
މާހިން ނުކުމެގެން ހިގައްޖެއެވެ. ސަބާހު ޝަބްނަމް ގޮވައިގެން ކޮޓަރިއަށް ހިގައްޖެއެވެ. އެދުގައި ބޭންދިއެވެ. ފެންތަށްޓެއް ގެންގޮސް ދިނެވެ. ޝަބްނަމް ފެން ކޯވަރެއް ދަމައިލިއެވެ. ނޭވާ ހަމަޖައްސައިލިއެވެ. ނަމަވެސް އޭރުވެސް އެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދެއެވެ. ސަބާހު އުޅުނީ އެތަނުން ދާށެވެ. މިވަގުތު އިތުރު ސުވާލުތަކެއްކޮށްގެން ޝަބްނަމް އިތުރަށް ރޮއްވާކަށް ސަބާހު ބޭނުމެއްނުވެއެވެ. ސަބާހު ހިގައިގަތުމާއެކު ޝަބްނަމް ސަބާހުގެ އަތުގައި ހިފިއެވެ. ނުދާށޭ ބުނާފަދަ ނަޒަރަކުން ބަލައިލަމުން ބޯހޫރުވައިލިއެވެ. ސަބާހު ޝަބްނަމްގެ މޫނަށް ހަމްދަރުދީގެ ނަޒަރަކުން ބަލައިލަމުން އޭނާގެ އަތުން ބިއްލޫރިތަށި އަތުލިއެވެ. އަދި ކައިރީގައި ހުރި ކުޑަ ކަބަޑު މަތީ ބޭންދިއެވެ.
"ސަބާހު! އަހަރެން މީ ވަރަށް ގޯސް މީހެއް. ފާފަވެރިއެއް. އަހަރެން ކީއްވެގެންތަ އެކަންތައް ފަޅާ އަރުވާނުލީ. ކީއްވެގެންތަ އަހަރެން އޭނާގެ ފާފައިގައި ޙިއްސާވީ." ޝަބްނަމް ރޮމުން ސަބާހުއާއި ސުވާލު ކުރަން ފެށިއެވެ. އޭނާ އަދިވެސް ހުރީ ސަބާހުގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވަނީ ދުރަށް ހިގައިދާނެތީ ދިޔަ ނުދޭން އުޅޭ ހެންނެވެ. ސަބާހު ޝަބްނަމް ފައި ކައިރީ ބިންމަތީ އިށީނެވެ.އޭނާގެ އަތުތެރެއަށް ޝަބްނަމްގެ މަޑު އަތްތިލަލުމަށްފަހު އެއަތަށް ފިތައިލިއެވެ.ނިކަމެތި އަންހެންކުއްޖެކެވެ. އަމިއްލަ ނަފުސު އޭނާ ކުށްވެރި އެކުރަނީ ކީއްކުރަން ހެއްޔެވެ؟ ތި މައުސޫމު ކަމަކީ ހުރިހާ ގޯހެއްގެ ސަބަބެވެ.
" އަހަރެން އެއްވެސް ކަމެއް ނުކުރަން. އޭނައަކަށްވެސް އަހަންނަށް މާބޮޑު ކަމެއް ނުކުރެވޭ. " ޝަބްނަމް ހީވަނީ ސަބާހު އޭނަގެ ތާހިރުކަމާމެދު ޝައްކުކޮށްފާނެތީ ބިރުގެންފައިވާހެންނެވެ.
" ސަބާހު! އަހަރެން ކުޑައިރު ވާނުވާ ނޭގޭއިރު އަހަރެން ހުންނަނީ. ފުރާވަރަށް އަރައިގެން އައިއިރު އަހަންނަށް އެގޭ އެއީ ކޮންމެ ކަމަކަށް ވިޔަސް ގޯސްކަމެއްކަން. އެހެންވެ އަހަރެން ފިލިން. އޭނަގެ ސަބަބުން އަހަންނަށް އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭ. ފިރިހެނަކާ ގާތްކަމެއް ބާއްވަން ޖެހިލުންވޭ. އަހަރެން އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ނުބާއްވަން. އައި އެމް ސިޓިލް އަ ވާޖިން. ސަބާހުއަށް ގަބޫލެއް ނުކުރެވޭތަ އަހަރެން ދައްކާ ވާހަކަ" ޝަބްނަމް ސަބާހުގެ މޫނުގައި އޭނާގެ އަތް ޖައްސަލިއެވެ. ސަބާހުގެ ލޮލާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަހަރެން ގަބޫލު ކުރަން ޝަބްގެ ވާހަކަތައް. ތިކަމުގައި ޝަބްގެ އެއްވެސް ކުށެއް ނެތްކީއްވެ އެއްވެސް މީހެއް ގާތު ތިވާހަކަތައް ނުބުނީ؟" ސަބާހު ޝަބްނަމް ފަލަމަސްގަނޑުގައި އަތްޖައްސައިލިއެވެ. ޝަބްނަމްގެ ފައިގައި ފިހިފަ ހުރިތަން އޭނައަށް ފެނުނީ ދެނެވެ.
" އަހަރެން ބޭނުންވި ބުނަން. އެކަމަކު ކިހިނެތް. އެއީ އަހަރެންގެ ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރި. އަހަރެން ކިހިނެތް؟" ސަބާހުއަށް އެވާހަކަ ގަބޫލު ކުރެވުނެވެ. އަންހެނެއްގެ ކޮންމެފަދަ މަޖުބޫރީއެއްވެސް އޮވެދާނެއެވެ. އަދި އަމުދުން އާއިލާގެ އުފަލަށްޓަކައި އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
"ޝަބްގެ ފައި ބަލާބަލަ.ތިއޮތީ ފިހިފައެއްނު. ހިގާ ބޭސް އުގުޅަން." ޝަބްނަމްގެ ވީދިގެންގޮސްފައިވާ ހަރުވާޅުން ހާމަވާން ހުރި ޝަބްނަމްގެ ދޮން ފައިގައި ސަބާހު އަތްޖައްސައި ބަލައިލިއެވެ. ޝަބްނަމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ސަބާހު އަލަމާރިން ބޭސްއުރަ ނަގައިގެން އައިސް ޝަބްނަމް ރަނގަޅަށް އެދުގައި ބޭއްވިއެވެ. ޝަބްނަމް ކައިރީ އިށީދެ ބޭސް އުގުޅައިދޭންފެށިއެވެ. ޝަބްނަމްގެ އެތެރެހަށީގައި އެހެންކަހަލަ އޮއިވަރެއް އުފެދިގެންދިއެވެ. އޭނާއަށް ސަބާހުގެ އިނގިލީގެ ފިރުމުންތަކުން ލިބެމުންދިޔައީ އަޖައިބެއްކަހަލަ އަރާމެކެވެ. އޭނާގެ ހަށިގަނޑުގައި ނިދާފައިވާ އިހުސާސެއް ހޭލަން ފެށިއެވެ. ޝަބްނަމްއަށް ސަބާހަށް ގޮވާލެވުނެވެ. ސަބާހުއަށް ޝަބްނަމްއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއަޑުގައި ހުރި މަސްތީކަން ސަބާހުއަށް އެގުނެވެ. ހުދު އޭނާގެ ހިއްސުތައްވެސް ހަމައިން ނެއްޓިގެން ދަނީއެވެ.ޝަބްނަމްގެ ދޮން ހަށިގަނޑު އޮތީ އޭނާގެ އަތް ޖެހޭ ހިސާބުގައެވެ. އެއީ ފުރިހަމަ އަންހެންވަންތަ ހަށިގަނޑެކެވެ. ވަނާތައް ފުރިހަމަވެފައި އޮމާން ހަންގަނޑެކެވެ. ދެކޭ ކޮންމެ ފިރިހެނެއްގެ ނިޔަތް ނުބައި ވާހައި ވެއެވެ. ސަބާހުގެ އަތުގެ އިނގިލިތަކަށްވެސް އޭނާ ކުރަމުން އައި މަސައްކަތް އޮޅުނުކަހަލައެވެ. އެއިނގިލިތަކުގެ މިސްތާބުވެސް އެހެން ދިމާލަކަށް ބަދަލުވެއްޖެއެވެ. ޝަބްނަމް ސަބާހުގެ ކަނދުރާގައި އަތްއަޅުވައިލިއެވެ. ސަބާހު ޝަބްނަމްއާއި ކައިރިވެލިއެވެ. އެކަކު އަނެކަކުގެ ނޭވާގެ ހޫނު އިހުސާސްވާހައި ކައިރިއަށެވެ. އެއް އިހުސާސެކެވެ. އެންމެ އެދުމެކެވެ. ދެމީހުން އަނދަމުންދަނީ އެއް އަލިފާނަކުންނެވެ. ދެ ނަފުސު އެދެމުންދަނީ އެދެމެދުގައި އެއްވެސް ހުރަހެއް ނުވުމަށެވެ. ހުރިހާ ހުރަހެއް ނައްތާލުމަށެވެ. ވާރޭ ބޯވަމުންދިޔައެވެ. ފިނިކަން ގަދަވަމުންދިޔައެވެ. ނަމަވެސް ކޮޓަރީގެ މާހައުލުގައި ވަނީ އަޖައިބެއްކަހަލަ ހޫނުކަމެކެވެ. ދެހަށިގަނޑުން އުފެދެމުންދާ ހޫނުންނެވެ. ސަބާހު އެދުގައި ރަނގަޅަށް ހަމަޖެހިލަމުން ރަޖާގަނޑުން ދެހަށިގަނޑު ނިވައިކޮށްލިއެވެ. ރިމޯޓު ނަގާ އޭސީގެ ފިނި ގަދަކޮށްލިއެވެ. ޝަބްނަމްގެ ތުންފަތްމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. އޭނާ ސަބާހުއާއި އިތުރަށް ކައިރިވެލާފައި ސަބާހުގެ މޭގައި ބޯއަޅައިލިއެވެ. ސަބާހު ޝަބްނަމްގެ ބޮލުގައި ފިރުމައިލަމުން ފަންގިފިލާއަށް ބަލައިލިއެވެ. އެލޮލުގައި މިހާރުވަނީ ތެތްކަމެކެވެ.
" ސަބާހު! އަހަރެން މިރޭ ވަރަށް އުފާވެއްޖެ. އެންމެ ފަހުން ސަބާހު އަހަރެން އަންބެއްގެ ގޮތުގައި އަހަރެން ގަބޫލު ކުރީތީ. ސަބާހު! އައި ލަވް ޔޫ އަލޮޓު" ޝަބްނަމް ސަބާހުގެ މޫނަށް ބަލައިލިއެވެ. ސަބާހު އޮތީ ލޯމަރާލައިގެންނެވެ.
" މިފިރިހެނުންނަށް ކިހިނެތްތަ މިހާ ފަސޭހައިން ނިދެނީ؟" ޝަބްނަމް ދެލޯ މަރައިލިއެވެ. ނިދާލަން އޭނާވެސް ބޭނުމެވެ. އެހެންނަމަވެސް ނިދޭކަށް ނެތެވެ. އިރުކޮޅަކުން ފަޖުރުލާނެއެވެ. އޭގެ ކުރިން ހިނައި ތާހިރު ވާން ޖެހެއެވެ. ޝަބްނަމް ތެދުވެއްޖެއެވެ. ވަމުން ދިޔަ ތަދު އޭނާއަށް އިހުސާސް ކުރެވުނީ ދެނެވެ. ރަނގަޅަށް ހިނގަންވެސް އޭނާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެތަދުންވެސް ވަނީ ފޮނި އަރާމެކެވެ. ޝަބްނަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ޝަބްނަމް ފާހާނާއިން ނިކުތްއިރުވެސް ސަބާހު އޮތީ ހަމަ އެއޮތް ގޮތަށް ނިދާފައެވެ. ޝަބްނަމް ގަޑި ބަލައިލިއެވ. 3ޖަހަނީއެވެ. ބޯ އޮމާންކޮށް ކުޑަކޮށް ތައްޔާރުވެލައިގެން އޭނާ ގޮސް ސަބާހު ކައިރީ އިށީނެވެ. ސަބާހުއަށް ގޮވަން ފެށިއެވެ. "
ކިހިނެތްވީ؟" ސަބާހު ލޯހުޅުވާލާފައި ނިދި އަޑަކުން އަހައިލިއެވެ.
" ފެންވަރަން ދޭބަލަ. 3 ޖަހަނީ. ކާންވެސް ޖެހޭނެއްނު." ޝަބްނަމް އެހެން ބުނުމުން ސަބާހުވެސް ފޯނު ނަގައި ގަޑި ބަލާލިއެވެ. ތެދެކެވެ.
" އަހަރެން މިދަނީ ކާން ހަދަން. އަވަހަށް ފެންވަރައިގެން އާދޭ އިގޭ. ފަހުންވެސް ނިދިދާނެއްނު." ޝަބްނަމް ތެދުވެގެން ހިގައްޖެއެވެ. ޝަބްނަމް ކޮޓަރިން ނިކުންނަން ދެން ސަބާހު ބަލަހައްޓައިގެން އޮތެވެ.
Posted on 2010-08-26 15:58:28 |
Report this Comment
Posted on 2010-08-26 16:37:20 |
Report this Comment
Posted on 2010-08-26 18:54:57 |
Report this Comment
Posted on 2010-08-26 19:17:08 |
Report this Comment
Posted on 2010-08-26 19:41:54 |
Report this Comment
Posted on 2010-08-26 21:12:05 |
Report this Comment
Posted on 2010-08-26 22:46:26 |
Report this Comment
Posted on 2010-08-26 22:49:45 |
Report this Comment
Posted on 2010-08-26 23:40:00 |
Report this Comment
Posted on 2010-08-27 00:39:41 |
Report this Comment
Posted on 2010-08-27 01:58:22 |
Report this Comment
Posted on 2010-08-27 08:01:24 |
Report this Comment
Posted on 2010-08-27 16:18:22 |
Report this Comment
Posted on 2010-08-27 18:43:06 |
Report this Comment
Posted on 2010-08-27 22:38:51 |
Report this Comment
Posted on 2010-08-28 09:56:00 |
Report this Comment
Posted on 2010-08-28 11:17:12 |
Report this Comment
Posted on 2010-08-28 19:40:02 |
Report this Comment
Posted on 2010-08-28 21:59:06 |
Report this Comment