އަމާޒް
އާދައިގެ އިންސާނަކީމެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ލިޔުންތެރިކަމުގެ ދާއިރާގައި ކުރިޔަށްދެވޭތޯ ގަދަ އަޅާ ބުރަ މަސައްކަތްކުރާ މީހެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން، ވާހަކަލިޔުމުގެ ފަންނުގައި ނާއީގެ ލޮބުވެތި ބައްޕަ ބިންމާ އިބްރާޙީމު ވަޙީދު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ ސްކޫލުން ލިބިފައިވާ އެހީތެެރިކަމާއި އެއް ބާރުލުން ފާހަގަކުރަމެވެ. ބައެެއް ކުރު ދިވެހި ކޯސްތަކުގައި، މަރުޙޫމު ސައިކުރާ އިބުރާޙިމް ނަޢީމު، ޢަބްދުﷲ ޞާދިޤް، ކަށިމާ ޝާކިރު، ފަރެސް އާމިރު، އަދިވެސް ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިން ދެއްވާފައިވާ އަގުހުރި މަޢުލޫމާތުތަކަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ. މިމައިދާނުގައި އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑުގެ ގަލަން ހިނގުމުގެ ބާރެވެ. މީގެ އިތުރުން، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ޚިޔާލުވެސް ފާހަގަ ކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މުރާސިލު ސައިޓުގެ އިސްވެރިންނަށް، ލިޔުންތެރިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް، އެފަދަ މީހުންގެ ލިޔުންތައް ޢާއްމުކޮށް ފެންނާނެފަދަ ގޮތަކަށް، އިންޓަނެޓުގެ ޛަރީއާއިން ބެލޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށްޓަކައި، މިފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނިންމާލަމުން ބުނަން އޮތީ، މުރާސިލަށް އަބަދުވެސް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެކެވެ. އަޅުގަނޑަށްވެސް މިދާއިރާއިން ދުވަހެއް ދުވަހަކަށް ކުރިއެރުން މިންވަރު ކޮށްދެއްވަވާތޯ މާތް ﷲ ގެ ހަޟުރަތުގައި އަދަބުވެރިކަމާއި، އިޚުލާޞްތެރިކަމާއިއެކު، އަބަދުވެސް ކުރެވޭ ދުޢާއެވެ.
  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 705

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލޯބި ހައިފާ.-.-.-.- (10)

" އޭ. ކީކޭ." ހައިފާއަށް ލިބުނު ކުއްލި ސިހުމުގައި، ހައިފާގެ އަތުން ރިހާން ނުވެއްޓުނީވެސް ކިރިޔާއެވެ.
" އަހަރެން މިބުނީ އަހަރެން ވަރަށް ލޯބިވެޔޭ. ހިތަށް އަރައޭ އަހަރެންގެ މިލްކަކަށް ހައިފާވާނެނަމައޭ." ހައިފާ ހަމަޖެހިލުމުން އަހަރެން ބުނީމެވެ.
" ދުވަހަކުވެސް ތިކަން ވާނެހެނެއް ހީއެއް ނުވޭ. ތިކަމަށް އިންތިޒާރު ނުކުރިއްޔާ ރަނގަޅުވާނީ.." ހައިފާގެ އަޑުގައިވާ މަޑުމޮޅިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
" އެކަމަކު، އަހަންނަށް އަޑުއިވިފަ އޮންނަނީ އެހެން ގޮތަކަށް. ނުރޯދަރިޔަކަށް ކިރެއް ނުލިބޭނެޔޭ. އެހެން މީހުންގެ ގާތުން ތިމާ އެދޭ ކަންތައްތަކަށް އެދުމުންނޭ އެކަންތައްތައްވާނީ. މީ ދޮގެއްތަ އަޅެ." އަހަރެން މަޑުމަޑުން ބުނެލީމެވެ.
" ތިކަމާއިޖެހޭނީ ފުންކޮށް ވިސްނަން. އަހަންނަކީ މީހެއްގެ އަނތްބަކަށް ވިޔަސްހެޔޮތަ؟ އޭރުން ކިހިނެއްތަ ޝައްފާފު ހަދާނީ؟" ހައިފާ އެހެން ބުނުމުން އަހަންނަށް ހުއްޓުން އެރި ކަހަލައެވެ.
" ތިހިސާބުން ޖެހޭނީ އިންތިޒާރުކުރަން. މިބުނީ މިހާރުގެ ކައިވެނި ރޫޅެންދެން. ނޫނީ އޭނާ ހައިފާ ވަރިކުރަންދެން." އަހަރެންގެ އަޑުގައިވީ މަޑުމޮޅިކަން ހައިފާއަށް ފާހަގަ ވާ ވަރަށް ބުނީމެވެ.
" ތިއީ އަންނާނެ ދުވަހެއް ހެނެއް ހީއެއްނުވޭ." ހައިފާ ބުނެލިއެވެ.
" އެކަމަކު........" އެހިސާބަށް ބުނިތަނާ ހައިފާ އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ. އެއަށް ފަހު، ޝަހާދަތް އިނގިލި އަނގަމަތީ އަޅާލުމަށްފަހު، އެވާހަކަ ކުރިއަށް ނުގެންދިއުމަށް އިޝާރާތްކުރިއެވެ.

އެހެންވެ، އަހަރެން އެވާހަކަ ކުރިއަށް ގެންދަން މަސައްކަތެއް ނުކުރަމެވެ. ހިތަށް އަރަނީ އެންމެ އެއްޗެކެވެ. ހައިފާގެ ޙަޔާތުގެ ވާހަކަ އަހަންނަށް ސިއްރުކުރަނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ ޙަޤީޤަތް ހާމަނުކުރަނީ ކީއްވެގެން ބާވައެވެ؟ ހައިފާއަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟ ހިނގަމުން ކެންޓީނާއި ދިމާލަށް ދިޔައިރުވެސް، އަހަރެންގެ ހިތުގައި ދައުރުވަނީ އެޚިޔާލުތަކެވެ. އެކަންތައްތައް މިއަދު ހޯދާފަ މެނުވީ ހައިފާގެ ގާތުން ދުރަށް ނުދިއުމަށް އަހަރެން ޢަޒުމު ކަނޑައެޅީމެވެ.

އަހަންނަށް ވަރަށް ކެތްކުރެވިއްޖެއެވެ. ދެނެއް ނުވާނެއެވެ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އަހަރެންގެ ޗުއްޓީ ނިމޭނެއެވެ. އޭގެ ކުރިން ހައިފާގެ ޙަޤީޤަތް އަހަންނަށް އިނގެން ބޭނުމެވެ. އެހާ ޅަޢުމުރުގައި އަހަރެންގެ ހިތުގައި ލޯބީގެ ޖަޒުބާތު އުތުރިއެރީ ހައިފާގެ މައުޞޫމު މޫނު ފެނުމުންނެވެ. އެމޫނު ފެންނަ ކޮންމެ ފަހަރަކު، ނޭނގޭ އިޙްޞާޞްތަކެއް ހިތުގައި ދައުރުވެއެވެ. ޖަވާބު ނުލިބޭ ސުވާލުތަކެއް ހިތަށް އަރައެވެ. އެހެނަސް، މިއަދު އެސުވާލުތަކުގެ ޖަވާބުތައް އަހަރެން ހޯދާނަމެވެ. އެކަން ކޮށްފައި މެނުވީ އަހަރެން ހުއްޓައެއް ނުލާނަމެވެ.

އަހަންނާއި ހައިފާ މަޑމަޑުންގޮސް، އިށީނީ ޕާރކް ތެރޭގައިވާ ކެންޓީނެއްގައެވެ.

" ކޯއްޗެއްތަ ކާނީ؟" އަހަރެން އަނހާލީމެވެ.
" ޝައްފާފު ބޭނުން ކޮންމެ އެއްޗެއް އަހަންނަށް ކަމުދާނެ." ކޮއްކޮ ހައިފާގެ ކައިރީގައި އިން ގޮނޑީގައި ބައިންދަމުން ބުނެލިއެވެ.
" ކޮއްކޮއަށް އައިސްކްރީމް." ވަރަށް މަޖާ ރާގަކަށް ކޮއްކޮ ބުނެލިއެވެ.

އަހަންނާއި ހައިފާ އޯޑަރ ދިނީ ފްރެޝް ޖޫހަކަށެވެ. ކޮއްކޮއަށް ގެނައީ އައިސްކުރީމެކެވެ. އަހަރެން މަޑުމަޑުން ކެފޭތެރެއަށް ބަލާލީމެވެ. އެހާ މީހުން ގިނައެއް ނޫނެވެ. ވަރަށް ފޯރީގައި ކޮއްކޮ އައިސްކުރީމް ބޮމުން ގެންދިޔައެވެ.

" އަހަރެން މިހުންނަނީ ވަރަށް ދެރަވެފަ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އަހަންނަށް މުޅިންވެސް ވިސްނެނީ ހައިފާއާއި ދޭތެރޭގަ. އަޅެ އަހަންނަށް އެންމެ ފަހަރަކަށް ނަމަވެސް، ހައިފާގެ ޙަޔާތުން ކުޑަ ތަންކޮޅެއް އަހަންނަށް ކިޔާދީބަލަ. ޕްލީޒް." ހައިފާގެ އަތުގައި ހިފަހައްޓަމުން އަހަރެން ބުނީމެވެ.
" މައްސަލައެއްނެތް. ތިވަރަށް އާދޭސްކުރަންޏާ ދެން ޖެހޭނީ ކިޔައިދޭންތާ. އަޑުއަނހާ." ހައިފާ މަޑުމަޑުން އޭނާގެ ޙަޔާތުގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

އިންސާފްކުރާ ފަނޑިޔާރަކުހެން އަހަރެން އަޑުއަނހަން ހުރީމެވެ.

" އެއީ މީގެ ދިހަ އަހަރު ކުރި. އަހަރެންގެ މައިންބަފައިން ކުއްލިގޮތަކަށް ބަލިވެގެން ބޭސްކުރަން އައީ ލަންކާއަށް. އެއީ އެބައްޔަށް ރާއްޖޭން އެއްވެސް ފަރުވާއެއް ކުރެވެން ނެތުމުން. އަހަރެމެންނަކީ ވަރަށް ނިކަމެތި ޢާއިލާއެއްގެ ބަޔެއް. ބޭސްފަރުވާޔަށް ސަލާމްޖަހައިގެން ލިބުނު ކުޑަލާރިކޮޅާއިއެކު، ލަންކާއަށް އައީ ވަރަށް ފޮނި އުންމީދެއްގަ. މަންމަގެ ބައްޔަށް އަވަސް ޝިފާއެއް ލިބޭތޯ. އަހަރެންގެ ވަރަށް ކުޑައިރު، އަހަރެންގެ ބައްޕަ ނިޔާވެއްޖެ. އެއަށްފަހު، އަހަރެންގެ މަންމަ ދެވަނަކައިވެންޏެއްކުރި. އެކައިވެންޏަށް އެއްވެސް ކުއްޖަކު ނުލިބޭ. އެއީ އަހަރެންގެ ނަޞީބުކަމަށް އަހަރެން ހީކުރިން. އެކަމަކު...." ހައިފާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

" ދެން ކިހިނެއްތަވީ؟" ހައިފާއަށް ހިތްވަރު ދެމުން އަހަރެން އަނހާލީމެވެ.
" އަހަރެން ހީކުރި ކަހަލަ މީހަކަށް ދޮން ބައްޕަ ނުވި. ކުރިން އަޑުއަނހަނީ ދޮން މަންމައިންގެ އަނިޔާވެރިކަމުގެ ވާހަކަ. އެކަމަކު، ދިރިއުޅުމުގައި އަހަންނަށް ދިމާވީ އެއަށްވުރެ، ބޮޑު ބިރުވެރިކަމަކާއި. އޭރު އަހަރެންގެ ޢުމުރުންވާނީ އެންމެ ތޭރަ އަހަރު. ދޮން ބައްޕަގެ ފަރާތުން އެހެން ކަހަލަ ކަމެއް ފާހަގަވީ އެހިސާބުން. އަހަރެން ވަރަށް ދެރަވި. މަންމަގެ ގާތުގައި ހުރިހާ ވާހަކައެއް ދައްކަންވެސް ހިތަށް އެރި. އެކަމަކު އަހަންނަށް ފުރަތަމަ ނުކެރުނު. އާއިލާއަށް ލިބިދާނެ ބޮޑު ބަދުނާމަކަށްޓަކައި އަހަރެން ފުރަތަމަ ކެތްކޮށްލައިގެން ހުރީ. އެކަންތައްތައް ފެށުނީ އެއް ރެއެއްގެ ދަންވަރު. އަހަރެން އޮތީ އަހަރެންގެ ކޮޓަރީގަ. އަހަންނަށް ހޭލެވުނީ މީހަކު އައިސް އަހަރެންގެ ގައިގައި އަތްލަމުންދަނިކޮށް. އެކަން އެނގުމުން އަވަސް އަވަހަށް އަހަރެން ބޮކި ދިއްލާލިން. އޭރު... އޭރު.." ހައިފާއަށް ރޮވެން ފެށުނެވެ.

އަހަރެން ހައިފާގެ ކޮނޑުގައި ފިރުމާލީމެވެ. ހައިފާގެ ހުރިހާ އެއްޗެއް ނޭގުނަސް ކުޑަ މިންވަރެއް އަހަންނަށް އެހިސާބުން އިނގުނެވެ.

ނުނިމޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-02 17:12:02 | Report this Comment
ވ ސަޅި:

ޖހހހހހހހހހހހހހހހހހހހ

Posted on 2010-09-12 13:48:47 | Report this Comment
ތިންކާ:

ވަރަށް ސަޅި މިވާހަކަ، ކުއްޖަކު ފޫހިވާހަކަ އެކޭ ބުނީމަ ކިޔާލީ އެކަމަކު ވަރަށް ރީތި .... ކުރިޔަށް ހުރިބައިތަކަށް އިންތިޒާރު ކުރަން. ވާހަކަ ލިޔުމުގެ ހުނަރު ވަރަށް ރަނގަޅަށް އެބަހުރި

Posted on 2010-11-13 16:24:50 | Report this Comment
ޒޯޔާ:

އަމާޒު ދުނިޔޭގަ އެބައުޅެން ތަ؟ ވާހަކަ ތައް އަޕް ކޮށްދީބަލަ.. ޕްލީޒް....

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.