އަމާޒް
އާދައިގެ އިންސާނަކީމެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ލިޔުންތެރިކަމުގެ ދާއިރާގައި ކުރިޔަށްދެވޭތޯ ގަދަ އަޅާ ބުރަ މަސައްކަތްކުރާ މީހެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން، ވާހަކަލިޔުމުގެ ފަންނުގައި ނާއީގެ ލޮބުވެތި ބައްޕަ ބިންމާ އިބްރާޙީމު ވަޙީދު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ ސްކޫލުން ލިބިފައިވާ އެހީތެެރިކަމާއި އެއް ބާރުލުން ފާހަގަކުރަމެވެ. ބައެެއް ކުރު ދިވެހި ކޯސްތަކުގައި، މަރުޙޫމު ސައިކުރާ އިބުރާޙިމް ނަޢީމު، ޢަބްދުﷲ ޞާދިޤް، ކަށިމާ ޝާކިރު، ފަރެސް އާމިރު، އަދިވެސް ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިން ދެއްވާފައިވާ އަގުހުރި މަޢުލޫމާތުތަކަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ. މިމައިދާނުގައި އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑުގެ ގަލަން ހިނގުމުގެ ބާރެވެ. މީގެ އިތުރުން، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ޚިޔާލުވެސް ފާހަގަ ކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މުރާސިލު ސައިޓުގެ އިސްވެރިންނަށް، ލިޔުންތެރިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް، އެފަދަ މީހުންގެ ލިޔުންތައް ޢާއްމުކޮށް ފެންނާނެފަދަ ގޮތަކަށް، އިންޓަނެޓުގެ ޛަރީއާއިން ބެލޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށްޓަކައި، މިފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނިންމާލަމުން ބުނަން އޮތީ، މުރާސިލަށް އަބަދުވެސް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެކެވެ. އަޅުގަނޑަށްވެސް މިދާއިރާއިން ދުވަހެއް ދުވަހަކަށް ކުރިއެރުން މިންވަރު ކޮށްދެއްވަވާތޯ މާތް ﷲ ގެ ހަޟުރަތުގައި އަދަބުވެރިކަމާއި، އިޚުލާޞްތެރިކަމާއިއެކު، އަބަދުވެސް ކުރެވޭ ދުޢާއެވެ.
  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1610

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސާއީ .-.-.-. (5)

މިއީ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެވޭ ވާހަކައެކެވެ. މިވާހަކައިގެ ތަންތަނާއި ދެކެވިފައިވާ ވާހަކަތަކުވެ %90 ބިނާވެގެންވަނީ ޙަޤީޤީތުގެ މައްޗަށެވެ. 18 އަހަރުން ދަށުގެ ކުދިން މިވާހަކަ ކިޔުމަކީ މަނާކަމެކެވެ.


" ކާކުތަ މިރަޝީދަކީ؟" އަހަރެންގެ ސިމްފޯނަށް ލެއްވުމަށްފަހު ސާއީއަށް ގުޅުމަށްފަހު އެހީމެވެ.
" ކީއްވެތަ ތިސުވާލުތިކުރީ؟" ސާއީވެސް ކޮށްލީ ސުވާލެކެވެ.
" އޭނަ ކީއްކުރަންތަ ސާއީގެ އަނެއް ނަންބަރަށް ވަރަށް ލޯބިވޭ ކިޔާފަ މެސެޖްކުރަންވީ. ކާކުތަ އެއީ؟ އަހަންނެއްނޫންތަ އަނެއްކާ ސާއީ ރައްޓެހިވެގެން މިއުޅެނީ." އަހަރެންގެ ގާތަށް ރުޅިއައެވެ.
" އެއީ ބޭބެއެއް. އޭނަ އަހަރެމެންގެ ގޭގެ ހުރިހާ އަންހެން ކުދިންނަށް އެސް.އެމް.އެސްކުރާނީ އެގޮތަށް. އެހާ ލޯބިން. ގުޑް ނައިޓް، ގުޑް މޯނިންގ މެސެޖްވެސް ކުރާނެ. އޭނަ އަހަރެމެންދެކެ ވަރަށް ލޯބިވާނެ. އަޅާނުލާ." ސާއީ ފުރިހަމައަށް ކިޔައިދިނެވެ
" އެކަމަކު ބޭބެއިން ކޮއްކޮމެންނަށް އެސް.އެމް.އެސް ކުރާގޮތަކަށް ނޫން އެހެރީ އެސް.އެމް.އެސްކޮށްފަ! ބުނެބަލަ އަސްލު ކާކުތަ އެއީ؟" އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.
" އެއީ ރަޝްކޮ. މިބުނީނު އެއީ ބޭބެއެކޭ. ކީއްވެތަ ޤަބޫލުނުކުރެވެނީ. އަހަރެން ބުނީމެއްނު އެސިމް ބޭނުން ނުކުރާށޭ! ކީއްވެތަ ބޭނުންކުރީ؟" ސާއީ ހިތްހަމަ ނުޖެހުނެވެ.
" ހެޔޮ ކޮންމެ މީހަކަށްވިޔަސް! އަހަރެން ލޯބިވާ މީހަކަށް އެހެން މީހަކު ނުޖެހޭނެ ލޯބީގެ ޢިބާރާތްތަކުން އެސް.އެމް.އެސްކުރާކަށް! މަދީތަ އަހަރެން ސާއީއަށް އެސް.އެމް.އެސް ފޮނުވާވަރު؟ ދުވާލަކު ސަތޭކައަށްވުރެން ގިނައިން އެސް.އެމް.އެސް ފޮނުވިފަކަން ނޭނގެ މިހާރުވެސް ހުންނާނީ؟" އަހަރެން ވެސް ހިތްހަމަ ނުޖެހުނެވެ.
" ބޭބެ އަހަންނަށް ގުޅިއޭ. ގުޅާފަ ބުނީ އަހަރެންގެ ބޯއީ ފްރެންޑް ބޭއަދަބީ ޢިބާރަތުންއެސް.އެމް.އެސް ކުރި ވާހަކަވެސް. ޝާންވެސް ނުޖެހޭނެކަން ނޭނގެ އެގޮތަށް ކަންތައް ކުރާކަށް." ސާއީ ގާތަށް ރުޅިއައެވެ.
" އޯކޭ. ސޮރީ. އެކަމަކު އަހަރެން ބަލާނަން އެއީ ސާއީގެ ކިހާވަރެއްގެ ބޭބެއެއްތޯ؟" އަހަރެން އެހެން ބުނުމުން ސާއީ ވަގުތުން ފޯން ކަނޑާލިއެވެ.

ފޯން ބޭއްވީއިރުވެސް އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ސާއީގެ ބޭބެއެއްކަމަކުވެސް ސާއީއަށް އެޢިބާރާތުން އެސް.އެމް.އެސް ކުރާކަށް ނުޖެހޭނެއެވެ. އަހަރެންގެވެސް ބޭބެއިންނާއި ދައްތަމެން ތިބެއެވެ. އެމީހުންނެއްވެސް އަހަންނާއި އެގޮތަށް މުޢާމަލާތެއް ނުކުރެއެވެ. ކިތަންވެ ތިމާގެވެފައި ލޯބިވިޔަސް މުޢާމަލާތްކުރުމުގައި ޙުދޫދެއް އޮންނަންޖެހޭނެއެވެ. އެހެން ނޫނީ ދެން ފެނިގެން ދާނީ އެހެން މަންޒަރެކެވެ. ބައެއް ޢާއިލާތަކުގައި ދިމާވެފައިވާ ކުޑަކުދިންގެ މައްސަލަތަކަށް ބަލާލުމުން އަހަންނަށްވެސް އެވަރު އިނގެއެވެ.

އަހަރެން އެނަމްބަރަށް ބަލާލީމެވެ. ކޮން ރަޝީދެއްހެއްޔެވެ؟ ސާއީ އެބުނީ އެއީ ބޭބެއެވެ. ކޮންމެހެންވެސް އަހަރެން އެކަންތައް އިތުރަށް ސާފްކުރަން ބޭނުންވިއެވެ. އެހެންވެ، އަހަރެން އެ ނަމްބަރ އެއީ ކާކުގެ ނަންބަރެއްތޯ ބެލީމެވެ. އަހަންނަށް އިނގުނީ އެނަންބަރ ބޭނުންކުރަނީ ރަޝްވާން ކިޔާ މީހެއްކަމެކެވެ. އެއީ ހއ.އަތޮޅުގެ ކޮންމެވެސް ރަށެއްގެ ކުއްޖެކެވެ. ސާއީ އަކީ ސ.ފޭދޫ ކުއްޖެކެވެ. އެހާ ދުރުގައިވެސް ތިމާގެ މީހުން ތިބޭހެއްޔެވެ؟ ފަހަރުގައި ތިބެދާނެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެވަރަކުން އަހަންނަކަށް ނުފުދުނެވެ. އަހަރެން އެ ނަންބަރަށް ގުޅީމެވެ.

" ދަންނަންތަ ސާއީ؟" އަހަރެން އަނހާލީމެވެ.
" ތީކާކުތަ؟" އޭނާ އަނހާލިއެވެ.
" މީ ސާއީގެ ބޯއީ ފްރެންޑް. ޝާން. އެހެންވެ އެސުވާލު މިކުރީ. ކީއްވެތަ ތިކޮޅުން ސާއީއަށް އެގޮތަށް އެސް.އެމް.އެސްކުރީ؟ ކިހިނެއްތަ ސާއީ ދަންނަނީ؟ ކޮންތާކުންތަ ދިމާވީ؟" އަހަރެން އެއްފަހަރާ ހުރިހާ ސުވާލެއް ކޮށްލީމެވެ.
" ސާއީގެ ވާހަކަ ނުދައްކާ. ޝީބްރޯކް މައި ހާރޓް." އޭނާގެ ރާގުގައިވާ މޮޅިވެރިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
" ކީއްވެ ތިހެން ތިބުނީ؟ އަނެއްކާ ސާއީއާއި ރައްޓެހިވިންތަ؟" އަހަރެން ހަމަޖެހިގެން ވާހަކަ ދެއްކޭތޯ ބެލީމެވެ.
" އަހަންނަކީ ރަޝްވާން. އަހަންނަށް ސާއީއާއި ދިމާވީ އޮންލައިނުން. ދެން އަހަރެން އޭނައާއި ބައްދަލުކުރިން. އެއީ އަހަރެންގެ ފަސްޓްލަވް. އެކަމަކު އޭނަ އަހަންނަށް ދޮގުހެދީ. ޝާންއަށްވުރެން ރަނގަޅަށް އަހަރެން އޭނާ ދަންނަން. އޭނަ ދަންނަ ވަރަށް ބައިވަރު މީހުންނާއި އަހަންނާއި ގުޅުން އޮންނާނެ. އެއީ ކަމުދާ އަންހެން ކުއްޖެއް ނޫން." ރަޝްވާން ކިޔައިދިނެވެ.
" ކޮންތާކުން އޭނައާއި ބައްދަލުކުރީ؟" އަހަރެން ޔަޤީންކުރަން ބޭނުންވިއެވެ.
" އެއްދުވަހުގެ ރޭ ހަތެއްޖަހާކާއިރު ސާއީ ގުޅާފަ ބުނީ ބައްދަލުކުރަން ބޭނުމިއްޔާ ސަލްސާ ކައިރިއަށް އަންނާނޭ. އެތަނުން ދިމާވި." ރަޝްވާން އެބުނީ ރަނގަޅަށެވެ. ސާއީ އުޅެނީ ސަލްސާއާއި ކައިރީގައި ހުންނަ ގެއެއްގައެވެ.
" އަނެއްކާ ތި ދެމީހުން ދޭތެރޭ ކަމެއް ހިނގިތަ؟" އެއީ އަހަރެން އެންމެ ސާފްކުރަން ބޭނުންވާ އެއްޗެވެ.
" ނަސީބަކުން ނުހިނގާ. އަހަންނަށްވެސް ލޯބިވެވުނީ ނޭނގި. އަހަންނާއި އޭނަ ދިމާވީ މިދިޔަ މާރޗްމަހުގެ 17 ވަނަ ދުވަހުގައި. އެކަމަކު ޙަޤީޤަތް ހާމަވުމުން އަހަރެން އޭނަ ދޫކޮށްލީ." ރަޝްވާން ކިޔައިދިނެވެ.
" ހާދަ ގޮތެއްނެތް އަންހެން ކުއްޖެކޭދޯ އެއީ. އަހަންނާއި ރައްޓެހިވެއްޖެ މާރޗް ތިނެއްގައި. ބުނި އޭގެ ފަހުން އެއްވެސް މީހަކާއި ގުޅުމެއް ނުބާއްވަމޭ. ކިހާ ސަޅިދޯ." އަހަރެން ގާތަށް ރުޅިއައެވެ.
" ދެން ބަލާ އޭނައާއި އެކީގައި އުޅެވޭތޯ. އެކަމަކު އަހަރެން މިވާހަކަތައް ދެއްކި ވާހަކަ ނުބުނާތި! ސާއީ މިހާރު އަހަންނަކާއި ވާހަކައެއް ނުދައްކާ. ވަރަށް ރުޅިއައިސްފަ ހުންނަނީ." ރަޝްވާން އެހެން ބުނުމަށްފަހު ފޯން ބޭއްވިއެވެ.
ރަޝްވާނަށް ގުޅުމަށްފަހު އަހަރެން ވަގުތުން ސާއީއަށް ގުޅީމެވެ.
" ކީއްވެތަ ދޮގު ހެދީ؟" އަހަރެން އަނހާލީމެވެ.
" ޝާން ރުޅި އަންނާނެތީ؟" ސާއީ ބުނެލިއެވެ.
" ތިހެން ކަންތައްތައް ކުރުމުން އަހަރެން މާ ރުޅި އަންނާނެއެއްނު. ސާއީ ތީ އައްޑު އަތޮޅު ކުއްޖެ. ތިބުނާ ރަޝްއަކީ ހއ.މީހެއް. އެކަމަކު ބުނި އެއީ ބޭބެއެކޭ. ކިހާ ސަޅިދޯ. އެކަހަލަ ކިތައް ބޭބެ ތިބޭތެ ސާއީގެ؟" އަހަރެން ހުރީ ވަރަށް ރުޅިއައިސްފައެވެ.
" އަހަންނަށް އިނގޭ ޝާން އަހަރެންދެކެ ލޯބިވާވަރު. އެހެންވެ ސާން ވަރަށް ދެރަވާނެތީ އެވާހަކަ ނުބުނީ. ދެން އަޅާނުލާ. އެކަހަލަ ކަމެއް ދެން ނުވާނެ." ސާއީ އަހަރެން ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
" އޯކޭ. އަހަރެން ބަލާނަން. ދެން އެކަހަލަ ކަމެއް ނުކުރާތި!" އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.

އަހަރެން ވިސްނާލީމެވެ. ސާއީ އެގޮތަށް ކަންތައް ކުރާކަށް ނުޖެހޭނެއެވެ. އަހަރެން ސާއީ އަކަށް އެއްވެސް ކަމެއް ނުފޮރުވަމެވެ. ވީއިރު، ސާއީ އަހަންނަށް އެއްވެސް ކަމެއް ފޮރުވަންޖެހޭހެއްޔެވެ؟ ލޯބީވެރިންގެ މެދުގައި ކަންތައް ސިއްރުކުރާކަށް ނުޖެހޭނެއެވެ. އެހެން ހަދަން ފަށައިފިނަމަ މަންޒަރު މާފުރިހަމައެއް ނުވާނެއެވެ. އެންމެ ފަހުން ދިމާވާނީ މުޅިން ގޯސްކޮށެވެ. އެއްވެސް މީހަކަށް މާބޮޑަށް އިތުބާރުކުރާކަށް ނުވާނެއެވެ. މިޒާމާނަކީ ތެދުވެރިން މަދު ޒަމާނެކެވެ. އަހަރެންގެ ގިނަ ރައްޓެހިންވެސް ސާއީއާއިމެދު ދެކެނީ މާރަނގަޅަކަށް ނޫނެވެ. މައްސަލައަކީ އަހަންނަށް އެއްވެސް ކަމެއް އަދި ނުފެންނަކަމެވެ. އެހެނަސް އެމީހުންވެސް ބުނަނީ ތެދެކެވެ. އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ.

" ޝާންއާއި އެކީ ވަރަށް ފަސޭހަ ވާނެ ހަ............." ވުޑް އެޕަލް ތެރޭގައި އަހަރެން އެއްޗެއް ދައްކާލުމުން ސާއީ ބުނެލިއެވެ. ހިތަށް އެރިއެވެ. އަށާރަ އަހަރުގެ އަންހެން ކުއްޖަކު އެހެން ބުނަންޖެހޭނެ ބާވައެވެ؟ ގިނަ ފިރިހެނުންތަކަކާއިއެކު އެފަދަ ގުޅުމެއް ނުބާއްވާކަމުގައި ވާނަމަ، ސާއީ އެހެން ބުނާކަށް ނުޖެހޭނެއެވެ. އެޖުމްލައިން އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. ޙަޤީޤަތުގައި ސާއީގެ ކަންތައްތައް އިތުރަށް ހޯދަން އަހަންނަށް މަޖުބޫރުވީ އެހެން ވެގެނެވެ. އެހާ މައުސޫމް ތެދުވެރި އަންހެން ކުއްޖެއްނަމަ، ސާއީގެ އަނގައިން އެޖުމްލަ ނިކުންނާކަށް ނުޖެހޭނެއެވެ.

" ޝާން. ސާއީ އެދަނީ ޕްލަސަރއެއްގައި އެހެން ފިރިހެނަކާއިއެކު. އެކަމަކު ޝާން ބުނާނެ އެއީ ނަމްބަރ ވަންއޭ." ޝިޔާން ގުޅާލާފައި ބުންޏެވެ.

ނުނިމޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-01 17:03:06 | Report this Comment
އިޝޫ:

ވވވވ ރީތި....

Posted on 2010-09-01 18:52:42 | Report this Comment
ކުޑޫ:

ހާދަ ކުރޭ....ވ ވ ވ ވ ނައިސް

Posted on 2010-09-01 23:57:13 | Report this Comment
އަހަރެން:

ވާހަކަ ކިޔަމުން މިދަނީ ހަމަ!! ވަރަށް ސަޅިއޭ ބުނެވޭނީ!! އެކަމަކު...." ޝާންއާއި އެކީ ވަރަށް ފަސޭހަ ވާނެ ހަ............." އެބުނީ ކީކޭ ކަމެއް ނޭގުނު
އަމާޒް: އެހެންވެދާނެ.. ތަންކޮޅެއް ބޮޑުވުމުން އަދި އެނގޭނެ.. ދެރަނުވޭ.. ޝުކުރިއްޔާ އަހަރެން.. ޝުކުރިއްޔާ..

Posted on 2010-09-02 06:07:30 | Report this Comment
ޝިފް:

ވީކް ގެ ކޮން ދުވަސް ތަކެއްގަތަ މި ސްޓޯރީ އަޕްލޯޑް ވަނީ!!!!ވަރަށް އިންޓްރަސްޓިން ސްޓޯރީ އެ......

Posted on 2010-09-02 13:46:24 | Report this Comment
އަޅުގަނޑު:

ދެން ހާދަ ވަރެއްވެފަ ހުރި މީހެކޭ ދޯ މި މިޝާން ވެސް މީ،، ހަމަ ހަލާކު،، ދެން އެވަރު ވާ އިރުގަވެސް ދޯ، ލޯބިވިޔަސް މީ ތަންކޮޅެއް ބޮޑުވަރު ހެހެހެ

Posted on 2010-09-11 19:04:20 | Report this Comment
ބޯގޯސް:

މީ ހަމަ ސ.ފޭދޫ ސާއީ ދޯ؟؟ ވ. ވައްތަރު

Posted on 2010-09-16 22:28:51 | Report this Comment
ޖޭ:

"އަޅުގަނޑު" އަށް އަދި ލޯބިއަކީ ކޯއްޗެއްކަން ނޭންގޭދޯ؟ ލޯބި އަކީ ވެވޭ އެއްޗެއް. ވާ އެއްޗެއް ނޫން. އެހެންނޫންނަމަ ކޮންމެ މީހަކުވެސް ވާހަކަ ދައްކަން ފަށްޓާނީ "ކިތައް ކުދިންނާ ރައްޓެހިވިންތޯ" އަހާފަދޯ؟ އަދި މި ވާހަކައިގަވާފަދަ އަންހެން ކުއްޖެއް ދެކެ ލޯބިވެވޭނީވެސް ނަސީބުވެރިއަކަށް.

Posted on 2010-09-20 21:07:55 | Report this Comment
ލިލީ:

އެ ޖުމްލައެއް ނުވިސްނުނު.. ހިންޓެއް ދީފާނަންތަ؟ ވާހަކަ ވ ރީތި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.