ޢައިޝާން

  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 2265

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލޯބި ލިބުމުން....(17)

އެރޭ އޭނާ ޝައިބާމެން ގެއަށް ދިޔައީ ޝައިބާއާއި ބައްދަލުނުވާތާ ދުވަސްތަކެއް ވުމުން ޝައިބާއާއި ބައްދަލުކުރުމަށްޓަކައެވެ. އޭނަގެ ލޯބިވެރިޔާއަށް އިތުރަށް އަނިޔާ ނުދީ އޭނާ އެހެން މީހަކާ އިންނަން ޖެހުނު ސަބަބު ބުނެދޭންވެސް ނިންމައިގެންނެވެ. އެހެންނަމަވެސް އޭނާއަށް ފެނުނީ ދުވަހަކުވެސް ފެންނާނެކަމަށް އުއްމީދު ނުކުރާ ކަހަލަ މަންޒަރެކެވެ. ޝައިބާއާއި މާނިލްއެވެ. ދުނިޔެވެސް މިއީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟ ލޯބިވެސް މިއީ ކޮންކަހަލަ އެއްޗެއް ހެއްޔެވެ؟ ޝައިބާއާއި އޭނާ ކައިވެނި ނުކުރީ ޝައިބާގެ އުފަލަށްޓަކައެވެ. ޝަބްނަމްއާއި ކައިވެނި ކުރުމަށްފަހު އޭނާ ޝައިބާ ކައިރީ ބުނީ އަވަހަށް އެހެން މީހަކު ހޯދުމަށެވެ. އެދުވަހަކާ ޖެހެންދެން އޭނާ ޝައިބާއާއި އެކު ހުންނާނެކަމަށެވެ.އެކަމަކު ޝައިބާގެ ދިރިއުޅުމުގައި އޭނާގެ މަގާމް އޭނާއަށް އެގުނީ އެރެއެވެ. އަމިއްލަ ލޯބިގެ ބޭވަފާތެރިކަމުގެ ހަގީގަތާއެކު އޭނާ ދިޔައީ އޭނާގެ ދިރިއުޅުމުގެ މިއަދާ ދިމާއަށެވެ. ޝަބްނަމްއާއި ދިމާއަށެވެ. އެއްގޮތަކަށްވެސް ޝަބްނަމްގެ ދިރިއުޅުމުގެ އެޙަޤީގަތް އޭނާގެ ކުރިމައްޗަށް އަންނާނެއެކޭ އޭނާ ހިއެއް ނުކުރެއެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ.ޝަބްނަމްގެ ހިތާމައާއި ހިތްދަތިކަން އޭނާގެ ބަލިފަޔަށްވިއެވެ. އެނިކަމެތި އަންހެންކުއްޖާއަށް ހުދު އޭނާ އޮޅުވާލާ އޮޅުވާލުން އޭނާއަށް އުނދަގޫ ކުރިއެވެ. އޭނާ ޝަބްނަމްއާއި އިނީ ޝަބްނަމްގެ ބައްޕަ މެދުވެރިކޮށް ޝަބްނަމްއަށް އެކަން ކުރުމަށް މަޖުބޫރުކުރުވައިގެންނެވެ.

އެރޭ ޝަބްނަމްގެ ކަރުނަ އޭނާގެ ކުށްވެރިކަމުގެ އިޙުސާސް ހިދުކޮޅަކަށަޓަކައި އޭނާއާއި ވަކިކޮށްލިއެވެ. މާޒީއާއި އޭރުގެ ހަގީގަތްމަތިން އޭނާ ހަނދާން ނެތުނެވެ. އޭނާގެ އަމިއްލަ ހާލަތު މަތިން އޭނާ ހަނދާންނެތުނެވެ. އޭނާއަށް ފެނުނީ ހަމައެކަނި ޝަބްނަމްއެވެ. އޭނާގެ ލޯތްބާއި އެހީތެރިކަމަށް ފެންބޮވައިގެންފި ރީތި އަންހެންކުއްޖާއެވެ. އަންހެންވަންތަކަމުގެ ފުރިހަމަ އެނަމޫނާއެވެ. އެތަކެއް ދުވަހުއްސުރެ ގަދަކަމުން ކޮންޓުރޯލް ކުރަމުން އައި އޭނާގެ ނަފުސު ކުރިމަތީގައި އޭނާއަށް އެރޭ ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

އެއީ އޭނާއަށްވެސް ޙާއްސަ ވަގުތުކޮޅޭކެވެ. ޝަބްނަމްއަށް ޙާއްސަވި ފަދައިންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ހަޒާނާ ހާސިލްވިޔަސް ނުލިބޭހައި އުފަލާ ހިތްހަމަޖެހުން އެކުޑަ ވަގުތުކޮޅު ތެރޭގައި އޭނާއަށް ލިބުނެވެ. އެވަގުތުކޮޅު އަބަދަށް ދެމިގެންދާން އޭނާ ބޭނުންވިއެވެ. ޝަބްނަމްއަށް ދުނިޔޭގެ ހުރިހާ އަރާމަކާ އުފަލެއް ދިނުމަށް އޭނާ ބޭނުންވިއެވެ. އެއީ އޭނާގެ އަނބިމީހާކަމާއި އެއީ އެންމެ ފުރިހަމަ އަންހެންކުއްޖާކަން ބުނެދޭން ބޭނުންވިއެވެ. އަބަދަށްވެސް ޝަބްނަމްއާއި އެކުވާން ބޭނުން ވާހަކަ ބުނަން އެތައް ފަހަރަކުވެސް ހިތްއެދުނެވެ.

އެހެންނަމަވެސް އާހްއެވެ. އެއީ ހަމަ ކުޑަ ހިދުކޮޅަކަށެވެ. އެއީ ހަމައެކަނި ހުވަފެނެކެވެ. ހިޔާލެކެވެ. ފެންބޮއްކެއް ފަދައިން ފަޅައިގެން ހިގައްޖެއެވެ. ޙަޤީޤަތަކީ އޭނާ ޝަބްނަމް ދެކެ ލޯބިނުވާކަމެވެ. އެކަމަކު އޭނާ ޝަބްނަމްގެ ހަށިގަނޑު ބޭނުންކުރީއެވެ.އޭނާގެ އަލާ ފިލުވުމަށްޓަކައެވެ. އޭނާ އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟ އޭނާ އެކަމާމެދު ވިސްނަން އޮއްވާ ޝަބްނަމް ފުރަތަމަ ފަހަރަށް އޭނާގެ ލޯބި ހާމަކުރިއެވެ. އެއަޑުއިވުމުން އޭނާގެ މުޅި ނަފުސު ތުރުތުރު އަޅައިގެންދިޔައެވެ. އޭނާގެ ނަފުސަށް އޭނާ މާފް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެންމެ ފުރަތަމަ އޭނާ އެކުށެއް ނެތް އަންހެންކުއްޖާއަށް މަޖުބޫރުކޮށްގެން ކައިވެނިކުރީއެވެ. އެއްވެސް ލޯތްބެއް ނުދީ އެއްކޮށް އުޅުނީއެވެ. އޭނާގެ ފިރިއަކަށްވެހުރެ އެހެން އަންހެނެއްގެ އުގު މާތަކުން ފުރާލަދެމުން ދިޔައީއެވެ. ޝަބްނަމްއަށް ދޭންވީ ލޯބި ކައިވެންޏަށްފަހުވެސް އޭނާ ދެމުން ދިޔައީ ޝައިބާއަށެވެ. އޭނާ ހީކުރީ ޝަބްނަމް އޭނާ ދެކެ ލޯބިނުވާ ކަމަށެވެ. އެކުށްހީގައި އޭނާ ކިހާވަރަކަށް އެހިތް އޮއްވައިފި ހެއްޔެވެ؟ މިރޭ އޭނާ އެކުއްޖާ އޭނާއަށްޓަކައި ހަމައެކަނި އޭނާއަށްޓަކައި ހިތާ ޖިސްމުން ފިދާވީއެވެ. އޭނާވެސް ކިހާ އަމިއްލަ އެދުން ބޮޑު ހެއްޔެވެ؟

އެރެއަށްފަހު ޝަބްނަމްއާއި ދުރުވާން އޭނާވެސް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ދުރުވާން އޭނާއަށް މަޖުބޫރުވެއެވެ. އޭނާ ބޭނުންވަނީ ޝަބްނަމްއަށް އޭނާގެ ޙަޤީޤަތް އެގުމުގެ ކުރިން ޝަބްނަމް އޭނާގެ ދިރިއުޅުމާ ދުރަށް ފޮނުވާލާށެވެ. ޝަބްނަމް ކައިރީ އެދުވަހު ޝަބްނަމްގެ ފަރާތުން އޭނާ ބޭނުން"އުފާ" ނުލިބެއޭ އޭނާ ބުނީވެސް ހަމަ އެމަޤުސަދުގައެވެ. އެހެންނަމަވެސް ޝަބްނަމް އެދުވަހުގެ އާދޭހަށްފަހު އޭނާއަށް ޝަބްނަމްއާއި އަދި އެވާހަކަ ދައްކަން ނުކެރިފައިވަނީއެވެ. ކުށަކާ ނުލައި އޭނާ އެހިތް ރޮއްވާނީ ކިހާ ދުވަހަކު ހެއްޔެވެ؟ އޭނާއަށް ވެގެން ވާނަމަ އެންމެ ކަރުނަތިއްކެއްވެސް އެލޮލުން އޮހިގެން ދިޔަކަ ނުދޭނެއެވެ. އެވާހަ އޭނާ ބުނާނީ ކާކު ކައިރީގައި ހެއްޔެވެ؟އެހެންނަމަވެސް އޭނާގެ ހާލަތު އެހެން ކަންތައް ކުރާކަށް ހުއްދައެއް ނުދެއެވެ. ޝަބްނަމް ދުރަށް ފޮނުވާލުން ހުރިހާ ގޮތަކުންވެސް ރަނގަޅެވެ.އެއީ ޝަބްނަމްއަށް އެޙަޤީޤަތް އެގޭ ދުވަހަކުން އޭނާއަށް މާފް ނުކުރާނެކަން އެގޭތީއެވެ. އަދި އެދުވަހުން ޝަބްނަމްގެ ހިތާމައަށް އޭނާއަށް ކެތެއް ނުކުރެވޭނެއެވެ. ހިދުކޮޅަކަށްޓަކައި ލޯތްބާއި އުފާ ދީފައި ވަކިވެގެން ދިޔުމަށްވުރެ އުމުރުދުވަހުން އޭނާގެ ލޯބި ދުވަހަކުވެސް ނުލިބި ހުރުން ޝަބްނަމްއަށް މާފަސޭހަވާނެއެވެ.

ސަބާހުގެ ލޮލުން އެހެމުންދަނީ ވޭނީ ކަރުނައެވެ. ޖެހެމުންދާ ތެތްފިނި ވައިރޯޅިތަކާ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައްވެސް އޭނާގެ ހިތާމައިގައި ބައިވެރިވަމުންދާ ކަހަލައެވެ. އޭނާގެ ބަދްނަސީބުކަމާމެދުގައެވެ. އޭނާއާއި މެދުގައި މިއީ މިންވަރުފުޅުން ވީ ކަމެކެވެ. އެހެންނަމަވެސް ޝަބްނަމް އަނދިރި ވަޅުގަނޑަކަށް ވައްޓާ އެލީ އޭނާ އަމިއްލައަށް ނޫން ހެއްޔެވެ؟
ސަބާހުއަށް ނިވިސްނޭ އެއްޗަކީ އެއީ ޝަބްނަމްގެވެސް ތަގުދީރުގައި ލިޔެވިފައިވާ ގޮތްކަމެވެ. ތަގުދީރުގައި އެދެމީހުން ގުޅެން ވާނަމަ އެކަން ކޮންމެ ގޮތަކަށް ނަމަވެސް ވާނެ ކަމެވެ. އެކަމެއް އޭނާއަކަށްވެސް އަދި ޝަބްނަމްއަކަށްވެސް ބަދަލު ނުކުރެވޭނެކަމެވެ.

ސަބާހު އޭނާގެ ބުރަހެލިވެފައިވާ ހަށިގަނޑާއެކު ސިޑިން އަރަމުންދެއެވެ. ޝަބްނަމް މިހާރު ހުންނާނީ ކޮންތާކު ހެއްޔެވެ؟ އޭނާއަށްޓަކައި ކޮންމެވެސް ކާއެއްޗެއް ތައްޔާރުކޮށްގެން އޭނާގެ އިންތިޒާރުގައި ހުންނާނެއެވެ. އެއަންހެންކުއްޖާއަށް މީހުންގެ ލޯބި ހޯދަން އެގެއެވެ. ހިތާމައަކީ އޭނާއަށް ލިބެމުންދާ ލޯބި އޭނާއަށް އެހިތަށް ދެވެން ނެތްކަމެވެ. ސަބާހުއަށް ހުއްޓެވުނީ ތިރިން ފައިބައިގެން އައި މީހެއްގެ ފައިތިލަ ފެނުމުންނެވެ. ސަބާހު އިސްއުފުލައި ބަލައިލިއެވެ. ގަދަ ނޫކުލައިގެ ޖިންސަކާ ގަދަފިޔާތޮށި ކުލައިގެ ޓޮޕެއް ލައިގެން ހުރި ޝަބްނަމްގެ އަތުގައި ދަބަހެއްވެސް އޮތެވެ.
"ޝަބް!" ސަބާހުއަށް ލިބުނީ ހައިރާންކަމެކެވެ. ޝަބްނަމް އެދާން އުޅެނީ ކޮންތާކަށް ހެއްޔެވެ؟
" އަހަރެން މިދަނީ ސަބާހުއާއި ދުރަށް. ސަބާހު ގެއިން. ސަބާހުގެ ދިރިއުޅުމުން. މިއީ ސަބާހު ބޭނުންވާ ގޮތެއްނު؟" ޝަބްނަމް ފޮށި ހިފައިގެން ހިގައިގަތެވެ.
ސަބާހު އޭނާ ހުއްޓުވަން ކިތަންމެހާވެސް ބޭނުންވިއެވެ. އެކަމަކު ހުއްޓުވަން ހަދަންވީ ކިހިނެތްކަމެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ސަބާހު ބަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ގެއަށް ވަދެއްޖެއެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ގޭގައި އެއްވެސް މީހަކު ނެތީއެވެ. ޝަބްނަމްއަށް އެހާ ފަސޭހައިން އެދެވުނީ އެހެންވެގެންތާއެވެ. އެކަމަކު ހަމަ ކުއްލިއަކަށް ޝަބްނަމް އެދިޔައީ ކީއްވެގެން ހެއްޔެވެ؟

ޝަބްނަމް ފަސްއެނބުރި ބަލައެއް ނުލައެވެ. އެންމެ ފަހަރަކުވެސް ސަބާހުގެ ހިޔަނި ފެނޭތޯވެސް ބަލާލަން އޭނާ ބޭނުމެއްނުވިއެވެ. އެއީ އޭނާގެ ނިންމުން ބަދަލުކޮށްލާނެ ކަމަކަށް ވެދާނެތީއެވެ.އޭނާގެ ނަފުސު ރުޅީގެ އަލިފާނުން އަނދަމުންދަނީއެވެ.އެކަމަކުވެސް އެލޮލުގައިވަނީ ކަރުނައެވެ. އެހިތް އެދެމުން ދިޔައީ އަނބުރާ ދިޔުމަށެވެ.
ޝަބްނަމް ދިޔުމުން ސަބާހުއަށް އިޙުސާސްވީ ނިމުމެއް ނެތް އެކަނިވެރިކަމެކެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-05 22:27:30 | Report this Comment
ޖަންނަތު:

ވ ރީތި

Posted on 2010-09-05 22:38:05 | Report this Comment
ލަޔާލް:

ސޮބާ ހާދަ ހެއްވަޔޭ ސަބްއަށް ހާދަ ވަރުގަދަ ޕްރެޒެންޓެއް ދީފަދޯ ތިފޮނުވާލީ ވވ ސަޅި ހަމަ އޮބި

Posted on 2010-09-06 00:25:23 | Report this Comment
ޝަޒޫ:

އައިޝް ކީއްވެ މާ އަވަހަށް ޝަބް ތިފޮނުވާލީ،،،، ޝަބްއަށް ހަޤީގަތް އުގުނީމަ އަދި ސޮބާ ގާތަށް އަންނާނެދޯ.... ވަރަށް ރީތިމިބައިވެސް،، އަނެއްބަޔަށް އިންތިޒާރުކުރަން. އަވަހަށް އަޕްލޯޑްކޮށްދެއްޗޭ އިގޭ

Posted on 2010-09-06 01:04:59 | Report this Comment
ނަވާ:

ވވވވވވވވވވވވވވވވވވވވ ރީތި..އަނެއްކަ ދެން ސަބްނަމްއާ ދިމާވާނީއެއްކަލަ ނުލަފާ މީހާ..އަނެއް ބައި އަވަސް.............މިހާރު މިއިނީ އަނެއް ބައިގެ އިންތިޒާރުގަ..

Posted on 2010-09-06 10:00:59 | Report this Comment
ނީސް:

އައިޝް ބުނެދީފާނަންތ މި ވާހަކަ އަޕްލޯޑް ވަނީ ކޮންކޮން ދުވަހެއްގައި ކަން ޕްލީޒް.އަނެއްބަޔަށް އިންތިޒާރު ކުރަން.ވވ ރީތި ވާހަކައެއް.

Posted on 2010-09-06 10:10:34 | Report this Comment
ނިޝް:

ވަރަށް ރީތި...އަވަހަށް އަޕްލޯޑުކޮށްދެއްޗޭ........

Posted on 2010-09-06 17:36:36 | Report this Comment
އައިސް:

ވަރަށް ރީތި މިބައި ވެސް. އަވަހަށް އަޕްޑޭޓް ކޮށް ލަދޭތި.

Posted on 2010-09-06 23:55:09 | Report this Comment
މިންނު:

ވވވވވވ ރީތި އަވަހަށް ލޯޑްކޮއްދީ، މިހިރަ ހިތަށް ވާގޮތެއް ބުނެދޭންވެސް ނޭގެ، އަނެއްބައިކިޔާހިތުން ހުރެވެނީކީވެސް ނޫން.

Posted on 2010-09-07 14:07:49 | Report this Comment
ރަނާ:

އެހެންވިއްޔާ ސަބްނަމް އަށް ވެސް އެއިޑްސް ޖެހިފަދޯ ހުންނާނީ މިހާރު.. ދެން އެހެންވިއްޔާ ސަބާޙް ސަބްނަމް ފޮނުވާލަންވީ ކީއްވެ.

Posted on 2010-09-23 00:01:46 | Report this Comment
ނަޒޫ:

މި ވާހަކަ ފެށިގެން ކިޔަން ބޭނުން ވަނީ .. ފެށިގެން ކިޔޭނެ ގޮތެއް ބުނެދިނިޔާ ވަރަށް ރަނަގަޅު

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.