ޢައިޝާން

  • ޝާއިޢުކުރި ތާރީޚް: 31 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 2511

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލޯބި ލިބުމުން....(15)

"ސަބާހު! ކިހިނެތްވީ؟ ހާދަ ލޯތްބެއް ވެގެން ތިއުޅެނީ؟ ކިހިނެތްވީ ދެމީހުންގެ މައްސަލައެއް ޖެހުނީތަ؟" ޝަބްނަމް ކޮޓަރީގެ ދޮރުފަތް ލައްޕައިލަމުން އަހައިލިއެވެ. ސަބާހު އެދުގައި އިށީނެވެ. ސަބާހު ހިނިތުންވެލިއެވެ. "މައްސަލައޭ. ގުޅުމެއް އޮވެގެނެއް ނު މައްސަލައެއް ޖެހޭނީ؟ މިހާރު އެއީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން." އެމޫނުމަތީގައިވާ ހިތާމައާއި މާޔޫސީ ކިތަންމެ ރަނގަޅަކަށްވެސް ޝަބްނަމްއަށް ފެނުނެވެ. އޭނާ ގޮސް ސަބާހު ކައިރީގައި އިށީނެވެ.
" އޭނަ އަހަރެންނަށް ބޭވަފާތެރިވީ. ޝަބްނަމް ބުނީ ހަމަ ތެދެއް. އެއްވެސް މީހަކަށް އެހާ އިތުބާރު ކުރާކަށް ނުވާނެ. އޭނަ އެހެން މީހަކާ ގުޅުން ބޭއްވީ. އަހަރެންގެ ލޯތްބަށް އޭނައަށް އިތުބާރު ނެތަސް އެހެން ހަދާކަށް ނުޖެހޭނެއްނު." ސަބާހުގެ ލޮލުން ޝަބްނަމްއަށް ކަރުނަ ފެނުނެވެ.
" އަހަރެންނަށް މާފް ކުރޭ! އަހަރެންނަށް އެގޭ މާކުރިން. އަހަރެންނަށް ބުނަން ނުކެރުނީ." ޝަބްނަމް ސަބާހުއާއި ކައިރިވެލިއެވެ.
"އަހަރެން އެކަމާ ދެރައެއް ނުވޭ. އަހަރެންނަށް ވިސްނުނު ޝަބްނަމް އެއްކަލަ ރޭ ބުނަން އުޅުނީ އެވާހަކަކަން. އެޓްލީސްޓު ޔޫ ޓުރައިޑް ޓު ޓެލް މީ ދި ޓުރޫތު.އަހަރެން ދެރަވަނީ އަހަރެންނަށް ޝަބްނަމްއަށް އުފެލެއް ނުދެވޭތީ. އަހަރެން ބޭނުންވަނީ މިހިސާބުން ދެމީހުންގެ ގުޅުން ނިންމާލަން." ސަބާހުގެ ޖުމްލަ އަޑުއިވުމުން ޝަބްނަމްއަށް ސަބާހުއާއި ދުރަށް ޖެހިލެވުނެވެ. އޭނަ ކީއްވެހޭ އަހާފަދަ ގޮތަކަށް ސަބާހުގެ މޫނަށް ބަލައިލިއެވެ.
"އަހަރެންނަކަށް ނޭގެ. އަހަރެންނަށް ޝަބް ކަމަކުނުދޭ. އަހަރެން ބޭނުންވާފަދަ އަރާމެއް ޝަބްނަމްގެ ފަރާތުން އަހަރެންނަކަށް ނުލިބޭ...." ޝަބްނަމްއަށް ބޯހޫރައިލެވުނެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ ސަބާހުގެ ވާހަކައިން އޭނާގެ ހިތްކުދިކުދިވެގެން ދިޔައެވެ. އެހެންވާނީވެސް ކިހިނެތް ހެއްޔެވެ؟ ސަބާހު އޭނާގެ ހިތާ ހަށިގަނޑާ އެގޮތަށް ގުޅުނުއިރު އޭނާއަށް ސަބާހުއަށް އެހާ ލައްޒަތު ނުދެވުނީ ކީއްވެ ހެއްޔެވެ؟ އުނިކަމެއް އޭނާގެ ކިބައިގައި ހުރީކަން ޔަގީނެވެ. އެހެން.....ޝަބްނަމް ކަރުނަތައް އޮއްބާލިއެވެ. ދެރަވިޔަސް ރޯކަށް އޭނާ ބޭނުމެއްނުވެއެވެ.
" ސަބާހުއަށް އަހަރެން ކަމުނުދަންނާ ސަބާހު އެހެން އަންބަކު ހޯދިޔަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ސަބާހު އަހަރެން ދޫކޮށްނުލާތި. އަހަރެމެންނަށް ހަމަ ކުރިން އުޅުނުހެން އުޅެވިދާނެ." ޝަބްނަމް ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.

ދެން އައީ ޝަބްނަމްއަށްޓަކައި ވޭންދެނިވި ދުވަސްތަކެކެވެ. ސަބާހު އޭނާއާއި އެއް އެދެއްގައި ނިދައެވެ. އެއްކޮޓަރިއެއްގައި އުޅެއެވެ. އޭނާއާއި ވާހަކަ ދައްކައެވެ. އެހެންނަމަވެސް އޭނާއާއި ދިމާއަށް ސަބާހު ބަލަނީ ބީރައްޓެހި ގޮތަކަށެވެ. ޝަބްނަމްއަށް އިހުސާސްވާން ފެށީ އެކަނިވެރިކަމެވެ. ސަބާހު އޭނާ ބާކީކުރަމުންދާތީއެވެ. އެދުވަސްވަރު ޝަބްނަމްއަށް އެހެންކަމެއްވެސް ފާހަގަވާން ފަށައިފިއެވެ. ސަބާހު ގޭގައި އުޅެންޏާ އަބަދު ކޮޓަރީގައި އޮންނަކަމެވެ. އޭނާގެ ވަރުގަދަ ހަށިގަނޑު އަނަރޫފަވަމުން އަންނަކަމެވެ. ސަބާހުއަށް މިވަނީ ކިހިނެތް ހެއްޔެވެ؟ ސަބާހުވެސް ދިރިއުޅުމާ ދޭތެރޭ މާބޮޑަށް ވިސްނަނި ހެއްޔެވެ؟ ނޫނީ އެއީ ރޯދައިގެ އަސަރު ހެއްޔެވެ؟ އެހެންނޫނީ ސަބާހު ބައްޔެއް ވީ ހެއްޔެވެ؟ ސަވާލު ކުރިޔަކަސް ސަބާހުގެ ފަރާތުން އޭނާއަކަށް ޖަވާބެއް ނުލިބެއެވެ.
އެއްރެއެއްގެ ރޭގަނޑެވެ. ޝަބްނަމް ފެންވަރައިގެން ނިކުންއިރު ސަބާހު ބޭސްތަކެއް ކާން ހުއްޓެވެ. ސަބާހު ފެނަވަރަން ވަނުމުން ޝަބްނަމް ގޮސް ބޭސްތައް ބަލައިލިއެވެ. މިއީ ކޮންހާ ބޭސްތަކެއް ހެއްޔެވެ؟ ސަބާހުއަށް ވީ ކިހިނެތް ހެއްޔެވެ؟
"ސަބާހު މިއީ ކޮން ބޭސްތަކެއް؟" ސަބާހު ބޭރަށް ނުކުތުމާއެކު ޝަބްނަމް ބޭސްތައް ދައްކާލާފައި އަހައިލިއެވެ.
" ތި ހުރިހާ އެއްޗަކީ މަގޭ އެއްޗެއް ނޫން. ބޮލުގަ ރިއްސާތީ އަހަރެން ބޭސް ކެއީ." ސަބާހު އަވަސްއަވަހަށް ބޭސްތައް ޝަބްނަމް އަތުން އަތުލިއެވެ. އަދި ޑުރޯވަރަށް ލާ ތަޅުލިއެވެ. ސަބާހު ތައްޔާރުވަމުން ދިޔައިރު ޝަބްނަމް ހުރީ ބަލާށެވެ. ސަބާހުގެ ބިޔަ ރީތި ހަށިގަނޑަށެވެ. ކުރީ ރޭގެ ހަނދާންތައް އޭނާގެ ހިތަށް ވަންނަމުންދިޔައެވެ. އެހަށިގަނޑުގައި ބީހިލުމަށް ހިތް އެދެމުންދިޔައެވެ. ނަމަވސް އޭނާ އަމިއްލަ ނަފުސް ކޮންޓުރޯލްކުރިއެވެ. އެޖަޒުބާތުތައް އޮބަހެއްޓިއެވެ. ސަބާހު އޭނާއަށް ލިބިފައިވެސް ނުލިބުނެވެ. ސަބާހުގެ މީހަކަށް ވެވުނެވެ. އެހެންނަމަވެސް ސަބާހުގެ ހިތުން އެއްވެސް މަގާމެއް އޭނާއަކަށް ނުލިބުނެވެ. ސަބާހުއަށް ޝަބްނަމްގެ އިހުސާސްތައް އޭނާގެ ލޮލުން ފެނެއެވެ. އެއަންހެންކުއްޖާގެ ޖަޒަބާތުތައް އޭނާގެ ހިތަށް ތަދުކުރަމުންދެއެވެ. ސަބާހު ކަޅާ ރަތުގެ ޓީޝާޓަކާ ޖިންސެއް އަޅައިގެން ނުކުމެގެން ހިގައްޖެއެވެ. ޝަބްނަމް ފާޚާނާއަށް ވަނީ ސަބާހު ގެންގުޅުނު ތުވާލު ބާއްވާށެވެ. ތުވާލު އަޅުވާލާފައި އެތާގައި އޮތް ސަބާހުގެ ޖިންސް ނަގައިގެން ނުކުމެ އޭނާ ޖިންސްގެ ޖީބުތައް ބަލައިލިއެވެ. އާދައިގެމަތިންނެވެ. އޭނާއަށް ކަރުދާސްކޮޅެއް ފެނުނެވެ. އެއީ އުޔޫން މެޑިކަލް ކިޔާ އަމިއްލަ ހޮސްޕިޓަލެއްގެ ބޭސްސިޓީއެކެވެ. އިއްޔެގެ ތާރީޚެވެ. ސަބާހު ހޮސްޕިޓަލަށް ދައްކަންވާވަރަށް ބަލި ހެއްޔެވެ؟ ޝަބްނަމް އުޅުނީ ސަބާހުއަށް ގުޅަން ކަމަށެވެ. އެކަމަކު ސަބާހުގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ވިސްނުމުން އޭނާ އެހިޔާލު ދޫކޮށްލިއެވެ. ސަބާހު އެއުޅެނީ އެކަން އޭނާއަށް ސިއްރު ކުރާށެވެ. އެފަރުދާ ކަހާލަން ޖެހޭނީ އޭނާ އަމިއްލައަށެވެ.

ޑރ. އިޝާން އަހުމަދު ޑިޔުޓިގަ އެބައިންތޯ؟" ޝަބްނަމް އަހައިލީ އުޔޫންގެ ކަސްޓަމާރ ރިލޭޝަންސްގެ ކައުންޓަރަށް ގޮހެވެ.
" މިވަގުތު ޑިޔުޓީގަ ނެތް. " އެއަންހެންކުއްޖާ ހިނިތުންވެލާފައި އެހެން ބުނެލީ އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ "އެހެންތަ؟ ކޮންއިރަކުތޯ އިޝާން މިކޮޅުގަ އުޅުއްވާނީ؟ އަޅުގަނޑު ވަރަށް މުހިންމު ކަމަކު.....ފޯނު ނަމްބަރު؟؟
"ސޮރީ. ޕާސަނަލް ނަމްބަރު ނުދެވޭނެ. މިދުރުވަނީ ޑޮކްޓަރު އައްސަވާލައްވަންވީ ނޫންތޯ؟" ޝަބްނަމް އެބުރިލިއެވެ. އެދިމާއަށް އައިސްއައިސް ހުރި އިޝާން ފެނުމުން އޭނާއަށް ހައިރާންވިއެވެ.
"އިޝާން! މިތާތަ އުޅެނީ؟" ޝަބްނަމް ފެނުމުން ހުއްޓުނު އިޝާން ކައިރިއަށް ޝަބްނަމް ދިޔައެވެ.
" އާނ. ޝެމީ މިތާ ކީއްތަ ތިކުރަނީ؟ ބަލިވީތަ؟ ގެއަށް ދަންނާ ހިގާ ލިފްޓެއް ދޭނަން." ސައިކަލުގެ ތަލުދަނޑި އަބުރާލަމުން އިޝާން އެދުނެވެ.
"ގެއަށް ދެން ދާނީ..... އިޝާން ސަބާހުއަށް ކިހިނެތްވީތަ؟" ޝަބްނަމް އިޝާންއާއި އެކު ހިގައިގަތެވެ. އިޝާންއަށް ޝަބްނަމްގެ އަޑު އިވުމުން ހުރި ފިޔަވަޅު މައްޗަށް ހުއްޓެވުނެވެ. ހީވާކަހަލައެވެ. އެއީ އޭނާ އަޑު އުއްމީދުކޮށްގެން ހުރި ސުވާލެއް ނޫނެވެ.
"މާބޮޑު ކަމެއް ނުވޭ. މާބޮޑަށް ބޮލުގަ ރިއްސާތީ އަހަރެން ކައިރިއަށް އައީ " ޝަބްނަމްއަށް ލިބުނީ އެޖަވާބެވެ. ދެން އިތުރު ސުވާލުތަކެއް ކުރަން އޭނާއަކަށް ނުކެރުނެވެ. ބޮޑަށް އެހެން ޖަވާބެއް ލިބޭނެހެން ހީނުވީއެވެ.

" ޝަބްނަމް! ކިހިނެތްވީ؟ ފިރިމީހާގެ ވާހަކަ އަހައިލީމަ ކީއްތަ ތިވީ؟" މާނިލް ޝަބްނަމްގެ އަތުގައި ހިފައިލިއެވެ. ޝަބްނަމް ސިހިފައި ބަލައިލިއެވެ. މާނިލް ފިރިމީހާ ކޮބައިތޯ އަހައިލުމުން އޭނާ ކުރީގެ ހަނދާންތައް އާވީއެވެ. އެމީހުން ތިބީ ޑައިނަމޯގެ ރެސްޓޯރެންޓެއްގައެވެ. ކަނޑުން ޖެހޭ މަޑުވައިރޯޅިތައް މަޑުމަޑުން އައިސް އެމީހުންގެ ގައިގައި ބީހެމުންދެއެވެ.
" ކޮބާތަ ވެއިޓަރަ؟ އަދިވެސް ސަބްމެރިން ގެންނާކަށް ނުވޭތަ؟" ޝަބްނަމް އަހައިލިއެވެ. ސަބާހުގެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ.
އެވަގުތު މީހަކު ވަރަށް ގަދައަށް ކެއްސައިގަތް އަޑު އިވުނެވެ. ޝަބްނަމް އެބުރި ބަލައިލިއެވެ. އަވަގުތު އޭނާއަށް ފެނުނީ އިޝާންއެވެ. އިޝާން ދިޔައީ ކޮންމެވެސް މީހެއްގެ ފަހަތުންނެވެ.
"މާނިލް! އަހަރެން އެބައަންނަން. ވާރޭ ވެހެން އެއުޅެނީ. މިވަގުތު މިދިމާ ބީޗް ވަރަށް ހިތްގައިމުވާނެ." ޝަބްނަމް ބޭނުންވީ އިޝާން ދިޔަ ދިމާއަށޤ ދާށެވެ.
ޝަބްނަމް ގަސްބޮނޑިއާއި ނިވާވެލިއެވެ. އެތަނުގައި ހުރި ހިލަ ގޮނޑިއެއްގައި އިޝާން އިށީދެގެން އިނެވެ. އޭނާ ކައިރީގައި މޫދާ ކުރިމަތިލައިގެން ހުރީ ދަންނަ މީހެއްހެން ޝަބްނަމްއަށް ހީވިއެވެ.

"އަހަރެންނަށް ފެންނަނީ ދެން ތިކަންތައް ގޭމީހުންނަށް އަންގަން. މިހާރު ކިހާ ދުވަހެއް؟ ތިހާ ބަލިކޮށް އުޅޭތާ؟ އަހަރެންމީ ހަމައެކަނި ސޮބާގެ ޑޮކްޓަރެއް ނޫން. ރަހުމަތްތެރިއެއް." އެއަޑު އިވުމުން ޝަބްނަމްއަށް ހައިރާންކަމެއް ލިބުނެވެ. އިޝާންއާއި ސަބާހުގެ އެހާ ގާތް ރަހުމަތްތެރިކަމެއް އޮންނަކަން ކުރިއަކުން އޭނާއަކަށް އެގިފައެއް ނެތެވެ.
" ސޮބާ! މިހާރު ސޮބާއަށް ކިހިނެތްތަ ތިވަނީ؟ ސޮބާ ވިސްނަންވީ ސޮބާގެ ސިއްހަތާ ދޭތެރޭ، ޝެމީއަށް އެގިދާނެތީ ކަންބޮޑުނުވޭ!" އިޝާން އެހެން ބުނުމުން އަދި ބޮޑަށް ޝަބްނަމް ހައިރާންވިއެވެ. އޭނާއަށް އެގިދާނެތީ އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟
" ކިހިނެތް ތިބުނާހެން ކޫލްކޮށް އުޅޭނީ؟ ޝަބްވެސް އެއީ އަންހެނެކޭ. އޭނައަށްވެސް ފީލްވެޔޭ. އަހަރެމެން އެގިތިބެ އޭނައަށް ކިހިނެތް މިހަދަނީ. އިޝާން ބުނީ ޝަބް ލޯތްބެއް ނުވާނޭ. އެއީ އެހެން ކުދިން ކަހަލަ އިމޯޝަނަލް ކުއްޖެއް ނޫނޭ. އަހަރެންވެސް ބެލިން. އެއީ ތަފާތު ކުއްޖެއް. އޭރު އޭނަ އުޅުނު ގޮތުން ހިއެއް ނުވޭ އެއްވެސް ފިރިހެނަކަށް އޭނާގެ ހިތުން މަގާމެއް ދޭނެހެން. އަހަރެންވެސް އޭނައަށް ގުޅިން. އެތައް ވާހަކައެއް ދެއްކިން. އެކަމަކު ޝަބް ހުރީ އޭނަގެ ގޮތުގަ. އިޝާން ބުނީ އިންނާށޭ. އެހެންވެ އަހަރެން އޭނައާއި އިނީ...އެކަމަކު" ސަބާހު އެބުރުނެވެ. ޝަބްނަމް ގަސްބޮޑީގެ ފުރަގަހަށް ވަނެވެ. ފަހަތުން އައި މާނިލްވެސް ހައިރާންކަމާއެކު އެވާހަކަތައް އަޑުއަހަން ހުއްޓެވެ. ޝަބްނަމްގެ ދުނިޔެވެސް އެބުރެން ފަށައިފިއެވެ. ހަގީގަތް ކަޝްފުވާން ފެށުމުން ދުނިޔެވެސް ކުޑަވަމުންދާހެން އޭނާއަށް ހީވާން ފަށައިފިއެވެ.
"އަހަރެން ބުނީ. އިންނާށޭ. އެކަމަކު އެހާ ގާތްކޮށް އުޅޭށޭ ނުބުނަމެއްނު. ސަބާހު ބޭނުންވީ މަންމައަށް ޅީދަރިއެއް. ސަބާހު ދެކެ ލޯބިވާ މީހަކާ އިންނާކަށް ބޭނުމެއްނުވި. ޝައިބާއާއި އިންނަން މަންމަމަމެންވެސް ގަބޫލުނުވާނެތީ ޝައިބާއާއި އިންނަން ނޫޅުނީ. ލޯބިނުވާނެކަހަލަ މީހަކަށް އަހަރެންނަށޤ ފެނުނީ ޝަބްނަމް. އަހަރެންނަށް ކިހިނެތް އެގޭނީ ޝައިބާ ދެކެ އެހާ ލޯބިވާ މީހަކު ޝަބްނަމްއަށް އަންބެއްގެ މަގާމު ދޭނެކަމެއް." އިޝާން ބުނެލިއެވެ.
"އަހަރެން ދިނީކީ ނޫން.ދެވުނީ. އަހަރެންނަކަށް ނޭގެ އެރޭވީ ކިހިނެތްކަމެއް؟ އަހަރެން ބޭނުން މިކުޅިވަރު ހުއްޓާލަން. އަހަރެންނަށް ދެން މިހެން ނޫޅެވޭނެ. އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ. އޭނަ އަހަރެންނަށް ބޭވަފާތެރިވިޔަސް އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހިތުން އެމަގާމް ޝަބްނަމްއަށް ދޭކަށް. އަހަރެން ކިހިނެތް ދެން ހަދާނީ؟ ޝަބްއަށް އަހަރެންނާ ނުލައި ނޫޅެވޭނެ." ޝަބްނަމް ދެން އިތުރަށް އަޑުއަހާކަށް ބޭނުމެއްނުވިއެވެ. ދެން އިތުރަށް އަޑުއަހާނެ އެއްޗެއް ނެތީމައެވެ. ހުރިހާ ހަގީގަތެއް އެގިއްޖެއެވެ. ހުރިހާ ސިއްރެއް ފާޅުވެއްޖެއެވެ. އަނެއްކާވެސް އޮޅުވާލުމެކެވެ. މަކަރެކެވެ. އެކަމުގައި ބައިވެރިވީ ހަމައެކަނި ސަބާހުއެއް ނޫނެވެ. އޭނާގެ ރަހުމަތްތެރިޔާވެސް އޭނާއަށް ކެހިދިނީއެވެ.ޝަބްނަމް މަޑުމަޑުން ހިގައިގަތެވެ. ތޮށިގަނޑު ކައިރިން އޭނާ ހިގަމުން ދިޔައިރު ކަރުނަތައް އޭނާގެ ލޮލުން އޮހެމުންދެއެވެ. އަމިއްލަ މޮޔަކަމާމެދު އަމިއްލަ ނަފުސް ކުށްވެރި ކުރަމުންނެވެ. އޭނާ ކަހަލަ މީހަކާ ސަބާހު ކަހަލަ މީހަކު ސަބަބެއް ނެތި އިދެފާނެއޭ އޭނާއަށް ހީކުރެވުނީ ކީއްވެ ހެއްޔެވެ؟ ޝަބްނަމް ހިގަމުންދިޔައެވެ. މަޑުމަދުން ބީހެމުންދާ ރާޅުތައްވެސް އޭނާގެ ހިތަށް ތަސައްލީއެއް ނުދެވެއެވެ. ޖެހެމުންދާ ވައިރޯޅިތަކަށްވެސް އެލޮލުން ތެތްކަމެއް ކަޑުވައެއް ނުލެވުނެވެ. ވާރޭވެސް ވެހެން ފަށައިފިއެވެ.

އެހެންނަމަވެސް ސަބާހުއަށް އެކަމުގެ ހިލަމެއްވާހެނެއް ހިއެއްނުވެއެވެ. އޭނާ އެއިން ގޮތަށް ގޮނޑީގައި އިށީދެލައިގެން އިނެވެ. ލޮލުން ކަރުނަތއް ފައިބަމުންދެއެވެ. އަމިއްލަ ތަގުދީރާމެދުގައެވެ. އަމިއްލަ ނަސީބާމެދުގައެވެ. އޭނާ އެއްގޮތަކަށްވެސް ޝަބްނަމްއަށް އެހެން ހަދާކަށް ބޭނުމެއްނުވއެވެ. ޝަބްނަމްއަށް އެހެންވާކަށް އޭނާ ނޭދެއެވެ. ޝަބްނަމްއާއި ކައިވެނިކުރަން އޭނާ ނިންމީ އެންމެ ސަބަބަކާ ހެދިއެވެ.
މީހެ 8މަސްކުރިން އޭނާއަކީ މިހާރުގެ އެސަބާހުއެއް ނޫނެވެ. އޭރު އޭނާ އުޅުނީ އަމިއްލަ ދުނިޔެއެއްގައެވެ. އުފަލާ މަޖަލުގެ ތެރެގައެވެ. ފައިސާއާއި އެކު ގަދަރާ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަށްވާނަމަ އޭނާ އުޅުނީ ހިތްހަމަޖެހިގެން އުޅުނީ އޭގެ ސަބަބުންނެވެ. މަންމަގެ ލޮލުގެ ނޫރަށް ވުމާއެކުވެސް މަންމަ އޭނާއަށް ދިން ތަރުބިއްޔަތުވީ އޭނާގެ ޝަހުސިއްޔަތުގެ ބިންގަލަށެވެ. އެތަރުބިއްޔަތު އެނާ އެތައް އަހަރުތަކެއް ބޭރުގައި ހޭދަކުރިއިރުވެސް އޭނާގެ ފިޔަވަޅުތައް ކަސިޔާރުވެގެން ދިޔަކަ ނުދިނެވެ. މާލެ އޭނާއައީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-31 00:33:34 | Report this Comment
ޝަޒޫ:

ވވވވވ ރީތި،،،، އަނެއްބަޔަށް އިންތިޒާރު ކުރަން،،

Posted on 2010-08-31 07:38:25 | Report this Comment
ލާލީ:

ވވވވ ރީތި. ދެންއަޅެ ޝަބް އަށްހާދަދެރަ ގޮތްގޮތޭ ތިވަނީ. އެމެން އެކުވެގެން ތިހެންނަހަދަބަލަ. އނެއްކާ ޝަބް އެދަނީ މަރުވަންތަ. ސަބާ އަށް ފެންނާނެތަ، ވވވވ ރީތި އަވަހަށް16 ލޯޑްކއްދެއްޗޭ. އަޢީޝް އަވަރަށް އުޖާލަ މުސްތަޤްބަލަކަށް އެދެން.

Posted on 2010-08-31 09:29:43 | Report this Comment
އައިފާ :

ހާދަ ރީއްޗޭ މި ވާހަކަ.....މިހާރު ކިޔާހިތުން ހުރެވެނީކީވެސްނޫން.....ޕްލީސް ތަންކޮޅެއް އަވަހަށް މިވާހަކަ އަޕްޑޭޓް ކޮށްދީބަލަ......ތިކުރާބުރަމަސައްކަތަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން....

Posted on 2010-08-31 10:12:47 | Report this Comment
ލަޔާލް:

ވވވވވވވވ ސަޅި އެކަމަކު މިބައި ފެށިގެން އައި އިރު ވަރަށް ހަމަޖެހޭ މެދަކާ ހިސާބުން އެވެގެންދާ ގޮތް ހަމަ އެއް ގޮތަކަށްވެސް ނޭއްގުނު ތަކުރާރުކޮށް މިބައި ކިއިއްޖެ ނަމަވެސް ހަމަ ނޭއްގުނު އަވަސް އަނެއް ބަޔަށް އިންތިޒާރު ކުރަން

Posted on 2010-08-31 11:19:15 | Report this Comment
ޝާމީ:

އަނެއްކާ ސަބާހު އަށް އެއިޑްސް ޖެހުނީތަ؟؟؟؟؟

Posted on 2010-08-31 12:45:17 | Report this Comment
ރޯޒް:

ލިޔުންތެރިކަމުގެ ރޮގުން ކުރިޔަށް ދިއުމަށް އަދަށްވުރެ ފަހި މާދަމައެއް ދެއްވާށި. މިވާހަކަ ވަރަށް ސަޅި އައިޝް. އަނެއްބައި އަވަހަށް އަޕް ކޮށްދޭނަންދޯ. އަޅެ ޝަބް ހާދަ ދެރައެއް ވާނެއޭ ދޯ. އަނެއްކާ ޞަބާހު އަށް ޝިފާއެއް ނެތް ބައްޔެއް ޖެހުނީތޯ. ވާހަކަ ކިޔަމުންދާއިރު އަހަންނަށް ހީވަނީ އަހަންނަކީ ޝަބް ހެން. ހަމަ އެވަރަށް ދެރަވޭ.

Posted on 2010-08-31 12:54:50 | Report this Comment
ސަލް:

ވވވވވވވވވވވވވވވވވ.ނައިސް

Posted on 2010-09-01 10:56:29 | Report this Comment
ރޯޒް:

އައިޝް ހާދަ ސަޅިއޭ. އަވަހަށް އަޕް ކޮށްދެއްޗޭ. ވވވވވވވވވވވވވވވވވވވވވވވވވވވވވ.ނައިސް. ޕްލީލީލީލީލީލީޒް.

Posted on 2010-09-01 22:19:19 | Report this Comment
ޒިހޫ:

ވވވވވވވވ ސަޅި

Posted on 2010-09-01 22:44:38 | Report this Comment
ޒިހޫ:

ވވވވވވވވވސަޅި

Posted on 2010-09-02 12:18:10 | Report this Comment
ރޯޒް:

ޕްލީލީލީލީލީލީލީލީލީލީލީލީލީލީޒް އައިޝް އަވަހަށް އަޕްކޮށްދީ. އަހަންނަކަށް ދެނެ ކެތެއްނުކުރެވޭނެ.

Posted on 2010-09-02 15:35:35 | Report this Comment
މީނާ:

އައިޝް ހާދަ ލަހުންނޭ އަޕްލޯޑް ކުރަނީ. ތަންކޮޅެއް އަވަސް ކޮއްބަލަ

Posted on 2010-09-02 20:34:13 | Report this Comment
ޒައިހާ:

ހާދަ ގޯހޭ ސަބާހް. ކޮން ޝަބްނަމް އަށް ކޮންހަސަދައެއްތަ އެފިލުވަނި....މިހާރު ހަޑި އަބަދު ޝަބުނަމް އަށް ދެރަލިބޭތީ....................

Posted on 2010-09-03 00:02:00 | Report this Comment
އައިސް:

ވަރަށް ސަޅި މިބައި ވެސް. އަވަހަށް އަޕްޑޭޓް ކޮށްބަލަ.

Posted on 2010-09-04 11:33:02 | Report this Comment
ފޒޫ:

ަވަރަށް ސަޅި ދޯ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.