ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 754

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދޭދޭ ވާހަކަ: އެދަތުރު

ދިއްދޫއިން ފުރައިގެން ފެރީގައި އަހަރެން ދަތުރު ކުރަމުން ދިޔައިރު ގެއްލިފައި އިނދެވުނީ ދިއްދޫގެ ބިން ހިއްކާފައި އޮތްވަރުން އެކަމާ ވިސްނާށެވެ. އެހާކުޑަ ދުވަސްކޮޅަކުން އެވަރުގެ މަސައްކަތެއް ނިންމާލުމުން އަހަރެން ހަމަ ޙައިރާން ވެއްޖެއެވެ. މީގެ ފަނަރަވަރަކަށް ދުވަހުގެ ކުރީން އަހަރެންނަށް ދިއްދޫއަށް ދެވުނު އިރު މުޅި ރަށުގެ އެންމެން ދައްކަނީ އެރަށުގެ ބިމަށް ވިއްސަކަށް ހެކްޓަރގެ ބިން އެންމެ ދިހަވަރަކަށް ދުވަހުން ހިއްކައި އިތުރު ކުރުމުގެ މަސައްކަތެއް ފަށަން އުޅޭ ވާހަކައެވެ. އަހަންނަށްވެސް އެއިރު އެވާހަކަ އިވިފައިވީ ބޮޑު ޖޯކަކަށެވެ. އެހެންނާ އަހަރެމެން ރަށުގައި ދޯނިއެހެލާ ތަންކޮޅެއް ހަދާންވެސް ހައެއްކަ މަސްދުވަހު މަސައްކަތް ކުރާން ޖެހުނެވެ.
އެރަށުގެ ބައެއް މީހުން މިކަމާ ޖޯކުޖަހަމުން ގެންދިޔައިރު އަހަރެންގެ ރައްޓެހި ލަތީފަކީ މިސަރުކާރު ހިންގާ ޕާޓީޔާހުރެ މޮޔަވެފައި ހުންނަ މީހަކަށް ވާތީވެ އޭނާ ފިސާރި ރުޅިގަދަވެގެން އުޅޭތީވެ މަށަށްވެސް މާބޮޑަކަށް އެވާހަކަ ދައްކާކަށެއް ނުކެރުނެވެ. އެކަމަކު އިއްޔެ އެރަށަށް ދެވުމުން އަހަރެން މުޅީން އަޖާބުވެ އަންތަރީސް ވެއްޖެއެވެ. ހީވަނީ މުޅީން އެހެން ރަށަކަށް ދެވުނު ހެންނެވެ. ކުރީން ދިޔަފަހަރު އެކަމާ ޖޯކު ޖަހައި އުޅުނު ގިނަ ބަޔަކު މިހާރު ދައްކަނީ މުޅީން އެހެން ވާހަކައެކެވެ.
އިބްރާހީމްފުޅާ ހިއްކި ބިމުން ދިމާވެގެން އަހަރެން އަހާލީމެވެ. ” ބަލަ ކަލޭ ބުނީމުނު މިއީ ދައްކާލި ހުވަފެނެކޭ – އެއުޅެނީ ކައުންސިލް އިންތިޚާބަށް ހަނދުބަލާތީވެ މައުމޫނުވެސް ހަދާކަހަލަ ދޮގުތަކެއް ހަދާށޭ” އަހަރެން މިހެން ބުނެލުމުން އިބްރާހީމްފުޅުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
” ވާނީ އެހެން- އެހެންނާ މިގެ ކުރީން މިކަހަލަ ކަންކަމަކީ ގަބޫލުކުރާން ދަތި ކަންތައް ވިއްޔަ . އަނެއްކާ ކަލޭ އެހެންމީހެއް ކައިރީ މަތިހެން ބުންޏޭ ނުބުނައްޗޭ- މިހާރު މަށަށްވެސް މިސަރުކާރުގެ އެބުނާ އޯގާތެރިކަން ފެނިއްޖެ އަދި ބަހާ އަމަލާ ދިމާވާތަންވެސް ފެނިއްޖެ. ” އިބްރާހިމްފުޅު ބުނެލިއެވެ.
އަހަރެންގެ ރައްޓެހި ލަތީފު ހީވަނީ އަނގައިގައި އިތުރު ހައެއްކަ ދޫ އިތުރުވެގެން އުޅޭހެންނެވެ. ބޮލައްއުނދަގޫވާވަރަށް އަނގަތަޅާ މިކަމުގެ ވާހަކަ ދައްކަމުން ދުވާއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. މާރީތިކޮށް ބެގީކޮށްފައި ބޫޓަކަށް އަރާފައި ހުރުމުން ” އަނެއްކާ މިރަށުގެ ކައުންސިލަރުކަން ލިބުނީތޯވެސް” އަހަރެން އަހާލީމެވެ. ސަމާސާގެ ގޮތުގައެވެ.
” ކައުންސިލަރުކަން ކުރާނީ އެކަންކުރަން ތިބިމީހުން އަހަރެމެން މިދިޔަ ހަތަރު ފަސްއަހަރު ކުރި މަސައްކަތުން މިސަރުކާރު އުފެދި މިވަރުގެ ބޮޑުކަމެއް ވީމަ އަހަރެމެންނަކީވެސް ބައެއްކަން މިހާރު މިމީހުންނަށްވެސް އެނގޭނެތާ އެހެންވެ މިހާރު ގެއިން ނުކުންނަނީވެސް ފިސާރި އެބުނާގޮތަށް ޑީސަންޓުކޮށޭ އޭރުން އެއްކަލަ ލޯއެޅިމީހުންގެ ހިތައްވެސް އެއްޗެއް އަރާނެތާދޯ” އޭނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އަހަރެން ހެނދުނު ދިއްދޫއިން ފުރައިގެން އައިއިރުވެސް ރަށުގެ ރައްޔިތުން ހީވަނީ އެހެން ކަމެއް ހެންނެވެ. ހިއްކި ބިމުގައި ހީވަނީ ކާނިވަލެއް ހުޅުވައިގެން އުޅޭހެންނެވެ. މާގިނައިރެއްނުވެ ރަށަކަށް ލެފުމުން އަހަރެން ކައްޕިގާތު ފުރަނީ ކޮންއިރަކުންތޯ އަހާލީމެވެ. އޭނާ ބައިގަޑިއިރެއްހާއިރު ވާނެޔޭ ބުނުމުން އަހަރެންވެސް މިރަށަކީ އަދި ދުވަހަކުވެސް ނާދެވޭ ރަށަކަށް ވާތީވެ ރަށްބަލާލާނަމޭ ހީކޮށް ރަށަށް ފައިބައިފީމެވެ. ރޯދަމަސްކަމުން މިރަށުގެ ތެރޭގައި މާބޮޑު ހޭލިމޭލިވުމެއް ވަގުތުގެ ގޮތުން ނެތެވެ. އަތިރި މަތީން ހިނގައިގަތްތަނުން ހޮޅުއަށިގެއެއް ފެނުމުން ރަށުތެރޭގައި ހިނގާލުމަށްވުރެ އެތަނުގައި މަޑުކޮށްލުމުން މިރަށުގެ ޚަބަރު ދަބަރުވެސް ސާފުކޮށްލެވޭނެތީއާ އަނެއްކާ ރައްޓެއްސަކުވެސް ލިބިދާނެތީވެ އެދިމާލަށް ދިޔައީމެވެ.
ހޮޅުއަށީގައި ހަތަރު މީހަކު އޮށޯވެލައިގެން ތިއްބެވެ. އހަރެން ކައިރިވެލައި ސަލާމް ގޮވާލުމުން ޖަވާބެއް ނުލިބުނެވެ. އަނެއްކާ އަހަރެން ސަލާމް ގޮވާލި އަޑު އެމީހުންނަށް ނީވުނީކަމަށް ހީކޮށް އެމީހުން އޮށޯވެ ތިބި ހޮޅުއަށީގެ އެއްކޮޅުގައި އަހަރެންވެސް ޖައްސާލީމެވެ. ނަލަރޯޅި ވެއެވެ. “ކޮބާ ބޭބެމެންގެ ހާލު ކިހިނެއްތަ؟” އަހަރެން ސުވާލު ކޮށްލީމެވެ. އެތަނުން އެކަކު ކެއްސަމުން ތެދުވެ ހޮޅުއަށި ކައިރިއަށް ކުޅުގަނޑެއް ޖަހާފައި އނެއްކާވެސް އޮށޯވެއްޖެއެވެ. ކުރުއަތް މައްޗަށެވެ. ހީވަނީ މާބޮޑަށް ވަރުބަލިވެފައި ތިބީމަ ހެންނެވެ. އަނގަޔަކުން ބަހެއް ނުބުންޏެވެ.
މިއީއަނެއްކާ ކޮންކަހަލަ ބަޔަކު އުޅޭ ރަށެއްބާވައެވެ. އަހަރެން ހިތާހިތާ ކިޔާލީމެވެ. އަނެއްކާ މިއީ ބަންގާޅީންތަކެއް ނޫންބާވަޔޭ ހިތައްއެރުމުން ހިނިވެސް އަޔެވެ. އެކަމަކު ހަމަ ވާހަކަ ދައްކާލާހިތުން އަނެއްކާވެސް ފެށީމެވެ. ކޮބާ ދިއްދޫ ހާދަ ބޮޑަކަށް ހިއްކާލައިފިޔޭދޯ. އަނެއްކާ ހާދަ އަވަހޭދޯ. ޖަވާބެއްނެތެވެ. އެކަމަކު އެތަނުން އެކަކު ލޯބޮޑުކޮށްގެން މަށާދިމާލަށް ބަލަހައްޓައިގެން އޮތްތަން ފެނުމުން އަނެއްކާވެސް ތަޅުވަން ފެށީމެވެ.
މިހާރުދެން ބޭބެމެން އުމުރުގެ މީހުންނަށްވެސް ވިސްނާކަށް ނުޖެހޭނެދޯ ކޮންމެ މަހަކުވެސް ފައިސާ ލިބޭނެދޯ . ބޭސްފަރުވާވެސް ހިލޭ ލިބޭނެތާ. އަނެއްކާ މިހާރު ހޮސްޕިޓަލަށް ކުރާދަތުރުވެސް ކިހާހެޔޮވާނެދޯ .
މިމީހުން ކަހާތަން ހިރުވާވެސް ނުލައެވެ. މިއީ އަދި ދުވަހަކުވެސް ރާއްޖޭގެ ރަށަކުން އަހަރެންނާ ދިމާވި ކަމެއް ނޫނެވެ. އެކަމަކު އަހަންނާ ދިމާލަށް ބަލަން އޮތް މީހާއާއި ދިމާލަށް ” ބޭބޭ މިރަށްތޯ؟ އަހާލީމެވެ.
” ކަލް އަންނަނީ—ދީވެސް ނޭނގެނީ” އެމީހަކު އެބުނި އެއްޗެއް މުޅީން ނޭގުނަސް އެއީ ދިވެއްސެއް ނޫންކަން އެނގުނެވެ. އަނެއްކާ މިވާނީ މިރަށަށް ގެނެސްގެން އުޅޭ ބިދޭސީންތަކެއްކަމުގައި ހީކޮށް އަވަހަށް އެތަނުން ދާނަމޭ ހީކޮށް ހިނގައިގަތީމެވެ. އެއިރު ހޮޅުއަށިގެޔާ ދިމާލަށް މެދުއުމުރުގެ މީހަކުއާދެއެވެ. އަހަރެން އޭނާއާ އަރާހަމަނުވަނީސް އޭނާ މަށަށް ސަލާން ގޮވާލިއެވެ.
އަހަރެން އުފަލުން ސަލާން ކޮށްލީމެވެ. ކޮން ރަށެއްތޯ އަހާލުމުން ދަތުރު ވަރެއްގައި މިހިސާބަށް އައިސްއުޅޭ މާލޭގެ މީހެކޭ ބުނެލީމެވެ. މިދަނީ ކެލަޔަށޭވެސް ބުނިމެވެ. އަދި ހޮޅުއަށީގައި ތިބި މީހުންނާ ބެހޭ ގޮތުން ސުވާލުކޮށްލީމެވެ. ” އެއީ މުޅީންވެސް ބޭރުމީހުންތަ؟”
” އެތަނުގައި އެއޮތް އެކަކީ ބޭރުމީހެއް ދެެންއެތިބީ މިރަށު ތިންމީހުން ” އޭނާ ޖަވާބުގައި ބުނެލިއެވެ. ކިހިނެއްވީތަ؟”
” ދެން ކަމެއް ނުވޭ . އެކަމަކު އެވެރިން ތިބީ މާގަދައަށް ނިދާފަކަންނޭގެ ވާހަކައެއް ނުދައްކާ” އަހަރެން ބުނެލީމެވެ.
އެމީހާގާތައް ހިނިއައެވެ. އެތަނުން އެކަކީ އިސްމާލުބޭ ދަށްއުޑުން ހޮނުގުގުރި ޖެހިޔަސް އެފަކީރަކަށް އަޑެއް ނީވޭނެ. ދެންއެއޮތީ މިރަށު މަނު އެއީ މަންމަނެއް. ދެންއެއީ ވަރަށް ބަލި މީހެއް ގަދަހުމެއް ޖެހިފައި ހުންރަނގަޅުވީއިރު ލޮލަކަށް ނުފެނޭ ކަންފަތަކަށް އަޑެއްވެސް ނީވޭ އެބިދޭސީ މީހާއެއީ އޭނާ ބަލަންވެގެން އިއްޔެ މިރަށަށް ގެނައި މީހެއް އޭނާއަށް ދިވެހި ދޭހަކޮށްދޭން ޖެހެނީ ހަތަރެސްފައިން.” އެއީ ތިވީގޮތަކީ އެމީހުންނާ ވާހަކަދެއްކިޔަކަސް ޖަވާބެއް ނުދޭނެއެއްނު”
މިވީގިތް އެނގުނީ އަދިކިރިޔާއެވެ. އހަރެން ލަދު ފޮރުވާންވެގެން ފެރީ ފުރާން އުޅެނީޔޭ ބުނެފައި އެމީހާގެ ނަންވެސް އަހާނުލައި އަވަހަށް ފެރީއާއި ދިމާލަށް ހިނގައިގަތީމެވެ.
އހަރެންގެ ހިތައްއެރިއެވެ. ބަހަކުން ބަހެއް ނުދަންނަ ކަންފަތައް ނީވޭ ލޮލައްނުފެންނަ މަންމަނުންނަށް މިގޮތައް ކިތަންމެއިރަކު ވާހަކަ ދެއްކިޔަސް އަދި ކުރިމަތީގައި ކިތަންމެ ބޮޑުކަންތައް ތަކެއް ހިނގިޔަސް ނޭނގޭނެތާދޯއެވެ. މިރަށުގަ ނޫނަސް މިހާލުގައިތިބި ވަރަށްގިނަ މީހުން މިޤައުމުގައި މިހާރު އެބައުޅޭތާއޭވެސް ހިތާހިތާ ކިޔާލެވުނެވެ. ސަލާމަތުން އޮތްމީހާއަކީވެސް އިއްޔެ ރޮލާ ކަނޑާލައިފައިއޮތް ބަންގާޅީއެއް ވިއްޔާއެވެ. މަށަށް މިކުރެވުނު ކަމެއްދޯއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-01 17:58:09 | Report this Comment
އަނގަދަމިތުރު:

ތަފާތު ވާހަކައެއް. ނައިންޓެ އަކީ މުޅިން އެމް.ޑީ.ޕީ ކޮޅަށް ހުސްވެފައި ހުރި ބޭފުޅެއް ދޯ. ރަނގަޅު. މުސްކުޅިންނަށް އަސާސީ ޕެންޝަން ދެވޭ. އެކަމަކު ބޭންކެއް ރަށުގައި ނެތް، ބޭންކްގެ ބްރާންޗަށް ތިން ހަތަރު ގަޑިއިރުގެ ދިގު ދަތުރުކުރަން ޖެހޭ އިރުވެސް، ތިޔަ ބުނާ އަސާސީ ޕެންޝަން ޖަމާކުރަނީ ބޭންކަށް. އޭގެތެރެއިން ގިނަ މީހުންނަކީ އަމިއްލައަށް ބޭންކަށް ގޮސް ޗެކެއް ލިޔެ، ނޫނީ ފޯމެއް ވެސް ފުރާލެވޭފަދައެއް ނެތް ބައެއް. އެކަމަކުވެސް މަޖުބޫރުކުރަނީ ބޭންކަށް ދާން. އަހަރެން މިއީ އެފަދަ އެތައް ބަޔަކަށް އެ ފޯމު ފުރައިދިން މީހަކިން. ބޭންކު ތެރެއިން ދިމާވެގެން. މިހެން ވާހަކަދައްކަންވެއްޖެއްޔާ އިދިކޮޅަށް ދައްކާނެ ކިތަންމެ ވާހަކައެއް އެބަހުރި އޯގާތެރި ނޫންކަން ސާބިތުކުރެވޭ.

Posted on 2010-09-01 22:05:07 | Report this Comment
އަހަރެން:

މިކުރާ އުފާތަުގާ މިއަދުގެ ޒަޢާމަތައް، ރުކުރާލެވޭ މާތް ބަސްތަކުން ހުއްރިއްޔަތައް، ތަކުރާރުކުރަމޭ އަދު ރައީސް ނަޝީދަށް.

Posted on 2010-09-02 11:07:48 | Report this Comment
އަގަމަޑު މިތުރު:

ނމިތރަށްް ްބެލަނ ް އޮތީ ކީއްހޭ ކުރާނީ ..އެކަންވެސް ކުރިން އޮތީ ނުލާހިކުރަގަލަށޭ ...އެކަމަކު މިއޮށްއުޅޭ އަ ތޮޅުވެރިންތައް އެލާރިގަޑުކާތީއޭ އެހެންހެދެންނެތީ...ރައީސްނަޝީދު އެކަމާކުރާނީ ކީދޯ ..އެބޭފުޅާކިތަންމެ އޯގާތެރިއަށް ދެންމިތިބޭމީހުން......

Posted on 2010-09-03 17:10:21 | Report this Comment
ކިޔުންތެރިއާ...:

އަދި އެވަރުގެކަމެއް ކުރީމަ މިސަރުކާރު ރަނގަޅުވީތަ؟ އެހެންވެއްޖެއްޔާ ރާޖޭގަކުރާ ހުރިހާ ކަންކަމަކީ ސަރުކާރުން ކުރާ ކަންތަށްތާ.....

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.