ނައު

  • ޝާއިޢުކުރި ތާރީޚް: 02 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1507

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުމުރަށް އެކީ އުޅޭނަން...(1)

އޮއްސެމުންދާ އިރުގެ ރަންދޯދިތަކުން މުޅި އުދަރެސް ވަނީ ގިރިޓީ ކުރެވިފައެވެ. ސާފުއުޑުގައި ފެންނަމުންދާ ވިލާތަކުގެ މަޑުމަޑު ދައުރުކުރުން ވަރަށްވެސް ހިތްގައިމެވެ. އުފާވެރި ހިނިތުންވުމެއް ފަދައިން މާދުރު ދުރުން ފަނޑު ފަނޑުކޮށް ފެންނަން ހުރީ ފަޅި ހަނދެކެވެ. އަހަރެންނާއި ޝިއުވެސް އެރީތި މަންޒަރުގައި ފުރިހަމައަށް ހިއްސާވީމެވެ. މަންޒަރު ދުރުން ބަލާލާއިރު، މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައިވާ ،ވަރަށް ރީތި ހިތްގައިމު މަންޒަރެއް ފަދައެވެ. ބަލާއިލާ ކޮންމެ މީހެއްގެ ހިތަށް ފިނިކަމެއް އިހްސާސްވާނެކަން ޔަޤީނެވެ.

ޖެހެމުންދާ ވަޔާއެކު، ގަސްތައް ނަށަމުންދާއިރު އިވެމުންދިޔައީ ހިތްގައިމު މިޔުޒިކެއްގެ އަޑެވެ.އިރު އިރުކޮޅުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑުން،އެ މިޔުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.ދުރުން، މާދުރު ދުރުން،ވަރަށް މަޑުމަޑުން، އިވެމުންދިޔައީ ރަށުތެރެއިން މީހުން ހޭލަމޭލަވެ އުޅޭ އަޑެވެ.ފާލަން ހުރަސްކޮއްފައި ގަނޑުން އަރައިގެން އަންނަ ވައިރޯޅީގައި އެކުލެވިފައިވަނީ އަރާމު ފިނިކަމެކެވެ. ޝިޔުގެ މަޑުމަޑު މީރުވަހެވެ.

ޝިޔުލީން އިށީންދެގެން އިނީ އަހަރެންގެ ހަށިގަނޑުގައި ޝިޔުގެ ބުރަކަށި ޖެހޭގޮތަށް އަހަރެންގެ އުނގުތެރޭގައެވެ. އަހަރެންގެ އަތުތެރޭގައެވެ. ޝިޔުގެ ބޮލުގެ ފަންފަން އިސްތަށިތައް ވަޔާއެކު ވިހުރެމުން ދިޔައިރު އަހަރެންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އެ އިސްތަށިގަނޑުން ދުވަމުންދިޔައީ މަޑުމަޑު މީރު ވަހެކެވެ. އެތެރެއަށް ލެވޭ ކޮންމެ ފުންނޭވަޔަކާއެކު އަހަރެންގެ މުޅިހަށިގަނޑަށް އެމީރުވަހުގެ ފޮނިކަން އިހްސާސް ކުރެވޭ ކަހަލައެވެ. އެވަސް ހިތުގެ އެންމެ ފުންމިނުގައި ރައްކާ ކުރެވޭކަހަލައެވެ.

އަހަރެންގެ ކަނާއަތުން ޝިޔުގެ ކަނދުރާގައި ވަށާލައިގެން ހުރިއިރު،އަނެއް އަތުން،އެނިޔަނެތި މަޑުމަޑު އަތުގެ އިނގިލިތަކާއި ކުޅެލަ ކުޅޭލާ ހުރީމެވެ.ޝިޔުގެ އަތުގައި ހުންނަނީ ހިމަހޯލި އިނގިލިތަކެކެވެ.އެއްވަރަކަށް ވަށްކޮށް ކަނޑާލެވިފައި ހުރި ތުނިތުނި ނިޔަފަތިތައް ހުރީ ކުޑަކޮށް ދިގުވެފައެވެ.ހުދުވެފައި ވަރަށް ސާފެވެ. ވާއަތުގެ ކަށި އިނގިލީގައި އޮތް ރިހިކުލައިގެ ޑައިމަންޑް އެސްޖަހާފައިވާ އަނގޮޓި އެއަތާ ވަރަށް ގުޅެއެވެ. ވަރަށް ރީއްޗެވެ. ޝިޔު ލައިގެން ހުރީ މަޑުނޫކުލައިގެ ހުރަސް ރޮނގުދެމި ޓީޝާޓުގެ ދިގުއަތުން އިނގިލިތަކުގެ އެއްބައި ފޮރުވިފައިވެއެވެ. އަހަރެންނާއި ޝިޔު އިށިންދެގެން ތިބީ ފާލަމުން މޫދަށް ފޭބެން ހުރި ސިޑީގެ އެންމެ ތިރީ ހަރުފަތުގައެވެ. ދެމީހުންގެ ފައިގެ އެއްބައިވަނީ މޫދުތެރޭގައެވެ. ލައިގެން ހުރި ޖިންސު ތެމިދާނެތީ ކަކޫ ނިވާވާވަރަށް އޮޅާލާފައި ހުރިއިރު،ޝިޔުގެ ދޮން ފައިހުރީ ހާމައަށެވެ. ވިލުކުލައިގެ ސާފު ފެންގަނޑުގެ ތެރެއިން ޝިޔުގެ ކުޑަކުޑަ ފައިތިލަ ފެންނައިރު ވަރަށް ލޯތްބެވެ. ޝިޔުގެ މަޑުމަޑު ފައިތިލައިން އަހަރެންގެ ފައިގެ އިނގިލިތަކާ ކުޅެމުންދިޔައިރު،މުޅިހަށިގަނޑަށްވެސް،ނޭނގޭކަހަލަ އުފާވެރި އިހްސާސްތަކެއް ކުރެވެމުންދިޔައެވެ.ޝިޔު އިނީ ވަރަށް ލޯބިން އަހަރެންގެ އުގުތެރެއަށް ބޮނޑިވެލައިގެންނެވެ. އެ ހޫނު ހޫނު ތުންފަތުން އެތައްފަހަރަކު އަހަރެންގެ އަތުގައި ބޮސްދިނެވެ. ޝިޔުގެ މަޑުމައިތިރި މިޒާޖާއި،ލޯބި ލޯބި ހަރަކާތްތަކުގެ ސަބަބުން ޝިޔުއަށްޓަކައި އަހަރެންގެ ހިތުގައިވާ ލޯބި އިތުރުވެގެންދެއެވެ.ލޯބި ލޯބިން އެތައްފަހަރަކު ޝިއުގެ ކަނދުރާއަށް ބޮސްދެވުނެވެ.

-ނުނިމޭ-

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-03 00:32:34 | Report this Comment
ޖަންނަތު:

ނައިސް އިނގޭ

Posted on 2010-09-03 16:55:14 | Report this Comment
ނަވާ:

ސިފަކުރުމުގެ ބައި އަމީންގެ ވާހަކަތަށްހެން..............ވަރަށް ރީތިވާނެކަމަށް އުންމީދުކުރަން..

Posted on 2010-09-09 12:10:29 | Report this Comment
ހުސެން:

ނައު ވަރަށް މޮޅު އިނގޭ ވަރަށް ސަޅި ކީޕު އިޓް އަޕް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.