ނަސޭހަތްތެރިޔާ
ގައުމަށް މި ބަލަނީ ފެންކަޅިވެ ހުރެ!
  • ޝާއިޢުކުރި ތާރީޚް: 15 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 517

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ހުޅުވަން ހިތް ނޭދޭ ޑައިރީ

އަޅެ އަހަރެންގާތު ބުނެބަލާށެވެ. އެންމެ އެނބުރި އަންނަން ބޭނުންވަނީ ކޮންދުވަސް ވަރެއްހެއްޔެވެ؟ ހަމަ ގައިމުވެސް ގިނަ ކިޔުން ތެރިންގެ ޖަވާބަކަށް ވާނީ ކުޑައިރުގެ ދުވަސްވަރެވެ. އެހެނަސް އަހަރެންގެ ޖަވާބު ވަރަށް ތަފާތެވެ. އަހަރެން އެދުވަސް އެނބުރި އަންނާކަށް ބޭނުމެއްނޫނެވެ. އެއީ މަދަކަ ބައިވަރު ސަބަބުތަކެއް ހުރެގެނެއް ނޫނެވެ.

ކޮންމެ ދުވަހަކަށް އިރު އަރަނީ އެ ރުޅިވެރި ދޮންބޭބެ ގަނޑާއި ދޮންތަގަނޑާއި އެއްކޮށް އުޅެންށެވެ. އަހަރެން އެދެމީހުނަކާ އެއްކޮއް އުޅޭކަށް އޭރު ބޭނުމެއް ނުވެއެވެ. އެދެމީހުންގެ ގުޅުން ބަދަހިކަމުން މަ ކުޑަމީހާއަށް ކަމެއް ކުރެވެންވެސް އޮންނަނީކީ ނޫނެވެ. އަހަރެންގެ ކަމަކީ އެމީހުން ފިލާވަޅުހަދަން ބޯ ގާނަންތިބޭ އިރު ކުދި ޖެއްސުންކޮށް އެމީހުން 100 މައްޗަށް ދުއްވާލުމެވެ. އެއީ މަގޭ މުސާރަ ނުލިބި ކުރާހިތުން އަދާކުރި ވަޒީފާއެކެވެ. އެމީހުން އަހަރެންގެ ނޮހޮރުއްޕާނުން ސަލާމަތްވޭތޯ ކޮޓަރިވެސް ބައެއްފަހަރު ތަޅުލައެވެ. ހަޤީގަތުގައި މަށާވާ ބެހޭ ކަމެއްވެސް ނޫނެވެ. އެހެނަސް ހަމަ ހިތެއް ހަމައެއް ނުޖެހެއެވެ. ދޮރުގަ ތަޅާ އެމީހުން ކައްކާލަމެވެ.

މަންމަ ވެސް ހުންނަނީ އެމީހުންގެ ފަޅީގައޭ ހިތައް އަރާ އެއީ އަހަރެން ގޭ ކުދިން ނޫންނަމަ ކިހާ ރަނގަޅު ވީސްއޭވެސް ހިތައް އަރައެވެ. އެހެނަސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ގޮތައް ބަދަލެއް ގެނެވޭނީ ފަހެ ކާކަށް ހެއްޔެވެ؟

އެއްދުވަހެއްގައި އެމީހުން މެތްސް ހަދަން ތިއްބެވެ. ތެދެކެވެ. އެއީ ވަރަށް ކިޔަވާ ދެ މީހުނެވެ. އެހެނަސް އަހަރެން ބޭނުންވީ އެމީހުންވެސް އަހަރެންފަދަ ރޯނު އެދުރަކަށް ވާށެވެ. އަހަރެން އާދައިގެ މަތިން އެމީހުނަށް ދުއްޕާން ކުރަންފެށީމެވެ. އެދުވަހު ހިތްހަމަ ޖެހޭވަރަށް އެދެމީހުން ކައްކާލެވުނެވެ. ބޯޅަ ގޯލައަށް ޖަހާލީމެވެ. އެކަމަކު ނަތީޖާވަރަށް ގޯހެވެ. ދޮންތައައިސް އަހަންނާ ތޮޅެންފެށިއެވެ. އެންމެ ފަހުން އޭނާގެ އެ ތޫނު ނިޔަފަތިތަކުން މަގޭ މޫނުގައި "ރޫލް" ކޮއްލިއެވެ. ކޮންމެ މާނައެއްނެގިޔަސް ރަނގަޅުވާނެއެވެ. އެމޫނު ރަތްވެ ލޭއަރާފައި ހުރީ ކިތައް ދުވަހުކަމެއް ނޭންގެއެވެ. އެކަމަކު އެނގޭހާވެސް އެއްޗަކީ ބިސްބަޑިއެއްހެންހުރެ އެދުވަހުވެސް ރުއީ އަހަރެންކަމެވެ.

މިފަދަ އެތައްކަމެކެވެ. އެހެނަސް އަހަރެމެންކުރާ ޙާއްސަކަމެއް އޮވެއެވެ. އެއީ ތަވާފުކުރުމެވެ. ގޭވަށާ ތަވާފުކުރުމެވެ. އެހެން ގޭ ކުއްޖަކުވެސް ކުރާތީ އަހަރެން ދެކުނު ހަނދާނެއް ނުވެއެވެ. އަހަރެމެންގެ ތަވާފަކީ އެހެނެއްކަމަކު ދީނީ އެއްޗެއް ނޫނެވެ. ނުވިތާކަށް ލާދީނީ ވެސް އެއްޗެއް ކަންނޭނގެއެވެ. ދޮންބޭބެ ފަހަތުން ލަޓި ބުރިބުރިއާ ތަށި ޖޯޑު ފަދަ ތަކެތީގެ އިތުރުން ވަޅި ހިފައިގެންވެސް ދުވީމެވެ. ހަމަ އަރާ ރުޅިއެއްގެ ބޮޑުކަމުންނެވެ. އެ ދޮންބޭބެ އެއިން ދުވަހަކު ދުވުން ނުހުއްޓީތީ ﷲ ޙަމްދުކުރަމެވެ. އެހެންނޫންނަމަ އަހަރެން މިވާހަކަ ލިޔާނީ ކިހިނަކުން ހެއްޔެވެ؟...

ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެންގެ ރުޅިއަށް ބަދަލެއް ނާދެއެވެ. ހަމަ ދޮންވެފައި ހުރި އަނގުރު އަލިފާންގަޑެކެވެ. ވަޅަކަށް ލިޔަސް ވަޅުގައި ހުރި ފެން ކެކި ހުސްވިޔަސް މަޑުނުވާނޭފަދަ ރުޅިގަނޑެކެވެ. އެއަލިފާނަށް އެޅެމުން ދިޔަ ތެލަކީ އަހަރެންގެ ކުޑަޔަށް ތިބި ދެމީހުނާވެސް އެ ބޮޑު ދެމީހުން މާގާތް ކަމެއް ބާއްވާތީއެވެ. އަހަރެންގެ ކެތްތެރި ޖިހާދުގައި އެކަނިވެރިވީމައެވެ. އަހަރެން އަދިވެސް ހަނދާނުން ނުފިލާ ވާހަކައެއްވެސް މިތާ ލިޔެލާނަމެވެ. އެއްދުވަހަކު އެއެންމެން ޖޫސްޕެޓީ ގަނެގެން ބުޔެވެ. އަހަންނަކަށް ނުގަންދެއެވެ. އެއީ އެމީހުން އަމިއްލައަށް ގަތް އެއްޗަކަށް ވީމާ ދުޝްމަނު ބާކީ ކޮއްލީއެވެ. އެއީ މަންމަނަމަ އަހަންނަށް ވެސް ދިނީސްކަން ޔަޤީނެވެ. އެހެނަސް އެދުވަހު އެ ހިތައް އެރާފެއިބި އެއްޗެއްގެ ނުބައިކަމާ ގިނަކަން އެނގޭނީ ހަމަ ހެއްދެވި ފަރާތަށެވެ. (ބަލަގަ އޭރު ޖޫސް ޕެޓީއެއް ބޯލުމަކީ މިއަދު ޑައިންމޯއިން ހެސް ކިޔާފަ ކެއުމަށްވުރެވެސް މޮޅު ކަމެކެވެ.)

ދިރިއުޅުމުގެ ކުޑައިރުގެ ބާބުގެ ފަތްފުއްތައް މިހެން ހުއްޓާ އެއިން ގަނޑެއް ހުޅުވާލުމަށް އެދޭނީ ފަހެ ކާކުހެއްޔެވެ؟

ބޮޑުވަމުންއައިސް ދޮންބޭބެގެ އުނދަގުލާއި ދޮންތަގެ އުނދަގޫ ފިލާދިޔައީ އެމީހުން ބޭރު ރަށްރަށަށް ކިޔަވަން ދިޔައީމައެވެ. އެދެމީހުން ނެތުމުގެ ސަބަބުން އެންމެ ހިތްދަތިކަމެއް ލިބުނީ ކާކަށް ހެއްޔެވެ؟ އެ ދެދަރިންދެކެ ލޯބިވާ މަންމައަށްބާއެވެ؟ އަހަންނަށް ޝައްކެވެ. އަހަރެންގެ އެކަނިވެރިކަން ވަރަށް ބޮޑުވިއެވެ. ހީވީ ގައިން އެއްބައި ވަކިވިހެންނެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދުވާލުގެ މުޅި ޝެޑިއުލް އޮންނަނީ އެދެމީހުނަށް ޖެއްސުން ކުރުމުން ފުރިފައެވެ. ދެން އެތަން ފަހެ ފުރާނީ ކިހިނަކުން ހެއްޔެވެ؟ ނިޢުމަތުގެ އަގުވަޒަން ކުރެވުނީ ދެނެވެ.

ދެން މާ ހެޔޮމީހަކަށް ވެގަނެގެން އެމީހުން ރަށަށް ޗުއްޓީއަށް އައުމުން އުޅެމެވެ. ނަސީބަކުން ވާ އެމީހުން މަށެށް ބާކީ އެއްވެސް ނުކޮއްލިއެވެ. އެހެންނޫންނަމަ ދެން އިނގިލި އަނގަޔަށް ލައިގެން ބާރަށް ދަތް އަޅައިގެން ހުރުން ނޫންގޮތެއްވެސް ނޯތީސް ކަންނޭންގެއެވެ.

އެހެނެއްކަމަކު ފަހުން އަހަރެންވެސް ދޮންބޭބެގެ ބެލުމުގެ ދަށަށް އެނާވެސް ހުރިރަށަށް ކިޔަވަން ދިޔައީމެވެ. އެހިސާބުން އަހަންނަށް އަހަރެންގެ ދޮންބޭބެގެ ހެޔޮކަން ފެނުނެވެ. ހުރިހާ ދުވަހު ގެއްލިފައި ކައިރީގައި ހުރި ޖަވާހިރެއް ފެނުނެވެ. އެ ރުޅިއެރި ދެމީހުން މިއަދު މަންމައާއި ބައްޕައަށްވުރެ އިސްނުކުރިޔަސް އެދެމީހުނަށްވުރެ ހިތުގައި ދެވިފައިވާ ލޯބީގައި ކުރިއަރާ ދެއެވެ. މިއަދު އެދެމީހުނާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާވަރަށް ވަނީ ގުޅިފައެވެ. އުމުރަށް ތޮޅޭން ހުރި އެއްޗެހި ތޮޅެ ނިމިފައިވާ ފަދައެވެ، އަދި އޭގެފަހުން އަހަރެމެން ދެބަހެއް ނުވަމުއެވެ. ހަމްދު ހުރީ ގަދަ ކީރިތި ވަންތަ ﷲ އަށެވެ. އަހަރެން ކުޑަ ދުވަސް ދެކެން ބޭނުން ނުވަނީ މި ލޯބި ބޭނުންވާތީއެވެ. މިސަބަބައްޓަކައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.