކެފޭއެއްގައި އިނދެ އަހަރެން މޫސަ ގާތުން ލަފައަކަށް އެދުނީމެވެ.
" ތީ އެހާ ރަނގަޅު ކުއްޖެއްހެނެއް ހީއެއްނުވޭ. ދަންވަރު ޝާން ގުޅާ ގަޑީގައި ކޯލްވެއިޓިން ވުމާއި، ނިމޭ ގަޑިއަށް ޝާން އަށް އޭނަ ބަލާނުދެވުމާއި ފޯނަށް ޖަވާބު ނުދެވުން މިއީ މައްސަލަތަކެއް. އޭގެ މާނައަކީ ތިބުނާ ސާއީއަށް ޝާންއަށް ވުރެ މުޙިއްމު މީހުން އެބަ ތިއްބޭ. އަނެއްކޮޅުން ޝާން ތީ ތިދާއިރާއަށް އެހާ ތަޖުރިބާ ހުރި މީހެއްނޫން. ސާއީ ވެދާނެ "އެކަމަށް" ވަރަށް މޮޅު ކުއްޖަކަށް. އެހެން ވިއްޔާ، އޭނަ ޝާން މޮޔަކޮށްލާނެ. ސާއީ ބޭނުން ގޮތަކަށް ޝާން އަނބުރާލާނެ." އިނގިލިން މޭޒުމަތީގައި ބުރު އަޅާލަމުން މޫސަ ބުނެލިއެވެ.
" އެކަމަކު އަހަރެން ބޭނުން އޭނަ މީހަކަށް ހަދަން." އަހަރެން ބުނީމެވެ.
" އެކަހަލަ އަންހެން ކުދިން މީހުންނަކަށް ނެހެދޭނެ. ޝާންގެ ވާހަކަ ތަކުން އިނގޭ ސާއީއަކީ ވަރަށް އެކަމަށް ބޭނުން އަންހެން ކުއްޖެއްކަން. އެކަހަލަ ކުދިން ރަނގަޅުކުރަން މަސައްކަތްކުރި ގިނަ މީހުންނަށް އަދި ލިބިފައިވަނީ ނާކާމިޔާބު. އަނެއްކޮޅުން "އެކަމަށް" ފެން ބޮވައިގެންފައި ތިބޭ މީހުން ކިހިނެއް ރަނގަޅުވާނީ. މާދަމާ ޝާން އޭނައާއި އިނިއްޔޯ. އޭގެ ހަފްތާއެއް ފަހުން ޝާން ރަށުން ފުރައިގެން ދާންޖެހުނީ. ދެން ސާއީ އުޅޭގޮތް ކިހިނެއް ޝާން ބަލާނީ؟ ކިހިނެއްތަ އިނގެނީ ޝާން ނެތިއްޔޭ އެހެން މީހެއްގެ ފަރާތުން ސާއީ އެއުފާ ނުހޯދާނެކަން؟ ކޮބާ ގެރެންޓީ އަކީ؟ އަހަރެންގެ ވަރަށް ގާތް މީހަކުވެސް ހަމަ ތިކަހަލަ އައްޑޫ އަންހެން ކުއްޖަކާއި ޖެހިގެން ކިރިޔާ ހަލާކުނުވީ." މޫސަ ވަރަށް ތަފްޞީލް ކޮށް ކިޔައިދިނެވެ.
" އެކަމަކު އަހަރެން ވަރަށް ލޯބިވޭ ސާއީ ދެކެ. ބޭނުން ސާއީ މީހަކަށް ހަދަންވެސް. ދެން އަހަރެން ކިހިނެއްތަ ހަދާނީ؟" ސާއީ ދޫކޮށްލާކަށް އަދި އަހަރެން ބޭނުމެއް ނޫނެވެ.
" ހިތްވަރެއް ހުރިއްޔާ މަސައްކަތްކުރޭ. ފަހަރުގައި ރަނގަޅުވެދާނެކަންވެސް ނޭނގޭ. އެކަމަކު ޝާން، ކަލޭ ހަލާކުނުވާތި!" މޫސަ ބުނެލިއެވެ.
" ކީއްވެތަ އަހަރެން ހަލާކުވާންވީ؟" އަހަރެން އަނހާލީމެވެ.
" ކުރިންވެސް ބުނެފީމެއްނު. އެކަހަލަ ކުދިން ވަރަށް މޮޅުވާނޭ. ދެން ޝާންވެސް އެކަމަށް މޮޔަވާނީ. އެހެން ވިއްޔާ، ތިދެއްކި ހުރިހާ ވާހަކަތަކެއް ޙަޤީޤަތަކަށް ވެގެން ޝާންއަށް ފެންނަ ދުވަހު ޝާން ވާނީ ހަމަ މޮޔަ. މީ އެންމެންނަށްވެސް ވެފަ ހުރި ގޮތް. ވާގޮތް. ޝާން އަކަށް ނޭނގޭނެ އަހަންނަށް ވުރެ ބޮޑަށް އަންހެނުންނެއް. އެމީހުން ވަރަށް މޮޅު ވާނެ ފިރިހެނުން ޖާދޫގައި ޖައްސައިގެން މޮޔަކޮށްލަން. އެހެންވެ، މިހެން މިބުނީ." މޫސަ އެބުނީވެސް ދޮގެއް ނޫނެވެ.
" އެކަމަކު ވަރަށް ދެރަވޭ. އަހަރެން ބޭނުމެއްނޫން ސާއީގެ ދިރިއުޅުން ހަލާކުވާކަށް." އަހަރެން ބުނީމެވެ.
" އެކަހަލަ ކުދިން އެއީ ދިރިއުޅުމަށް ވިސްނާ ބައެއް ނޫން. އެމީހުން އަބަދުވެސް ބޭނުންވާނީ ވަގުތީ އުފާ. ހޭއަރާނީ މީހެއްގެ އަތުން ވަރުގަދަ ބޮނޑިއެއް ލިބުމުން. އޭރު އޮންނާނީ ވަގުތު ފާއިތުވެފަ. މިޒަމާނަކީ މީ އެހެން މީހުންގެ ދިރިއުޅުމަށް ވިސްނަންޖެހޭ ޒަމާނެއް ނޫނޭ. ޝާން ވިސްނާ ޝާންގެ ދިރިއުޅުމަށް. އޭރުން ހުރިހާ ކަމެއް ރަނގަޅުވާނެ." މޫސައަކީ ވިސްނޭ މީހެކެވެ.

މޫސައާއިއެކު ކޮފީ ނިމިގެން އަހަރެން އައީ ގެއަށެވެ. މޫސަ ބުނީވެސް ދޮގެއް ނޫނެވެ. މިހާރުވެސް ސާއީގެ ސަބަބުން އަހަންނަށް ވަރަށް އަސަރުކުރެއެވެ. ދިރިއުޅުމުގެ ވަރަށް ގިނަ އެހެން ކަންތައްތަކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސާއީ ގާތުގައި އިންނަ ވަގުތެއް ވިއްޔާ އަންނަ މުޙިއްމު އެއްވެސް ކޯލަކަށް އަހަރެން ޖަވާބެއް ނުދެމެވެ. ބައެއް ފަހަރު ވަރަށް މުޙިއްމު ކޯލްތައްވެސް އާދެއެވެ. އެކަމަކު، ސާއީދެކެ އަހަރެން ވާ ލޯތްބަކުން ފޯނުވެސް އަހަރެން ނުނަގަނީއެވެ. އަހަރެމެން ދެމީހުންގެ އުފާވެރި ވަގުތުކޮޅަށް އެއްވެސް ކަމެއްގެ ހިޔަނި އެޅެން ބޭނުން ނުވާތީއެވެ.

" ކުލާސް ނިމިއްޖެ. އާދެ ބަލާ؟" ސާއީ އަހަންނަށް ގުޅާލާފައި ބުންޏެވެ.

" އަހަންނަށް އިނގޭ ޝާން ތިއިނީ ވަރަށް ރުޅިއައިސްފަކަން." އެއްވެސް ވާހަކައެއް ނުދައްކާ އަހަރެން ސައިކަލް ދުއްވަމުން ދިޔުމުން ސާއީ ބުނެލިއެވެ.

އަހަރެން ސާއީ ގެނައީ ގެއަށެވެ. އެއީ ބައެއް ރޭރޭ އަހަރެންގެ ދައްތަމެންގެ ކުޑަ ދެ އަންހެން ކުދިންނަށް ސާއީ ޓިއުޝަން ދެއެވެ. އެދެކުދިން ސާއީ ދެކެ ވަރަށް ލޯބިވެސް ވެއެވެ. އަހަރެންގެ ޢާއިލާގެ މީހުންވެސް ސާއީއަށް ވަރަށް ޤަދަރުކުރެއެވެ. އެކަމަކު، އެފަދަ އަޑުތައް އިވެމުން ދާނަމަ، މިކަންތައްތަކަށް ބަދަލު ނާންނެ ބާވައޭ ހިތަށް އަރައެވެ.

" މީ ޝާން އައް އޮތް ހަދިޔާއެއް؟" ގެއަށް އައިސްފައި ސާއީގެ އަތް ދަބަސް ހުޅުވާލާފައި ޓިޝޫއެއް ނަގާ އަހަންނަށް ދެމުން ބުނެލިއެވެ. އެޓިޝޫގައި ވަނީ ކުރީރޭ ސާއީގެ އަތް ކަނޑާލިތަކުން އޮހުރުނު ލޭ އުނގުޅާފައެވެ.
" ކީއްކުރަންތަ މިހެން ހެދީ؟" އަހަރެން ބުނީމެވެ.

ނުނިމޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-06 00:56:34 | Report this Comment
ނަވާ:

ވަރަށް ރީތި.. އެކަމަކު ތަންކޮޅެއް ކުރީ ގެނެސްދީފައި އޮތް ބައި.....
އަމާޒް: ޝުކުރިއްޔާ ނަވާ..... ވަރަށް މަސައްކަތްކުރަން ދިގުކޮށް ލިޔެވޭތޯ. އެކަމަކު................

Posted on 2010-09-06 01:26:38 | Report this Comment
އައްޑޫ ކުއްޖެއް:

އައްޑޫ ކުދިން ހާދަ ގޯސް ކޮށްލާފަ...އައްޑޫ ކުދިން ހަމަމިކަހަލަ ތަ؟؟؟
ސސ: އަހަރެން ވެސް މީ އައްޑޫ ކުއްޖެއ، ފުރަތަމަ ރައްޓެހި ވި ކުއްޖާ އާއި މެރީ ކޮއްގެން މިއުޅެނީ... އައްޑޫ ހުރިހާ ކުރިން ގޯސް ކުރީމަ ކަމަކު ނުދާނެ، ހުރިހާ އެންމެން ރގަޅެއްވެސް ނުވާނެ، އެންމެން ގޯހެއް ވެސް ނުވާނެ...
އަމާޒް: އައްޑޫ ހުރިހާ ކުދިންނަކީ ގޯސް ކުދިންނެއް ނޫނެވެ. އަޑުގަނޑު އަދިވެސް އެންމެ ޤަދަރުކުރަނީ އައްޑޫ އަންހެން ކުދިންނަށެވެ. އެމީހުންގެ ގައިގައި ހުންނަ ވަރުގަދަ ޢަޒުމެއް މިރާއްޖޭގެ އެހެން މީހުންގެ ގައިން ފެނުން ދުރެވެ.

Posted on 2010-09-06 06:16:23 | Report this Comment
މާތު:

އަމާޒް ގެ އަމާޒަކީ ވާހަކަ ލިޔުންތަ؟؟.. އަށާރަ އަހަރުން ދަށުގެ ކުދިން ނުކިޔާށޭ ބުނީމަ ހައްތާ ކިޔާނީ އޭ.. އެކަމު ވަރަށް ސަޅި.. ކޮބާތަ މިހާރު ޝުދޫ ވާހަކަ.. ހާދަ ލަހޭ އަޕްޑޭޓު ވާލެއް..
އަމާޒް: އަމާޒުގެ ވަކި އަމާޒެއް އަދި ނެތެވެ. އެކަމަކު، އެދެއަކުރުގެ ނަން އެއީ ކަންފަތުގެ މިޔުޒިކެވެ. އޭނާއަށް އެކަން އެނގޭނެނަމައޭ ހިތަށް އަރައެވެ. ޝުދޫގެ ވާހަކަ އަވަހަށް އަޕްޑޭޓްކޮށްދެވޭތޯ މަސައްކަތް އެބަކުރަމެވެ.

Posted on 2010-09-06 12:22:32 | Report this Comment
ސޢ:

ކުދިން ގޯސްވަނީ ވަކިރަށަކަށް ނިސްބަތް ވީމައެއް ނޫން. އަޅުގަނޑަކީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ކުއްޖެއް. އެކަމަކު އެކަހަލަ ގޯސް ކުދިން ބައިވަރު އުޅޭ. ހަޤީޤީ ވާހަކައެއްވީމަ ކަންނޭންގެ އައްޑޫ ކުދިންނަށް އެހާ ފާޑުކިޔާފަ އެހުންނަނީ.....
އަމާޒް: މިވާހަކައިގައި އެއްވެސް ފަރާތަކަށް ފާޑެއް ނުކިޔަމެވެ. ޑައިލޮގްތަކުގައި ލިޔެވިފައި އެހުރީ، ހަމަ އެމީހުން ދެއްކި ވާހަކަތައް އެގޮތަށެވެ. އައްޑޫ އަންހެން ކުދިންނަށް ފާޑު ކިޔުމަކީ، އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. މީހަކު ކޮންމެ ވާހަކަ އެއް ދެއްކިޔަސް، އައްޑޫ އަންހެން ކުދިންނާއި ހަމައަށް އަންނަން އެހެން ހިސާބުތަކުގެ ކުދިންނަށް އުދަނގޫވާނެއެވެ. މިގައުމު މިހިސާބަށް ގެނައުމުގައި އައްޑޫ އަންހެނުންގެ ހިއްސާ ވަރަށް ބޮޑެވެ. އަޑުގަނޑު ގެ ހެޔޮދުއާ އައްޑޫ މީހުންނާއެކުގައެވެ. މީގެ ދެތިން އަހަރު ކުދިން އައްޑުއަށް ދެވުނެވެ. އެމާހައުލުގައިވާ ހިތްގައިމުކަމަކީ، މިރާއްޖޭގެ މަދު ތަނަކުން ނޫނީ ނުލިބޭނެ އެއްޗެކެވެ.

Posted on 2010-09-07 04:41:06 | Report this Comment
މހއދ:

އަޟާޒު ބުންނަސް ތިޔަވާހަކަޔަކާ އެއްބަހެއްނުވެވޭނެ،. އައްޑޫ އަންހެނުންގެ ހުންނަ ދެސިފައެއްބުނަންތަ. އެމީހުންނަކީ ވަކިގޮތެއްގަ ސާބިތުވެ ތިބޭބައެއްނޫން، ދެން އަހުދެއްކޮއްފިއްޔާ ޣަދަރުވެރި ވާނެ. ދެންތިޔަބުނަނީ އެއމީހުންނަކީ ގައުމު މިހާ ހިސާބަށް ގެނެސް ދިންމީހުންނެވެ. އެކަން ނެތް ތާރީހުން އެނގޭ ކަށް . ވިސްނާ، ބުޅާފާތުމަގެ ރެހެންދި ކަނބާ އައިސަ މިހެން ގޮސް ތާރީހުގަ ؛ލިޔެވިފައިވާ ގިނަ އަންހެނުން ނަކީ ވެސް އުތުރަށް ނިސްބަތްވާ އަންހެނުން. މީމަދޭ ހިޔާލް. ވާހަކަ ރީތި.

Posted on 2010-09-09 01:49:55 | Report this Comment
މާތު:

އަމަޒް ގެ އީމެއިމް އެޑްރެސް ލިބިދާނެތަ؟؟.. ޝުދޫ ވާހަކައިގައި އުޅޭ ބޯއީ ކުއްޖާއަކީ އަސްލުގަ އަމާޒް ތަ؟؟
އަމާޒް: މިވާހަކައިގެ ދެން އަންނަ ބައި ޕަބްލިޝްކުރާއިރު ލިބޭނެ. .. ފަހަރުގަ ވެދާނެ.. އެކަމު ގާތީ ނުވުން...

Posted on 2010-09-12 12:40:12 | Report this Comment
ރީތި:

ވ ޜިޓި. (:

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.