އަމާޒް
އާދައިގެ އިންސާނަކީމެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ލިޔުންތެރިކަމުގެ ދާއިރާގައި ކުރިޔަށްދެވޭތޯ ގަދަ އަޅާ ބުރަ މަސައްކަތްކުރާ މީހެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން، ވާހަކަލިޔުމުގެ ފަންނުގައި ނާއީގެ ލޮބުވެތި ބައްޕަ ބިންމާ އިބްރާޙީމު ވަޙީދު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަޢުލީމީ ޙަޔާތުގައި މަޖީދިއްޔާ ސްކޫލުން ލިބިފައިވާ އެހީތެެރިކަމާއި އެއް ބާރުލުން ފާހަގަކުރަމެވެ. ބައެެއް ކުރު ދިވެހި ކޯސްތަކުގައި، މަރުޙޫމު ސައިކުރާ އިބުރާޙިމް ނަޢީމު، ޢަބްދުﷲ ޞާދިޤް، ކަށިމާ ޝާކިރު، ފަރެސް އާމިރު، އަދިވެސް ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިން ދެއްވާފައިވާ އަގުހުރި މަޢުލޫމާތުތަކަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ. މިމައިދާނުގައި އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑުގެ ގަލަން ހިނގުމުގެ ބާރެވެ. މީގެ އިތުރުން، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ޚިޔާލުވެސް ފާހަގަ ކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މުރާސިލު ސައިޓުގެ އިސްވެރިންނަށް، ލިޔުންތެރިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް، އެފަދަ މީހުންގެ ލިޔުންތައް ޢާއްމުކޮށް ފެންނާނެފަދަ ގޮތަކަށް، އިންޓަނެޓުގެ ޛަރީއާއިން ބެލޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށްޓަކައި، މިފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނިންމާލަމުން ބުނަން އޮތީ، މުރާސިލަށް އަބަދުވެސް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެކެވެ. އަޅުގަނޑަށްވެސް މިދާއިރާއިން ދުވަހެއް ދުވަހަކަށް ކުރިއެރުން މިންވަރު ކޮށްދެއްވަވާތޯ މާތް ﷲ ގެ ހަޟުރަތުގައި އަދަބުވެރިކަމާއި، އިޚުލާޞްތެރިކަމާއިއެކު، އަބަދުވެސް ކުރެވޭ ދުޢާއެވެ.
  • ޝާއިޢުކުރި ތާރީޚް: 28 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1477

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސާއީ .-.-.-. (4)

މިއީ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެވޭ ވާހަކައެކެވެ. މިވާހަކައިގެ ތަންތަނާއި ދެކެވިފައިވާ ވާހަކަތަކުވެ %90 ބިނާވެގެންވަނީ ޙަޤީޤީތުގެ މައްޗަށެވެ. 18 އަހަރުން ދަށުގެ ކުދިން މިވާހަކަ ކިޔުމަކީ މަނާކަމެކެވެ.

" ކޮބާތަ ޝާންގެ މަންމަ؟ މަންމައާއި ބައްދަލުކުރާކަށްނު މިއައީ؟" ސާއީ އަނހާލިއެވެ.
" ކޮޓަރީގައި އެބައިން. ގޮސް ވާހަކަ ދައްކާލަބަލަ. ވަރަށް ވާހަކަ ހުންނާނެ މަންމަގެ." އަހަރެން ބުނީމެވެ.

ސާއީ މަންމަ ގާތަށް ދިއުމުން އަހަރެން ދިޔައީ ގޭގެ ބެލްކަންޏަށް ސިގިރޭޓެއް ބޯލާށެވެ. އެތަނުގައި އަހަރެން ވިސްނާލީމެވެ. ސާއީ އަކީ ކޮންކަހަލަ ކުއްޖެއް ބާވައެވެ؟ އަހަންނަށް ލޯބިވެވުނީ ފުރަތަމަ ނަޒަރުންނެވެ. ސާއީ އާއި ބެހޭގޮތުން އަހަންނަށް އިނގޭނީ ހަމައެކަނި ސާއީ ބުނާ އެއްޗެކެވެ. އެއްވެސް މީހަކު އަމިއްލައަށް އެމީހެއްގެ ދެރަ ނުވަތަ ގޯސް ވާހަކައެއް ނުދައްކާނެއެވެ. މީއެޒަމާނެއް ނޫނެވެ. ކަންކަން ޖެހޭނީ ހޯދާށެވެ. ބައެއް ފަހަރު ހިނިވެސް އާދެއެވެ. މާއަވަހަށް ސާއީދެކެ ލޯބިވެވުމުންނެވެ. ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ނޭގިވެސް ވެވެއެވެ. ކުއްލިއަކަށްވެސް ލޯބިވެވިދާނެއެވެ. އަހަންނަށް މިވީ މިހެންނެވެ.

" ހަމަ މިހާރު ސިގިރޭޓް އެއްލާލަ! ކީއްކުރަންކުރާ ކަމެއްތަތީ؟ ތީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭކަމެއް؟" އަހަރެންގެ ތުބުގައި ސިގިރޭޓް ހުއްޓައި ޖަހާއިގަތުމަށްފަހު، ސިގިރޭޓް އެއްލާލަމުން ސާއީ ބުނެލިއެވެ.
" އެހެން އެއްޗެއް ބޯން ނުލިބެންޏާ ދެން މިކަމެއްނު ކުރާނީ. ވަރަށް އަވަހަށް ހުއްޓާލާނަމޭ." އަހަރެން ބުނީމެވެ.
" މަންމަވެސް ދެއްކީ ތިވާހަކަ. ސިގިރެޓް ބޮންޏާ އަތުގައި އެއްވެސް އެއްޗެއް ހަރެއްނުލާނެ. އިނގިދާނެތާ! އަހަންނާއިއެކު އުޅެންޏާ ބަރާބަރު ތިންމަސް ދުވަހުގެ ތެރޭގައި ތި ޝާން މީހަކަށް ހަދާލާނަން! އެބަހުރިތަ ހިއްވަރު؟" އަޑަށް ބާރު ލަމުން ސާއީ ބުނެލިއެވެ.
" ހިތްވަރު ނެތަސް، ދެންޖެހޭނީ ކަށިން ހިތްވަރު ނެރެގެންވެސް ތިކަންކުރަންތާ. އެގިދާނެތާ ވާއެއްޗެއް؟" ސާއީގެ ކޮލުގައި ހިފާލަމުން އަހަރެން ބުނީމެވެ.
" މަންމަ ދެއްކިތަ ވަރަށް ވާހަކަ؟" އަހަރެން އަނހާލީމެވެ.
" ވަރަށް ވާހަކަ ދެއްކި. ޝާންގެ އެއްވެސް ޕްލަސް ޕޮއިންޓެއްނެތް. މުޅިން މައިނަސް އޮތީ ޝާންގެ ޞަފްޙާގަ. އެހުރިހާ ކަމެއް ވަރަށް އަވަހަށް ރަނގަޅުކުރަންޖެހޭނެ. އެހެން ނޫނީ ސާއީއަކަށް ޝާންއާއިއެކު ނޫޅެވޭނެ." ބެލްކަނީގައިވާ ގޮޑީގައި އިށީންނަމުން ސާއީ ބުނެލިއެވެ.
" ދެން ރަނގަޅުކުރާނީ." އަހަރެން ބުނީމެވެ.

އަހަރެން ސާއީގެ އުނގުގައި އިށީނީމެވެ. ދެން ސާއީގެ މޭގައި ބޯއަޅާލީމެވެ. ސާއީގެ ފިނި އަތުން އަހަރެންގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އަހަރެން ވަރަށް އުފާވިއެވެ. ސާއީގެ ފަރާތުން އަހަންނަށް ލޯބި ލިބޭތީއެވެ.

" ދެންދޭ ސާއީ ގެއަށް ލާން. މިހާރު އެއޮތް ދިހަގަޑި ބައިވަނީ. މަންމަ އެހާ ހިތްހަމައެއްނުޖެހޭނެ ނީދެ ފާޑުފާޑަށް އުޅޭކަން." ކުއްލިއަކަށް މަންމަ ބެލްކަންޏަށް އައުމަށްފަހު ބުނެލިއެވެ.
" މަންމާ. އަހަރެންވެސް މީހެއްގެ އަންހެން ކުއްޖަކަށް ދެރައެއްނުދޭނަމެއްނު. އަދި އަހަރެން އެހާ ލޯބިވާ. ދީ ސާއީ؟" ސާއީއަށްދޯ ދެމުން އަހަރެން ބުނީމެވެ. ސާއީ ހިނިތުންވެލިއެވެ. އައްޑޫ ބަހުން ދީ ބުނުމުންނެވެ.

ކުޑައިރުކޮޅެއް ފަހުން އަހަރެން ސާއީ ގޮވައިގެން ސާއީގެ ގެއަށް ދިޔައީމެވެ. ދިޔަ މަގުމަތީގައި ސާއީއަށް އަހަރެން ނަގައިދިން ސިމްދިނީމެވެ. ސިމް ބަދަލުކުރީ ސާއީގެ ގެ ކައިރީގައެވެ. ސާއީ ބޭނުންވެގެން އަހަރެންގެ ފޯން ދިނީ ސާއީއަށެވެ. ސާއީގެ ފޯން އަހަންނަށެވެ. ސާއީ ކުރިން ބޭނުންކުރި ސިމް އަހަރެން ޖީބަށްލީމެވެ. އެކަން ސާއީއަށް އިނގޭނެއެވެ.

" ސިމް ގެންދިޔަސްހެޔޮ. ޕިންނަމްބަރެން ނޭނގޭނެއެއްނު. ނުވެސް ބުނާނަން!" ސާއީ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލިއެވެ.
" ޕްލީޒް. ބުނެބަލަ ޕިން ނަންބަރ. ޕްލީޒް؟" ސާއީގެ އަތުގައި ހިފައިގެން ހުރެ އަހަރެން ބުނީމެވެ.
" ނުބުނާނަން. އެހީތީވެސް ނުބުނާނަން؟" ސާއީ އަކީ ގޮތްދޫކުރަން ވިސްނާކުއްޖެއްނޫނެވެ.
" ކޮބާތަ މައްސަލައަކީ؟ އަނެއްކާ ސާއީ އަހަންނަށް ކަމެއް ފޮރުވަނީތަ؟" އަހަރެން އަނހާލީމެވެ.
" އަހަރެން ލޯބިވާ މީހަކަށް އެއްވެސް ކަމެއް ނުފޮރުވާނަން. އޭ. މިހާރު މާލަސްވެއްޖެ. ދައްތަ އަހަރެން ހޯދާނެ މިހާރު. ދެން ދަނީ." އަހަރެންގެ ކޮލަށް ދޮނެއް ދެމުން ސާއީ ގޭތެރެއަށް ވަނެވެ.

ސައިކަލް ސްޓާޓްކޮށްލުމަށްފަހު ގެއަށްދާން ނައްޓާލީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ސާއީ ސިމްގެ ޕިން ނަންބަރ ނުބުނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ނުބުނަންވެގެން ހެއްޔެވެ؟ ނުވަތަ ކަމެއް ސިއްރުކުރަން ހެއްޔެވެ؟ ނުވަތަ ކަމެއް އަހަންނަށް ފަޅާއަރާފާނެތީބާވައެވެ؟ ބައެއް އަންހެނުން ވަރަށް ބޯބޮޑު ވާނެއެވެ. އޮޅުވާލަންވެސް މޮޅުވާނެއެވެ. އެކަން އަހަރެންވެސް ދަންނަމެވެ.

ނިދަން އެރުމަށް ފަހު އަހަރެން ސާއީ އަށް ގުޅީމެވެ. ފުރަތަމަ ސާއީ ފޯން ބިޒީކޮށްލީއެވެ. ދެވަނަ ފަހަރަށް އަހަރެން ނުގުޅަމެވެ. ދެން އިރުކޮޅެއް ފަހުން ސާއީ ގުޅިއެވެ.

" ކީއްވެތަ ފޯން ބިޒީކޮށްލީ؟" އަހަރެން އެނހީމެވެ.
" އެއީ ސިމް ގެންދިއުމުން ދިން ޕަނިޝްމަންޓް." ސާއީ ހެމުން ބުނެލިއެވެ.
" ތިޔަކަހަލަ ޕަނިޝްމަންޓް ނުދެއްޗޭ. އަހަރެން ހަލާކުވެދާނެ." އަހަރެން ބުނީމެވެ.
" އަހަރެން ހީކުރީ އިރުއިރުކޮޅާ ގުޅާނެކަމަށް. ބައެއް ރޭރޭ ހީވަނީ އެހެން ފަދަ ކަމެއްހެން؟ އަހަންނަށް ފުރިހަމަޔަށް ނިދިޔަވެސް ނުދޭނެ. ހީވާނީ މޮޔަވެގެން އުޅޭ މީހެއްހެން." ސާއީ ފާޑަކަށް ބުނެލިއެވެ.
" ލޯބިވަންޏާ ވާނީ މިހެން. ސާއީއަށް އިނގޭތަ؟ ޙަޤީޤީ ލޯތްބަކީ ހުރިހާ މީހުންދެކެ ވެވޭނެ އެއްޗެއް ނޫނޭ." އަހަރެން ޙަޤީޤަތް ހާމަ ކުރީމެވެ.
" ލޯބިވޭތަ ހަމަ އެހާ ވަރަށް؟" ސާއީ އަނހާލިއެވެ.
" ވަރަށް ބޮޑަށް ލޯބިވޭ. މޮޔަވާވަރަށް ވެސް ލޯބިވޭ. އަހަރެން ބޭނުން ސާއީއާއި ކައިވެނިކުރަން." އަހަރެން ބުނީމެވެ.
" އަހަރެންވެސް ބޭނުންވަނީ ތިގޮތް. ކޮން އިރަކުންތަ އިންނާނީ؟" ސާއީ އަނހާލިއެވެ.
" ނުވައެއް. ނުވައެއް. ނުވައެއް. ކިހިނެއް ވާނެ." އަހަރެން އަނހާލީމެވެ.
" ސަޅި ތާރީޚެއް. ރަނގަޅުވާނެ." ސާއީ ހެމުން ބުނެލިއެވެ.
" ދެން ޕިން ނަންބަރ ބުނަންވީނު." އަހަރެން ވާހަކަ ބަދަލުކޮށްލީމެވެ.
" ނުބުނާނަން. އަދި ބުނަންތަ އެސިމް ބޭނުން ނުކުރައްޗޭ." ސާއީގެ ރާގުގައި ވަނީ ހަރުކަށިކަމެވެ.
" އޯ.ކޭ ބޭނުމެއް ނުކުރާނަން." އަހަރެން އެއްބަސްވީމެވެ.

ފޯން ބޭއްވީ ވަރަށް ވާހަކަ ދެއްކުމަށް ފަހުގައެވެ. އިރުކޮޅެއް ފަހުން އަހަރެން ސާއީގެ ފޯނަށް ގުޅީމެވެ. ބަރާބަރަށް ގުޅެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ. އެހެންވެ ދެވަނަ ފަހަރަށް އަހަރެން ނުގުޅަމެވެ. އަހަރެން ހީކުރީ ސާއީ އޮންނާނީ އެހެން މީހެއްގެ ފޯނެއްގައި ހެނެވެ. ދެވަނަ ފަހަރަށް ގުޅީވެސް އެހެން ވެގެނެވެ. ސާއީގެ ފޯން ކޯލްވެއިޓިންގައި ނެތުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. އެހެންވެ އަހަރެންވެސް ނިދޭތޯ މަސައްކަތް ކުރީމެވެ.

އަހަންނަކަށް ނުނިދުނެވެ. ހިތުގައި ދައުރުވަނީ އެންމެ ސުވާލެކެވެ. ސާއީ ކުރީގެ ސިމްގެ ޕިން ނަންބަރ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އެހާ ތެދުވެރި ވަފާތެރިކަމެއް ހުރިއްޔާ އެކަން ފޮރުވަން ޖެހޭނެ ހެއްޔެވެ؟ އަހަންނަށް ޖަވާބަކަށް ލިބުނީ އެކަން ސިއްރުކުރާކަށް ނުޖެހޭނެކަމެވެ. އެހެންވެ، ސިމް ނަގާ ލައްވާލީމެވެ. ޕިން ނަމްބަރު ދިމާވޭތޯ ޖަހާލީމެވެ. ފުރަތަމަ އަހަރެން ޖެހީ ހަތެއް.ހަތަރެއް.ދޭއް.ހައެއް. އެވެ. އެއީ ފޯންގެ އިގިރޭސި އަކުރުތައް އަތުރާފައި ހުންނަ ގޮތުން އަހަރެންގެ ނަންޖެހޭނެ ގޮތަށެވެ. އެޕިން ނަންބަރ ދިމަލެއް ނުވިއެވެ. ދެން އަހަރެންޖެހީ ސައިފްގެ ނަން ޖެހޭނެ ގޮތަށެވެ. އެހެން ޖެހުމުން ސާއީގެ ސިމް ހުޅުވިއްޖެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މީހުން ބުނަނީ ތެދެކެވެ. އަންހެން ކުއްޖަކަށް އެންމެ ފުރަތަމަ 'އެއުފާ' ހޯދައިދޭ ފިރިހެނެއްގެ މަތިން ހަނދާން ނައްތާލަން ވަރަށް އުދަނގޫވާނެއެވެ. ސާއީއަށްވެސް މިވީ މިހެންނެވެ. އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. މިހާރު ސާއީގެ ފޯންގެ ޕިން ނަންބަރު އެހެން އޮވެގެން ނުވާނެއެވެ. ސާއީ ބުނާގޮތުގައި ސާއީ މިހާރު އެންމެ ލޯބިވަނީ އަހަރެން ދެކެއެވެ. ސައިފް އެއީ މާޒީގެ ޞަފްޙާއެކެވެ. ސާއީ ބުނިގޮތުން ވިއްޔާ އެޞަފްޙާ މިހާރު ސާއީ ލައްޕާލައިފިއެވެ. ވީއިރު، މިވަނީ ކީއްހެއްޔެވެ؟ މިހެން ވެގެން ވާނެހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. މިރޭ ބޭނުންކުރާނީ ސާއީގެ ސިމްއެވެ. ވާގޮތެއް ބަލާލަން ވާނެއެވެ. އެހެންވެ، އެރޭ އަހަރެން ސާއީގެ ސިމް ބޭނުންކުރީމެވެ.

ހެނދުނު ހޭލެވުނީ ކުއްލިއަކަށެވެ. ފުރަތަމަވެސް އަހަރެން ބަލާލީ ފޯނަށެވެ. ދެމެސެޖް އައިސްފައި އޮތެވެ. ދެމެސެޖްވެސް ފޮނުވާފައި އޮތީ ސާއީއަށެވެ. ފޮނުވާފައިވާ މެސެޖްތައް އަހަރެން ކިޔާލީމެވެ. 'ހައި. އައި މިސްޔޫ މައި ޕްރިންސަސް. ރިއަލީ ލަވްޔޫ' އެއް މެސެޖްގައި ވަނީ މިހެންނެވެ. ދެވަނަ މެސެޖްގައިވެސް ވަނީ ހަމަ އެފަދަ ލޯބީގެ ޢިބާރާތްތަކެވެ. އަހަރެން އެދެމެސެޖަށް ރިޕްލައި ކުރީމެވެ. މިހާރު ސާއީ އަކީ އަހަރެންގެ ލޯބިވެރިޔާކަމާއި މެސެޖްނުކުރުމަށެވެ. އެމެސެޖް ފޮނުވުމުން އެކޮޅުން ރިޕްލައި ކުރިއެވެ. އޭގައި ވަނީ ސާއީއޭ ސަމާސާ ނުކުރާށެވެ. އަހަންނަށް ސާއީ ރަނގަޅަށް އިނގޭކަމަށެވެ. އަހަރެންގެ ގާތަށް ރުޅިއެރީ ހިސާބުންނެވެ. ދެން ވެސް އަހަރެން މެސެޖްކުރީމެވެ. މިފަހަރު އަހަރެންގެ މެސެޖްކުރީ އެކޮޅުން މެސެޖްކުރި މީހާވެސް ރުޅި އަރާގޮތަށެވެ. ނަސީބަކުން އެމީހަކީ އެހާ ރުޅިގަދަ މީހެއްނޫނެވެ. އޭނާ މެސެޖަށް ރިޕްލައި ކުރުން ހުއްޓާލިއެވެ.

" ކާކުތަ މިރަޝީދަކީ؟" އަހަރެންގެ ސިމްފޯނަށް ލެއްވުމަށްފަހު ސާއީއަށް ގުޅުމަށްފަހު އެހީމެވެ.

ނުނިމޭ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-28 22:12:16 | Report this Comment
ލާލީ:

ސާއީ ރަގަނޅުވެދާނެބާ؟ އަވަހަށް ހުރިހާ ވާހަކައެއްވެސް ލޯޑްކޮއްދެއްޗޭ

Posted on 2010-08-28 23:48:38 | Report this Comment
އިޝު:

" އަހަރެން ލޯބިވާ މީހަކަށް އެއްވެސް ކަމެއް ނުފޮރުވާނަން. އޭ. ދައްތަ އެގުޅަނީ. ދެން ދަނީ." އެރޭ ސާއީ ގޭދޮށުގައި ހުރެފައި އޭނާއަށް ދިން އާ ސިމް ލެއްވިތަނާ ސާއީގެ ފޯނަށް ދައްދައަށް ގުޅަން ނަންބަރު ލިބުނީ ކިހިނެއް؟ މިއޮތީ ވިސްނާނުލެވިފައިދޯ. "ސާއީގެ ފޯން ކޯލްވެއިޓިންގައި ނެތުމުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ." މިއޮތީ ޗެކްކޮށްނުލެވިފައިދޯ؟
އަމާޒް: ޝުކުރިއްޔާ އިޝު. އެދެކުށް މިހާރު އިޞްލާޙްކޮށްލައިފިން. ތިޔަފަދަ ކިޔުންތެރިންނަކީ، އަހަރެމެން ލިޔުންތެރިންނަށް އެންމެ މުހިއްމު ބޭނުންތެރި މީހުން. މުސްތަޤްބަލުގައިވެސް. ތިގޮތަށް އެހީތެރިވަމުންދާނެކަމަށް އުންމީދުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ

Posted on 2010-08-29 00:37:33 | Report this Comment
ޝާއީ:

ވ.ފުރިހަމަ........އަނެއް ޕާޓު އަވަސް.........ކިޔާ ހިތް ވަ ނީ.........ހެހެހެހެ

Posted on 2010-08-31 20:44:56 | Report this Comment
އިޝޫ:

މިވަހަކަ އަޕްޑޭޓް ވާނީ ކޮންއިރަކުންތަ؟؟؟؟

Posted on 2010-08-31 21:46:43 | Report this Comment
ޒޯއީ:

އަވަހަށް އަޕްޑޭޓް ކޮށްދީބާ!!!!

Posted on 2010-08-31 22:36:49 | Report this Comment
އަމާޒް:

މާތްﷲ ރުއްސެވިއްޔާ މާދަމާ ހަވީރުވުމުގެ ކުރިން މިވާހަކައިގެ އަނެއް ބައި އަޕްލޯޑްކޮށްދޭނަން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.